ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ތަކެއުޗި މިދޮރި އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއަށް މިއަދު އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށް ދިޔަ އެކަމަނާ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ޖަޕާނުގެ އައު ސަފީރާ ރައިސް ޞާލިޙް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، ސަފީރުކަމުގެ ދައުރު ހަމަކުރަ...
ޔުމްނާ ޢަލީ
އިއާދަ ކުރަނިވި ހަކަތައިގެ ބޮޑު ޕްރޮޖެކްޓެއް އައްޑޫ ސިޓީގައި ހިންގަން ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވެއްޖެއެވެ. މިއީ މާލޭ ސަރަހައްދު ފިޔަވައި ރާއްޖޭގެ ސަރަހައްދެއްގައި ޕީޕީއޭއެއްގެ ދަށުން މިހާތަނަށް ގާއިމްކުރެވޭ އެންމެ ބޮޑު އިއ/ދަކުރަނިވި ހަކަތައިގެ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ސ.ހުޅުމީދޫގައި 2MWp ގެ ސޯލާ ޕީވީ ބެޓާރީ ސްޓޯރޭޖެއް ސިސްޓަމާއެކު ގާއިމް ކުރާނެއެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި 2.5MWp ސޯލާ ޕީވީ ހަރުކުރާނެއެވެ. ފެނަކައިން ބޭނުންވަނީ ކުރިމަގުގައި ހުޅުމީދޫގައަ އިންސްޓޯލްކުރެވޭ...
އަޙްމަދު ވަހީދު
މޫނު ބުރުގާ އެޅުމަކީ އެއްވެސް ފަރާތަކަށް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮތް ހުރަހަކަށްވެގެން ނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ. ސްކޫލްތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވާ ދިނުމާ ގުޅޭގޮތުން އެންއެންޕީން ދެކޭގޮތް ބަޔާންކުރުމަށް މިއަދު އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައ...
އަލީ އާދިލް
ގއ. ދާންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 70.8 މިލިއަން ރުފިޔާއަށް، 485 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 81،404 ކިއުބިކް މީޓަރު ބަ...
އަޙްމަދު ވަހީދު
ސްކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން ޓީޗަރުން ކިޔަވައިދޭއިރު އެއީ ކޮން ބައެއްކަމެއް ނޭނގޭ ކަމަށާއި ކިޔަވައިދޭ ވަގުތުތަކުގައި ޓީޗަރުންގެ އައިޑެންޓިޓީ ޔަގީން ވާން ޖެހޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބުނެފި އެވެ. އެޕާޓީން މިގޮތަށް ބުނެފައިވަނީ “ސްކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވާދިނުމަށް ބައެއް ފަރާތްތަކުން ބާރުއަޅާ އެޅުމާމެދު” އެމް.ޑީ.ޕީ. އިން ނެރުނު ނޫސްބަޔާންނެއްގަ އެވެ. އެ ނޫސްަޔާނުގައި ބުނެފައިވަނީ، ދިވެހި މުޖުތަމަޢުގައި މައިންބަފައިންނާއި ބެލެނިވެ...
އަލީ އާދިލް
ދިވެހި ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގައި ކުށްހުރިތޯބަލައި ފާސްކުރާ ކޮމެޓީ ގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައިފި އެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު މިއަދު ވަނީ އެކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފަ އެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިކޮމެޓީއުފެއްދުމުގެ މަޤްޞަދަކީ ރާއްޖޭގައި ތައްޔާރުކޮށް ޗާޕްކުރެވޭ ފޮތްތަކުގައި ލިޔެފައިހުންނަ ކީރިތި ޤުރްއާންގެ އާޔަތްތަކުގައި ކުށްހުރުމާއި ގުޅިގެން އެކަމަށް ހައްލެއް ގެނައުންކަމަށެވެ. މިކޮމެޓީގެ މަސަ...
އަލީ އާދިލް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި އަންނަ ފެބުރު އަރީމަހު ބޭއްވުމަށް ނިންމާފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ދެ ކޮމިޓީއެއްގެ ރި-ރެޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. އީސީއިން މިއަދު ބުނީ އެ ދާއިރާތަކަށް ވޯޓުލާ މީހުންނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 24ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއެކު އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަން އަކީީ ތ. ވިލުފުށ...
އަލީ އާދިލް
ށ.މިލަންދޫ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމާއި ލައިޓިންގ ސިސްޓަމް ޤާއިމް ކޮށްދޭން ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. ރޮސްޓްރަމް ގާއިމް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 03 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ އަށް) ވަޑައިގަތުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިލައްވާފައެވެ. […]
އިބްރާހިމް ޚަލީލް
މެދުވެރިވެފައިވާ ހާލަތާއި ގުޅިގެން ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ. އެ މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖު އަދި ވައިބާ ގްރޫޕްމެދުވެރިކޮށް އާންމުކޮށްފައިވާ މެސެޖެއްގައި ވިދާޅުވީ، ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވޭ ސާމްޕަލް ތަކުގެ އަދަދު ވަރަށް ބޮޑު އިތުރުވެފައިވާ ކަމަށެވެ. އަދި މިވަގުތު ކޯވިޑާއި ގުޅިގެން ޕީ.ސީ.އާރު ލެބް ގައި މަސައްކަތް ކުރައްވާ ބައެއް މުވައްޒަފުން ކަރަންޓީން ކުރެވިފައިވު...
ޝިއުނާ އާދަމް
“މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް”ގެ ނަމުގައި އިދާރާއެއް އުފައްދަވައިފި އެވެ. ޤާނޫނުއަސާސީގެ116 ވަނަ މާއްދާއިން އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްއަށް ލިޔުއްވާ ސިޓީގ...
އިބްރާހިމް އަސްވާޤް
ށ. ފީވަކު ކައުންސިލްގެ މުވައްޒުފުން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޙާއްސަ ޔުނީފޯމް ކިޓް މިއަދު އިފްތިތާޙު ކޮށްފިއެވެ. މި ކިޓުގައި ފީވަކު ކައުންސިލް އިދާރާގައި މަސަައްކަތް ކުރަށްވާ ފިރެހެން ބޭފުޅުންނަށް ތައްޔާރުކޮށްފައި ވަނީ ގިރުވާންލީ ޓީޝާޓާއި ފަޓުލޫނެވެ. އަދި އަންހެން މުވައްޒިފުންނަށް ތައްޔާރުކޮށްފައި ވަނީ، ދަނބު ކުލައިގެ ބުރުގާއާއި ދަނބު ކުލައިގެ ދިގު ހެދުމެވެ. މި ކިޓަކީ ފީވަކު ކައުންސިލް އިދާރާގައި މަސައްކަތްކުރަށްވާ ސިވިލް ސާވަންޓުންގެ ދީލަތި ހަދިޔާއެއް ކަމަށް މައުލޫމާތު ލިބިފަވެއެވެ. މިއީ ފ...
ޔުމްނާ ޢަލީ
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ތަހާރަތު މުހައްމަދު ވަހީދު (ތަހާ) އައްޔަން ކޮށްފި އެވެ. ތަހާއަކީ މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި ރާއްޖެ ޓީވީގައި މަސައްކަތް ކުރަމުން އައި ނޫސްވެރިއެކެވެ. މިފަހުން ތަހާ މަސައްކަތް ކުރަމުން އައީ އަމިއްލަ މީޑިއާއެއް ހިންގެވި އެވެ. ތަހާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ވެސް ހާސިލްކުރައްވާފަ އެވެ. ކޮމިއުނިކޭޝަން ޑިރެކްޓަރުންގެ މުސާރައަކީ 15،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބޭއިރު، ފޯން...
އަލީ އާދިލް
އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ޗެލްސީއާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރުވެ ވެއްޖެއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލުމުގެ ފުރުޞަތު ޗެލްސީއަށް އޮތެވެ. ނަމަވެސް މެޗު އެއްވަރު ވުމާއިއެކު ކުޅުނު 23 މެޗުން ލިބުނު 44 ޕޮއިންޓާއިއެކު ޗެލްސީ މިވަގުތު އޮތީ ތިންވަނާގައެވެ. ދެވަނާގައި 21 މެޗުން ލިބުނު 45 ޕޮއިންޓާއިއެކު ލިވަޕޫލް އޮތްއިރު […]
އިބްރާހިމް ޚަލީލް
އިންޑޮނޭޝިޔާގެ ވެރިކަން ކުރާ ޖަކާޓާ ތޮއްޖެހި، ކާރުބާރު ބޮޑުވެފައިވުމުން، އެ ގައުމުގެ ވެރިކަން ކުރާނެ ރަށެއްގެ ގޮތުގައި ކަލިމަންޓާން ހަމަޖެއްސުމަށް އިންޑޮނޭޝިޔާފެ ޕާލިމެންޓުން ސަރުކާރަށް ރުހުންދީފިއެވެ. އިންޑޮނޭޝީޔާގެ ރައްޔިތުންގެ މަޖިލީހުން ވެރިކަން ކުރާ ރަށް ބަދަލު ކުރުމަށް ފާސްކޮށްފައިވަ ނީ މަޖިލީހުގައި ނެގުނު ވޯޓުގެ ތެރެއިން 8 ފެކްޝަންގެ ވޯޓު ލިބިގެންނެވެ. ވެރިކަން ކުރާ ރަށް ބަދަލު ކުރުމާއި ދެކޮޅަށް ވޯޓުދީފައިވަނީ އެންމެ ފެކްޝަނަކުންނެވެ. އިންޑޮނޭޝިޔާގެ މަޖިލީހުގެ ރައީސް ވިދާޅުވެފައި ވަނީ އެގ...
އަޒްފާ ރަޝީދު
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ކޮމަންޑޫ ދާއިރާގެ ރައްޔިތުން އޭނާ އެ ދާއިރާގެ ގޮނޑިއަށް އިންތިޚާބުކޮށް ދެއްވައިފިނަމަ ލިބޭ މުސާރަ ހޭދަކުރާނީ ދާއިރާގެ ރައްޔިތުންނަށް ތަނަވަސް، ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ. ހަންނާންގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރީ މިމަހުގެ 17 ވަނަ ދުވަހުގެ ރެއެ...
ޝިއުނާ އާދަމް
މަދުން ނޫނީ ނުފެންނަ ބޯވައެއް އޮސްޓްރޭލިއާއިން ފެނިއްޖެއެވެ. މި ބޯވަ ފެނިފައިވަނީ މެރިން ބައޮލޮޖިސްޓެއް ކަމަށްވާ ޖަސިންތާ ޝެކްލެޓަން ފީނަން ގޮސް އުޅެނިކޮށެވެ. އޭނާ މި ބޯވައިގެ ފޮޓޯއާއޮ ވީޑިއޯތައް ވެސް ނަގާފައެވެ. ޖަސިންތާ އާއްމުކޮށްފައިވާ ވީޑިއޯއިން ދައްކާގޮތުގައި މި ބޯވަ ފެންނަނީ ފޮތިކޮޅެއް ހެންނެވެ. މި ބޯވައަށް ކިޔަނީ “ބްލޭންކެޓް އޮކްޓޮޕަސް” އެވެ. ޖަސިންތާ ބުނީ އޭނާއަށް މި ބޯވަ ފެނުމުން ހުރިހާ ގަބޫލު ނުކުރެވިފައި ކަމަށެވެ. އަދި ވި އުފަލެއްގެ ސަބަބުން ކަނޑު އަޑީގައި […]
އަޙްމަދު ވަހީދު
ފާއިތުވެދިޔަ 2021 ވަނަ އަހަރު ހަނިމާދޫ ކައުންސިލަށް ކުނި ފީގެ ގޮތުގައި 694666.00 (ހަލައްކަ ނުވަދިހަ ހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާ ލިބިފައިވާކަން އެ ކައުންސިލުން ހާމަކޮށްފިއެވެ. ހަނިމާދޫގައި ތިންސަތޭކައަށްވުރެ ގިނަ ގޭބިސީގައި މީހުން ދިރިއުޅެމުން އަންނައިރު، ފާއިތުވީ އަހަރުގައި މީހުން ދިރިއުޅޭ ގޭބިސީތަކުން ހަނިމާދޫ ކައުންސިލަށް ކުނި ފީގެ ގޮތުގައި 558466.00 (ފަސްލައްކަ ފަންސާސް އަށް ހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާ ލިބިފައިވެއެވެ. އާންމު ގޭބިސީތަކުން ކުނި ފީގެ ގޮތުގައި ދަ...
އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގައި ކޯވިޑް-19ގެ ހާލަތު ގޯސްވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މިގޮތުން އެކައުންސިލުން ވަނީ ކޯވިޑްގެ ހާލަތު ގޯސްވަމުން ދާތީ ޒަރޫރީ ބޭނުންތައް ފިޔަވާ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުމާއި ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސް ކޮށްފައެވެ. މީގެއިތުރުން މާސްކު ރަނގަޅަށް ބޭނުންކޮށް، ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނ...
އައިޝަތު ނަސާޔާ