ސްޕެނިޝް ލަލީގާގައި އެއް ސިޓީއަކަށް ނިސްބަތްވާ ދެ ޓީމް ކަމުގައިވާ އެތުލެޓިކޯ މެޑްރިޑާއި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބައްދަލުކުރި “މެޑްރިޑް ޑާބީ” މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ އެތުލެޓިކޯގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރި ވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 15 ވަނަ […]
އިބްރާހިމް ޚަލީލް
ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 40 އިންސައްޔަ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާތަނަށް މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 24,485 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 185 މީޓަރުގެސަރަޙައްދެއްގައި އެއްގަމުތޮށި...
އަޙްމަދު ވަހީދު
ދުނިޔޭގެ އެންމެ ބިޒީ އެއް އެއާޕޯޓު، ދުބާއީ އެއާޕޯޓުގައި ޕާސްޕޯޓު ބެލުމުގެ ބަދަލުގައި ދަތުރު ކުރާ މީހުންގެ ލޯ ސްކޭން ކުރަން ފަށައިފިއެވެ. މި ހިދުމަތާއެކު ލޯ ސްކޭން ކުރުމުން އެ މީހަކާ ގުޅޭ މައުލޫމާތު ދުބާއީގެ އިމިގްރޭޝަނަށް އެނގޭނެއެވެ. އެހެންކަމުން މީހުންގެ ޕާސްޕޯޓު ޗެކު ކުރުމަށް އޮފިސަރަކު ބޭނުމެއްނުވާނެއެވެ. ޔޫއޭއީ އިން އަންނަނީ ކޯވިޑް-19އާ ގުޅިގެން އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ކޮންޓެކްޓްލެސް ހިދުމަތްތައް ތައާރަފުކުރަމުންނެވެ. ލޯ ސްކޭން ކުރުމަކީވެސް މިއިނީޝިއޭޓިވްގެ ދަށުން ފެށި ހިދުމަތެ...
އަޙްމަދު ވަހީދު
ށ. ފޭދޫ ބަނދަރުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއް...
އަޙްމަދު ވަހީދު
ޓްވިޓާ ލޯންޗު ކުރުމުގެ ގޮތުން އެ ކުންފުނީގެ ސީއީއޯ ޖެން ޑޯސީ ކުރި ޓްވީޓު ނީލަމުގައި ވިއްކާލަން އިއުލާން ކޮށްފިއެވެ. “ޖަސްޓް ސެޓިން އަޕް މައި ޓްވިޓާ” (ހަމަ ޓްވިޓާ ފަށައިގަންނަނީ) މިހެން ބުނެ ޑޯސީ ކޮށްފައިވާ ޓްވީޓު ވިއްކާލަނީ އޭނާގެ އޮޓޯގްރާފާ އެކުގައެވެ. މި ޓްވީޓު އޭނާކޮށްފައިވަނީ 2006 ވަނަ އަހަރުގައެވެ. މި ޓްވީޓު ގަތުމަށް މިހާތަނަށް ބްރިޖް އޮރެކަލްގެ ސީއީއޯ ވަނީ 2.5 މިލިއަން ޑޮލަރު ބިޑުކޮށްފައެވެ. މި ޓްވީޓު ނީލަމުގައި ވިއްކާލަނީ “ވެލިއުބަލްސް”ކިޔާޕްލެޓްފޯމެއްގައެވެ. އެކި ޕްލެޓްފޯމުތަކުގައި […]
އަޙްމަދު ވަހީދު
މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ވޯޓު ދޭންވާނީ ބަރާބަރަށް ނަމާދުކުރާ ކެނޑިޑޭޓުންނަށް ކަމަށް ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ފާޅުކުރަށްވާފައިވާ ޚިޔާލުތަކަކާއި ގުޅިގެން، އެ މައްސަލަ ބަލަމުންދާތީ، 14 ދުވަހުގެ ސަންޕެންޝަނެއްގައި ހުންނެވި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސަރ، ޑރ. އިޔާޒް މި މޭރުމުން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގަ އެވެ. ޑރ. އިޔާޒް ވިދާޅުވީ، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުދޭއި...
އަލީ އާދިލް
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި، “މެންޗެސްޓާ ޑާބީ” މެޗުގައި ޔުނައިޓެޑްއަތުން ސިޓީ ބަލިވެ އެ ޓީމް ލީގުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އައިސްފިއެވެ. އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ސިޓީ ނުކުތްއިރު އެ ޓީމް އޮތީ ރަނގަޅު ފޯމެއްގައެވެ. މި މެޗުން ޔުނައިޓެޑްގެ އަތުން ސިޓީ ބަލިވުމުގެ […]
އިބްރާހިމް ޚަލީލް
”ފެންގަނޑަކުން، ވެލިގަނޑަކުން، ބައިމިލިއަންގެ އާމްދަނީ ރަށަށް ވައްދާ ބޮޑު ޖަވާހިރަކަށް” ހޯރަފުށީ އެއާޕޯޓް ވެގެން ގޮސްފައިވާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ. ސައްލެ މިހެން ވިދާޅުވީ، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އިން އެ އެއާޕޯޓުން 45 ވަޒީފާގެ ފުރުޞަތެއް މިއަދު ހުޅުވާލުމުން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ. ހޯރަފުށީ އެއާޕޯޓުން 45 ވަޒީފާގެ ފުރުޞަތު ޢިއުލާން ކުރުމާއި ގުޅިގެން ސައްލެ ”ތިލަދުން”އަށް ވިދާޅުވީ، ހަގީގީ ލާމަރުކަޒީވުމަކީ، ރަ...
ޝިއުނާ އާދަމް
ހއ. ހޯރަފުށީ އެއާޕޯޓުގެ އެކި ދާއިރާތަކުން ގިނަ ވަޒީފާތަކެއް ޢިއުލާން ކޮށްފިއެވެ. މި ގޮތުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އިން މިއަދު ކުރި ޢިއުލާނެއްގައި ވަނީ އެ އާޕޯޓުން 45 ވަޒީފާގެ ފުރުޞަތު ހުޅުވާލާފައެވެ. ހޯރަފުށީ އެއާޕޯޓުން ޢިއުލާންކޮށްފައިވާ ވަޒީފާތައް ފަޔަރ އޮފިސަރ (1) ސަބް އޮފިސަރ (1) ލީޑިން ފަޔަރ މޭން (1) ޖޫނިއަރ އެއާޕޯޓް ފަޔަރ ފައިޓަރ (2) އެއާޕޯޓް ފަޔަރ ފައިޓަރ ޓްރެއިނީ (4) އީއެމްޓީ ފަޔަރ ފައިޓަރ ޓްރޭނީ (2) […]
ޔުމްނާ ޢަލީ
ހއ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 2 ވަނަ ދުވަހުން ފެށިގެން އެރަށަށް ފުރަބަންދުގެ ހާލަތުގައި އޮތްއިރު، އަވަށްޓެރި މުރައިދޫގެ ރައްޔިތުންގެ ހިތުގައި ބާރަށުގެ އަޚުންނާއި އުޚުތުންނާމެދު އޮތް ލޯތްބާއި، ކުލުނު އަނެއްކާ ވެސް ދައްކާލައިފިއެވެ. މިގޮތުން މުރައިދޫ ރައްޔިތުންގެ ފަރާތުން އިއްޔެ ބާރަށު ރައްޔިތުންނަށް ވަނީ 28 ބަސްތާ ކާޑާއި އަދި 20 ކޭސް ނޫޑްލްސް ނޫޑްލުސް ހަދިޔާކޮށްފައެވެ. މިވަގުތު ބާރަށުގައި މީހުން އުޅޭ ގޭބިސީތަކުގެ ނިސްބަތުން 28 ބަސްތާ ކާޑުން، ކޮންމެ ގޭ […]
ޙުސައިން ޝަހުދީ
ށ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފި އެވެ. މިކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ހެލްތުއިން ކުރި ޢިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ށ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07 މާރިޗު 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 16 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ނިޔަލަށް، އެކަމަށް ތައްޔާރުކުރެވިފައިވާ ރެޖިސްޓްރޭޝަން […]
ޙުސައިން ޝަހުދީ
އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާއި ބްރައިޓަން ބައްދަލުކުރި މެޗު، ލެސްޓާއިން ކާމިޔާބު ކޮށްފިއެވެ. ހޮނހިރު ދުވަހުގެ ރޭ ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު ލެސްޓާއިން ކާމިޔާބު ކޮށްފައިވަނީ ބްރައިޓަންއިން ލަނޑެއްޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ބްރައިޓަންއިން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހު ލިވަޕޫލުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ބްރައިޓަންއަށް […]
އިބްރާހިމް ޚަލީލް
ޝައްކެއް ނެތް ގޮތުގައި ﷲގެ މަގުގައި މުދަލުން ހޭދަކުރުމަކީ އާޚިރަތަށް ތައްޔާރުވުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމެވެ. އެޢަމަލެއްކޮށްގެން ތިމާއަށް ޘަވާބު ލިބޭ އަދި ޙާޖަތްތެރިންގެ ބޭނުންތައް ފުއްދައިދެވޭ ޢަމަލެކެވެ. އޭގެ ސަބަބުން މުޖުތަމަޢުގެ ގުޅުންތައް ރަނގަޅުވެ، ފަޤީރުންނާއި މުއްސަނދިންގެ ދެމެދުގައިވާ ފަރަޤު ކުޑަކުރެވި، އެންމެންގެ މެދުގައިވެސް އެކުވެރިކަމާއި ގާތްކަން އަދި އުޚުއްވަތްތެރިކަން ޤާއިމް ކޮށްދޭ މަތިވެރި ޢަޅުކަމެކެވެ. މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި މުދަލުން ހޭދަކުރ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް، މުޙައްމަދު ފަޒީން މިއަދު ޢައްޔަންކުރައްވައިފިއެވެ. މުޙައްމަދު ފަޒީން މި މަޤާމަށް ޢައްޔަންކުރައްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެެވެ. އަދި މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މުޙައްމަދު ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެ ބޭފުޅާ ނޫސްވެރިކަމ...
ޖަލްވާން ޖާދުﷲ
ފާއިތުވި 2020 ވަނަ އަހަރުގެ ހދ.އަތޮޅުގެ ރަށްތަކުގެ ރަށު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތުގައި ހދ. އަތޮޅު ކައުންސިލަށް ފޮނުވާފައިވަނީ އަތޮޅުގެ ހަތަރު ރަށަކުން ކަމުގައި ހދ. އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ. ކަނޑައޅިފައިވާ މުއްދަތުގައި ރިޕޯޓް ފޮނުވާފައިވާ ރަށު ކައުންސިލް އިދާރާތަކަކީ ހދ. ހަނިމާދޫ ކައުންސިލް އިދާރާ، ހދ. ނެއްލައިދޫ ކައުންސިލް އިދާރާ، ހދ. ކުރިނބީ ކައުންސިލް އިދާރާގެ އިތުރުން ހދ. ވައިކަރަދޫ ކައުންސިލުގެ އިދާރާ އެވެ. ހދ.އަތޮޅު ކައުންސިލ...
އިބްރާހިމް ޚަލީލް
ހުޅުމާލޭގައި ހުންނަ އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) ގެ ފިހާރަ ފަޅާލައި ވައްކަން ކުރަން ތިބި ބަޔަކު ހައްޔަރުކޮށްފިއެވެ. އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ވައްކަން ކުރަން ތިއްބާ 4 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. މި ވައްކަމުގައި ހިމެނޭ ބައެއް މީހުން ވަނީ ފިލައިފައެވެ. އައިބީއެމް އިން މިއަދު އާއްމު ކުރި ވީޑިއޯއިން ދައްކާ ގޮތުގައި އެ ސަރަހައްދުގައި ފޯރި މަރަމުން ދިޔަ ފުލުހުންތަކެއް ފިހާރަ ކުރިމައްޗައް އެރުމާއެކު ފިހާރަ ތެރެއިން މޫނު […]
އަޙްމަދު ވަހީދު
ށ. ފޭދޫގައި މަދިރި މަދިރި އާލާވުމުގެ ފުރުޞަތު ވީހާވެސް ކުޑަކުރުމަށް މަދިރި އުފެދޭ ތަންތަނަށް ކެމިކަލް އެޅުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމަކީ ފޭދޫ ކައުންސިލާއި، ފޭދޫ ސިއްހީ މަރުކަޒު ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން އެރަށުގެ ކަނޑޫފާ، ކުޅި، ފާތަކަށް ކެމިކަލް އެޅުން ކުރިއަށް ގެންދަން ނިންމާފައިވާއިރު، ކެމިކަލް ފޯރުކޮށްދީފައި ވަނީ ށ. އަތޮޅު ހޮސްޕިޓަލުންނެވެ. ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރު ”ތިލަދުން”އަށް ވިދާޅުވީ، އެރަށަކީ ގިނަ ކަނޑޫފާތަކެއ...
ޙުސައިން ޝަހުދީ
ފުވައްމުލަކު ސިޓީން ރޭ ފަތިހު މަހަށް ފުރި ޑިންގީއެއްގެ ޚަބަރު ނުވެގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެ ޑިންގީ މަހަށްފުރީ ރޭ ފަތިހު 04:30 ހާއިރު ކަމަށެވެ. އަދި އެ ޑިންގީގެ ޚަބަރެއް ނުވެގެން އެޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. އެ ޑިންގީގެ ޚަބަރެއް ނުވެގެން ޢާއިލާގެ ފަރާތުން އެމްއެންޑީއެފަށް ރިޕޯޓްކުރީ މިއަދު ހެނދުނު 10:40 ހާއިރުއެވެ. […]
ޔުމްނާ ޢަލީ