ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ސްޕެއިންއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ހޯމަ ދުވަހުގެ ރޭ ކޯޕަންހޭގަންގެ ޕާރކެން ސްޓޭޑިއަމްގައި ކުޅުނު ވާދަވެރި ފޯރިގަދަ މެޗު ސްޕެއިން ކާމިޔާބު ކޮށްފައި ވަނީ 5-3 ގެ ނަތީޖާއަކުންނެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގައި ކޮންމެ ޓީމަކުން ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސް ކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި […]
އިބްރާހިމް ޚަލީލް
ކޯވިޑް-19ގެ ސަބަބުން މޮނިޓަރިން ހާލަތުގައި އޮތް ކުޅުދުއްފުށީ ސިޓީ އާންމު ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނައީ، މިމަހު 9 ވަނަ ދުވަހު ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓްގެ ފަޅުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ފަޅުވެރިޔާ ޕޮޒިޓިވްވިކަން އިނގުނީ ބަލީގެ އަލާމާތްތައް ހުރެގެން އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. އެ ކޭހާއި ގުޅިގެން އެދުވަހު އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތުމަށްފ...
ޔުމްނާ ޢަލީ
“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ހއ. އުލިގަމު ކައުންސިލުން ގޮވައިލައިފިއެވެ. އެ ކައުންސިލުގެ ހުރިހާ މެންބަރުން ސޮއިކުރައްވާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޤާނޫނު ނަންބަރ 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގ...
އަޙްމަދު އަރުޝަމް
ކޯވިޑް-19 އިން ދިފާއުވުމަށް އަވަށްޓެރި އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވާ، ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބޭ މީހުންނަަށް އީޔޫގެ ޓްރެވަލް ފާސް ނުލިބޭނެ ކަމަށް އެ ޔޫނިއަން އިން ބުނެފިއެވެ. އީޔޫ ޓްރެވަލް ފާހަކީ އީޔޫގެ ގައުމުތަކަށް ދަތުރު ކުރާ ޓޫރިސްޓުންނަކީ ކޯވިޑް-19 އިން ރައްކާތެރިވާން ފިޔަވަޅު އަަޅާފައިވާ ބައެއް ކަން އަންގަައި ދިނުމަށް ދޭ ފާހެކެވެެ. މިފާސް ދޭން ފަށާނީ އަންނަ މަހުން ފެށިގެންނެވެ. ކޮވިޝީލްޑަކީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން އުފެއްދި ވެކްސިނެކެވެ. […]
އަޙްމަދު ވަހީދު
ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ. އަދި ޕޭވްމަންޓް ހެދުމުގެމަސައްކަތް މި ހަފުތާ ތެރޭ ފަށަން ހަމަޖެހި...
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސަރުކާރުގެ ދެ ވުޒާރާއަކަށް ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ދެ ބޭފުޅަކު ހަމަޖައްސަވައިފިއެވެ. މިގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހ. ސުނާރު ޚަދީޖާ ނަސީމެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މިއަދު އައްޔަންކުރެއްވީ ގ. ކަނޑުވައިގެ އަޙްމަދު އަފްޟަލް އިބްރާހީމެވެ. އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސ...
ޔުމްނާ ޢަލީ
މިސަރަހައްދުގައި އުފެދިފައިއޮތް ޖިއޯޕޮލިޓިކްސް އޮއިވަރުގެ ތެރޭގައި ބަޔަކަށް އަތްގާތްކޮށް ދޭން ފައްތިޔަލަކަށް ރާއްޖެ ވެގެން ނުވާނެ ކަމަށް ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމުވެސް ފުރުއްވާ ސައީދު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުން ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ބިލަށް ބަހުސް ކުރަށްވަމުންނެވެ. ސައީދު ވިދާޅުވީ، އެ ބިލުގެ 4 ވަނ...
އަލީ އާދިލް
އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކުރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން 19,630 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 31 މީޓަރުގެ ބޭރުތޮއްޓަކާއި 136 މީޓަރުގެ އެއްގަމުތޮއްޓެއްގެ އިތުުރުން ކުދި ދޯނިފަހަރަށް ކައިރިކުރެވޭ ގޮތަށް 138.73 މީޓަރުގެ...
އަޙްމަދު ވަހީދު
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ. ފިޝަރީޒް މިނިސްޓަރަކަށް ޑރ. ހުސައިން ރަޝީދު ހަސަނަށް ރުހުން ހޯދުމަށް މިއަދު މަޖިލީހުން ނެގި ވޯޓުން ރުހުން ލިބިފައިވަނީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މިއަދު ނެގި ވޯޓުގައި ރުހުން ދެއްވާފައިވަނީ ޖަލްސާގައި ބައިވެރިވި 57 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ ވޯޓުންނެވެ. ފިޝަރީޒް މިނިސްޓްރ ޑރ. ޙުސެއިން އާއި މިނިސްޓަރު އޮފް އެންވަޔަރުމަ...
އަލީ އާދިލް
ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ބްރެޒިލްއާއި އިކުއެޑޯ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ވެނެޒުއޭލާ އަތުން ޕެރޫ މޮޅުވެއްޖެއެވެ. ބްރެޒިލް އެންމެ ފަހުން ކުޅުނު ދިހަ މެޗު ވެސް ކާމިޔާބު ކޮށްފައި ވީނަމަވެސް މި މެޗުން އެއްވަރު ވުމުން މޮޅުވުމުގެ ސިލްސިލާ މިވަނީ ނިމުމަކަށް އައިސްފައެވެ. އާދީއްތަ ދުވަހުގެ ރޭ ބްރެޒިލްއާއި އިކުއެޑޯ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން […]
އިބްރާހިމް ޚަލީލް
ފާއިތުވި 6 އަހަރު ދުވަހާއި އަޅާބަލާއިރު 2020 ވަނަ އަހަރު އަތޮޅު ތެރެއިން މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓްކޮށްފައިވާ ނިސްބަތްވަނީ ވެރިރަށް މާލެއަށް ވުރެއް އިތުރުވެފައެވެ. މިއީ އަތޮޅުތެރޭގެ ހިތްގައިމު ދިރިއުޅުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިއީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން ވިސްނާލަން ޖެހޭ، އަދި ސަމާލުވާން ޖެހޭ ވަރަށް ނުރައްކާތެރި ސިގުނަލެކެވެ. ފާރަވެރިވެ އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ބޮޑު އަދި ބިރުވެރި މައްސަލައެކެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ...
އަލީ އަހުސަން
ޔުއެފާ ޔޫރޯ ގެ ކުއާޓާ ފައިނަލުން ދުނިޔޭގެ އެއްވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ބެލްޖިއަމް ޖާގަ ހޯދައިފިއެވެ. ކުއާޓާގެ ޖާގައެއް ބެލްޖިއަމް ހޯދީ ސްޕެއިންގެ ސެވިއްޔާގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު ދެވަނަ ބުރުގެ މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ. ދެވަނަ ބުރުގެ ޖާގައެއް ބެލްޖިއަމް ހޯދީ ގްރޫޕް ފިޔަވަހީގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައެވެ. ޕޯޗުގަލް ދެވަނަ ބުރުގެ ޖާގައެއް ހޯދީ ގްރޫޕް އޮފް ޑެތު ގެ ދެވަނަ ހޯދައިގެންނެވެ. […]
ޖަލްވާން ޖާދުﷲ
ހދ. ކުޅުދުއްފުށި ސިޓީގެ އަމީރު އަމީން ސުކޫލްގެ ބިމާއި އިމާރަތްތައް 20 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިިން ނިންމައިފިއެވެ. މި ސްކޫލް ކުއްޔަށް ދޭންނިންމީ ޕްލޭ ސުކޫލް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޒަމާނީ ތަޢުލީމް ތަރައްޤީ ކުރުމަށް ކަމަށް އެކައުންސިލުން ހާމަކުރިއެވެ. އަދި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށްވެސް އެކައުންސިލުން ފާހަގަ ކުރިއެވެ. އެގޮތުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާނަމަ މިއަދު 18...
އަޙްމަދު އަރުޝަމް
ކ. ކާށިދޫގައި މަގުމަތިން ދިޔަ ކުޑަ ފިރިހެން ކުޑަ ފިރިހެން ކުއްޖެއްގެ ގައިގައި ޖަހައި މާރާމާރީއެއް ހިނގައިފިއެވެ. ފުލުހުން މިއަދު ބުނީ، މި މައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އަނިޔާ ލިބުނު ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށާއި ލިބުނު އަނިޔާތަކަށް އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާދީފާވާކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ. މިމައްސަލަ މިހާރު ދަނީ ތަހުގީގު ކުރެވެމުންކަމަށް ފުލުހުން ހާމަކުރިއެވެ. ފަހަކަށް އައިސް ކުޑަކުދިންނަށް ދެމުން ދާ އަނ...
އަޙްމަދު އަރުޝަމް
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ނެދަލެންޑްސްއާއި ޗެކްރިޕަބްލިކް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެކްރިޕަބްލިކް ޖާގަ ހޯދައިފިއެވެ. ހަންގޭރީގެ ބުޑަޕެސްޓް ޕުސްކަސް އެރީނާގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޗެކްރިޕަބްލިކުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނެދަލެންޑްސްގެ ޑަމްފްރައިސް އަދި މެންފިސް ޑިޕޭއަށް ލަނޑު ޖަހާނެ ފުރުޞަތު ލިބިގެން […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ އަޑޭކިޔައިގެން މޮޅު ވާހަކަ ދައްކާނެކަމެއް ނެތްކަމަށް ވިދާޅުވެ، “ދިއްދޫ ރައްޔިތުންގެ އަޑު” ހަރަކާތަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ހޫނު ރައްދެއް ދެއްވައިފިއެވެ. “ދިއްދޫ ރައްޔިތުންގެ އަޑު” ހަރަކާތުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ، ދިއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 7 ވަނަ އާންމު ބައްދަލުވުމުގައި، ދިއްދޫ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފީ ނެގުމާ ބެހޭ ގޮތުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާ...
ޝިއުނާ އާދަމް
ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދުގެ ހާލަތުގައި އޮތް ހއ. ފިއްލަދޫ ރައްޔިތުންނަށް، ރައްޔިތުންގެ މަޖިލީހުގައި ފިއްލަދޫ ހިމެނޭ ދާއިރާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ރޯ މަސް ހަދިޔާ ކުރަށްވައިފިއެވެ. ފުރަބަންދުގެ ސަބަބުން ފިއްލަދޫގެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މެންބަރު އިބްރޭ މިއަދު ވަނީ 975 ކިލޯ ރޯމަސް އެރަށަށް ހަދިޔާ ކުރަށްވާފައެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަޠުޙުﷲ ޙަސަން “ތިލަދުން”އަށް ވިދާޅުވީ، މެންބަރު އިބްރޭ މިއަދު...
ޔުމްނާ ޢަލީ
ށ. ފުނަދޫއިން މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ހާމަކުރެއްވި ގޮތުގައި، މި މީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކުރީ އިއްޔެ 22:44 ހާއިރު، އޭނާ ދިރިއުޅޭ ގެ ކައިރިން ކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ. އެ އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރެއިން މަސްތުވާތަކ...
އަޙްމަދު އަރުޝަމް