ކޮޕާ އެމެރިކާ: ޕެރެގުއޭ ބަލިކޮށް ޕެރޫ ސެމީއަށް
ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕެރެގުއޭއާއި ޕެރޫ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޕެރޫ ޖާގަ ހޯދައިފިއެވެ. ހުކުރު ދުވަހުގެ ރޭ ދަންވަރު ކުޅުނު ފޯރިގަދަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނިކުތުމުން، މި މެޗުގެ ނަތީޖާ ނެރެފައިވަނީ […]