މިނިމަމް ވޭޖާ އެއްގޮތަށް އެސްޓީއޯއިން މިމަހުން ފެށިގެން މުސާރަ ދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެސްޓީއޯއިން މިއަދު ބުނީ މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމާއެކު މުސާރައަށް އަހަރަކު 14 މިލިއަން ރުފިޔާ އިތުރަށް ހޭދަވާނެ ކަމަށެވެ. ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ޕްރައިވެޓް ސެކްޓަރގެ ކުދި ފަންތީގެ ވިޔަފާރިތަކުން އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި މަހަކު 4،500 ރުފިޔާ، އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަހަކު 7،000 ރުފިޔާ، […]
އަޙްމަދު ވަހީދު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް މިއަދު ހުޅުވައިފިއެވެ. ހިޔާ ފްލެޓްތަކުގެ ދެކުނު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މި މިސްކިތް ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މަސްޖިދު އަބީ ބަކްރިއް ސިއްދީޤް ނަން ދީފައިވާ މި މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ ހިޔާ ފްލެޓް ސަރަހައްދުގައި އިމާރާތްކުރާ ވަގުތީ ދެ މިސްކިތުގެ ތެރެއިން ފުރަތަމަ މަސައްކަތް ފެށި މިސްކިތެވެ. މި މިސްކިތް އިމާރާތްކޮށްފައި ވަނީ ޔެސް މޯލްޑިވްސް […]
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަންފަރު ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު ފަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެރަށު ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ދަތިތަކާއި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢު ތަކާއި ގުޅިގެން ނައިބާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އެކައުންސިލުން ފާހަގަ ކޮށްފައިވާ ކަންތައް ތަކުގެ ތެރޭގައި ނޮޅިވަރަންފަރު ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ސިއްޚީ މަރުކަޒަށް ދިމާވެފަ...
އައިޝަތު ނަސާޔާ
ހއ. ދިއްދޫ، ރޯޝަނީހިޔާ، އިބްރާހީމް ލުޔޫންއަކީ އެ އާއިލާގެ ތިބި ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ފުރަތަމަ ސިއްހީ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވަނީ ލުޔޫންގެ އުމުރުން ތިން އަހަރު ފުރުނު ތަނާއެވެ. އެއީ މި އަަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އޭރު މާލެ ގޮސް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމުން ލުޔޫންގެ ސީދާ ބައްޔެއް ދެނެގަތުމަށާއި، ހާލަތު ބެލުމަށް މާލޭގައި މަޑުކޮށް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ރެގިއުލާކޮށް ޑޮކްޓަރަށް ދައްކަމުން ގެންދިޔުމަށް ޑޮކްޓަރު ލަފާދިނެވެ. […]
އިބްރާހިމް ޚަލީލް
ޏ. ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރަނީ ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތ...
އަޙްމަދު ވަހީދު
އިލެކްޝަން ކޮމިޝަން (އީސީ)އިން “ނެޝަނަލް އިންޓެގްރޭޝަން ޕާޓީ” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިއަދު ދީފިއެވެ. “ނެޝަނަލް އިންޓެގްރޭޝަން ޕާޓީ” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ، ސ.ހުޅުދޫ/ ރަސްގެދަރު، މުޙައްމަދު ޔާސީނަށެވެ. އީސީން ވަނީ “އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ވެސް ދީފައެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ. […]
އަލީ އާދިލް
މިދިޔަ ނޮވެމްބަރ މަހު މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ. އެ އިއުލާނުގައި ފުލުހުން ބުނެފައިވަނީ ވައްކަން ކުރި ކަމުގެ ތުހުމަތުގައި މާފަންނު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ މިހާތަނަށް ކުރެވުނު މަސައްކަތުން ކާކުކަން ނޭނގުމުގެ ސަބަބުން މި 2 މީހުން އަދިވެސް ހޯދިފައި ނުވާ ކަމަށެވެ. އެގޮތުން ފުލުހުން ވަނީ މި އިއުލާނާއިއެކު އެ ދެމީހުން ފެންނަ ވީޑިއޯ ކޮޅެއް ވެސް ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައެވެ. […]
އައިޝަތު ނަސާޔާ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން, އައްޑޫ ސިޓީގެ ހުޅުމީދޫއާއި ފޭދޫއާ ދެމެދު ސައިކަލް ފެރީގެ ހިދުމަތް ފަށައިފިއެވެ. އެ ކުންފުނިން ބުނިގޮތިގައި މި ދަތުރުތައް ފެށީ މިއަދުއެވެ. މި ހިދުމަތް ދިނުމުގައި ބޭނުންކުރާ ސައިކަލް ފެރީގައި 15 ސައިކަލުގެ ޖާގައިގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ދިޔަވަރަށް އަންނަ ބަދަލުތަކާއެކުވެސް ސައިކަލުތައް ފެރީއަށް އެރުވުމަށްޓަކައި އެކަމަށް ހާއްސަ ލިފްޓެއް ފޭދޫ އަދި ހުޅުމީދޫގައި ވަނީ ބަހައްޓާފައެވެ...
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭ.އާރް. އެޗް) އިން ތެލެސީމީއާ ޑީއެންއޭ ޓެސްޓް ހެދުމުގެ ޚިދުމަތް ތައާރަފް ކޮށްފިއެވެ. އެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މި ޚިދުމަތަކީ އެ ހޮސްޕިޓަލް އާއި ސޮސައިޓީ ފޮ ހެލްތް އެޑިއުކޭޝަން (ޝީ) އާ ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ. އެގޮތުން މި ޓެސްޓް ހެދުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ހަމަޖެހިފައި ވަނީ އެ ހޮސްޕިޓަލުގެ ވެބްސައިޓް http://krh.gov.mv މެދުވެރިކޮށެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި ވެބްސައިޓް އިން ހުށައަޅަން...
އައިޝަތު ނަސާޔާ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ބުދަ ދުވަހުގެ ރޭ ބަޔާން މިޔުނިކާއި ބާސެލޯނާ ބައްދަލުކުރި މެޗުން ބަޔާން މޮޅުވުމުން، މުބާރާތުގެ ގަދަ 16 ބުރުން ބާސާއަށް ފުރުޞަތު ގެއްލިއްޖެއެވެ. މިއީ ފާއިތުވި 21 އަހަރުގެ ތެރޭގައި ބާސާއަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުން ޖާގަ ނުލިބުން ފުރަތަމަ ފަހަރެވެ. ކޯވިޑް-19 ގެ ކޭސްތައް ޖަރުމަނުގައި އިތުރުވަމުން އައުމާއި ގުޅިގެން، ބާޔާންގެ ދަނޑުގައި ކުޅުނު މި މެޗަށް ސަޕޯޓަރުން ވައްދާފައި ނުވެއެވެ. މި މެޗު ބަޔާނުން […]
އިބްރާހިމް ޚަލީލް
މި ބޯޖަންގަލީގައި ފޮރުވިފައިވަނީ ކޮންކަމެއްބާއެވެ؟ މާސިންގާ މި ވަލުތެރޭގައި ވަންހަނާ ވެގެން ވަނީ ކޮންއެއްޗެއްބާއެވެ؟ މިތާގައި ވަނީ، ހަމައެކަނި ފަޅުކަމާއި، ހަމަހިމޭންކަމާއި، އެކަނިވެރިކަން ބާއެވެ؟ ނާމާންކަން ބާއެވެ؟ ނޫނެކެވެ. މިތަނުގައި އެވަނީ ޤުދުރަތުގެ އަޖައިބުތަކާއި ތިމާވެށީގެ މުއްސަނދިކަމެވެ. މިތަނާމެދު ނިކަން ވިސްނާލައި، ނަޒަރު ހިންގާލަބަލާށެވެ. މިތަނުގެ މުއްސަނދިކަން ނިކަން ދެކިލަބަލާށެވެ. ސަރާސަރު ބޯޖަންގަލީގެ އެންމެ ފުނަށް ޚިޔާލުތައް ދޫކޮށްލަބަލާށެވެ. އެފެންނަނީ، ދިވެހިރާއްޖޭގެ ތާރީޚާއި ތ...
އަޙްމަދު ސާލިމް
އިމާމުންނާއި ޚަތީބުން ރިސޯޓުތަކުގައިވެސް ތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރ އޮފް ޓޫރިމަށް ޑރ. ޢަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަފަފުޅުގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މި ޕްރޮގްރާމް ޑިޒައިންކޮށް، މި ތަމްރީން ޕްރޮގްރާމް ފުރިހަމައަށް އިންތިޒާމް ކޮށްދެ...
ޙުސައިން ޝަހުދީ
މާލޭގައި މިއަަހަރު ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓް، ސިޓީ ނައިޓް މާކެޓުގެ މެއިން ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ. މިއީ ޕްރިޒަމް ހޮލްޑިންގްސް އިން ހިންގާ ނައިޓްމާކެޓެކެވެ. މި މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ވިޔަފާރިތަކަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 26ން އަންނަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި މާކެޓުގައި މިހާތަނަށް 189 ސްޓޯލެއް ވަނީ ވިޔަފާރިތަކުން ނަގާފައެވެ. މި މާކެޓުގައި ޖުމްލަ ހުންނާނީ 238 ސްޓޯލެވެ. Super excited to […]
އަޙްމަދު ވަހީދު
އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އިންޑިއާ ސިފައިންގެ އިސްވެރިޔާ ޑިފެންސް ޗީފް ބައިޕިން ރަވަތު މަރުވެއްޖެއެވެ. މި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ދެކުނުގެ ޓެމިލް ނާޑޫ ސްޓޭޓްގައެވެ. މިހާދިސާގައި ޖުމްލަ 11 މީހަކު މަރުވެފަވެއެވެ. އޭގެ ތެރޭގައި ސިފައިންގެ ވެރިޔާ ޖެނެރަލް ބިޕިން ރާވަޓްއާއި އޭނާގެ އަނބިކަނބަލުން މަދުލިކާ ރާވަތު ވެސް ހިމެނޭ ކަމަށް އިންޑިއަން އެއަރފޯސްއިން ކަށަވަރު ކޮށްދީފައި ވެއެވެ. އިންޑިއާގެ އަސްކަރިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ އަސްކަރީ ވެރިޔާ، އުމުރުން 63 އަހ...
ހުސައިން ހަބީބް
ރާއްޖޭގެ ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް 109 ފަރާތަކުން ފުރިހަމަކޮށްފިއެވެ. މި ޕްރޮފްރާމް ނިންމުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލުގައި މިއަދު ބާއްވަފައިވާއިރު، މި ޕްރޮގްރާމްއިން ފާސްވި 87 ފަރާތަކަށް ވަނީ ސަނަދު ޙަވާލުކޮށްފައެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ޖުމްލަ 207 ބައިވެރިންނެވެ. މީގެ ތެރެއިން ޕްރޮގްރާމް ފުރިހަމަކުރެއްވީ 109 ބައިވެރިންނެވެ. ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަތީބުން ތަމްރީނު ކުރުމަށް ހިންގި މި ތަމް...
ޔުމްނާ ޢަލީ
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ވައިކަރަދޫގައި އެކި އުމުރުފުރާ ތަކަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިގޮތުން އެރަށު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެރަށުގައި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން މަސްރޭހެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި ކުޑަ ކުދިންނަށް ހާއްސަ ކޮށްގެން މަސްވެރި ހަވީރެއް ކުރިއަށް ގެންދިއުމަށް ނިންމުމަށް ހަމަޖެހިފައިވާއިރު، ރަށުގެ އާއްމު ރައްޔިތުންނަށް ބައިވެރިވެވޭނެހެން ބާބެކިއު އެއް ބޭއްވުމަށްވެސް ވަނީ ނިންމާފައ...
އައިޝަތު ނަސާޔާ
ހއ. އަތޮޅު ކައުންސިލުން ކުރިއަށްއޮތް 5 އަހަރަށް ތައްޔާރުކޮށްފައިވާ އަތޮޅު ތަރައްޤީގެ ޕްލޭންގައި “ޓްރާންޝިޕްމަންޓް ބަނދަރު ހެދުމުގެ ތަސައްވުރު” ހިމަނައި އަތޮޅު ކައުންސިލުން ޕްލޭން ފާސްކޮށްފި އެވެ. އަތޮޅު ކައުންސިލުން ކުރިއަށްއޮތް ފަސްއަހަރަށް ތައްޔާރުކޮށްފައިވާ ތަރައްޤީގެ ޕްލޭންގައި ކަނޑައަޅާފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި އަތޮޅުގެ އިޤްތިޞާދު ކުރިއަށްދާނީ އަތޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވިގެން ކަމުގައެވެ. “ހއ. އަތޮޅަކީ، އެއަތޮޅު އުފެދިފައި އޮންނަ ގޮތުން ވަރަށް މުހިންމު ސަރަހަ...
އިބްރާހިމް އަސްވާޤް
ހދ. ވައިކަރަދޫގައި ގާއިމްކުރާ ތުއްކޮއިބޭގެ ހަނދާނީ ބިނާގެ ބިންގާ އަޅައިފި އެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވީ މިއަދު މި ބިންގާ އަޅާފައި މިވަނީ “ކޭލަކުނު ތަޅާލި ވިއްސާރަ” އަށް 200 އަހަރު ވުމާއި ގުޅިގެން ކަމަށެވެ. އެގޮތުން ތުއްކޮއިބޭގެ އާއިލާއަކީ އެ ހާދިސާއަށް ފަހު އެރަށުގެ ދަރިފަސްކޮޅު ވައިކަރަދޫގައި އާބާދު ވެގެންދިޔުމުގެ އަސްލު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ވައިކަރަދޫ އަށް އުފަން ދަރިއެއް ކަމަށްވާ އަދި މިހާރު […]
އައިޝަތު ނަސާޔާ