މާދަމާ ހެނދުނު ގަޑިއެއްހާއިތަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މާދަމާ އެ ކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓުތަކެއް ހަދަން ހަމަޖެހިފައިވާތީ ހެނދުނު 7:00ން 8:00އަށް ކަރަންޓު ކެނޑިދާނެ ކަމަށެވެ. މިއީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ. މާލެއަށް ދިމާވެފައިވާ ކަރަންޓު...
އަޙްމަދު ވަހީދު
މީހަކު ވަޅިން ދިން ހަމަލާތަކަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އިންގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑޭވިޑް އެމްސް ނިޔާވެއްޖެއެވެ. މިއަދު މެންދުރުގެ ވަގުތެއްގައި އެމްސްއަށް ވަޅިން ހަމަލާދީފައިވަނީ އިނގިރޭސި ބަރުލަމާނުގައި އޭނާ ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުންނާއި އެކު އާންމު ބައްދަލުވުމެއްގައި ހުންނަވަނިކޮށެވެ. އުމުރުން 69 އަހަރުގެ އެމްސްގެ ހަށިގަނޑަށް އެތަށް ފަހަރެއްގެ މަތިން ހަމަލާދީފައިވާކަމަށާއި، އޭނާ ނިޔާވެފައިވަނީ ހަމަލާތަކަށް ފަރުވާ ހޯދަމުން ދަނިކޮށްކަމަށް ބައިނައްލަޤްވާނ...
އަޒްފާ ރަޝީދު
ށ. ބިލެތްފަހި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އެރަށުގައި ހިންގާ ފަހާ ކޯސް އިއްޔެ ފެށިއްޖެއެވެ. 25 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފަހާ ކޯހުގައި އެރަށުގެ 30 ކަނބަލަކު ވަނީ ބައިވެރިވެފައެވެ. ބިލެތްފަހި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޚަދީޖާ މޫސާ “ތިލަދުން”އަށް މި ކޯހާބެހޭ މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދީ އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ. މިގޮތުން އެ ކޮމެޓީއިން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެކަމަށް ޝައުގުވެރިކ...
އަޒްފާ ރަޝީދު
ށ. ފޯކައިދޫ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަ “މައި ކޮމިއުނިޓީ” ތީމްގެ ދަށުން އެރަށުގައި ޕިކްނިކް ދާ ސަރަހައްދެއް ތަރައްޤީކޮށްފިއެވެ. މި ސަރަހައްދަށް ދީފައިވާ ނަމަކީ “ކޮށްލަވާނި ބީޗް”އެވެ. މިމަސައްކަތްކޮށްފައިވަނީ ގްރޭޑް 1 ކާއި 6 ކާއި ދެމެދު ކިޔަވާ ކުދިންގެ ތެރެއިން ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުންނެވެ. މިމަސައްކަތުގައި ދަރިވަރުންނަށް އެހީތެރިވެދީފައިވަނީ ފޯކައިދޫ އަންހެނުންގެ ކޮމިޓީއާއި، މި މަސައްކަތްކުރި ދަރިވަރުންގެ ބެލެނިވެރިންނާއި އަދި ޓީޗަރުން ނެވެ. މިކަން […]
އަޒްފާ ރަޝީދު
އަފްޤާނިސްތާނުގެ ކަންދަހާރުގެ މިސްކިތެއްގައި ހުކުރު ނަމާދު ވަގުތުގައި ބޮންތަކެއް ގޮއްވާލައިފިއެވެ. ބޮންތައް ގޮއްވާލާފައިވަނީ މިސްކިތުގެ އެތެރޭގައިކަމުން މިހާތަނަށް 32 މީހުން މަރުވެފައިވާކަމަށާއި 45 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ކަންދަހާރު ޕްރޮވިންސްގެ ޕަބްލިކް ހެލްތް ސާވިސް އޮފިޝަލުންނާއި ހަވާލާދީ ބައިނައްލަޤްވާމީ ނޫސްތަކުގައި އަންނަނީ ބުނަމުންނެވެ. ބޮން ގޮއްވާލާފައި މިވަނީ ޝިއާ މުސްލިމުން ނަމާދުކުރުމަށް ދާ ބީބީ ފާޓިމާ މިސްކިތުގައިކަމަށް ޚަބަރުތައް ބުނެއެވެ. މަންޒަރުދުށް މީހ...
އަޒްފާ ރަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތ. ކަނޑޫދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި، ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ޙަރަކާތްތައް ފަށްޓަވައިދެއްވައި، ފަރޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މީގެއިތުރުން ކާބޯތަކެތީގެ މައުރަޒު ހުޅުއްވައިދެއްވައި، ޤައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަ...
ޔުމްނާ ޢަލީ
އެމެރިކާގެ މަހުޖަނު އަދި މައިކްރޯސޮފްޓް ކުންފުނީގެ ބާނީ ބިލް ގޭޓްސްގެ ދޮށީ އަންހެން ދަރިފުޅުގެ ޖެނިފާގެ ކައިވެނި މާދަމާ ބާއްވާއިރު، ކައިވެނި ހަފްލާއަށް އެކަނިވެސް 2 މިލިއަން ޑޮލަރު ޚަަރަދުކޮށްފައިވާކަމަށް ބައިނައްލަޤްވާމީ ނޫސްތަކުގައި ބުނެފިއެވެ. އުމުރުން 25 އަހަރުގެ ޖެނިފާ ކެތެރިން ގޭޓްސް އާއި މިސްރު ދަރިކޮޅުގެ ލޯބިވެރިޔާ، މިލިއަނަރެއްކަމަށްވާ 30 އަހަރުގެ ނަޔެލް ނައްސާރުގެ ކައިވެނި މާދަމާ ކުރުމަށް ހަމަޖެހިފައިވަނީ ވެންޗެސްޓަރގައި ހުންނަ 2018 ވަނަ އަހަރު ބިލް ގޭޓްސް ގަނެފައިވާ 16 މިލިއަން އެމެރި...
އަޒްފާ ރަޝީދު
ހއ. ކެލާގައި ހުންނަ އެމާ ފިހާރައާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް ގުޅިގެން ކަނބަލުންނަށް ހާއްސަ ކޮށްގެން ކެލާގައި ކުރިއަށް ގެންދާ “އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓް 2021” ފަށައިފިއެވެ. މި މުބާރާތުގެ ފުރަތަމަ މެޗު 13 އޮކްޓޯބަރ 2021 ވީ ބުދަ ދުވަހު ކެލާ ޔޫތު ފޯރަމް ވޮލީ ކޯޓުގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައިވަނީ ޓީމް ކެލަވަކި އަދި ޓީމް ނާޅިއެވެ. މި މެޗު […]
އިބްރާހިމް ޚަލީލް
ހއ. އިހަވަންދޫގައި ރައްކާތެރިކަމާއެކު ކުނި ނައްތާލަން ބޭނުންވާ ތަކެތި ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާ އެ ރަށު ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް އަހުމަދު ސަބާހުއެވެ. ކައުންސިލާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން އިހަވަންދޫގައި ކުނި ނައްތާލަން ބޭނުންވާ ތަކެތި ހޯދަން ބަޖެޓެއް ކަނޑައަޅާނ...
އަޙްމަދު ވަހީދު
ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ހާއްސަ އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މިއީ ރާއްޖެއާ އިންޑިއާގެ ދިއްލީއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ ގޮތުން އެ އެއާލައިނުން ބާއްވާ އިވެންޓެކެވެ. މި އިވެންޓުގައި ބޮޑުބެރާއި އިންޑިއާގެ ސަގާފީ ހަރަކާތަތްއް ފެންނާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. އަދި ފުޑް ސްޓޯލަކާއި ގޭމުތައްވެސް ހުންނާނެއެވެ. މި އިވެންޓު ކުރިއަށްދާނީ މިއަދު ހަވީރު 4:00ން 6:00 އަށެވެ.
އަޙްމަދު ވަހީދު
ށ. ފުނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން “ދަންދާނަ ބާޒާރު 2021” ގެ ނަމުގައި ކާބޯތަކެތީގެ މަޢުރަޒެއް ބާއްވަން ނިންމައިފިއެވެ. ފުނަދޫ ކައުންސިލް އިދާރާގެ ހުޅަގުން އޮތް ހުސްބިމުގައި 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަޢުރަޒު ހާއްސަ ކޮށްފައި ވަނީ ކަނބަލުންނަށެވެ. މި ހަރަކާތާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވެފައި ވަނީ [...
އިބްރާހިމް ޚަލީލް
ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި މާލޭ ސިޓީގެ ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ، ‘މަސްޖިދު މުޙައްމަދު’ މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތް ހުޅުއްވައިދެއްވާފައިވަނީ، އިއްޔެ ހަވީރު ހުޅުމާލޭގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސް ޞާލިޙް ވަނީ މި މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މި މިސްކިތުގައި އިއްޔެގެ އަޞުރު ނަމާދު ކުރައްވާފައެވެ. ‘މަސްޖިދު މުޙައްމަދު’ މިސްކިތަކީ، ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި ޢިމާރާތްކޮށްފައ...
ޔުމްނާ ޢަލީ
ހިޔާ ފްލެޓަކަށް ފޮނުވި ހަ ލައްކަ ރުފިޔާގެ ބިލަކީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފޮނުވި ބިލެއް ނޫން ކަމަށް އެ ކުންފުނިން ބުނެފިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތަކުގެ ފެން ބިލު އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ އެކަމަށް ސަމާލުވުމަށް އެމްޑަބްލިއުއެސްސީން ވަނީ އެދިފައެވެ. އަދި އެފަދަ މައްސަލައެއް ފާހަގަ ވާނަމަ އެކަން އެންގުމަށް ވެސް ވަނީ އެދިފައެވެ. އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނިން ފޮނިވި ކަމަށް ބުނާ […]
އަޙްމަދު ވަހީދު
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ވިލާ ކުންފުނީގެ ބާނީގެ ހަޔާތްޕުޅުގެ މައްޗަށް ބައިނަލް އަގްވާމީ ފެންވަރުގެ ފިލްމެއް ހަދާނެ ކަމަށް އެ ޕާޓީގެ ވީޑިއޯ،އޯޑިއޯ ސްކޮޑްގެ ކޯޗެއާ އަދި މަޝްހޫރު ފަންނާނު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ބުނެފިއެވެ. ވީޓީވީން ރޭ ގެނެސްދިން “ފަސްމަންޒަރު” ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އިއްސޭބުނީ ފަންނާނުންނަށް އެންމެ ފަހި ފުރުސަތުތަކެއް އޮތް ޕާޓީއަކީ ޖޭޕީ ކަމަށެވެ. ޖޭޕީއާއި ގުޅެންނިންމައި، ފުރަތަމަ ޤާސިމްއާއި ބައްދަލުވި ދުވަހު ޤާސިމް އޭނާއަށް ކުރެއްވި އިޚްތިރާމާއި، ޖޭޕީއާ...
އަލީ އާދިލް
ބޮލުގައި “ބޮޑު ދަރަންޏެއް” އަޅައިގެން އުޅޭނަމަ ފަރާތްތަކާއި ދަރަނީގެ ދަންތުރައެއްގެ ތެރެއަށް ވަނުމަށް ވިސްނަމުން ދާނަމަ އަހަރެނަގެ ހަޔާތުން ސަފްހާއެއް ކިޔާލާށެވެ. މިއީ އިބުރަތަކައް އަދި ނަސޭހަތަކަށް ޓަކައި ހިއްސާ ކޮށްލާވާހަކަ އެކެވެ. އަހަރެންނަށް ދިމާވި ހާލަތެއްގެ ސަބަބުން ބޮޑު ދަރަންޏެއް ބޮލުގައި އަޅަން ޖެހުނެވެ. އަހަރެންނަށް ލިބޭ އާމްދަނީ އާއި އަޅާބަލާއިރު އެއީ ދެތިން ހަތަރު އަހަރަކުން ނޫނީ ދައްކާ ނިންމާލެވޭ ވަރުގެ ދަރަންޏެއް ނޫނެވެ. އެހެންކަމުން އެވަރުގެ ދަރަންޏެއް ބޮލުއަޅައިގެން އުޅެންޖެހުން...
ޙުސައިން ޝުޖާޢު
ވިސާއާ ނުލައި އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓު ނުވަތަ ޓްރެވަލް ފްރީޑަމް ލިސްޓުގައި ދިވެހި ޕާސްޕޯޓް ގުލޯބަލް ރޭންކިންގ ގައި ދަށަށްގޮސްފައިވާކަމަށް ހެންލީ ޕާސްޕޯޓް އިންޑެކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދެކުނު އޭޝިއާގެ އެއްވަނަ ޕާސްޕޯޓަކަށް އޮތީ ދިވެހި ޕާސްޕޯޓެވެ. މިއީ ޓްރެވަލް ފްރީޑަމް ލިސްޓުގެ އެއްވަނަ މަގާމު ދިވެހި ޕާސްޕޯޓަށް ވިދިވިދިގެން ލިބުނު ހަތަރުވަނަ އަހަރެވެ. ހެންލީ ޕާސްޕޯޓް އިންޑެކްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ކުރީ ސަފުން އ...
އަޒްފާ ރަޝީދު
އއ. ތޮއްޑޫގައިސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އެގްރިސެންޓަރެއް ހުޅުވައިފިއެވެ. މިއީ މާލޭގެ އިތުރުން މި ސެންޓަރުގެ ބްރާންޗެއް ހުޅުވި ފުރަތަމަ ފަހަރެވެ. އެސްޓީއޯ އެގްރިސެންޓަރަކީ ދަނޑުވެރިން ހައްދާ ތަކެތި ގަނެ ވިއްކުމަށް ހުޅުވި ތަނެކެވެ. މި ސެންޓަރުން ގަންނާނީ ރަޖިސްޓްރީ ކޮށްފައިވާ ދަނޑުވެރިން އުފައްދާ ތަކެއްޗެވެ. އެންމެ ގިނައިން އެގްރިސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ ތޮއްޑޫގެ ދަނޑުވެރިންނެވެ. ތޮއްޑޫއަކީ ރާއްޖޭގައި ދަނޑުވެރިކަން އެންމެ ފުޅާ ދާއޮރާއެއްގައި ހިންގާ އެއް ރަށެވެ. އެހެން...
އަޙްމަދު ވަހީދު
އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު މިދުވަސްވަރު އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކޮށްފިއެވެ. އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮކްޓޫބަރުމަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 11،008 ކޭސް ރިޕޯޓްކޮށްފައިވާކަމަށް މިއަދު އެއިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ. އަރިދަފުސް ރޯގާގެ އިތުރުން ފާއިތުވެދިޔަ މަސްތަކުގައި އިންފްލުއެންޒާއަށް ޕޮޒިޓިވްވާ އަދަދުވެސް އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިންފުލުއެންޒާއަށް...
އަޒްފާ ރަޝީދު