ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގެ ހުއްދަ މިހާތަނަށް ރާއްޖޭގެ ތިން އެއާލައިނަށްވެސް ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައެވެ. އޭނާ ވިދާޅުވޫ މިއަހަރުގެ މައިގަނޑު އަމާޒަކީ ކޮވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަވުން ކަމަށެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ދާއިރާ ފުޅާ ކުރުމަށާއި އިތުރަށް ތަރައްގީ ކުރުން ކަމަށެވެ. މި މަގުސަދު ހާސިލް ކުރުމަށް އެއާލައިންތަކުގެ ހަ...
އަޙްމަދު ވަހީދު
ފ. ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، އެ މަސައްކަތުގެ 88 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބަނދަރުގެ ބުރިޖް އެޅުމުގެ މަސައްކަތް ނިމިފައިވާ އިރު، ބޭރުތޮށިލުމުގެ މަސައްކަތުގެ 83 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 46,600 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 253 މީޓަރުގެ އެއްގަމުތޮށި ލުމާއި 410 މީޓ...
އަޙްމަދު ވަހީދު
މިހައަހަރުގެ މަސްވެރިންގެ ދުވަހު، ބޮޑުކަންނެލި މަސްވެރިންގެ އަޑު އިއްވުމަށް އިހްތިޖާޖަކަށް ތައްޔާރުވަމުން ދާކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ މަސްވެރިންގެ ދުވަހެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 އަކީ، ބީކޭއެމްޔޫގެ ވެސް ފުރަތަމަ އަހަރީ ދުވަހެވެ. އެ ޖަމިއްޔާގެ އިފްތިތާޙީ ޖަލްސާބާއްވައި، ފުރަތަމަ ހިންގާ ކޮމިޓީ އިންތިޙާބު ކޮށްފައި ވަނީ މިދިޔަ 2020 ވަނަ އަހަރުގެ ޑިސެމްބަރު...
ޙުސައިން ޝަހުދީ
މިދިޔަ ތިން ވަރަކަށް ހަފުތާ ތެރޭ ދިވެހިންގެ ބޭންކް، ބީއެމްއެލްގެ ހުރިހާ ހިދުމަތެއް ދޭތެރެ ދޭތެރެއިން މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ބޭންކުން މައާފަށް އެދިއްޖެއެވެ. ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ސޮއި ކޮށް ހުރިހާ ކަސްޓަމަރުންނަށް ވަނީ މައާފުގެ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ. ޓިމް މައާފަށް އެދުނު […]
އަޙްމަދު ވަހީދު
ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ށ އަތޮޅުގެ 2 ރަށެއްގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސިއެވެ. ފުނަދޫ ޕޮލިސް ސްޓޭޝަން އިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ދަށުން މި މަހުގެ 5 ވަނަ ދުވަހު ވަނީ މާއުނގޫދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ރަށުގެ އާއްމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސައެވެ. އެގޮތުން އެރަށު ސްކޫލްގެ ގްރޭޑް 4، 5 އަދި […]
އައިޝަތު ނަސާޔާ
މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން މަސްވެރިންގެ ފޯރަމެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. އެ މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކ. ގާފަރުގަ އެވެ. މި ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި މަސްވެރިކަމުގެ އުޅަނދު ފަހަރަށް އަންނަމުންދާ ބަދަލު ތަކުގެ އިތުރުން 5 ވަނަ ޖެނަރޭޝަންގެ މަސްވެރި އުޅަނދު ޑިޒައިންކުރުމުގެ...
އައިޝަތު ނަސާޔާ
ހދ. ވައިކަރަދޫގައި ގޭސް ލީކުވެ އަލިފާނުގެ ހާދިސާއެއް ހިނގާ މީހަކު ފިހިއްޖެ އެވެ. ވައިކަރަދޫ ކައުންސިލް މެންބަރަކު މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ގަބޫލު ކުރެވޭ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ގޭސް ލީކުވެފައި ހުއްޓައި އުނދުން ރޯކުރުމުގެ ސަބަބުން ކަމަށެވެ. ތަނެއްގައި އަލިފާން ރޯވެފައި ނުވިއަސް، ބަދިގެ ދޮރު ހަލާކުވެފައިވާ ކަމަށް މެންބަރު ވިދާޅިވި އެވެ. މިހާދިސާ ހިނގާފައިވަނީ ހދ. އަތޮޅު މަދަރުސާގައި ކިޔަވައިދެމުން އަންނަ ފިރިހެން ޓީޗަރު ދިރިއުޅޭ ގޭގަ އެވެ. އެޓީޗަރުގެ މޫނު ވަނީ ވަރަށް […]
އަލީ އާދިލް
ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ހިންގި ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯސް ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ. “ބަޓާރ ކްރީމް އެންޑް ޕޭސްޓްރީ ކޯސް ވިތް ޝާޒީ”ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި ކޯސްތަކަކީ، ފީވަކު ކަނބަލުންނަށް ޚާއްޞަކޮށްގެން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދިޔަ ދެ ކޯހެވެ. ބަޓާރ ކްރީމް ކޯހުގައި 11 ބައިވެރިން އަދި ޕޭސްޓްރީ ކޯހުގައި 11 ބައިވެރިން ބައިވެރިވެ، ޖުމްލަ 22 ބައިވެރިން […]
ޝިއުނާ އާދަމް
އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އެވަޓަންއާއި އާސެނަލް ބައްދަލުކުރި މެޗު އެވަޓަންއިން ކާމިޔާބު ކޮށްފިއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބަލިވުމާއެކު ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އާސެނަލްވަނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން ވެސް ބަލިވެފައެވެ. އާސެނަލް ދެން ލީގުގައި އަންނަ […]
އިބްރާހިމް ޚަލީލް
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. މަކުނުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި މަސްރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. އެރަށު ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ އިދާރާ އަށް ފޯމް ހުށައަޅަން ޖެހެއެވެ. މި މަހުގެ...
އައިޝަތު ނަސާޔާ
ތިލަދުންމަތީ އުތުރުބުރި (ހއ) އަތޮޅުގެ ރައްޔިތުން މަޖިލިސްގެ ކުރީގެ މެންބަރު އަލްއުސްތާޛް އަލީ އިބްރާހިމް މަނިކު (ކެލާ އަލިބެ) އަވަހާރަވެއްޖެއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ މެންބަރުކަން ކުރައްވާފައިވާ، ކެލާ އަލިބެ އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަލިބެ އަވަހާރަވެފައި ވަނީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަލިބެވަނީ ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި އެނދުމަތިކުރެވިގެން ވެސް ފަރުވާ ހޯއްދަވާފައެވެ. އަލިބެ އަވަހާރަވީ ވެރިރަށް މާ...
ޙުސައިން ޝަހުދީ
ކ. ގިރިފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށަން ސައިޓު މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ސައިޓު މޮބިލައިޒް ކުރީ އިއްޔެ ކަމަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިއަހަރުގެ ޖޫން މަހުއެވެ. މި މަޝްރޫއުގެ ދަށުން، 268 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި، 46 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މި މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެމްޓީސީސީއާ ހަވާލުކުރީ […]
އަޙްމަދު ވަހީދު
ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ. ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނިގޮތުގައި މި މަޝްރޫއުގެ 71 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިމަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތާއި، 7.80 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި އަދި ބޯހޯލު ތޮރުފުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. މީގެ އިތުރުން، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައް...
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދެ ބިލެއް މި އަދު ތަޞްދީޤު ކުރަށްވައިފިއެވެ. އެ ދެ ބިލަކީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ޖިންސީ ކުށުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 2021 ނޮވެންބަރު 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން […]
އަލީ އާދިލް
ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 އިންސައްތަ ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން ނެރު ފުންކުރުމުގެ މަސައްކަތުގެ 91 އިންސައްތަ ނިމިފައިވާ ކަމަށެވެ. މި މަސައްކަތް އެމްޓީސީސީން ކުރަނީ އެ ކުންފުނީގެ ފްލީޓްގެ އެންމެބޮޑު އެކްސްކަވޭޓަރު ބޭނުންކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން 39,995 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާ...
އަޙްމަދު ވަހީދު
އިޓާލިއަން ސީރިއާ އޭގައި ޖެނޯއާއާއި ޔުވެންޓަސް ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުވެންޓަސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ ޖެނޯއާގެ ގޯލަށް އަމާޒުކޮށް ޖުމްލަ ބާރަ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ޖެނޯއާއަށް މުޅި މެޗުގައި ވެސް ޔުވެންޓަސްގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް […]
އިބްރާހިމް ޚަލީލް
އިތުރު ތިން ތަނަކުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބަސް ކާޑުގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ. މި ގެނައި ބަދަލާއެކު މިހާރު ވެލާނާގެއާއި ހުޅުމާލޭގެ ކިނބިގަސްމަގުގައި ހުންނަ ޕޯސްޓް އޮފީހުންނާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާގެ 12 ވަނަ ޓަވަރުގައި ހުންނަ “އެޗްސީޔޫ މާޓް”އިން ކާޑުގެ ހިދުމަތް ލިބޭނެއެވެ. އެމްޓީސީސީން ބުނީ މި ތަންތަނުން ބަސް ކާޑު ގަންނަން ލިބެން ހުންނާނެ ކަމަށާއި ކާޑު ރީލޯޑު ވެސް ކުރެވޭނެ ކަމަށެވެ. އަދި އެތަންތަނުން […]
އަޙްމަދު ވަހީދު
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަންދީ، ކޯވިޑްގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެއްބާރުލުން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކޯވިޑް-19 ގެ އާ ވެރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ ‘ޓޭރިއަންޓް އޮފް ކޮންސަރން’ އެއް ކަމުގައި ނޮވެމްބަރ 26 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައިވާކަން ފާހަގަ ކުރަށްވާފައެވެ. ދެކުނުއެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން...
ޝިއުނާ އާދަމް