މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފްލީޓަށް ވެހިކަލްތަކެއް އިތުރުކޮށްފިއެވެ. އެކުންފުނިން ފްލީޓު ބޮޑު ކޮށްފައިވަނީ ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށް ވަރުގަދަ ކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ފްލީޓަށް އިތުރުކުރި ވެހިކަލްތަކުގެ ތެރޭގައި 30 ޓަނުގެ 10 ހައިމާކާއި، 25 ޓަނުގެ 15 ލޮރީ އަދި 6 ލޯޑަރު ހިމެނެއެވެ. އެމްޓީސީސީއަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާ ކުންފުންޏަކަށްވުމުން ގިނަ ވެހިކަލްތަކެއް އެއްފަހަރާ ްެކި މަޝްރޫއު...
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވައިލައްވައިފިއެވެ. އެ ބޯޑު އެކުލަވައިލައްވާފައި ވަނީ މިއަދުއެވެ. މި ބޯޑަކީ ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ. ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑަށް އައްޔަނު ކުރެއްވި ބޭފުޅުން: އިބްރާހީމް ޝަރީފް، މުކުރިމަގު، ސޯސަންވިލާ، ލ.ގަން (ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް) ޑޮކްޓަރ މުޙައްމަދު އިސްމާޢީލް، ދަފްތަރު. ނަންބަރު ރސ 9558 (ހ...
ޝިއުނާ އާދަމް
އަނެއްކާ ވެސް ކޯވިޑްގެ ހާލަތު ގޯސްވަމުން އަންނަ ށ. ފީވަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން އެރަށް މޮނިޓަރިންނަށް ގެނެސްފައި ވަނީ މިއަދު އެވެ. ފީވަކު މޮނިޓަރިންނަށްލީއިރު، އެރަށުން އިއްޔެ ވަނީ 5 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ކުރިން މި މަހުގެ 8 އަދި 10 ވަނަ ދުވަހުވެސް ވަނީ ދެ މީހަކު ޕޮޒިޓިވް ވެފައެވެ. އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ. އަނެއްކާވެސް […]
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އިބްރާހީމް ޝާހިދު 14 ދުވަހުގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނިކުތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މަނާކޮށްފިއެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުއާ ޙަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަޙުޤީޤަށް ލިބުނު މަޢުލޫމާތުގެ އަލީގައި މެޖިސްޓްރޭޓް ޝާހިދު، ކްރިމިނަލް މައްސަލަތައް ކުރިޔަ...
އަލީ އާދިލް
މީގެ އަހަރުތަކެއް ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރު މަރާލި މައްސަލާގައި އޭނާއަށް ހަމަލާދިން ޝަހުމް އާދަމް މެރުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މީގެއިތުރުން ހައި ކޯޓުން ވަނީ އަހްސަން މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ، ހަސަން ޝިމާޒް މުހައްމަދު ސުވާދު 15 އަހަރަށް ލުމަށް ހުކުމް ކޮށްފައެވެ. މިމައްސަލާގައި، ހައި ކޯޓުން މިގޮތައް ހުކުމްކުރިއިރު، މި ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ […]
އަލީ އާދިލް
ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. “ޓޯޓަލް ސަބްމެންޑިބިއުލާރ ސިއަލޮޑެނެކްޓޮމީ” ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލި މީ ތިންވަނަ ފަހަރެވެ. މި ސާޖަރީ އަކީ ކަރާ އަދި ބޮލުގައި އުފެދޭ ޓިއުމަރ އަދި އެ ސަރަހައްދުން ހިސާބެއް އިންފްލެމޭޓް ވެގެން ކުރާ ސަޖަރީ އެކެވެ. އެ ހޮސްޕިޓަލުން ކުރި ސާޖަރީ އަކީ ‘ސަބްމެންޑިބިއުލާރ ގްލޭންޑް’ ނަމަކަށް ކިޔާ އަނގައިގާ ކުޅު އުފައްދާ މައިގަނޑު 3 ގްލޭންޑްގެ […]
އަޙްމަދު އަރުޝަމް
ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގައިވާ ރުއްގަސްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ހަތަރު ތަނެއްގައިވާ ރުއްގަނޑުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ނެގުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 17 އޮކްޓޯބަރ 2021 (އާދީއްތަ) ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރު 6527177 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް https://forms.office.co...
އިބްރާހިމް ޚަލީލް
މާދަމާ ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗުގެ ދެ ޓިކެޓު ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. މި ފުރުސަތުގެ ދަށުން އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީގެ މެސްކޮޓް ލައްވައި ގޯލެއް ޖަހައިގެން ދެ ޓިކެޓު ލިބިދާނެއެވެ. އުރީދޫން ވަނީ އެ ކުންފުނީގެ މޫލީ ފޭސްބުކް ޕޭޖުގައި މިކަމަށް ހާއްސަ ޕޯސްޓެއް ޝެއާކޮށްފައެވެ. މި ޕޯސްޓުގައި ފެންނަ ވީޑިއޯގައި މޫލީ ގޯލު ޖަހާތަން ސްކްރީންޝޮޓް ނެގުމަށް ފަހު އެ ސްކްރީންޝޮޓް ކޮމެންޓު ކުރުމުން ޕްރޮމޯޝަނުގައި […]
އަޙްމަދު ވަހީދު
ކޯވިޑް19 ގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗް.އީ.އޯ.ސީ)އިން ވޮލަންޓިއަރުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. އެޗް.އީ.އޯ.ސީއިން ބުނީ އެ އިދާރާގައި އަދި އެޗް.އީ.އޯ.ސީގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި ކުރެވޭ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް އެ ސެންޓަރުން ނިންމާފައިވާ ކަމަށެވެ. މިގޮތުން އެކުލަވާލެވޭ ދަފުތަރުގައިވާ ފަރާތްތަކަށް އެ ސެންޓަރުން ތަމްރީ...
އަޙްމަދު އަރުޝަމް
ށ. ފީވަކުން އިތުރު 5 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އެރަށުން ޕޮޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓްވި 4 މީހަކާއި ބަލީގެ އަލާމާތް ފެނިގެން ޓެސްޓު ކުރެވުނު ކުޑަ ކުއްޖެކެވެ. އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ. އަނެއްކާ ވެސް އިތުރު ބަޔަކު ރަށުން ޕޮޒިޓިވް ވުމާއި ގުޅިގެން ރަށުތެރޭގައި އުޅޭއުޅުމުގައި […]
އަޙްމަދު އަރުޝަމް
އަންނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޖަރުމަނު ކޮލިފައިވެއްޖެއެވެ. އެ ޓީމް ކޮލިފައިވެފައި މިވަނީ ޔޫރަޕުގެ ކޮލިފައިން ބުރުގައި ގްރޫޕް ޖޭގައި ހޯމަ ދުވަހުގެ ރޭ ނޯތު މެސެޑޯނިއާއާއި ބައްދަލުކުރި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކުއެވެ. އެ މެޗު ޖަރުމަނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުބާރާތް ބާއްވާ ޤައުމުގެ ހައިސިއްޔަތުން ވޯލްޑް ކަޕުން ޤަތަރަށް ޖާގަ ލިބިފައިވާއިރު، ކޮލިފައިން ބުރުން ޖާގަ ލިބިގެން ފުރަތަމަ […]
އިބްރާހިމް ޚަލީލް
ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ)ގެ ޤައުމުތަކުގެ ލިސްޓުން ޕޮލެންޑް ބޭރުކުރުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ޕޮލެންޑްގެ 100،000 އަށް ވުރެ ގިނަ މީހުން މަގުތަކަށް ނިކުމެ ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެއްޖެއެވެ. ޕޮލެންޑްގައި ކުރިއަށްދާ މުޒާހަރާތައް ފަށާފައި ވަނީ، ޕޮލެންޑްގެ ވެރިކަން ކުރާ ޕާޓީގެ ސިޔާސަތުތަކާއި އީ.ޔޫއިން ހަދާފައިވާ ޤަވައިދުތަކާއި ފުށުއަރާކަމަށް ބުނެ، 27 ޤައުމު ހިމެނޭ އީޔޫގެ ޤައުމުތަކުގެ ލިސްޓުން ޕޮލެންޑް ބޭރުކުރުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ނިންމި ނިންމުމާއި ގުޅި...
އަޒްފާ ރަޝީދު
ސްޓޭޓް ޓްރޭޑިން ކޮމްޕެނީ (އެސްޓީއޯ) އިން ތެޔޮ ވިއްކާ އަގުތައް ތިންވަނަ ފަހަރަށް ބޮޑުކޮށްފިއެވެ. އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 11.16ރ. އަށް ކަމަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 11.84ރ. އަށް ކަމަށެވެ. މިދިޔަ ޖުލައި މަހު ގެނައި ބަދަލާއެކު މިހާތަނަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 10.72 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން އައީ 10.95 ރުފިޔާއަށެވެ. އެ ކުންފުނިން ބުނި ގޮތުގައި މި […]
އަޙްމަދު ވަހީދު
ބޮޑު ތިލަދުންމަތީގެ 3 އަތޮޅު، ހއ ، ހދ އަދި ށ އަތޮޅު ގެ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން މަހާސިންތާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ. މި މަހާސިންތާ އަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ފަރާތުން ހިންގާ މަހާސިންތާއެކެވެ. ” މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ”ގެ ނަމުގައި މި މަހާސިންތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ. އަދި މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ މަދަނީ ޖަމިއްޔާތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، […]
އަޙްމަދު އަރުޝަމް
ހއ.ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޕޮލިސް ގުޅިގެން އެ ރަށު ހިމާލިޔާ، މުޙައްމަދު ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ފައިސާ ހޯދުމަށް ހިންގި ހަރަކާތްތަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް “ހެލްޕް ޝިޔާމް ފޯ ކިޑްނީ ޓްރާންސްޕްލާންޓް” ނަމުގައި ފަންޑްރައިޒިންގެ ޙަރަކާތްތަކެއް ދިއްދޫގައި މި މަހުގެ 7،8،9 (ބުރާސްފަތި، ހުކުރު، ހޮނިހިރު) ތިން ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މ...
އިބްރާހިމް ޚަލީލް
ރ. ކިނޮޅަސް ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އަވަސް ކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ވަނީ މި މަސައްކަތް ފެށުމަށް އިއްޔެ ސައިޓު މޮބިލައިޒް ކުރުމަށްފަހު މަސައްކަތްތައް ފަށާފައެވެ. މި މަސައްކަތުގެ ދަށުން އެ ރަށުގެ ހާބަރުގެ ބަންދުވެފައިވާ ސަރަހައްދުގައި ހުރި ވެލި ނަގާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. ކިނޮޅަހުގެ ބަނދަރު ބެދުމުގެ ސަބަބުން އެ ރަށަށް އުޅަނދުފަހަރަށް ވަދެ ނުކުމެ ހަދަން […]
އަޙްމަދު ވަހީދު
ކުރިއަށް އޮތް 4 ދުވަހު، އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ސަމާލުވާން އެދެފި އެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ނެރުނު ސަމާލު މެސެޖުގައި ބުނެފައިވަނީ، ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި މިމަހުގެ 12އިން ފެށިގެން 16ގެ ނިޔަލަށް އާންމުވައި ގަދަވުމާއިއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭކަމަށެވެ. މިފަދައިން މެޓް އޮފީހުން ލަފާކޮށްފައިވަނީީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފަކާއި ގުޅިގެން ކަމ...
އަޙްމަދު އަރުޝަމް
މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ހއ. ކެލާގައި ޒުވާނުންގެ ގަސް އިންދުމުގެ ހަރަކާތަކާއި، ފުޓު ބޯޅަ މުބާރާތެއް ބާއްވަން އެރަށު ކައުންސިލުން ނިންމައިފި އެވެ. މިގޮތުން ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކެލާގައި ފުރަތަމަ އޮންނާނީ އެރަށުގައި އަލަށް ހެދި ބަނދަރު ސަރަހައްދު ހޭޅިފައް ފެހި ކުރުމުގެ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން އެ ސަރަހައްދުގައި ހޭޅީގައި ހެދޭ ޒާތު ބޯށި، މަގޫ ފަދަ ގަސްތައް އިންދަން ނިންމާފައިވާ ކަމަށް ކެލާ ކައުންސިލުން ވިދާޅުވިއެވެ. ކެލާ ކައުންސިލްގެ ރައީސް […]
އަޙްމަދު އަރުޝަމް