ދެހާސް ނަވާރަވަނަ އަހަރު އެއް ބިލިއަން ޓަނާ ގާތަ ކުރާ އަދަދަކަށް ކާނާ އުކާލާފައިވާ ކަމަށް އދ. ގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ. އދ. ގެ މި ރިޕޯޓު ދައްކާގޮތުގައި އެ އަހަރު ޖުމްލަ އުކާލާފައިވަނީ 931 މިލިއަން ޓަނުގެ ކާނާއެވެ. މީގެ ތެރެއިން ބޮޑު އިންސައްތައެއް އުކާލާފައިވަނީ ވަކި ވަކި ގޭބިސީތަކުންނެވެ. ގޭބިސީތަކުގެ އިތުރުން ރީޓެއިލަރުންނާއި ރެސްޓޯރެންޓް ފަދަ ކާނާގެ ބާވަތްތައް ތައްޔާރު ކުރާ ތަންތަނުންވެސް ގިނަ އަދަދެއްގެ ކާނާ އުކާލާއެވެ. މި ރިޕޯޓު ލަފާ […]
އަޙްމަދު ވަހީދު
އުމުރުން ފަނަރަ އަހަރުގެ ބްރެޑަން ވިލްސަން ކޮވިޑް-19 ޖެހިދާނެތީ ބިރުގަތެއެވެ. ދަތުގެ ޑޮކްޓަރަށް ދައްކާށާއި ގެކައިރީގައި ދިރިއުޅޭ މާމަކާފައަށް ޒިޔާރަތްކުރަން މާސްކު އަޅައިގެން ނޫނީ ކެލިފޯނިއާގެ ސިމީ ވެލީގައި ހުންނަ ގެއިން ނުނުކުމެއެވެ. އެހެންނަމަވެސް ކޮންމެވެސް ގޮތަކުން ބްރެޑަންއަށް މިވަރަސް ޖެހުނެއެވެ. ކޮވިޑްގެ ވައިރަސް ޖެހުނުތާ އެތަށް ހަފްތާއެއް ފާއިތުވާފަހުން ކޮރޯނާވައިރަސްއާ ގުޅުންހުރި ގޮތް ނޭނގޭ އިންފްލެމޭޓްރީ ބައްޔެއްގެ ސަބަބުން ފުރާވަރުގެ ކުދިންގެ ވަރުދެރަކޮށްލައެވެ. ބްރެޑަންގެ ހާލުދެރަވުމ...
ފާޠިމަތު ޝިފާ
ރ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަހާ ޖައްރާފު ގެންގޮސްފިއެވެ. އެމްޓީސީސީން ބުނީ ޑްރެޖަރު ގެންދެވުމާއެކު ވަރަށް އަވަހަށް ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓްޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މ...
އަޙްމަދު ވަހީދު
ދީނީޢިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފަކީ މުނާފިގެއް ކަމަށާއި، އޭނާ ހައްޔަރުކޮށް އެކަހެރި ކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގޮވާލައިފިއެވެ. އާޒިމް މިހެން ގޮވައިލީ ޑރ. އިޔާޒް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގަ އެވެ. ޑރ. އިޔާޒްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ”ވަރަށް ބޮޑު ނުބައެއްގެ ފެށުން، ﷲ އަޅަމެން ރައްކާތެރިކޮށް ދެއްވާށި، އާމީން” މިހެންނެވެ. ޑރ. އިޔާޒް މިހެން ވިދާޅުވެ […]
އަލީ އާދިލް
އއ. މާޅޮހުގައި އުމުރުން 12 އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، އެ ކުއްޖާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެކުއްޖާ ފެނިފައިވަނީ މިއަދު ހަވީރު 17:50 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުންވިދާޅުވި ގޮތުގައި އެއީ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖެކެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ޔުމްނާ ޢަލީ
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނެވި، މަސްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފް ސަސްޕެންޑު ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެމްއެންޔޫއިން، ޑރ. އިޔާޒް ސަސްޕެންޑްކުރީ ސޯޝަލް މީޑިއާގައި އޭނާ ފާޅުކުރަށްވާފައިވާ ޚިޔާލުތަކަކާއި ގުޅިގެން، އެ މައްސަލަ ބަލަމުންދާތީއެވެ. މިގޮތުން 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރިކަން އަންގައި، ސަސްޕެންޑްކުރި ސަބަބެއް ގޮތުގައި ޑރ. އިޔާޒަށް އަންގާފައި ވަނީ ޑރ. އިޔާޒު ސޯޝަލް މީޑިއާގައި ކ...
ޖަލްވާން ޖާދުﷲ
މާލޭ ސިޓީގެ މާލޭގައި އިދިކޮޅު ކޯލިޝަނުން މިއަދު ކުރަމުންދާ މުޒާހަރާގެ ތެރެއިން މިހާތަަނަށް 31 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަނީ އިދިކޮޅު މުޒާހަރާގެ ތެރެއިން31 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މައިޕާޓީގެ ކައުންސިލް މެންބަރަކު މުޒާހަރާތެރޭ ހުރެ ވިދާޅުވީ، އެ ކޯލިޝަނުން ހަވީރު ފެށި މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކުރަމުންދާ ކަމަށެވެ. ”އެކިވަރުގެ އަނިޔާތައް ވެސް ލިބުނު، އެކަމަކު މާ...
ޖަލްވާން ޖާދުﷲ
5 އަހަރުވަންދެން މި ސަރުކާރު އޮންނާނެކަން އެނގިވަޑައި ނުގަންނަވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބުރައީސްކަން ވެސް ކުރަށްވާ ޝިޔާމް މިހެން ވިދާޅުވީ، އިދިކޮޅުން މިއަދު މާލޭ ސިޓީގައި ކުރާ އިހުތިޖާޖުގެ ތެރެއިން ”ޗެނަލް13” އަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ، އެ ކޯލިޝަނުން ކުރަމުންދާ މަސައްކަތަކީ ހުޅުމާލޭގައި ތަރައްގީ ކުރި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބުނު މީހުންތެރެއިން އެތައް ބަޔެއްގ...
އަލީ އާދިލް
އެންމެ ނުރައްކާތެރި ފިތުނައަކީ ދީނީ ފިތުނަ ކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ. ޚުތުބާއި އިތުރަށް ވިދާޅުވެފައިވަނީ ދީނީ ފިތުނައަކީ ﷲ ގެ އަޅާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިޙާނު ކުރެވޭ ފިތުނަ ކަމަށެވެ. އަދި މި އިމްތިޙާނުގައި ފެއިލްވާ މީހުން ފުރެދުމުގެ ތެރެއަށް ވެއްޓިގެން ދާނެކަމަށެވެ. ފިތުނަ އަކީ ހިތަށާއި، ސިކުނޑިއަށް ޖެހޭ މުޞީބާތެކަމަށާއި އޭގެ ސަބަބުން ކެތްތެރީން ވެސް އާވާރާވެ، މަގުއޮޅި ދާކަމަށެވެ. ފިތުނަ އަކީ ދެކޮޅުވެރިކަމާއި، ބައިބައިވުން އުފެއްދުމަށް މަގު ފ...
އިބްރާހިމް ޚަލީލް
މީގެ 10 އަހަރު ކުރިން 2011 ވަނަ އަހަރު ޖަޕާނަށް އެރި ސުނާމީގައި ގެއްލުނު އަންހެނެއްގެ ހަށިގަނޑު ފެނިއްޖެއެވެ. މި އަންހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ ޖަޕާނުގެ މިޔާގީ ސަރަހައްދުގެ މޫދު ކައިރީގައި އޮއްވައެވެ. މަރުވިތާ ގިނަ ދުވަސްތައް ވުމުން މިހާރު ހުރީ އޭނާގެ ކަށިތައް އެކަނި ކަމަށް ވެސް އެ ގައުމުގެ ސިފައިން ވަނީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. މި ކަށިތަކުގެ ޑީއެންއޭ ހެދުމަށްފަހު އެ ގައުމުގެ ފޮރެންސިކުން ވަނީ މިއީ 61 އަހަރުގެ […]
އަޙްމަދު ވަހީދު
ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފަހު ޖާގަ ލެވަންޓޭ ބަލިކުރުމަށް ފަހު އެތުލެޓިކް ބިލްބާއޯއިން ހޯދައިފިއެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ބިލްބާއޯގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގެ ބުރާސްފަތި ދުވަހުގެ ރޭ ލެވަންޓޭގެ ދަނޑު ކުޅުނުއިރު މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ބިލްބާއޯއިންނެވެ. ބިލްބާއޯއަށް ފައިނަލުގެ ޖާގަ ލިބިގެން ގޮސްފައިވަނީ […]
އިބްރާހިމް ޚަލީލް
ދައުލަތުގެ މުއައްސަސާތަކުގައި ތިބެންޖެހޭނީ މަޖިލީހުގެ މެޖޯރިޓީގެ ހުދުމުހުތާރުކަމުގެ ”ދަލުގައި ބަންދުވެ” ތިބެގެން މަސައްކަތްކުރާނެ މީހުންނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. ޒާހިދު މިހެން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ) ކޮޕްލައިންސް ބިއުރޯގެ ވެރިޔަކަށް އޭނާ ހުންނަވަނިކޮށް، މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ ނުރުހުން އަމާޒްވުމުން އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނިކޮށް ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވ...
އަލީ އާދިލް
ތުރިކީގެ މިލިޓަރީ ހެލިކޮޕްޓަރެއް ވެއްޓީ 11 އޮފިސަރުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ތުރުކީގެ ދެކުނު އިރުމަތީފަރާތުގައި އޮންނަ ސެކްމީސް ކިޔާ އަވަށެއްގައެވެ. މި ހާދިސާގައި އިތުރު ދެ މީހަކު ވަނީ ޒަހަމަވެފައެވެ. ނަމަވެސް އެ އަވަށުގެ އެއްވެސް ރައްޔިތަކަށް ގެއްލުންވެފައި ނުވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ އެ އަވަށާ ކައިރީގައި އޮންނަ ބިނގޯލް ޕްރޮވިންސުން ޓަޓްވާނަށް ދަތުރު ކުރަމުން ދަނިކޮށެވެ. [...
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި، ޗެލްސީ ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ޖެހިލިއިރު، މި މެޗުން ބަލިވުމުގެ ސަބަބުން ލިވަޕޫލުން ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހުރަސްތަކާއި ކުރިމަތި ވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް […]
އިބްރާހިމް ޚަލީލް
ކޯވިޑްގެ އާ ވޭރިއަންޓް ތަކުގެ ނުރައްކަލަށްވެސް އެެންމެ ބޮޑަށް ހުށަހެޅޭ ބަޔަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންކަމަށާއި، އެ މަސައްކަތްތެރީންނަށް ވެކްސިން ލިބުން އަވަސްކުރުން އިންތިހާއަށް މުހިންމުކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. މެންބަރު އަލީ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. އަލީ ވިދާޅުވީ، ކޯވިޑްގެ އާ ވޭރިއަންޓް ތަކުގެ ނުރައްކަލަށްވެސް އެެންމެ ބޮޑަށް ހުށަހެޅޭ ބަޔަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުން ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް އެ މީހުން...
ޖަލްވާން ޖާދުﷲ
ރާއްޖެއަށް އެކިގޮތް ގޮތުން ގިނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޗައިނާ ސަރުކާރުން ރާއްޖެއަށް އިތުރު 100،000 ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ. ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޭންގް ލިޖޮންގް، ހުސްވި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ވަނީ އެ ގައުމުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން، އިތުރު 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ އިއްޔެ، […]
ޔުމްނާ ޢަލީ
ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެރަށުން ރޭގެ ނިޔަލަށް 216 މީހެއްގެ ސާމްޕަލް ނަގައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި، ކޯވިޑަށް ޓެސްޓް ކުރުމަށް ރޭގެ ނިޔަލަށް އެރަށުން ވަނީ 216 މީހެއްގެ ސާމްޕަލް ނަގާފައެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ […]
ޙުސައިން ޝަހުދީ
ނިއުޒީލެންޑް ކައިރީގައި އޮންނަ ކަރްމަޑެކް ރަށްތަކުގެ ކައިރިން ކަނޑުގެ ސަރަހައްދަށްއައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފިއެވެ. ބައިނަލްއަގްވާމީ ނޫސް އޭޖެންސީތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ހުކުރު ދުވަހުގެ ހެނދުނު ނިއުޒީލެންޑް ކައިރީގައި އޮންނަ ކަރްމަޑެކް ރަށްތަކުގެ ކައިރިން ކަނޑުގެ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 8.1 ގެ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރުނީ އެ ނިއުޒީލެންޑް ސަރަހައްދަށް ކައިރި...
ހުސައިން ހަބީބް