ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަރުގަދަކޮށް، ބަދަލުގެނެސްފިއެވެ. އެބަދަލުތައް ގެނައިކަން އެޗްޕީއޭއިން ހާމަކުރަށްވާފައިވަނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ރޭ އެ އެޖެންސީއިން އާންމު ކުރި އެންގުމެއްގަ އެވެ. މިއެންގުމުގައިވާގޮތުން އެ ފިޔަވަޅުތައް ވ...
ޝިއުނާ އާދަމް
ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ ޤަވައިދާ ޚިލާފަށް މަސައްކަތްކުރުވަމުންދާ 60 ފަންނާނުން ފޮނުވާލަން މޯލްޑިވްސް އިމިގްރޭޝަން އިން އަންގައިފި އެވެ. އިމިގްރޭޝަން އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެ ވުމަށްފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ އެއިދާރާއަށް ލިބެމުންދާކަމަށެވެވެ. މި ޝަކުވާގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ރިސޯރޓު...
އިބްރާހިމް އަސްވާޤް
ށ. ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. ހުސްވި ފެބްރުއަރީ މަހުގެ 16 އިން ފެށިގެން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ކިލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގެ އެއާޕޯޓްގެ ދެކުނުން އޮންނަ ނިކަގަސް ބީޗް ސަރަޙައްދުގައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވީ، ފާތިމަތު ނަޝްފާއެވެ. ފުނަދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެރަށުގެ 33 ކަނބަލެއް […]
ޙުސައިން ޝަހުދީ
ކުޅުދުއްފުށީ ސިޓީގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ”ސްޓޭޓް އޮފް ދަ އާޓް ޓިވެޓް ސެންޓަރ” ގާއިމުކޮށް، އަންނަ އަހަރު މެދުތެރޭ އެ ސެންޓަރުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރް އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީއިން މިހެން ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސްއަށް އިއްވެވި ރިޔާސީ ބަޔާނުގައި ހާމަކުރެއްވި ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރަން ނިންމާފައިވާ ސްޓޭޓް އޮފް...
އަލީ އާދިލް
ހުއްޓުމެއްނެތި ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، އެބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 64 އަށް އަރައިފިއެވެ. މިއަދު ނިޔާވެފައިވަނީ ޢުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ބޮޑެތި ބަލިތަކަށް ފަރުވާދެމުން އައި މީހެކެވެ. އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. މި ބަލީގައި އިއްޔެ ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެ ބަލީގައި އިއްޔެ ނިޔާވީ، ދިގުމުއްދަތަކަށް ސިފައިންގެ ބޭކަލެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމާއެކު، ދައ...
ޔުމްނާ ޢަލީ
މޯލްޑިވްސް ސްޓޭޓް ޝިޕިން އިން މިއަދު ކުރި ޓްވީޓަކާއެކު މުޅި ސޯޝަލް މީޑިއާ ގުގުމާލައިފިއެވެ. މި ޓްވީޓުގައި އެ ކުންފުނިން ވަނީ ފުރަތަމަ ފަހަރަށް ރާއްޖެއަށް ދިރިހުރި ޖަނަވާރު ޝިޕިން ކުރި ކަމުގެ އުފާވެރި ހަބަރު ދީފައެވެ. އެ ކުންފުނިން ގެނައީ އައްޑޫ ރައްޔިތަކުގެނައި އަސްތަކެކެވެ. އެމްއެސްއެސް އިން އައްޑޫއަށް ގެނައީ ކިތަށް އަސް ކަމެއްް އަދި ހާމަ ކޮށްފައި ނުވެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މީގެކުރިން އައްޑުއަށް ފަސް […]
އަޙްމަދު ވަހީދު
ހއ. ބާރަށުން އިތުރު 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ އިއްޔެ ބާރަށުން ނެގި 158 ސާމްޕަލްގެ ތެރެއިން މިހާތަނަށް 9 މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 22 އަށް އެރީއެވެ. ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން […]
ޙުސައިން ޝަހުދީ
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޭޕްރިލް މަހުގެ 04 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތެއް ފުރަތަމަ އިއުލާނުކުރީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހުއެވެ. މިއީ […]
ޖަލްވާން ޖާދުﷲ
އަތޮޅުތެރޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ރ. އަލިފުއްޓަށް ބަނގުރަލާއި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ ރ. އަލިފުއްޓަށް ބަނގުރަލާއި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 3 ވަނަ ދުވަހު އަލިފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއަކާއެކު 20 އަހަރުގެ މީހަކު އެރަށުން ހައްޔަރުކޮށްފައިވާނެ ކަމަށެވެ...
ޖަލްވާން ޖާދުﷲ
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެމްބަރު ޤައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވައިފި އެވެ. މިނިސްޓަރ އޯ.އައި.ސީ ގެ މެމްބަރު ޤައުމުތަކުގެ ސަފީރުންނާއި ވާޗުއަލްކޮށް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އަލިއަޅުއްވާލެއްވީ 1976 ގައި އޯ.އައި.ސީ. އާ ގުޅުނުފަހުން ދިވެހިރާއްޖެއިން އެހެން މެމްބަރު ޤައުމުތަކާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށެވެ. މިނިސްޓަރުގެ ވަހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ ދެމެހެއްޓ...
Thiladhun
ކުޅުދުއްފުށި ސިޓީގައި އިތުރު ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. އީސީއިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ކުޅުދުއްފުށި ސިޓީއަށް ވޯޓުލާ މަރުކަޒެއް އިތުރު ވެފައިވާކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވަނީ ޔޫތް ސެންޓަރުގައެވެ. މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީއަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ...
އިބްރާހިމް އަސްވާޤް
ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑް-19އަސޤ ޕޮޒިޓިވްވެ، ރައްޔިތުން ހާސްކަންމަތީ ތިބި ދަނޑިވަޅުގައި އަވަށްޓެރި މުރައިދޫ ރައްޔިތުންގެ ފަރާތުން، ބާރަށު ރައްޔިތުންނަށް ހިތްވަރުދީ އެހީތެރިވުމުގެ ގޮތުން ރޯ މަސް ހަދިޔާ ކޮށްފިއެވެ. ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ބައްދަލުވެފައި ވުމުން ޖެހިގެންއައި ދުވަހު 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ […]
ޙުސައިން ޝަހުދީ
އިނގިރޭސި ޕްރިމިއަ ލީގުގެ ދެވަނާގައި މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑާއި ކުރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އެއްވަރުވެ، މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް 14 ޕޮއިންޓްގެ ލީޑެއް ލިބިއްޖެއެވެ. ބުދަ ދުވަހުގެ ރޭ ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޔުނައިޓެޑުން ކުޅުނު ނަމަވެސް، ލަނޑު ޖަހާނެ ފުރުޞަތުތަކެއް ދެ ޓީމުންކުރެ […]
އިބްރާހިމް ޚަލީލް
ދ. މީދޫ ކައުންސިލާ ގުޅޭގޮތުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އެ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްފި އެވެ. އެލްޖީއޭއިން އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައި ނިންމާފައިވަނީ، ކައުންސިލަރުންގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފަ...
Thiladhun
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް މާފަންނު ރަންވަރަ، އަލްއުސްތާޛާ ޚަދީޖާ ނަޢީމް ޢައްޔަންކުރައްވައިފިއެވެ. އެ ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުގެ ގޮތުގައި ޢައްޔަންކުރައްވާފައިވާ ޚަދީޖާ ނަޢީމަކީ، ނޭޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ ޔުނިވަރސިޓީއިން ބިޒްނަސް ލޯގެ ދާއިރާއިން މާސްޓަރސް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޚަދީޖާ ނަޢީމް އެންމެ ފަހުން ފުރުއްވާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ލީގަލް އޮފިސަރގެ...
ޔުމްނާ ޢަލީ
ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފުރަތަމަ ޖާގަ ސެމީފައިނަލުގައި ސެވިއްޔާ ބަލިކުރުމަށްފަހު ބާސެލޯނާއިން ހޯދައިފިއެވެ. މި މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ސެވިއްޔާގެ ދަނޑުގައިއެވެ. އެ މެޗު ސެވިއްޔާއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ސެމީ ފައިނަލުގެ ދެވަނަ ލެގު ބުދަ ދުވަހުގެ ރޭ ކުޅެފައިވަނީ ބާސާގެ ދަނޑުގައެވެ. މި މެޗު ބާސާ ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބާސާއަށް […]
އިބްރާހިމް ޚަލީލް
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ހިންގާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންގެންދާ އަސާސެއް ނެތް ވާހަކަތައް އެކުންފުނިން ދޮގުކޮށްފި އެވެ. އެކުންފުނިން މިކަން ކުއްވެރިކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަކީ، ކުންފުނީގެ...
އަލީ އާދިލް
“ގޭތެރޭގައި މިހެންތިބެތިބެ ފޫހިވެއްޖެ. ރައްޓެހިންނާއެކު ބޭރަށް ދެވޭކަށްވެސް ނެތް. މިހެން ތިބެންވީމާ ހާދަ ފޫއްސޭ. މިހެން އަބަދު ގޭގަ އޮންނަންވެއްޖެއްޔާ މަ ބޯގޮވާފާނެ.” މީއީ ޒުވާނުންގެ އެކަނި އުދާސްތަކެއް ނޫނެއެވެ. ފުރާވަރުގެ ކުދިންނާއި ކުޑަކުދިންނާއި ހަރުމީހުންގެވެސް އުދާސްތަކެވެ. ބަހުރުވަ ތާފާތަސް އެންމެންވެސް ކުރަނީ މިޝަކުވާ އެވެ. ކޮވިޑް -19 ރާއްޖެއައިސް މާލެއާއި ބައެއް ރަށްތަށް “ބަންދު” ކުރީންސުރެން އެންމެންހެން ތިބެންމިޖެހެނީ ގޭގައި ބަންދުވެފައެވެ. އެއްބަޔަކު ތަންކޮޅެއް ހިތް ފަސޭހަ ގެއެއްގައި...
ފާޠިމަތު ޝިފާ