މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1626 ވަނަ ޞަފްޙާ

ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ތިލަދުންމަތީ ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާއެވެ. އަދިއެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސްބައިވެރިވެވަޑައިގެންނެވިއެވެ. އެމްޓީސީސީއާ މ...

އަޙްމަދު ވަހީދު
"ޔޫރޯ 2020" ބެލުމަށް ޕްރޮޖެކްޓަރ ދޫކުރަން ފަށައިފި

"ޔޫރޯ 2020" ބެލުމަށް ޕްރޮޖެކްޓަރ ދޫކުރަން ފަށައިފި

“ޔޫރޯ 2020” މުބާރާތް ބެލުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޕްރޮޖެކްޓަރ ދޫކުރަން ފަށައިފި އެވެ. “ޔޫރޯ 2020” މުބާރާތް ބެލުމަށް ކުލަބު ޖަމްޢިއްޔާތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަރ ދޫކުރުމަށް އެނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ޕްރޮޖެކްޓަރ ލިބޭ ކުލަބު ޖަމްޢިއްޔާތަކުގެ ލިސްޓް ވަނީ މިހާރު އިޢުލާން ކޮށްފަ އެވެ. އެލިސްޓްގައި 194 ކުލަބު ޖަމްޢިއްޔާާއަކަށް ޕްރޮޖެކްޓް ލިބޭނެކަމަ ބުނެފައިވެއެވެ. އެގޮތުން ހއ. އަތޮޅުގެ 14 ކުލަބު ޖަމްޢިއްޔާއަކާއި ހދ. އަ...

އިބްރާހިމް އަސްވާޤް
ހަނިމާދޫން އިތުރު 8 މީހަކު ކޯވިޑަށް ޕޮޒިޓިވް

ހަނިމާދޫން އިތުރު 8 މީހަކު ކޯވިޑަށް ޕޮޒިޓިވް

ހދ.ހަނިމާދޫއިން އިތުރު އަށް މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވެފައި މި ވަނީ 29 ޖޫން 2021 ވަނަ ދުވަހު ނެގުނު 22 ސާމްޕަލްގެ ތެރެއިން 3 ސާމްޕަލަކާއި، 29 ޖޫން 2021 ވަނަ ދުވަހު ނެގުނު 37 ސާމްޕަލްގެ ތެރެއިން 5 ސާމްޕަލެކެވެ. މި ދެ ދުވަހުން ޖުމްލަ އަށް މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު ހަނިމާދޫގައި މި ބަލި ޖެހިފައިތިބި 47 […]

އިބްރާހިމް ޚަލީލް
ބޮޑު ތިލަދުންމަތީގެ 19 ރަށެއްގައި "އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރު" ޤާއިމްކުރަން ބީލަމަށް

ބޮޑު ތިލަދުންމަތީގެ 19 ރަށެއްގައި "އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރު" ޤާއިމްކުރަން ބީލަމަށް

ބޮޑު ތިލަދުންމަތީގެ 19 ރަށެއްގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރުތަކެއް ގާއިމް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި ސެންޓަރުތައް ގާއިމް ކުރަން ނިންމާފައިވަނީ ޑިޒައިން ބިލްޑް އުޞޫލުންކަމަށް ރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސްއިން ވިދާޅުވިއެވެ. އެ މިނިސްޓްރީން މިއަދު ހާމަކުރެއްވި ގޮތުގައި މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރަށް، އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑެވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިންނެވެ. އަދި މިއަދު ވަނީ މިނިސްޓްރީ އޮފ...

އަޙްމަދު އަރުޝަމް
ދާޖަހައިގެން މަސްހިފާހެން ރައްޔިތުން ހިފާ ހައްޔަރުކުރުމުގެ ފަލްސަފާއަކަށް ދާތަން އެބަފެނޭ: ސައުދު

ދާޖަހައިގެން މަސްހިފާހެން ރައްޔިތުން ހިފާ ހައްޔަރުކުރުމުގެ ފަލްސަފާއަކަށް ދާތަން އެބަފެނޭ: ސައުދު

މަސްހިފާ އުސޫލުން ދާޖަހައިގެން ދިވެހި ރައްޔިތުން ހިފާ ހައްޔަރުކުރުމުގެ ފަލްސަފާއަށް މިހާރު ރާއްޖޭގެ ވިސްނުން ދާތަން ފެންނަމުންދާ ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ވަގުތާއި ހާލަތާއި ގުޅ...

އަލީ އާދިލް
ދިއްދޫގައި އެއްވެސް ބާވަތެއްގެ ކުޅިވަރެއް ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން އަންގައިފި

ދިއްދޫގައި އެއްވެސް ބާވަތެއްގެ ކުޅިވަރެއް ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން އަންގައިފި

ކޮވިޑް-19 ބަލި ފެތުރެމުންދާތީ ހއ. ދިއްދޫގައި މިދުވަސްކޮޅު އެއްވެސް ބާވަތެއްގެ ކުޅިވަރެއް ކުރިއަށް ނުގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) އަންގައިފިއެވެ. ދިއްދޫ ކައުންސިލުން މިއަދު ހާމަކުރެއްވިގޮތުގައި، މިގޮތަށް މިކަން ނިންމީ ކޮވިޑްގެ ހާލަތާއި ގުޅިގެން އެރަށް މޮނިޓަރިން އަށް ލާފައިވުމުން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. އަދި އެޗްޕީއޭގެ މި އެންގުމާއި ގުޅިގެން އެ ރަށުގައި މި އަހަރުގެ އަޟްޙާޢީދުގައި ބޭއްވުމަށް ނިންމާފައިވާ އަޟްޙާ ކަޕް 4 ވަ...

އަޙްމަދު އަރުޝަމް
އިންޑިއާގެ އެތުލީޓަކު ރާއްޖެ ތަމްސީލްކޮށްފައެއް ނުވޭ: އެތުލެޓިކްސް އެސޯސިއޭޝަން

އިންޑިއާގެ އެތުލީޓަކު ރާއްޖެ ތަމްސީލްކޮށްފައެއް ނުވޭ: އެތުލެޓިކްސް އެސޯސިއޭޝަން

އިންޑިއާގެ އެތުލީޓަކު ރާއްޖެ ތަމްސީލްކޮށްފައިނުވާކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ. އެ އެސީސިއޭޝަން އިން މިހެން ބުނެފައިވަނީ، ދިވެހި އެތުލީޓެއްގެ ބަދަލުގައި ރާއްޖޭގެ ޖާޒީ ލައިގެން އިންޑިއާގެ އެތުލީޓަކު ރާއްޖެ ތަމްސީލު ކުރިކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރުމާއި ގުޅިގެން، އެކަންތައްވީގޮތް ސާފުކޮށް ދިނުމަށް މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ. އެނޫސް ބަޔާނުގައި ބުނެފައިވަނީ، އިންޑިއާ އިންޓަރ ސްޓޭޓް ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި، އިންޑިއަން ގްރޭންޑް ޕް...

އަލީ އާދިލް
މުސްލިމަކު އޭނާގެ އަޚާއަށް އަދާކޮށްދޭން ޖެހޭ ޙައްޤުތައް

މުސްލިމަކު އޭނާގެ އަޚާއަށް އަދާކޮށްދޭން ޖެހޭ ޙައްޤުތައް

މުސްލިމަކު އޭނާގެ އަޚާއަށް އަދާކޮށްދޭން ޖެހޭ ޙައްޤުތައް ބަޔާންކޮށްދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. “حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ” މާނަ: ” އެއް މުސްލިމެއް އަނެއް މުސްލިމަކަށްޓަކައި އަދާކޮށްދޭން ޖެހޭ 6 ޙައްޤެއްވެއެވެ.” قِيلَ: مَا هُنَّ يَا رَسُولَ اللهِ؟، قَالَ: «إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ، وَإِذَا دَعَاكَ فَأَجِبْهُ، وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ، وَإِذَا عَطَسَ فَحَمِدَ اللهَ فَسَمِّتْهُ، وَإِذَا مَرِضَ فَعُدْهُ وَإِذَا […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
"ގެވެށި ގުޅުން" ގައުމީ ކެމްޕޭނަށް ޕާކިސްތާނުން 2.9 މިލިއަން ރުފިޔާގެ އެހީއެއް

"ގެވެށި ގުޅުން" ގައުމީ ކެމްޕޭނަށް ޕާކިސްތާނުން 2.9 މިލިއަން ރުފިޔާގެ އެހީއެއް

“ގެވެށި ގުޅުން” ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ކުރިއަށްގެންދާ ގައުމީ ކެމްޕެއިން ޕާކިސްތާން ސަރުކާރުން 2.972.205 ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ. “ގެވެށި ގުޅުން” ކެމްޕޭންޢަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް 15 ޖުލައި 2020 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސާއިން އިސްނަގައިގެން ދިވެހި ސަރުކާރުން ފެށި ކެމްޕޭނެކެވެ. ދިވެހި ސަރުކާރުގެ “ގެވެށި ގުޅުން” ކެމްޕޭނަށް ޕާކިސްތާން ސަރުކާރުން ދެއްވި އެހީގެ...

ޝިއުނާ އާދަމް
ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހުޅުވާ ވަގުތު ބަދަލުކޮށްފި

ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހުޅުވާ ވަގުތު ބަދަލުކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ. ވެމްކޯއިން މި ބަދަލުތައް ގެނައީ ކޯވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާ ލުއި ދޭން ނިންމާފައިވާތީއެވެ. އެ ކުންފުނިން ބުނިގޮތުގައި މާދަމާއިން ފެށިގެން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަންތައް ހުކުރު ދުޗަސް ފިޔަވައި އެހެން ދުވަސްތަކުގައިހުޅުވާފައި ހުންނާނީ ހެނދުނު 8:30ން ރޭގަނޑު 8:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ...

އަޙްމަދު ވަހީދު
މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހަދައިގެން ނަމާދު ކުރަން ހުއްދަދީފި

މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހަދައިގެން ނަމާދު ކުރަން ހުއްދަދީފި

މިރޭ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ ހުރިހާ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދުކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަށް ޖުލައި 1 އިން ފެށިގެން ލުއިދޭން ނިންމަވާފައިވާތީ، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތް ހަދައިގެން ނަމާދުކުރެވޭ ގޮތަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މިރޭ ފަތިހުން ފެށިގެން މި ނިންމުމަށް އަމަލުކުރަން ފަށާއިރު، ރައްކާ...

ޔުމްނާ ޢަލީ
ތިލަފުށީގައި ހަތިޔާރު ގެންގުޅުމާއި، ބޮންގޮއްވުމުގެ ކަންކަން ރާވާ ދަސްކޮށްދިނުމަކީ ގާތްކަމެއް: އާޒިމް

ތިލަފުށީގައި ހަތިޔާރު ގެންގުޅުމާއި، ބޮންގޮއްވުމުގެ ކަންކަން ރާވާ ދަސްކޮށްދިނުމަކީ ގާތްކަމެއް: އާޒިމް

ތިލަފުއްޓަކީ ބިދޭސީންގެ ބޮޑު ހާއްޔެއްކަމަށާއި، އެތަނުގައި ނޭދޭވޭ އެތަކެއް ކަމެއް ހިނގަމުންދާކަމަށާއި، އެހެންކަމުން އެތަނުގައި ހަތިޔާރު ގެންގުޅި، ގާތްކަމެއް ކަމަށާއި، ބޮންގޮއްވުމުގެ ކަންކަން ރާވާ ދަސްކޮށްދިނުމަކީ ގާތްކަމެއް ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ޓެރަރިޒަމް މަނާކުރުމު...

އަލީ އާދިލް
ފަނޑިޔާރުންގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލް، ތަޞްދީޤު ކުރައްވައިފި

ފަނޑިޔާރުންގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލް، ތަޞްދީޤު ކުރައްވައިފި

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މި ހިނގާ ޖޫން މަހުގެ 21 ވި ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައިވާގޮތުން އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށް ބުނެފ...

އިބްރާހިމް އަސްވާޤް
އިތުރުކުރާ ބިމުގައި ކުރަންއުޅޭ ކަމެއް އެއްވެސް ރައްޔިތަކަށް އޮޅިފައެއް ނޯންނާނެ: ހަނިމާދޫ ކައުންސިލް

އިތުރުކުރާ ބިމުގައި ކުރަންއުޅޭ ކަމެއް އެއްވެސް ރައްޔިތަކަށް އޮޅިފައެއް ނޯންނާނެ: ހަނިމާދޫ ކައުންސިލް

ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން ބިމުގެބައެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާއިރު، އެ ބިމުގައި ކުރަން އުޅޭކަމެއް ހަނިމާދޫގެ އެއްވެސް ރައްޔިތަކަށް މިހާރު އޮޅިފައެއް ނޯންނާނެކަމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހަނިމާދޫ ކައުންސިލުން ރޭ ވަނީ “ކްލަބް ހައުސް” މެދުވެރިކޮށް، އެއާޕޯޓް ސަރަހައްދަށް އިތުރުކުރާ ބިމާގުޅޭ މަޢުލޫމާތު ހިއްސާ ކުރުމަށް ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި އާންމު ރައްޔިތަކު ކުރި ސ...

ޔުމްނާ ޢަލީ
ޔޫރޯ 2020: އިތުރު ވަގުތުގެ އިތުރުވަގުތުގައި ލަނޑުޖަހައި ޔުކްރެއިން ކުއާޓާއަށް

ޔޫރޯ 2020: އިތުރު ވަގުތުގެ އިތުރުވަގުތުގައި ލަނޑުޖަހައި ޔުކްރެއިން ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ޔުކްރެއިންއާއި ސްވިޑަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޔުކްރެއިން ޖާގަ ހޯދައިފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޔުކްރެއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ގްލާސްގޯގެ ހެމްޕްޑެން ޕާކުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ޔުކްރެއިނުންނެވެ. މި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ […]

އިބްރާހިމް ޚަލީލް
އުރީދޫގެ ސުޕަނެޓް ޕެކޭޖުތައް އަގުހެޔޮކޮށްފި

އުރީދޫގެ ސުޕަނެޓް ޕެކޭޖުތައް އަގުހެޔޮކޮށްފި

ސަރުކާރުން ނިންމާފައިވާ ގޮތަށް އުރީދޫގެ ސުޕަނެޓް ޕެކޭޖުތަކުގެ އަގުހެޔޮ ކޮށްފިއެވެ. އުރީދޫން މިއަދު ވަނީ ނެޓު އަގުހެޔޮ ކުރުމުގެ ޕްރޮގްރާމުގެ ދަށުން އާ ހަތަރު ޕެކޭޖެއް ތައާރަފުކޮށްފައެވެ. އެއީ 250 ރުފިޔާއަށް 30ޖީބީ އާއި 400 ރުފިޔާއަށް 65ޖީބީ އާއި500 ރުފިޔާއަށް 130ޖީބީ އަދި 700 ރުފިޔާއަށް 210ޖީބީއެވެ. އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވީ ޑިޖިޓަލް ޙިދުމަތްތައް ބޭނުންކުރަންޖެހޭވަރު އިތުރުވެ އާންމު ދިރިއުޅުމުގެ ކަންކަމަށްވެސް އިންޓަނެޓްޙިދުމަތުގެ މުހިންމު ކަން މިހާރި އިތުރުވެފ...

އަޙްމަދު ވަހީދު
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ވާރޑް އިމާރާތުގެ ސީލިންގެމަސައްކަތް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ލެބޯޓްރީއަކާއި ވާރޑް އިމާރާތެއްގެ އިތުރުން އޯ.ޕީ.ޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެއެވެ. ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެ...

އަޙްމަދު ވަހީދު
އެމްޕީއެލް އިން ހިންގަމުންދިޔަ ގްރޭޓާރ މާލެ ބަހުގެ ޚިދުމަތް އެމްޓީސީސީއާ ހަވާލުކުރަނީ

އެމްޕީއެލް އިން ހިންގަމުންދިޔަ ގްރޭޓާރ މާލެ ބަހުގެ ޚިދުމަތް އެމްޓީސީސީއާ ހަވާލުކުރަނީ

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގަމުންދިޔަ ގްރޭޓަރ މާލެ ބަހުގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރަން ނިންމައިފިއެވެ. އެމްޕީއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޓްރާންސްޕޯޓް ޑިޕާރޓްމެންޓުގެ ޖެނެރަލް އެސިސްޓަންޓު މެނޭޖަރ، މުޙައްމަދު މަޙުޖޫބް ވިދާޅުވީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ލިޔެކިޔުންތަކުގައި ސޮއިކުރެވި ރަސްމީގޮތެއްގައި އެމްޓީސީސީއާއި ހިންގުން ހަވާލު ކުރެވޭނެކަމަށެވެ. މީގެ އިތުރު...

އަޙްމަދު އަރުޝަމް