ކޮވިޑް-19ގެ ރާޅު މާލެތެރެއަށް ބީއްސާލީންސުރެ ބައްޔާއެކު ފެތުރެމުން ދިޔަ އެއް ވާހަކައަކީ ބަލިމަޑުކަމުގެ ރާޅުގެ އަސަރު ފިލަންދެން ތޮއްޖެހިފައިވާ މާލޭގެ ގެތަކުގައި ކެތްނުވާނެ ވާހަކައެވެ. ވައި ދައުރުނުވާ ގޮތަށް ވަށައިގެން ބަންދުވެއިވާ “ކޮށި”ތަކަށް އިރުގެ އަލިކަންވެސް ނުލިބޭ ވާހަކައެވެ. މާލެ ބަންދު ކޮށްފިނަމަ އާމްދަނީ ހޯދަން އޮތް މަގުވެސް ބަންދުވާނެ ވާހަކައެވެ. ދެން އިވިގެންދިއައީ “ރާއްޖެތެރޭގެ” ރައްޔިތުން މޭލެ ދޫކޮށް އެބައެއްގެ ރަށަށް ދިރިއުޅުން ބަދުލުކުރަން އަޑުގަދަ ފަރާތަކުން ގޮވާލި އެޑެއެވެ. މިއީ...
ފާޠިމަތު ޝިފާ
ނޫސްތަކުން މައުލޫމާތު ފޯރުކޮށްދޭއިރު ކަމުގެ ހަގީގަތް ސާފުވާނެހެން ލިޔުމަށް ފެނަކަ ކޯޕަރޭޝަނުން ގޮވާލައިފިއެވެ. އެ ކުންފުނިން މިހެން އެދުނީ “މިހާރު” ނޫހުގައި “ދެ ކުންފުންޏެއްގެ ކޮރަޕްޝަން ޙާލަތު: ޒީރޯ ޓޮލަރެންސް ކޮބާ؟” މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރުގައި އެކުންފުންޏާ ގުޅޭގޮތުން ހަގީގަތް އޮޅޭގޮތަށް ލިޔެފައި އޮތުމާ ގުޅިގެންނެވެ. އެ ލިޔުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލާ ދީ ބުނެފައިވާގޮތުގައި ފެނަކައާ ގުޅޭ ގޮތުން ހުށަހެޅޭ ގިނަ މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނީކޮރަޕްޝަން...
އަޙްމަދު ވަހީދު
ރާއްޖޭގައި ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް އިން ކޮންޓްރޯލްކޮށް އަގުތައް އާންމުކޮށްފިއެވެ. އެކަން ހާމަކުރައްވަމުން އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވީ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު (1/96) ފެބްރުއަރީ 28ގައި އުވި، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު (12/2020) އަށް އަމަލުކުރަން ފަށާފައި ވާތީ، ބައެއް މުދާތައް ވަކިވަކިން (ރީޓެއިލްކޮށް) ވިއްކޭނެ އެންމެ މަތީ އަގު ކޮން...
ޝިއުނާ އާދަމް
ކޯވިޑް-19ގެ ހާލަތުގެ ސަބަބުން، ހއ. ބާރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވާލުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ. ބާރަށު ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަމީމް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގެ ހާލަތު މިވަގުތު އޮތްގޮތުން އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. މިގޮތުން އެ ރަށުގެ ފިހާރަ، ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތައް މިއަދުން ފެށިގެން ބަންދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދުން ފެށިގެން އެތަންތަނުން ދޭނީ ޑެލިވަރީގެ ޚިދުމަތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ”ރަށުގެ ހާލަތު އާންމު ގޮތެއްގައި ރ...
ޙުސައިން ޝަހުދީ
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން، އެ މަރުކަޒުގައި ބަހައްޓާ ވޯޓު ފޮށްޓަށް ވޯޓު ލުމަށް ރީ-ރެޖިސްޓަރ ކުރަން މަޖުބޫރު ކުރަމުންދާ ކަމަށް އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށްޓަށް ވޯޓު ލުމަށް ރީ-ރެޖިސްޓަރ ކުރުމަށް އ...
ޖަލްވާން ޖާދުﷲ
މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށްއެދި ލޯނުގެ ފުރުސަތަށް ކުރިމަތިލި ފަރާތްތައް ކަނޑައެޅުމުގެ މަރުހަލާ ކުރިއަށް ގެންދާނީ އެއްވެސް ނުފޫޒެއް، ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާއެކުގައިކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ދެއްވައިފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން، މި ޔަގީންކަން ދެއްވީ ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ، މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނުގެ ފުރުސަތަށްއެދި 1176 ފަރާތެއް ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެފަރާތްތަ...
ޔުމްނާ ޢަލީ
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާއަޅައިގެން މަސްވެރިކަން ކުރާ، ރާއްޖެއިން ބޭރުގެ ބޯޓު ފަހަރުތައް މިދުވަސްވަރު އިންތިހާއަށް ގިނައިން ފެންނަމުންދާތީވެ، މިކަމަށް ވަގުތުން ފިޔަވަޅުއަޅައި ރާއްޖޭގެ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އިތުރަށް ސަމާލުކަން ދިނުމަށް ސަރުކާރަށް ގޮވާލައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބައިލައިނުގަނެ ބޭރުކޮށްލުމުން އެކަމާ ހިތާމަކުރާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ)އިން ބުނެފިއެވެ. އެ ޖަމިއް...
ޖަލްވާން ޖާދުﷲ
ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. ބާރަށަށް، ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ފޭސް މާސްކާއި، ސެނިޓެއިޒަރ ހަދިޔާ ކުރަށްވައިފިއެވެ. މިގޮތުން މެންބަރު އަޙްމަދު ވަނީ 13،750 ފޭސް މާސްކާއި، 360 ފުޅި ހޭންޑް ސެނިޓެއިޒަރ ބާރަށަށް ހަދިޔާ ކުރަށްވާފަ އެވެ. https://twitter.com/NannaSoru/status/1368845909153447938?s=19 މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް ފޯރުކޮށްދިން އިރު، އަވަށްޓެރި މުރައިދޫން ވެސް ވަނީ ދެ ދުވަސް މަތީން...
ޝިއުނާ އާދަމް
އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އެވަޓަންއާއި ޗެލްސީ ބައްދަލުކުރި މެޗު، ޗެލްސީ ކާމިޔާބުކޮށްފިއެވެ. ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިނެވެ. މި މެޗުގައި ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން މެޗުގެ 66 އިންސައްތަ ބޯލް ޕޮޒިޝަން ހިފަހައްޓާފައިވާއިރު، އެވަޓަންގެ ގޯލާއި އަމާޒުކޮށް ޖުމްލަ 9 ހަމަލާވަނީ ފޮނުވާލާފައެވެ. އެވަޓަންއަށް ޗެލްސީގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ […]
އިބްރާހިމް ޚަލީލް
ކޯވިޑް-19 ވެކްސިން (ކޮވިޝީލްޑް) ޖެހިފަހުން އުމުރުން 45 މީހަކު މިއަދު ނިޔާވެއްޖެއެވެ. އެމީހާއަކީ އއ. މާޅޮހަށް އުފަން މީހެކެވެ. އެމީހާ ވެކްސިން ޖަހާފައި ވަނީ އިއްޔެއެވެ. އެމީހާ ނިޔާވީ މިއަދު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، އެމީހާ މަސްވެރިކަމުގައި އުޅެނިކޮށް ހާލު ދެރަވެގެން ކ. ހިންމަފުށީ ސިއްހީ މަރުކަޒަށް ގެނެވުނީ މިއަދު ހެނދުނު ކަމަށާއި، އަދި 9:13 ގައި އެމީހާ ނިޔާވެފައި ވަކަމަށެވެ. އޭނާ ވެކްސިން ޖަހާފައި ވަނީ އިއްޔެ، […]
ޔުމްނާ ޢަލީ
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވަގުތުން ދެއްކި މޭގަން މާކަލް އާއި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އިންޓަވިއު އެމެރިކާގެ 17.1 މިލިއަން މީހުން ބެލި ކަމަށް ދައްކައިފިއެވެ. މިއީ މިދިޔަ އަހަރު ބޭއްވި އޮސްކާގެ ފަހުން މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި ލައިވް އިވެންޓެވެ. މިދިޔަ އަހަރުގެ އޮސްކާ 23.6 މިލިއަން މީހުން ބަލާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި އިންޓަވިއުއަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާަލުކަން ވަނީ ލިބިފައެވެ. މަޝްހޫރު ހޯސްޓް އޯޕްރާ ވިންފްރީ ނެގި […]
އަޙްމަދު ވަހީދު
އަންހެނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ، އަންހެނުން ބާރުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުންދާ ކަމަށާއި، އެއީވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މި މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ. ރައީސް ވިދާޅުވީ، މުޖުތަމަޢުގެ މުހިންމު ދާއިރާތަކާއި އިސް މަޤާމުތަކުގައި އަންހެނުން އަދާކުރާ ދައުރު އިތުރަށް ފުޅާކޮށ...
ޔުމްނާ ޢަލީ
މިހާރު ވެސް މާލެ ސިޓީގައި އޮތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކައުންސިލެއް ކަމަށާއި، އެ ޕާޓީއަށް މިހާރު ކޮށްނުދެވުނުކަމެއް އަލުން ކައުންސިލްގެ ގޮނޑިތައް ދިނުމަކުން ވެސް ހުޅުމާލެއަކަށް ުކޮށްނުދެވޭނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުމާލޭ ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ، ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގެ އެންމެ ހަރަކާތްތެރި އެއް މޫނުގެ ގޮތުގައި ފެންނަ، އެ ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރަށްވާ...
އަލީ އާދިލް
ކޫލްޓެމްޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ. “ކޫލްޓެމްޕް ކުޅުދުއްފުށި”ގެ ނަމުގައި ހުޅުވި މި ފިހާރަ އިއްޔެ ހުޅުއްވައިދެއްވީ އެ ރަށުގެ ކައުންސިލް ރައީސް އަބްދުލް ލަތީފް ހަސަން އެވެ. މި ފިހާރަ ހުޅުވާފައިވަނީ ކުޅުދުއްފުށީގެ ކޮރަލް ދަނޑު ކައިރި މެގްމާގައެވެ. ކޫލްޓެމްޕްގެ އެހެން ފިހާރަތަކާއެއްގޮތަށް މި ފިހާރައިން ވެސް ރެފްރިޖަރޭޝަން އަދި އެއާކޮންޑިޝަންގެ ސްޕެއާ ޕާރޓްސް ލިބެން ހުންނާނެއެވެ. އަދި އިތުރު ތަފާތު ބާވަތްތަކުގެ ހާޑްވެއާ ވެސް ލިބެން ހުންނާނެއެވެ...
އަޙްމަދު ވަހީދު
ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެފައި ވަނިކޮށް، މުޅި މާލެ ހަރާބުގެ މަގަށް ދުއްވާލުމަށްފަހު، އިދިކޮޅު ކޯލިޝަނުން ރިސޯޓު މަސައްކަތްތެރީންގެ ހައްގުގައިކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހެޅުމަކީ ދެބޯގެރި ދުއްވަން ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ. ޝަހީމް މިގޮތަށް ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ، ”ކޯވިޑް-19 އާ ގުޅިގެން ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައް...
އަލީ އާދިލް
ވޭތުވި 2020 ވަނަ އަހަރުގެ ފަހުކޮޅު އިގްތިސާދީ ބޫމެއް އަންނާނެ ކަމަށް ސަރުކާރުން ވިދާޅުވި ކަމަށާއި، ނަމަވެސް އައިތަން ފެނުނީ ވެންޓިލޭޓަރުގެ ބޫމެއް އައިތަންކަމަށާއި، އެއީ ކޮރަޕްޝަނާއި ވައްކަމުގެ ބޫމެއްް ކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ. މެންބަރު ސައީދު މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ، ކޯވިޑް-19 އާ […]
އަލީ އާދިލް
ހއ. ބާރަށުން އިތުރު 6 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެރަށުން އިތުރު ބަޔަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 31 އަށް އަރާފައެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 6 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަން ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. ”އިތުރު 6 މީހެއް ޕޮޒިޓިވްވިކަން ވަނީ އަންގާފައި، އަދި ވެސް ނަތީޖާ ނުލިބޭ ސާމްޕަލް އެބަހުރި” ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ވިދާޅުވިއެވެ. […]
ޙުސައިން ޝަހުދީ
ދަރިފުޅުގެ ހަމުގެ ކުލަ ކަޅުވެދާނެތީ ޕްރިންސް އަކަށް ނުހަދަން ޝާހީ އާއިލާއިން ނިންމި ކަމަށް މޭގަން މާކަލް ވިދާޅުވެއްޖެއެވެ. އިނގިރޭސި ވިލާތުގެ ޕްރިންސް ހޭރީގެ އަނބިކަނބަލުން މޭގަން މިހެން ވިދާޅުވީ ރޭ އޯޕްރާ ވިންފްރީއަށް ދެއްވި އިންޓަވިއުއެއްގައެވެ. އޭނާ ވިދާޅުވީ ޝާހީ އާއިލާއިން ދަރިފުޅުގެ ހަމުގެ ކުލައާ ގުޅޭގޮތުން މަޝްވަރާ ކުރިކަމަށެވެ. އަދި ދަރިފުޅު ކަޅު ވެއްޖެނަމަ ކީއްތޯ ކުރާނީ ހޭރީއާ ސުވާލު ކުރި ކަމަށްވެސްމޭގަން ވިދާޅުވިއެވެ. މި މަޝްވަރާތައް ކުރި އިރު މޭގަން އިނީ ދޮށީ […]
އަޙްމަދު ވަހީދު