ހއ. ކެލާގައި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހެއް ފަށަން އެރަށު ކައުންސިލުން ތައްޔާރު ވެއްޖެއެވެ. މި ކޯހަކީ ކެލާ ކައުންސިލާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޯހެކެވެ. ކެލާ ކައުންސިލުން ވިދާޅުވި ގޮތުގައި މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިހިންގާ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހުއެވެ. ސްވިމިންގ އިންސްޓްރަކްޓަރުން ތަމްރީނުކޮށްދޭ މި ކޯހަކީ ދެ ޖިންސުގެ މީހުންނަށްވެސް ޚާއްސަ ކުރެވިފައިވާ ކޯހެއް ކަމަށް އެ ކައުންސިލުން ވިދާޅުވި […]
އަޙްމަދު އަރުޝަމް
ފީވަކުން އިތުރު 9 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 22 އަށް އަރައިފި އެވެ. މިއަދު ޕޮޒިޓިވްވި ސާމްޕަލްތަކަކީ މި މަހުގެ 12 އަދި 13 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން 9 ސާމްޕަލެވެ. މި ސާމްޕަލްތަކަކީ އޮކްޓޯބަރު 8 ވަނަ ދުވަހު ފީވަކުން ފެނުނު ޕޮޒިޓިވް ކޭސް އާއި ގުޅިގެން ނަގައިފާވާ ސާމްޕަލްތަކެއް ކަމަށް މައުލޫމާތުލިބެއެވެ. ވޭތުވެ ދިޔަ ހަފްތާގައި އެރަށުން ވަނީ ބަލީގެ އަލާމާތް ހުރެގެން ޓެސްޓުކުރި ސާމްޕަލްތަކެއްވެސް ޕޮޒިޓިވް ވެފައެވެ. […]
އަޙްމަދު އަރުޝަމް
ހއ އަތޮޅުން އދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 18:30 އިން ފެށިގެން 22:30 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މިވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް […]
އިބްރާހިމް އަސްވާޤް
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ހިޓާޗީ ޓީވީއަށް ހާއްސަކޮށްގެން ސެޕްޓެމްބަރު މަހު ފެށި ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފިއެވެ. “ބައްތިރީސް” ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގެ ދަށުން 32 އިންޗި ހިޓާޗީ ޓީވީ އެންމެ 2،999 ރުފިޔާއަށް ލިބޭނެއެވެ. މިއަދު އިތުރު ކުރި މުއްދަތާއެކު މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 15ގެ ނިޔަލަށެވެ. Good News! 'Bathirees' TV promotion has been extended till 15th November 2021. Stay tuned for more exciting […]
އަޙްމަދު ވަހީދު
މާލެ ސިޓީ ކައުންސިލް ވަޒީފާތަކަށް ބިދޭސީން ނުނަގަން ނިންމައި، ދިވެހި ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭން ނިންމައިފިއެވެ. މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި އެ ނިންމުން ނިންމާފައި ވަނީ އިއްޔެ އޮތް މާލޭ ސިޓީ ކައުންސިލް ބައްދަލުވުމުގައެވެ. މީގެއިތުރުން މިހާރު ކައުންސިލްގެ ވަޒީފާތަކުގައި ތިބި ބިދޭސީން މަދުކޮށް އެވަޒީފާތަކަށް ދިވެހިން ނެގުމަށް ވެސް ވަނީ ނިންމާފައެވެ. ބިދޭސީން ތިބި ވަޒީފާތަކަށް ހުސްވާ ޖާގަތަކަށާއި، އިތުރަށް ނަގާ ވަޒީފާތަކަށް ދިވެހި ޒުވާނުންނަށް ފުރުސަތު ފަހިކޮ...
ޝިއުނާ އާދަމް
ބޯގަންވިލާ ހެއްދުމަށް ކަނޑާނީ 4 އިންޗިއާއި 8 އިންޗިއާ ދެމެދުގެ ދިގުމިނުގެ، މެދުމިނަކަށް ހަރު ނުވަތަ ޅަ ކުރިއެވެ. ކުރި ކެނޑުމަށްފަހު، އެންމެ ކުރީގެ 2 ފަތް ފިޔަވައި، ތަނޑު ބޭންދުމަށްފަހު، ކަތުރަކުން ނުވަތަ ޕްރޫނިންގ ޝިއާރއަކުން ދެން ހުރި ފަތްތައް ވަކިކޮށްލާށެވެ. ގެންގުޅުމަށް ފަސޭހަކުރުމަށް ކަށިތަކުގެ އެންމެ ތޫނު ކޮޅުތައް ކަނޑައިލެވިދާނެ އެވެ. ކުރިކޮޅުގެ ބުޑު 45 ޑިގްރީއަށް ރީތިކޮށް އެއް ކެނޑުމަކަށް ކަނޑާލާށެވެ. ނުވަތަ ބުރިކޮށްލާށެވެ. އެއަށްފަހު، ވިޓަމިން ބީ 1 ކަހަލަ މޫލެއްވުމަށް […]
ހުބާ ޕްލާންޓްސް
އދ. ދަނގެތީގައި ގޯންޏަކަށްލައި މީހަކު އެއްލާލާފައި އޮއްވައި ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ދަނގެތީގައި ގޯންޏަކަށްލައި މީހަކު އެއްލާލާފައި އޮއްވައި ފެނިފައިވާކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. ދަނގެތީ ކައުންސިލް މެންބަރަކާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެއީ 55 އަހަރުގެ މީހެކެވެ. ރޭ ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗު ބެލުމަށް ފަހު، އެމީހާ ގެއިން ބޭރަށް ދިޔުމަށް ފަހު އަނބުރާ ގެ...
ޔުމްނާ ޢަލީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ޚާއްސަ ހަރަކާތް “ރިވެލި ތަރި” 2021 އަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި އެ މިނިސްޓްރީން ކުރިއަށް ގެންދާ “ރިވެލި ތަރި” މިއަހަރުވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. “ރިވެލި ތަރި” ގެ މައިގަނޑު މަޤުޞަދަކ...
ޔުމްނާ ޢަލީ
އައްޑޫގައި ފްލައިން ސްކޫލެއް ހިންގަޖް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އައިލެންޑު އޭވިއޭޝަނުން ސޮއިކޮށްފިއެވެ. މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަަދު ޝަރީފެވެ. މި އެއްބަސްވުމުގެ ދަށުން އުފައްދާ ޖޮއިންޓްވެންޗާއަކީ ސަރުކާރުގެ 1...
އަޙްމަދު ވަހީދު
ލ. އިސްދޫ ބަނދަރުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ނިންމާލައިފައިވަނީ މިދިޔަ އޯގަސްޓް 17 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، 31،820 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮއްޓަކާއި، 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮއްޓެއް ލުމުގެ އިިތުރުން، 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހައިފައެވެ. މީގެ އިތުރުން [...
އަޙްމަދު ވަހީދު
ސައުތު އެފްރިކާގެ ކޭޕް ޓައުންއަށް ނިސްބަތްވާ އެންޑްރޫ ކޯޓްޒީ ނަމަކަށް މީހަކު ރާއްޖޭގެ ހޮސްޕިޓަލަކުން ކޯވިޑް-19 އަށް ފަރުވާ ހޯދުމަށްފަހު އެނބުރި އޭނާގެ ގައުމަށް ހިންގައްޖެއެވެ. ރާއްޖޭގައި ހުއްޓާ ކޯވިޑަށް ޕޮޒިޓިވްވުމުން އެންޑްރޫ ވަނީ ރާއްޖޭގެ ހޮސްޕިޓަލެއްގައި 65 ދުވަސް ހޭދަކޮށްފައެވެ. އަދި އޭނާގެ ހާލު ގޯސްވެ ކޯމާއަކަށް ވެސް ދިޔައެވެ. އެންޑްރޫ އޭނާގެ އަމިއްލަ ރަށް ކަމުގައިވާ ދެކުނު އެފްރިކާގެ ހުޅަނގުދެކުނު އައްސޭރިފަށުގައި އޮންނަ ކޭޕްޓައުން ދިޔުމަށް އަނބުރާ ގައުމަށް ދިޔައިރު އޭނާއާއި ބައްދަލުކުރުމަ...
އަޒްފާ ރަޝީދު
މޮމްސް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ސުޕަރ ކިޑްސް ޗެލެންޖް” އިފްތިތާޙްކޮށްފިއެވެ. މި ހަރަކާތް އިފްތިތާޙްކޮށްދެއްވީ އިއްޔެ މެންދުރުފަހު މާގިރި ހޮޓަލުގައި ކުރިއަށް ދިޔަ ހަފުލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދެވެ. “ސުޕަރ ކިޑްސް ޗެލެންޖް” އަކީ ކުޑަކުދިން އެކުދިންގެ މައިންބަފައިން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކާއެކު އުނގެނުމަށާއި، މަޖާ ވަގުތުކޮޅެއް ހޭދަކުރުމަށް އަމާޒުކޮށްގެން ރާވާފައިވާ ސިލްސިލާ ހަރަކާތްތަކެކެވެ. މި ހަރަކާތް އިފްތިތާހްކޮށް...
ޔުމްނާ ޢަލީ
ރާއްޖޭގައި މޭބިސްކަދުރު ހައްދާ ވާހަކައަކީ މިހާރު އައު ވާހަކައެއް ނޫނެވެ. މި ފަހަކަށް އައިސް ރާއްޖޭގައި މޭބިސްކަދުރު ހައްދާ މިންވަރު އިތުރު ވަމުން އަންނަކަމުގެ ހެކިދޭ އެއް މާހައުލަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެވެ. ދަނޑުވެރިކަމުގެ ވައިބާ ގްރޫޕްތަކާއި ދަނޑުވެރިކަމާއި ގުޅުންހުރި ފޭސްބުކް ޕޭޖްތަކުގައި ދަނޑުވެރިން ހިއްސާ ކުރަމުން އަންނަ ފޮޓޯއާއި ވީޑިއޯތައް ކަމުގައި ބުނެވިދާނެއެވެ. މިހެން ހައްދާ މޭބިސްކަދުރު ވެޔޮތަކުގައި އަޅާ މޭބިސްކަދުރު ކޯޅި ކުޑަވުމާއި ފޮނިރަހަ ނުލުމުގެ ވާހަކައަކީ ވެސް އާންމު ވާހަކަ...
އިބްރާހިމް ޚަލީލް
ކޯވިޑް-19އަށް ފަހު މައްކާގެ ހަރަމްފުޅާއި މަސްޖިދުލް ނަބަވީގައި އަނެއްކާވެސް ޒަމް ޒަމް ފެން ކޮންޓެއިނަރުތައް ބަހައްޓައިފިއެވެ. ކޯވިޑްގެ ނުރައްކާ ބޮޑުވެ 2020 ވަނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ހަރަމުގައި ހުންނަ ޒަމްޒަމް ފެން ކޮންޓެއިނަރުތަކުގެ ހިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް އިތުރު ކޮންޓޭނާތައް މިހާރު ބަހައްޓާފައިވާއިރު، އަލަށް މާބަލް ބޭނުންކޮށްގެން ހަދާފައިވާ 155 ކޮންޓެއިނަރު ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން 97 ކޮންޓެއިނަރު ބެހެއްޓިފައިވަނީ ހަރަމްފުޅުގައެވެ. އަދި 48 ކޮނ...
އަޒްފާ ރަޝީދު
ކުޅުދުއްފުށީ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މިރޭ ބައްދަލުވުމެއް ބާއްވަން ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިއީ ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ހިންގޭ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ފުރިހަމަކުރަންޖެހޭ އީ.އައި.އޭ ރިޕޯޓު ތައްޔާރުކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއްކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ...
އަޒްފާ ރަޝީދު
“އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ފުޓްބޯޅަ މުބާރާތުގައި ބުދަ ދުވަހުގެ ރޭ (މިރޭ) ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޑިއާއިން ހޯދައިފިއެވެ. ގްރޫޕް ސްޓޭޖް ފަހު މެޗަށް މިރޭ ރާއްޖެއާއި އިންޑިއާ ނުކުތްއިރު، މެޗު އެއްވަރު ކޮށްލައިގެން ވެސް ރާއްޖެއަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުޞަތު އޮތެވެ. ނަމަވެސް މިރޭ މެޗުން ބަލިވުމުން ރާއްޖެ ވަނީ މި މުބާރާތުން ކަޓާފައެވެ. މި މެޗުގައި އިންޑިއާގެ ފަރާތުން […]
އިބްރާހިމް ޚަލީލް
ކޮވިޑް-19 އާއި ގުޅިގެން ށ. މާއުނގޫދޫ މޮނިޓަރިންގައި އޮތް އޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އުވާލައިފި އެވެ. އެޗްޕީއޭއިން އެރަށު ކައުންސިލަށް ފޮނުވި ލިއުމުގައި ވާގޮތުން އެރަށް މޮނިޓަރިން އުވާލައިފާ ވަނީ މިއަދު ހެނދުނު 11:12 ގައެވެ. އެޗްޕީއޭ އިން ބުނީ މޮނިޓަރިން އުވާލީ ޤާނޫނުގައި ބުނެފައިވާ މޮނިޓަރ ކުރުމަށްޓަކައި ބަލުން ކަނޑައެޅުނު ކަންކަން ބެލުމަށްފަހު މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ. މާއުނގޫދޫ ސިއްޙީ މަރުކަޒަށް ދެއްކި […]
އަޙްމަދު އަރުޝަމް
ށ. ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެ ކުރިއަށް ގެންދިޔަ ކޭކް ކޯސް ނިންމާލައިފި އެވެ. ފޭދޫގެ ކަނބަލުންނަށް އަމާޒުކޮށްގެން 15 ދުވަހަށް ކުރިއަށް ގެންދެވުނު މި ކޯހުގައި ވަނީ 14 ފަރާތެއް ބައިވެރިވެފައެވެ. މި ކޯސް ކުރިއަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 އިން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި ކޭކް އެޅުމުގެ ބޭސިކް އަދި އެޑްވާންސް ލެވެލްއަށް ވަނީ ކިޔަވަދީފައެވެ. ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް […]
އަޙްމަދު އަރުޝަމް