ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ވޮލީބޯލް (އެފް.އައި.ވީ.ބީ)ގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި ވަފްދާއި ބައްދަލުކުރައްވައި ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އެފް.އައި.ވީ.ބީ ގެ ރައީސް، ޑޮކްޓަރ އެރީ އެސް ގްރަސާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މާހައުލު އޮތްގޮތުން ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި ވަނީ ވެސް ބީޗްވޮލީފަދަ...
ޝިއުނާ އާދަމް
ށ. މިލަންދޫ ފަޅުން ވެލިނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެރަށު ކައުންސިލުން މަސައްކަތް ފަށައިފި އެވެ. މިގޮތުން މިލަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 16 ވަނަ ޖަލްސާގެ ވަނީ މިކަމާގުޅޭ ދެ ނިންމުމެއް ނިންމާފައެވެ. މިގޮތުން މި މައްސަލައިގެ ވަގުތީ ހައްލެއްގެ ގޮތުގައި ގޮނޑުދޮށުން ފެށިގެން 30 ފޫޓު ބޭރުގައި ކޮއި ޖަހައި، އެއަށްވުރެ އަތްދޮށުން ވެލިނެގުން މަނާކޮށް، ރަށުގައި ތިބި ވެލިނަގާ ފަރާތްތަކާއި ބައްދަލުކޮށް އެ މަޢުލޫމާތު ޙިއްސާ ކުރުމަށް ވަނީ ނިންމާފައެވެ. […]
އަޙްމަދު އަރުޝަމް
އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ބަންގްލަދޭޝްއާ، ނޭޕާލް ބައްދަލުކުރި މެޗްގައި މެޗް ނިމެނިކޮށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ފުރަތަމަ ނޭޕާލް ޖާގަ ހޯދައިފި އެވެ. މިއީ ސާފް ޗެމްޕިއަންޝިޕު މުބާރާތުގެ ފައިނަލަށް ނޭޕާލް ދިޔަ ފުރަތަމަ ފަހަރެވެ. އެ ޓީމު މިއަދު ވަނީ 1-1 އިން ބަންގްލަދޭޝްއާއި އެއްވަރު ކޮށްފައެވެ. ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބަންގްލަދޭޝް ލަނޑުޖެހީ މެޗުގެ 9 ވަނަ މިނިޓުގައި ސުމޮން ރެޒާ ޖެހި […]
ހުސައިން ހަބީބް
ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫ ކައުންސިލާއި އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހަނިމާދޫ ޔޫތު ސެންޓަރ ގުޅިގެން “އުފެއްދުން ތެރިންގެ ހުނަރު ދައްކާލުމުގެ” ހާއްސަ ހަވީރެއް ބޭއްވުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ޤައުމީ ޒުވާނުންގެ ދުވަހެވެ. މި ދުވަސް ސަރުކާރުން މިފަހަރު ރަސްމީކޮށް ފާހަގަ ކުރުމަށް ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. 22 އޮކްޓޯބަރ 2021 ވާ ހުކުރު […]
އިބްރާހިމް ޚަލީލް
ށ. ނޫމަރާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައްދަލުކުރައްވައި ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނޫމަރާ ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ނޫމަރާއަކީ އާބާދީގެ ގޮތުންވެސް ކުޑަ ރަށަކަށްވެފައި، ރަށުގެ ތަރައްޤީއަށް މީގެ ކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކައުންސިލަރުން ވަނީ މި ސަރުކާރުން އެރ...
ޔުމްނާ ޢަލީ
ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީގެ 1.98 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 133.5 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 8.6 އިންސައްތައިގެ އިތުރުވުމެކެވެ. މީރާއިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ ދަށްވީ ޓޫރިޒަމް ލޭންޑް ރެންޓުގެ ސުންގަޑި އިތުރުން ކުރުން ކަމަށެވެ. ނަމަވެސް […]
އަޙްމަދު ވަހީދު
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ދިވެހި ރާއްޖެ ސަރަހައްދުގެ ގަދަ ބާރު އިންޑިއާއާއި ދެކޮޅަށް ނުކުންނައިރު މުޅި ޤައުމުވެސް މިހާރު އޮތީ ޤައުމީ ކުލަތަކުން ޖަރީވެފައެވެ. ކުރިން ރާއްޖެ ކުޅުނު މެޗްތަކުގައި ވެސް 12 ވަނަ ކުޅުންތެރިޔާ ގޮތުގައި ދިވެހި ސަޕޯޓަރުން އަންނަނީ އެ ސަޕޯޓަރުންގެ ހިތުގައި ޤައުމަށް އޮތްލޯބި ބަންޑުންކޮށްލައި، ޓީމަށް ހިތްވަރު ދިނުމުގައި ނަމޫނާ ދައްކަމުންނެވެ. މުޅިރާއްޖެ ޤައުމީވެފައި އޮތް މި ތަންވަޅުގައި ރާއްޖޭގެ އެހެން ރަށްތެކެކޭ އެއްބީދައަކުން ރާއްޖޭގެ އެންމެ އުތުރުން ބޮޑުތިލަދުންމ...
ޙުސައިން ޝަހުދީ
އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު އިތުރުވެއްޖެއެވެ. ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނީ 119 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ މަހު ލިބުނީ 281 މިލިއަން ރުފިޔާއެވެ. މިއީ 137 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ މަހު ރާއްޖެއިން ބޭރު ކުރީ 328 ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ […]
އަޙްމަދު ވަހީދު
ކުރިންވެސް އޮތްގޮތަށް ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިޞާޞްގައި ހއ. ދައްޕަރު އަލުން ހިމަނައިފިއެވެ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސް ތެރޭގައި އަލުން ދައްޕަރު ހިމަނުއްވައި، އެކަން އަންގާ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނެރުއްވީ މިއަދު އެވެ. މިގޮތުން ރައީސުލް ޖުމްހޫރިއްޔާ މިއަދު ނެރުއްވާފައިވާ ގަރާރުގައި ވިދާޅުވެފައިވަނީ، އިދާރީ ދާއިރާތައް ހިމެނޭ ސިޓީ ކައުންސިލްއާއި، ރަށު ކައުންސިލްތަކުގެ އިހްތިޞާޞް ކަނޑައެޅައި ކޮށްފައިވާ އިޢުލާނުން ފިއްލަދޫގެ އިދާރީ ދާއިރާގެ އިހްތިޞާޞް އަލ...
އަޒްފާ ރަޝީދު
ހދ.ނޮޅިވަރަންފަރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގެ ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ޖަނާޒާ ވޯކްޝޮޕެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. ނޮޅިވަރަންފަރު ޑަބުލިއު.ޑީ.ސީ އާއި ދާރުލް ޤުރުއާން ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 16 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހުއެވެ. މި ވޯކްޝޮޕްގައި ކިޔަވައި ދެއްވުމަށް ހަމަޖެހިފައިވަނީ އަލްއުސްތާޛް ޢަބްދުލް ލަތީފް އަޙްމަދެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ...
އިބްރާހިމް ޚަލީލް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މަޤާމުން މަވިކޮށްފިއެވެ. އެ އޮފީހުގެ ސީއީއޯގެ މަގާމުގައި ހުރި ޖޯން ގްރިންޑަލް މަގާމުން ވަކިކޮށްފައި ވަނީ ޕެންޝަން އޮފީހުގެ ސްލޫކީ މިންގަނޑުން ބޭރުވުމުންނެވެ. އޭނާ މަޤާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި ސްލޫކީ މިންގަނޑުން ބޭރުވުމުން ވަޒީފާއިން ވަކިކުރީ އިއްޔެއެވެ. އޭނާއަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މީގެ ކުރިން މަސައްކަތްކުރައްވައި، ޕެންޝަނާއި އިންޝުއަރަންސް ދާއިރާގައި 25 އަހަރ...
ޝިއުނާ އާދަމް
މާލޭ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިއްޔެ ކުރެއްވި ޓްވީޓެއްގައި މެޗާ ގުޅިގެން ފޯރި ނަގައި، ގިނަ ބަޔަކަށް ބައިވެރި ވުމުގެ ފުރުސަތު ދިނުމަށް އުރީދޫއާއި ސިޓީކައުންސިލާއި އެފްއޭއެމް ގުޅިގެން މިއަދު ހަވީރުން ފެށިގެން ކާނިވަލުގަ މެޗު ބެލުން އަދި މިޔުޒިކް ޝޯވް ގެންދަން ވަނީރޭވިފަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާ […]
ޔުމްނާ ޢަލީ
މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށީ ސިޓީގައި ރޯޑް ކިންގް ޗެމްޕިއަންޝިޕެއް ބާއްވަން ހަމަޖައްސައި އެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރަން ނިންމާފައިވާ ޒުވާނުންގެ ދުވަސް މިފަހަރު ރަސްމީކޮށް ފާހަގަކުރަނީ ކުޅުދުއްފުށި ސިޓީގައެވެ. އެގޮތުން ކުރިއަށް ގެންދެވޭ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި ޑްރެގް ރޭހަކީ މިހާތަނަށް ރާއްޖޭގައި އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވޭ އެންމެ ފުރަތަ...
އަޙްމަދު އަރުޝަމް
އެމެރިކާގެ އަސްކަރީ ސަބްމެރިންގެ ސިއްރުތަކެއް ވިއްކި އެމެރިކާ ނޭވީގެ އިންޖީނިއަރާއި އޭނާގެ އަންހެނުން އެފް.ބީ.އައި އަދި ނޭވަލް ކްރިމިނަލް އިންވެސްޓިގޭޓިވް ސާވިސްއިން ހައްޔަރުކޮށްފިއެވެ. އެމެރިކާ ނޭވީގައި މަސައްކަތްކުރަމުން އަންނަ އިންޖީނިއަރު ޖޮނަތަން ޓޮއެބް އަދި އޭނާގެ އަންހެނުން ޑަޔާނާ ޓޮއެބް ހައްޔަރުކޮށްފައިވަނީ ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ތުހުމަތުކޮށެވެ. ޖޮނަތަންގެ އަންހެނުންނަކީ ޓީޗަރެކެވެ. އެފްބީއައި އަންޑަރ ކަވަރ އެޖެންޓާއި މުޢާމަލާތްކޮށް ސިއްރު މަޢުލޫމާތުތައް ހިއްސާކުރަމުން ދިޔައ...
އަޒްފާ ރަޝީދު
ށ. ފީވަކުން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ކަޯވިޑްގެ ޢަލާމާތްތައް ފެނިގެން ވޭތުވެދިޔަ ހަފްތާގައި ފީވަކުން ނެގުނު ސާމްޕަލްތަކެއް ވަނީ ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވި 6 މީހުންނަކީ ވެސް ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ކުރިއަށްދާ ކޮންޓެކްޓް ޓްރޭސިންގެ ތެެެރެއިން 11 އޮކްޓޯބަރުގައި އިތުރަށް ނެގުނު 26 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ބައެކެވެ. އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ. ފީވަކުން އިތުރު ބަޔަކ...
ޙުސައިން ޝަހުދީ
ކުޅުދުއްފުށީ ސިޓީގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކުރެވިފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސަސްއާއިއެކު މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވިފާވާކަމަށެވެ. މީގެ އިތުރުން، ކުޅުދުއްފުށީގައި މަސްތުވާތަކެތި އާންމުވެފައި ވާތީ އެކަމުގެ ކަންބޮޑުވުން ފާހަގަކޮށް އެ މައްސަލަ ހައް...
އަޙްމަދު އަރުޝަމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަކީ އަބަދުވެސް ޤައުމީ ޓީމަށް ހިތްވަރު ދެއްވާ ފުޓުބޯޅައަށް ލޯބިކުރައްވާ ލީޑަރެއް ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފް ސެކިއުރިޓީގައި ބޮޑުތަކުރުފާނު މަގުން ގައުމީ ޓީމުގެ ބަހުގައި މިއަދު ދިޔަ ވަގުތު ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ ގެކޮޅުގެ ކުޑަދޮރުން ބޯދިއްކުރައްވައިގެން ހުންނަވާ ޓީމަށް ހިތްވަރު ދެއްވައިފައެވެ. ރައީސް ޔާމީން ކުޅު...
އަލީ އާދިލް
ހއ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކުރި ފަހާ ކޯސް ފަށައިފިއެވެ. 26 ބައިވެރިންނާއިއެކު ފިއްލަދޫގައި ކުރިއަށްގެންދާ މި ކޯހަކީ، ފިއްލަދޫގެ އަންހެންވެރިން ގޭގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ތަފާތު އެކި ޑިޒައިންތަކަށް ހެދުމުގެ މޭމައްޗާއި ފަސްބައި ތައްޔާރުކުރާނެ ގޮތާއި އަދި އަބާޔާ ހެދުން ފަހަން ދަސްކޮށްދެވޭނެއެވެ. މީގެއިތުރުން އާދައިގ...
އަޙްމަދު އަރުޝަމް