އދ. ދިގުރަށުގައި ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯ އިން އެރަށަށް ފޮނުވި ޖަނަރޭޓަރު ބޭނުންކުރަން ފަށައިފިއެވެ. ސްޓެލްކޯ އިން ބުނީ ދިގުރަށުގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް އެރަށަށް ފޮނުވި އާ ޖަނަރޭޓަރުސެޓް ކޮމިޝަންކޮށް ބޭނުން ކުރަން ފެށީ މިދިޔަ ބުރާސްފަތީގައި ކަމަށެވެ. އަދި އާ ޖަނަރޭޓަރާއެކު ދިގުރަށުގައި ކަރަންޓު ކެޕޭސިޓީ 918 ކިލޯވޯޓުން 1،518 ކިލޯވޯޓަށް އިތުރުކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ދިގުރަށަށް ގެންދިޔަ ޖަނަރޭޓަރަކީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސަމްބަލްކޮށްފައި...
އަޙްމަދު ވަހީދު
މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ. މިފްކޯއިން ބުނީ މިއަދުން ފެށިގެން މަސްގަންނަ ސެންޓަރުތަކާއި އަދި ބޯޓުފަހަރުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ލިބޭނީ 12.08 ރުފިޔާއަށް ކަމަށާއި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ލިބޭނީ 14.26 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުންޏެވެ. މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާ އިރު، އެކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯއިންވެސް ވަނީ އެކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްއި...
އަޙްމަދު ވަހީދު
އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް، އެސްޓީއޯ އަށް ލިބިއްޖެއެވެ. އެސްޓީއޯ އިން ބުނީ މި ސްޓޭޓަސް އެކުންފުންޏަށް ލިބުނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލް އާއި ޓްރެއިނީ ޑިވެލޮޕްމެންޓްގެ ޕްލެޓިނަމް ލެވެލްގައި ކަމަށެވެ. ދަރިވަރުންނާއި، އެފިލިއޭޓުންނާއި އަދި މެންބަރުން ވަޒީފާތަކަށް ހޯދާ، ތަމްރީންކޮށް، ބޭތިއްބުމުގައި އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްކީމް މުހިއްމު ދައުރެއް އަދާކުރެއެވެ. އޭސީސީއޭގެ ސްޓޭޓަސް ލިބުމަކީ އެސްޓީއޯގައި ވަޒީފާ އަދާކުރާ އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނަށް ކުންފުނިން ފޯރ...
އަޙްމަދު ވަހީދު
ހދ.ކުޅުދުއްފުށީ ސިޓީގެ ކޮރަލް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރަށް (6527177) ގުޅުއްވައިގެން ނުވަތަ https://forms.office.com/r/fty81aAbu9 މި ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު […]
އިބްރާހިމް ޚަލީލް
ކަނބަލުން މޫނު ނިވާކުރަނީ ވެސް އަދި މޫނު ފެންނަގޮތަށް ތިބެނީ ވެސް ކީރިތި ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށް ކަމަށް އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ އެއް ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ. މޫނު ބުރުގާ އާއިގުޅޭ ބަހުސް ވަރަށް ގަދަޔަށް ހިނގަމުންދާ މި ދަނޑިވަޅުގައި ޑރ. އަނާރާ މިހެން ވިދާޅުވީ މީސް މީޑިއާ މެދުވެރިކޮށެވެ. ޑރ. އަނާރާ ވިދާޅުވީ، […]
ތިލަދުން
ށ. ނޫމަރާގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ޢިއުލާން ކޮށްފިއެވެ. މި ފުރުސަތު އާންމުކޮށް ހުޅުވާލަމުން ނޫމަރާ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެ ރަށު ފުޓްސަލް ދަނޑު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ކަނޑައަޅާފައިވާ ދުވަސްތަކުގައި ނޫމަރާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ” ބީލަން ހުށައަޅާ ފޯމް” މެދުވެރިކޮށް ބ...
ޔުމްނާ ޢަލީ
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް އާއި، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ކޮމަންޑޫ ދާއިރާއަށް ކުރާ ދަތުރެއްގައި މިއަދު ފުރައިފިއެވެ. އެމްއެންޕީން ބުނީ މި ދަތުރުގައި މައިގަނޑު ގޮތެއްގައި ކުރާނެ ކަމަކީ، ހަންނާނުގެ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާ ކުރުން ކަމަށެވެ. އަދި މިދަތުރުގެ ތެރެއިން ޙަންނާންއަށް ތާއީދު ހޯދުމަށް ޖަލްސާ ބޭއްވުމުގެ އިތުރުން ޑޯޓުޑޯ ހަރަކާތް ހިންގުމަށް ހަމަޖެހިފައި...
ޝިއުނާ އާދަމް
ކުމުންދޫ ސްކޫލްގައި ކިޔަވައިދެމުން ދަނީ ވަރަށް ނުރައްކާތެރި ހާލަތުގައި ހުރި އިމާރާތެއްގައި ކަމަށާއި، އެ އިމާރާތުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުމުންދޫ ކައުންސިލްގެ ރައީސް، އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ގޮވާލަށްވައިފިއެވެ. އަމީންގެ މި ކަންބޮޑުވުމާއެކު ވަނީ އެ ސްކޫލްގެ އިމާރާތެއް ހާލަތު ފެންނަ ވީޑިއޯއެއް ވެސް ޓްވީޓާގައި އާންމު ކުރަށްވާފައެވެ. އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޢަލީ އާއި، އެޗްއާރުސީއެމް އަދި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ޓެ...
އަލީ އާދިލް
ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީންކުރުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލި 150 ސްކޮލަޝިޕަށް 493 ފަރާތަކުން ކުރިމަތިލައިފިއެވެ. ހަޔާ އެޑިޔުކޭޝަނުން 150 ސްކޮލަޝިޕަށް ފުރުޞަޠު ހުޅުވާލީ މިދިޔަ ޑިސެމްބަރު 30 ގައެވެ. މި ފުރުސަތުގެ ސުންގަޑި ހަމަވީ އިއްޔެ މެންދުރު 14:00 ގައެވެ. މި މުއްދަތުގައި އެ 150 ސްކޮލަޝިޕަށް 493 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަނުން ވިދާޅުވެއެވެ. މިއަހަރު ބޭއްވުނު ފަބްލިކް އެކައުންޓެންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މި ދާއިރާއަށް މީހުން...
ޔުމްނާ ޢަލީ
އެސްޓީއޯއިން ރާއްޖޭގައި ވިއްކަމުން އަންނަ ތެލުގެ އަގަށް ބަދަލު ގެނެސްފި އެވެ. އެސްޓީއޯއިން މިރޭ ބުނެފައިވަނީ މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައިކަމަށެވެ. މިހެންވުމުން، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ ވަރަށް ބޮޑުވެފައިވާކަމަށް ބުނެފައި ވެއެވެ. މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތަކަކީ ޕެޓްރޯލް ލީޓަރެއް 12.06 ރ. އަށް އަދި ޑީސަލް […]
އަލީ އާދިލް
ކޯވިޑް-19ގެ ހާލަތުގެ ސަބަބުން މިވަގުތު އަރާ ފޭބުން މަނާކޮށްފައި އޮތް ހދ. ނެއްލައިދޫއަށް، އެ އަތޮޅު ނައިވާދޫ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިކަން ފާހަގަ ކުރަށްވައި ނެއްލައިދޫ ކައުންސިލުން ވިދާޅުވީ، އަވަށްޓެރި ނައިވާދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނެއްލައިދޫގެ ރައްޔިތުންނަށް ވެދެއްވި ދީލަތި އެހީތެރިކަމަށް، ނެއްލައިދޫގެ އެންމެހާ ރައްޔިތުންގެ ނަމުގައި ނައިވާދޫގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. “މިފަދަ ދަނޑިވަޅެއްގައި، ތިދެއްވި...
ޔުމްނާ ޢަލީ
ހދ ހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުމުގެ އެއްބަސްވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ހިރިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި އެކުއެވެ. މި އެއްބަސްވުމުގައި ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިސްމާއިލް ޖަލީލެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އިސްލާމިކް މިނިސްޓާ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މި މިސްކިތުގެ ޢަމަލީ މަ...
އަޒްފާ ރަޝީދު
ތަރައްގީގެ ނަމުގައި ސަރުކާރުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ނުފޯޒު ފޯރުވުމަށް މަސައްކަތް ކުރަށްވަމުންދާ ކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަދި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ފެނިގެންދަނީ ހެދިފައި ހުރި ޤާނޫނުތަކާއި އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭ އުޞޫލުތަކަށް ވެސް ބެލުމެއް ނެތި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އުޅޭ މަންޒަރު ކަމަށެވެ. އެފަދަ އެތައް ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށާއި މި ކަންކ...
އަލީ އާދިލް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް، މާލެ ސަރައްދުގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް ފައްޓަވައިގެން ކުރިއަށްދާކަމަށް އެ ޕާޓީން ބުނެފިއެވެ. މިހަރަކާތަކީ ހަންނާނަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް އެމްއެންޕީން ބުނެއެވެ. މިހަރަކާތުގައި އެމްއެންޕީގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ...
ޝިއުނާ އާދަމް
ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު މޫނު ފެނުން ލާޒިމްވާ ސަބަބުތަކަކީ ކޮބައިކަން ބަޔާންކޮށް އެޑިޔުކޭޝަން މިނިސްޓްރީއިން ބަޔާނެއް ނެރެފިއެވެ. މިގޮތުން އެ މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކަމަށެވެ. އަދި އެ އުސޫލަށް ފަހުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި، އޭގެ ކުރިން ސްކޫލުތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެފައ...
އަޒްފާ ރަޝީދު
ރާއްޖެގައި ކޯވިޑްގެ ހާލަތު ގޯސްވަމުން ދާ ދިއުމާއި ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ދުރާލާ ރޭވިގެން ކުރެވޭ ނުވަތަ ރޫޓިންގް ސާޖަރީތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މިއީ މާލެ ސިޓީގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެ ހޮސްޕިޓަލުން ދެވޭ ބައެއް ޙިދުމަތްތަކަށް ގެނެވުނު ބަދަލްތަކާއި ގުޅިގެން ގެނެވުނު ބަދަލެކެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން 2 ހަފްތާގެ ނިޔަލަށް ދުރާލާ ތާވަ...
އަޒްފާ ރަޝީދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީއާރުވީ އޭސީ އަދި ފްރެޝް އެއާ ސިސްޓަމް ގާއިމްކުރަން ޕްރޯ އޭ.ސީ އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. ކޭއާރުއެޗް އިން ޕްރޯ އޭ.ސީ އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި އެކު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ. ކޭއާރުއެޗުން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީ.އާރު.ވީ އޭސީ އަދި ފްރެޝް އެއާރ ސިސްޓަމް ޤާއިމްކުރެވިގެންދާ...
ޝިއުނާ އާދަމް
ބ. ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން 25،636 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި 180 މީޓަރު ބޭރުތޮއްޓަކާއި 346 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއ...
އަޙްމަދު ވަހީދު