މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1627 ވަނަ ޞަފްޙާ

ޔޫރޯ 2020: ޖަރުމަނު ބަލިކޮށް އިންގްލެންޑް ކުއާޓާއަށް

ޔޫރޯ 2020: ޖަރުމަނު ބަލިކޮށް އިންގްލެންޑް ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިންގްލެންޑާއި ޖަރުމަނު ބައްދަލުކުރި މެޗު ކާމިޔާބުކޮށް އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އިންގެލެންޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ނޮކައުޓް ސްޓޭޖު މެޗަކުން ޖަރުމަނު އަތުން އިންގްލެންޑް މޮޅުވެފައި މި ވަނީ 55 އަހަރު ފަހުއެވެ. މިއީ 1966 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލް މެޗުން ޖަރުމަނު އަތުން އިންގްލެންޑް މޮޅުވި […]

އިބްރާހިމް ޚަލީލް
ދިއްދޫން މިއަދު 22 މީހުން ޕޮޒިޓިވްވެއްޖެ

ދިއްދޫން މިއަދު 22 މީހުން ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫން މިއަދު 22 މީހުން ޕޮޒިޓިވްވެއްޖެ އެވެ. މިއަދު ދިއްދޫން ޕޮޒިޓީވްވެފައިވާ 22 މީހުންގެ ތެރޭގައި ހިމެނެނީ އަލާމާތްތައް ހުރެގެން ފްލޫ ކުލިނިކަށް ދެއްކި 10 މީހަކާއި ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު މީހުންގެ ތެރެއިން ޕޮޒިޓިވްވި 11 މީހުންނެވެ. މީގެ އިތުރުން އެރަށުގައި ނެގުނު ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައެވެ. މިމަހުގެ 24 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައެވެ. […]

އަލީ އާދިލް
އަނާރާ ޕީއެޗްޑީ ހާސިލް ކުރަށްވައިފި

އަނާރާ ޕީއެޗްޑީ ހާސިލް ކުރަށްވައިފި

ދީނީ ޢިލްމްވެރިޔާ އަދި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހާސިލް ކުރަށްވައިފިއެވެ. ބާ ކައުންސިލްގެ މެންބަރުކަން ވެސް ކުރަށްވަމުން ގެންދަވާ އަނާރާ ޕީއެޗްޑީ ފުރިހަމަ ކުރެއްވީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިއެމްޔޫ)އިން ނެވެ. ޕީއެޗްޑީ ޕްރޮގްރާމްގައި އަނާރާގެ ސްޕަވައިޒަރަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިޔާގެ ބޭފުޅެކެވެ. އަނާރާ ޕީއެޗްޑީއަށް ދިރާސާ ހައްދަވައި، ތީސީސް ލިޔުއްވީ “ޝަރުޢީ ސިޔާސަތުގެ އަލީގައި ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ވެރިކަމުގެ...

ޙުސައިން ޝަހުދީ
ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން ލިބޭނެ: ނަސީމް

ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން ލިބޭނެ: ނަސީމް

މިފެށޭ ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން ލިބޭނެކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކޯވިޑް ވެކްސިން ހޯއްދަވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެކްސިން ލިބޭނީ ވަކި ދުވަހެއް ކަމަށް ނުދެންނެވި ނަމަވެސ...

ޔުމްނާ ޢަލީ
ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި، މަސައްކަތްތެރީން ރާއްޖެ އައުމުގެ ހުއްދަދޭން ނިންމައިފި

ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި، މަސައްކަތްތެރީން ރާއްޖެ އައުމުގެ ހުއްދަދޭން ނިންމައިފި

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއައުމުގެ ހުއްދަ ދޭގޮތަށް ނިންމައިފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދެކުނު އޭސިޔާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމި ނިންމުން ތަންފީޒު ކުރަންފަށާނީ،...

ޝިއުނާ އާދަމް
މާލެ ސަރަހައްދަށް ޖުލައި އެކަކުން ފެށިގެން ލުއިތަކެއް ދެނީ

މާލެ ސަރަހައްދަށް ޖުލައި އެކަކުން ފެށިގެން ލުއިތަކެއް ދެނީ

ކޯވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަންނަ ޖުލައި މަހުގެ 1 އިން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ހެލްތު އެކްސްޕާޓުންނާއި، އެޗްއީއޯސީއާއި ކަމާގުޅުންހުރި ފަރާތްތަކުގެ ލަފާފުޅާއިއެއްގޮތަށް އަންނަ ޖުލައި މަހުގެ 1 އިން ފެށިގެން މާލެ ސަރަހައްދަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން ޖުލައި 1 އިން ފެށިގެން ކާފިއު ވަގުތު ރޭގަނޑު 8 އި...

ޔުމްނާ ޢަލީ
އިޒްރޭލުން މިލިއަނެއްހާ ވެކްސިން ވިއްކާނުލެވި އުކާލަން ޖެހިދާނެކަމަށް ބުނެފި

އިޒްރޭލުން މިލިއަނެއްހާ ވެކްސިން ވިއްކާނުލެވި އުކާލަން ޖެހިދާނެކަމަށް ބުނެފި

އިޒްރޭލުގައި ބޭނުން ނުކޮށް ހުރި 800،000 ވެކްސިން ޑޯޒު މުއްދަތު ހަމަވާތީ އުކާލަން ޖެހިދާނެކަމަަށް އެ ގައުމުން ބުނެފިއެވެ. އެ ގައުމުން ބުނީ އެ ގައުމުގައި ހުރި ފައިޒާ ވެކްސިންގެ މުއްދަތު އަންނަ ޖުލައި މަހުގެ ފަހުކޮޅު ހަމަވާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އެވެކްސިން އެހެން ގައުމަކުން ނުގަނެފިއްޔާ އުކާލަން ޖެހޭނެ ކަމަށް އެ ގައުމުން ބުންޏެވެ. މުއްދަތު ހަމަވާ ޑޯޒުތަކުގެ ތެރޭގައި 1.4 މިލިއަން ޑޯޒު ހިމެނެއެވެ. ނަމަވެސް އޭގެ […]

އަޙްމަދު ވަހީދު
ކޮޑިވްޖެހި ރަނގަޅު ވެފައިވާ ފަރާތްތަކަށް ކަރަންޓީން ނުވެ ދަތުރުކުރުމަށް ހުއްދަ ދެނީ

ކޮޑިވްޖެހި ރަނގަޅު ވެފައިވާ ފަރާތްތަކަށް ކަރަންޓީން ނުވެ ދަތުރުކުރުމަށް ހުއްދަ ދެނީ

ކޮޑިވް19 އަށް ޕޮޒިޓިވްވެ އެބަލިން ރަނގަޅުވެފައިވާ ފަރާތްތަކުގެ ތެރެއިން 2 މަސް ދުވަސް ނުވާ ފަރާތްތަކަށް ކަރަންޓީން ވުމަކާއި ނުލާ ދަތުރު ކުރުމަށް ހުއްދަ ދޭން ނިންމައިފި އެވެ. މިކަން އިޢުލާން ކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. ރައީސް ވިދާޅުވީ ކޮޑިވްޖެހި ރަނގަޅު ވެފައިވާތާ 60 ދުވަސް ހަމަ ނުވާ ފަރާތްތަކަށް ދަތުރު ކުރުމަށް ހުއްދޭނެ ކަމަށެވެ. ބަލި ޖެހި ރަނގަޅުވެފައިވާ މީހުން ކަރަންޓީނުވާން އަންގާފައިވަނީ ކޮވިޑް […]

އިބްރާހިމް އަސްވާޤް
މިރޭ ފަތިހުން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ: މެޓު

މިރޭ ފަތިހުން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ: މެޓު

މިރޭ ފަތިހުން ފެށިގެން ކުރިއަށް އޮތް ދެތިން ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވީ މުޅި ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި ކުރިއަށްއޮތް ދެތިން ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރައްވާކަމަށެވެ. ވައި ޖެހޭނީ އެވްރެޖްވަރެއްގައި ކަމަށްވެސް އެއިދާރާއިން ލަފާކުރައްވާފައިވެ އެވެ. މެޓު އޮފީހުން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާ...

އިބްރާހިމް އަސްވާޤް
ދުވާފަރުގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ފަށައިފި

ދުވާފަރުގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ފަށައިފި

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން 4,960 އަކަ މީޓަރުގެ ސަރަހައްދެއްގައި ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި 17,790 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި ސާވިސް ލައިން އެޅުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނީއެމްޓީސީސީންނެވ...

އަޙްމަދު ވަހީދު
ވޭވަށު ބަނދަރުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ

ވޭވަށު ބަނދަރުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ

މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ހާބަރު ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށް ބުންޏެވެ. މި މަޝްރޫއުގެ ދަށުން 66،831 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ބޭރުތޮށި ލުމާއި 380 މީޓަރުގެ އެއްގަމުތޮށި […]

އަޙްމަދު ވަހީދު
މާޅޮހު ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

މާޅޮހު ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

ބ. މާޅޮހުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެ މަސައްކަތް ކުރާ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑްބްލިޔުއެސްސީ) އިން ބުނެފިއެވެ. އެމްޑަބްލިޔުއެސްސީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމްގާއިމުކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު އެރަށަށް ގެސްގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ […]

އަޙްމަދު ވަހީދު
ރާއްޖޭގައި ޖެންޑަރ އިކުއަލިޓީ ޕުލޭންއެއް އަންނަނީ ރޭވެމުން: ޞަބްރާ

ރާއްޖޭގައި ޖެންޑަރ އިކުއަލިޓީ ޕުލޭންއެއް އަންނަނީ ރޭވެމުން: ޞަބްރާ

ރާއްޖޭގައި ޖެންޑަރ އީކުއަލިޓީ ޕްލޭންއެއް ރޭވެމުން އަންނަކަމަށް ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ. އެކަމަނަމާ މިފަދައިން ވިދާޅުވީ ދަ ޖަނަރޭޝަން އިކުއަލިޓީ ފޯރަމް ހައިލެވެލް ވަރޗުއަލް ރައުންޑްޓޭބަލް: ޖެންޑަރ އި ންކްލޫސިވް ކްލައިމެޓް އެކްޝަންސް؛ އަ ގްލޯބަލް މޫމަންޓް ފޮރ ޖެންޑަރ އިކުއަލިޓީ ގައި އިއްޔެ ދެއްކެވި ވާހަކަފުޅެއްގައެވެ. މި ފޯރަމް އަކީ ޔޫ.އެން ވިމެން އިން އިންތިޒާމުކޮށް، މެކްސިކޯ އަދި ފްރާންސުން ކޯ ހޯސްޓްކޮށްގެން ކުރިއަށްގެންދާ ފޯ...

އަޙްމަދު އަރުޝަމް
ރައީސް ޞާލިޙް މިއަދު ނޫސްވެރިންނާ ބައްދަލު ކުރަށްވަނީ

ރައީސް ޞާލިޙް މިއަދު ނޫސްވެރިންނާ ބައްދަލު ކުރަށްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނޫސްވެރިންނާ ބައްދަލުކުރަށްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ޞާލިޙް ނޫސްވެރިންނާ ބައްދަލުކުރަށްވާނީ މިއަދު ހަވީރު 16:00 ގައި ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ކޯވިޑްގެ ހާލަތާއި ގުޅިގެން ވަރަށް ފަހުންވެސް ދެފަހ...

ޝިއުނާ އާދަމް
މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވުން އިތުރަށް ފަސްކޮށްފި

މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވުން އިތުރަށް ފަސްކޮށްފި

މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، ގުޅީފަޅު)ގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، ކޯވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، މާލެ ސަރަޙައްދުގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް...

ޔުމްނާ ޢަލީ
ސައިކަލްތަކެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

ސައިކަލްތަކެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ސިޓީގެ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ތިިން މީހަކު ހައްޔަރުކޮށްފިއެވެ. މިހާދިސާ ހިނގާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ މެންދަމުގެ 2:15 ހާއިރުއެވެ. އެއިރު އެ ސިޓީގައި އޮތީ ކޯވިޑާއި ގުޅިގެން މޮނިޓަރިންގައި ހާލަތުގައި ކަމުން ކާފިއުވެސް ހިންގާފައެވެ. މިއަދު ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން 43 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ތިން މީހުންގ...

ޝިއުނާ އާދަމް
ކޯވިޑް ބަލީގައި 48 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި 48 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލީގައި ރާއްޖެއިން 48 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ ރޭ މެންދަމު 2:33 ގައެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 210 ވަނަ މީހާއެވެ. މިމަހުގެ 24 ވަނަ ދުވަހުވެސް ވަނީ ޒުވާން އުމުރުގެ މީހެއް މިބަލީގައި ނިޔާވެފައެވެ. އެއީ 34 އަހަރުގެ މީހެކެވެ. އެމީހާއަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި […]

ޔުމްނާ ޢަލީ
ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ފްރާންސް ލަދުގަންނުވާލައި ސްވިޒަލޭންޑް ކުއާޓާއަށް

ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ފްރާންސް ލަދުގަންނުވާލައި ސްވިޒަލޭންޑް ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ސްވިޒަލޭން ބައްދަލުކުރި މެޗު ސްވިޒަލޭންޑުން ކާމިޔާބުކޮށް އެ ޓީމުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗަކީ ފުޓްބޯޅައިގައި ބަލާހިތްވާ ކަހަލަ ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ފޯރިގަދަ މެޗެކެވެ. މި މެޗު ސްވިޒަލޭންޑުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެ، އަދި ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި […]

އިބްރާހިމް ޚަލީލް