އދ. ދިގުރަށުގައި ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯ އިން އެރަށަށް ފޮނުވި ޖަނަރޭޓަރު ބޭނުންކުރަން ފަށައިފިއެވެ.
ސްޓެލްކޯ އިން ބުނީ ދިގުރަށުގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް އެރަށަށް ފޮނުވި އާ ޖަނަރޭޓަރުސެޓް ކޮމިޝަންކޮށް ބޭނުން ކުރަން ފެށީ މިދިޔަ ބުރާސްފަތީގައި ކަމަށެވެ. އަދި އާ ޖަނަރޭޓަރާއެކު ދިގުރަށުގައި ކަރަންޓު ކެޕޭސިޓީ 918 ކިލޯވޯޓުން 1،518 ކިލޯވޯޓަށް އިތުރުކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިގުރަށަށް ގެންދިޔަ ޖަނަރޭޓަރަކީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސަމްބަލްކޮށްފައިވާ އެސްޓީޑަބްލިޔު 600 ގެ ޖަނަރޭޓަރު ސެޓެކެވެ.
އެ ޖަނަރޭޓަރު ރަސްމީކޮށް ބޭނުންކުރަން ފެށުމުން ފުރަތަމަ ފަހަރަށް ލޯޑު ދެއްވީ ދިގުރަށު ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް އަބްދުއްރަހީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!