ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އެ އަހަރެއްގެ އޯގަސްޓް މަހުކަމަށް ހަމަޖައްސައިފިއެވެ. އެކަން ހާމަކުރެއްވީ، މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އާ ދިރާސި އަހަރުގެ ކިޔެވުން އޯގަސްޓު މަހުގައި ފަށާއިރު ބޮޑު ޗުއްޓީ ލިބޭނީ ޖޫން ފަހުކޮޅުގައި ނުވަތަ ޖުލައި މަހުގެ ކުރީކޮޅުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޑިސެމްބަރު ފަހުކޮޅުގައި ދެ ހަފްތާ ނުވަތަ ތިން ހަފްތާ ދަރިވަރުންނަށް ޗުއްޓީގެ ގޮތުގައި […]
ޝިއުނާ އާދަމް
ޅ. ”މުލީ ބޮއި” ކައިރީގައި މަސްވެރިކަމަށް ނިކުމުގެ އުޅުނު ”ރުއްކުރި” ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާދިނުމަށް އެ އަތޮޅު ނައިފަރަށް ގެންގޮސްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ހާދިސާގައި ލޮލަށް ބުޅި ހެރުނީ ”ރުއްކުރި” ދޯނީގައި ހުރި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޮލަށް ކަމަށެވެ. މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 07:30 ހާއިރު ކަމަށާއި އެ މީހާއަށް ފަރުވާ ދިނުމަށް ޅ. ނައިފަރަށް ގެންދެވުނީ ހެނދުނު 9:15 […]
ޖަލްވާން ޖާދުﷲ
ނާސާއިން ހާއްސަ ތަހުގީގެއް ކުރަން ޖައްވަށް ލައްކައަކަށްވުރެ ގިނަ ފަނި ފޮނުވައިފިއެވެ. މި ފަނިތައް ފޮނުވާފައިވަނީ ޖައްވުގައި ހުންނަ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު 120،000 ފަނި އެ ސްޓޭޝަނަށް ފޮނުވާފައިވާ ކަމަށް ނާސާއިން ބުނެއެވެ. މިއީ ޖައްވުގައި އިންސާނުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދިރާސާ ކުރުމުގެ ގޮތުން ފޮނުވި ފަނިތަކެކެވެ. މި ފަނިތަކާއެކު ހާއްސަ ޑިވައިސެއްވެސް ނާސާއިން ވަނީ ފޮނުވާފައެވެ. މި ޑިވައިސް ބޭނުންކޮށްގެން ފަނިތަށް ހަށިގަނޑުގައި...
އަޙްމަދު ވަހީދު
ހއ. ދިއްދޫގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ، މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތް ފަށައިފިއެވެ. 3 ދަންފަޅި އަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ކިޔެވުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި މުބާރާތުގައި 11 އުމުރު ފުރާއަކުން ޖުމްލަ 354 ކުދިން ވަނީ ބައިވެރިވެފަ އެވެ. އެ އުމުރުފުރާ ތަކަކީ، ނާސަރީ/ބޭބީ ނާސަރީ، އެލްކޭޖީ، ޔޫކޭޖީ، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 […]
ޙުސައިން ޝަހުދީ
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޚިދުމަތްތައް އެ ކޮމިޝަނަށް ހާޟިރުވެގެން ވެސް ހޯދޭ ގޮތަށް ހަމަޖައްސައިފިއެވެ. ކޯވިޑާއި ގުޅިގެން އީސީން މިހާތަނަށް ހަމަޖައްސާފައި ވަނީ އެ ކޮމިޝަންގެ ޚިދުމަތްތައް ހަމައެކަނި އޮންލައިންކޮށް ހޯދޭ ގޮތަށެވެ. އޭރު އީސީން މިގޮތަށް ހަމަޖެއްސީ ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، ސަރުކާރުން އެޅި ރަށްކާތެރި ފިޔަވަޅުތަކުގެ ތެރެއިން ގިނަ މުއައްސަސާތަކެއްގެ ޚިދުމަތް އޮންލައިންކޮށް ދިނުމުގެ އުސޫލަށް އަމަލު ކުރަން ފެށުމުންނެވެ. ނަމަވެސް މިހާރު އީސީން ވަނީ މިއަދުން ފެށިގެން އެ ކޮމިޝަނ...
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި އޮސަސޫނާ ބައްދަލުރި މެޗު ބާސާއިން ކާމިޔާބުކޮށް، މިވަގުތު ލީގުގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ބާރު ބޮޑުކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. މި އަހަރު ފެށުނުއިރު މިވަގުތު ލަލީގާގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާއާއި ދެމެދު ދިހަ ޕޮއިންޓްގެ ފަރަގެއް އޮތެވެ. ނަމަވެސް ބާސާއިން މި އަހަރު ފެށުންފަހުން ލީގުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. […]
އިބްރާހިމް ޚަލީލް
ޕާކިސްތާން ބޮޑުވަޒީރު އިމްރާން ޚާނަށް އެ ގައުމުގެ ޕާލެމެންޓްގައި އިތުބާރު އޮތް ކަަމަށް ޕާލަމެންޓްގެ ދަށުގެ ނުވަތަ ނޭޝަނަލް އެސެމްބްލީއިން ފާސް ކޮށްފި އެވެ. މިއީ، ބޮޑުވަޒީރު އިމްރާން ޚާން އަމިއްލައަށް އިސްނަންގަަވައިގެން، އެމަނިކުފާނުގެ އިތުބާރު އޮތްތޯ ބެލުމަށް އެދުމުން ނަގާފައިވާ ވޯޓެކެވެ. އެމަނިކުފާނުގެ އިތުބާރު ޕާލެމެންޓްގައި އޮތްތޯ ބަލަން އިމްރާން ޚާން ނިންމެވީ، ޕާކިސްތާނު ޕާލަމެންޓުގެ މަތިގެ، ސެނޭޓަށް މެމްބަރުން އިންތިޚާބު ކުރުމަށް މިދިޔަ ބުދަދުވަހު ނެގި ވޯޓުން އިމްރާން ޚާންގެ ތަހްރީކޭ އިންސ...
ހުސައިން ހަބީބް
އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ބާންލީ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން 2 ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ އާސެނަލްއިން ނެވެ. މެޗުގެ 6 ވަނަ މިނެޓުގައި ވިލިއަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް އޮބާމަޔަންއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ […]
އިބްރާހިމް ޚަލީލް
ހއ. ކެލައަކީ ތިލަދުންމަތީގެ ރަންބިސް އަޅާ ކުކުޅު ހާއްޔަކަށް ހަދާނެކަމުގައި ކެލާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ޙުސައިން ޙަމީދު ވިދާޅުވެއްޖެ އެވެ. ޙުސައިން ޙަމީދު މިހެން ވިދާޅުވީ ކެލާގައި ރޭ ބޭއްވުނު އެ.މް.ޑީ.ޕީގެ “ތަރައްޤީ އަށް ޖަންޕެއް” މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކެލާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޙުސައިން ޙަމީދު ވިދާޅުވިގޮތުގައި ކެލައަށް މި ދޫކޮށްލަނީ ރަންބިސް އަޅާ 12 ކުކުޅާއި 2 ހާ ކަމަށެވެ. މިއީ ޓުވަރިޒަމަށް ހުޅުވިގެންދާ ދޮރުތަކެއްކަމަށާއި ކެލާގެ ރައ...
އަލީ އާދިލް
ހއ. ބާރަށުން އިތުރ 3 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް އަރައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 3 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަން ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. އެ ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އެންމެ ފަހުން މާލެ ފޮނުވުނު ހުރިހާ ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން […]
ޙުސައިން ޝަހުދީ
ހއ. ދިއްދޫގައި ”އަމާންވެށި” ގާއިމުކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންބަލައި ބޮޑުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ދިއްދޫ ކައުންސިލުން މިދިޔަ އަހަރު އެދުމުން، މިއަހަރު ކޮންމެހެންވެސް އެކަން ކޮށްދިނުމަށް ބޭނުންފުޅުވިކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ، ޖެންޑާ މިނިސްޓްރީއިން ދިއްދޫގައި ގާއިމުކުރި ”ހއ. އަމާންވެށި” ހުޅުވުމަށް މިއަދު އެރަށަށް ވަޑައިގެން، އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި...
ޝިއުނާ އާދަމް
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރީ ރަޖިސްޓްރީވުމަށް ފަހުވަގުތަށް މަޑުނުކޮށް އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ. އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނަށް މިމަހުގެ 2 ވަނަ ދުވަހު ހުޅުވާލެވިފައިވާއިރު ރީރަޖިސްޓްރޭޝަންގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 11 ވަނަ ދުވަހެ...
Thiladhun
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހއ. އަތޮޅުގައި ގާއިމުކުރި ”ހއ. އަމާންވެށި” ހުޅުވައިފިއެވެ. މި އަމާންވެށި ހުޅުވީ، މިއަދު ހއ. އަތޮޅުގެ ވެރިކަންކުރާ ރަށް، ހއ. ދިއްދޫގައެވެ. ދިއްދޫގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި، މިތަން ހުޅުއްވައި ދެއްވީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. މި އަމާންވެށި ހިންގަމުން ދާނީ، ދިއްދޫގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ، ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ދަށުންނެވެ. […]
ޔުމްނާ ޢަލީ
ލިބޭ ހުސްވަގުތު ފުރާލުމަށްޓަކައި ބޭނުންތެރި މަސައްކަތެއް ކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން ދިރިއުޅުމަށް އެތައްފައިދާތަކެއް ކުރުވައެވެ. ހުސްވަގުތު ރަނގަޅު ގޮތުގައި ބޭނުން ކުރެވުމެވެ . އެ ވަގުތުގައި ކުރެވޭ އިތުރު މަސައްކަތުން އާމްދަނީއެއް ހޯދުމުގެ އިތުރުން، ކުރާހިތްވާ ކަމެއް ކޮށްލެވުމުން ހިތަށާއި ނަފްސަށް ލިބިދޭ އުފާވެރިކަމެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި ވަރަށްގިނަ ޒުވާނުން، އެ ޒުވާނުންގެ ހުސްވަގުތު ފުރާލުމަށް ޓަކައި ފޮޓޯނަގައިގެން ހިތްހަމަ ޖެހުން ހޯދައެވ...
އިބްރާހިމް ޚަލީލް
ހދ.ކުމުންދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ކުމުންދޫ ކައުންސިލުން ހިއްސާކޮށްފައިވާ ގޮތުގައި އެ ރަށު ބަނދަރު ސަރަހައްދާކައިރި ހިސާބު ވަލުތެރޭގައި އަލިފާން ރޯވެފައިވަނީ މިއަދު 11:00 ހާއިރުއެވެ. ކުމުނދޫ ކައުންސިލާއި އާންމު ރައްޔިތުންނާއި އެމެއެންޑީއެފް ނޮދަން އޭރިއާ ހދ.ކުޅުދުއްފުށީ ފަޔަރސްޓޭސަނުން ގުޅިގެންކުރި މަސައްކަތުން އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލް ކުރެވިފައެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ ހދ.ކުމުންދޫ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން...
އިބްރާހިމް ޚަލީލް
ފެނަކަ ކޯޕަރޭޝަނުގެ މާލީ ހާލަތު ރަނގަޅުވެ ކުންފުންޏަށް ކުރިއެރުން ލިބުނީ ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމުން ކަމަށް އެ ކުންފުނީގެ މެނޭޖިންޑިރެކްޓަރި އަހުމަދު ސައީދު މުހައްމަދު ވިދުވެއްޖެއެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދި ޕްރޮގްރާމުގައި ރޭ ސައީދު ވިދާޅުވީ ކުރިން އެ ކުންފުނީގައި ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގި ކަމަށެވެ. ނަމަވެސް ފަހުން އައިމެނޭޖްމަންޓުން މި ކަންކަން ހައްލު ކުރުމަށް ގަވާއިދުތަކަށް އިސްލާހު ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސައީދު ވިދާޅުވި ގޮތުގައި ފެނަކައ...
އަޙްމަދު ވަހީދު
މުޒާހަރާ ކުރާތާ 100 ދުވަސް ފާހަގަ ކުރަން ދަނޑުވެރިން ވެގެން އިންޑިއާގެ ބޮޑު ހައިވޭއެއް ބަންދުކޮށްފިއެވެ. މިއަދު ގިނަ އަދަދެއްގެ ދަނޑުވެރިން ނިއު ދިއްލީގެ ހައިވޭ އެއް ބަންދު ކޮށްފައިވަނީ ކާރުތަކާއި ޓްރެކްޓަރުތައް ބޭނުން ކޮށްގެންނެވެ. މި މުޒާހަރާތަކަކީ ދަނޑުވެރިކަމުގެ ދާއިރާ ބޮޑެތި އަމިއްލަ ކުންފުނިތަކަށް ހުޅުވާލުމާ ގުޅިގެން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ދަނޑުވެރިން ކުރަމުން އަންނަމުޒާހަރާތަކެކެވެ. މި ދަނޑުވެރިން ބުނަމުން އަންނަނީ މި ބަދަލުގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް ގެއްލުން ވާނެ ކަމަށެވެ...
އަޙްމަދު ވަހީދު
ބޮޑުތިލަދުންމަތީގައި ގާއިމުކުރާ އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫޢުގެ ސާވޭ ފަށައިފިއެވެ. މިގޮތުން އެ ސާވޭ ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޓީމަކާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)ގެ ޓީމެއް މިއަދު ވަނީ އެ ސަރަހައްދަށް ދަތުރު ކޮށްފައެވެ. ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ، ހއ. ހދ. އަދި ށ އަތޮޅުގައި އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫޢާ ގުޅޭ ގޮތ...
ޝިއުނާ އާދަމް