ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަން އިއުލާން ކޮށްފިއެވެ. މިގޮތުން ސްޕެޝަލް އޮލިމްޕިކްސް (އެސް-އޯ މޯލްޑިވްސް) އިން ކުރި އިއުލާނެއްގައި ބުނީ، އެ އެސޯސިއޭޝަންއިން ކުރިއަށް ގެންދަން ބޭނުންވާ ކުޅިވަރުތަކުގައި ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 1 ފެބްރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަން އީ-މެއިލް somaldives2019@gmail.com އަށް ސިޓީއަކުން ހުށަހެޅުމަށް ވަނީ އެ...
ޔުމްނާ ޢަލީ
ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި އަށް ކުލާސް ރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ޖަލާލުއްދީން ސްކޫލުގައި އަށް ކުލާސް ރޫމް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ފުރަތަމަ އިޢުލާން ކޮށްފައި ވަނީ 03 ޖަނަވަރީ 2022 ގައެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ މިނިސްޓްރީން ވަނީ މި މަސައްކަތަށް ކޮށްދިނުމަށް އެދި ބީލަން ހ...
އިބްރާހިމް ޚަލީލް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ނުވާވަރުކަމެއް، ނުފުއްދޭވަރުގެ ވައުދެއް ނޯންނާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ކެންޑިޑޭޓު ނަމްބަރު 3، ހަންނާނުގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިރެޔަކީ މުޅި މުސްތަގުބަލް ބިނާކުރުމަށްޓަކައި އަތުކުރި އޮޅާލައި، އެ އުންމީދު ދާއިރާގެ ރައްޔިތުންނާއި ހަމައަށް ގެނެ...
ޝިއުނާ އާދަމް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހދ. ހަނިމާދޫގައި ތާރު އަޅައިގެން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ މަގުތަކުގެ ތެރެއިން ދެ މަގެއްގައި “އިންޑިއާ އައުޓް” ޖަހައިފިއެވެ. ސްޕްރޭ ބޭނުން ކޮށްގެން “އިންޑިއާ އައުޓް” ޖަހާފައި ވަނީ ހަނިމާދޫ ރަންވޭ މަގުގެ ދެ ސަރަހައްދެއްގެ އިތުރުން ހަނިމާދޫ ކަސްޓަމްސް އިމާރާތުގެ ދޮރުމަތިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރުމަށް އޮންނަ މަގުކަމުގައި ވާ އަސްކަރީ ހިނގުމުގައެވެ. ހަނިމާދޫގެ ދެ މަގެއްގައި އިންޑިއާ އައު...
އަލީ އާދިލް
ޅ. މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)އާއި ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި، އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި ކުރެއްދޫ ހޯލްޑިންގްސް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ. އައިލެންޑު އެވިއޭޝަނުން މިއަދު ބުނީ، އެއާޕޯޓު ހުޅުވުމަށް ކުރަންޖެހޭ އެންމެފަހުގެ މަސ...
އަޙްމަދު ވަހީދު
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ ވައުދުތައް މިރޭ އިފްތިތާޙް ކޮށްފިއެވެ. ހަންނާނުގެ ވަޢުދުތައް އިފްތިތާޙްކުރީ ހަންނާނުގެ މާލޭ ކެމްޕެއިން ޖަގަހައިގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހަންނާނުގެ އިތުރުން އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، އެ ޕާޓީގެ ނައިބު ރައީސުންނާއި، ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ...
ޝިއުނާ އާދަމް
ށ. ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރަން ހުޅުވާލައިފިއެވެ. މިއަދު ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި އެ އަތޮޅުގައި ރިސޯޓު ހަދަން ހުޅުވާލީ ށ. މެދުރަށާއި ދިގުރަށާއި މައިރަށެވެ. 19 ހެކްޓަރުގެ މި ތިން ރަށް ދޫ ކުރާނީ 1.2 މިލިއަން ރުފިޔާ އަށެވެ. ސަރުކާރުން ށ. އަތޮޅުގެ އިތުރު ރަށްތަކެއް ފަތުރުވެރިކަމަށް ހުޅުވާލިއިރު މިހާރު ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަނަށް އަންނަނީ ތައްޔާރީތައް ވަމުންނެވެ. އިންތިހާބާ ދިމާކޮށް ސަރުކާރުން […]
އަޙްމަދު ވަހީދު
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރިސޯޓު ހަދަން ސަރުކާރުން ހުޅުވާލި ރަށްތަކުގެ އެންމެ ދަށް އަގާއެކު ބިޑް ޑޮކިއުމަންޓް އާއްމުކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އަހަރު 18 ރަށެއް ފަތުރުވެރިކަމަށް ތަރައްގީ ކުރަން ހުޅުވާލާފައެވެ. ބިޑް ޑޮކިއުމަންޓުގައިވާ ގޮތުން މި 18 ރަށުގެ މަސައްކަތް ވެސް އެ ރަށްތަށް ލިބޭ ކުންފުނިތަކުން ތިން އަހަރު ތެރޭ ނިންމަން ޖެހޭނެއެވެ. ފަތުރުވެރިކަމަށް ރަށްތައް ހުޅުވާލި ނަމަވެސް ފަހަކަށް އައިސް އިންވެސްޓަރުންގެ ތާއީދު ވަރަށަ ދަށެވެ. މިއީ ކޯވިޑާ […]
އަޙްމަދު ވަހީދު
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 22:00 އާއި ހަމައަށެވެ. މެޓް އޮފީހުގެ ސަމާލުގެ […]
އައިޝަތު ނަސާޔާ
ކޯވިޑް ހާލަތު ގޯސްވުމުގެ ސަބަބުން ޓެކާސްއިން ބާއްވާ ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ހދ އަތޮޅުގެ މެޗުތައް ފެށުން ލަސްކޮށްފިއެވެ. ޓެކާސް އިން ބުނެފައިވާ ގޮތުގައި ކުޅުދުއްފުށި ސިޓީގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި މެޗުތައް ލަސްކޮށްލާފައި މިވަނީ އެ އަތޮޅުގައި ކޯވިޑް ކޭސްތައް އިތުރުވެ އެ ސަރަހައްދުގެ ރަށްތަކުގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީއެވެ. މިމެޗްތައް ފެށޭނެ ކަމަށް ޓެކާސްއިން ލަފާކޮށްފައި ވަނީ އަންނަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. ޓެކާސްގެ މިމުބާރާތަކީ […]
އައިޝަތު ނަސާޔާ
ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް ޞާލިޙް ވަނީ ދުބާއީ އެކްސްޕޯއަށް ޒިޔާރަތް ކުރައްވައި، އެ އެކްސްޕޯ ބައެއް ޕެވިލިއަންތައް ބައްލަވާ ލައްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ޕެވިލިއަން، ސިންގަޕޫރުގެ ޕެވިލިއަން، އިޓަލީގެ ޕެވިލިއަން އަދި ވިޝަން ޕެވިލިއަންއަށް ރައީސް ވަނީ ޒިޔާކުރަށްވާ ބައްލަވާ ލަށްވާފައެވެ. އެކްސްޕޯގެ ދިވެހިރާއްޖޭގެ ޕެވިލިއަން އިން ދައްކުވައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ދެމެހެއްޓެނިވި ގޮތ...
ޔުމްނާ ޢަލީ
ވިހި އަހަރުގެ ޚިދުމަތަށްފަހު އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން، އިސްމާއިލް ނާޝިދު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. ނާޝިދު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ކަސްޓަމްސްއިން ފާހަގަކުރައްވާފައި ގޮތުގައި ޝަރަފްވެރިކަމާއެކު ނާޝިދު ކަސްޓަމްސްއިން ރިޓަޔަރ ކުރެއްވީ އަގު ނުކުރެވޭފަދަ ނަމޫނާ އަދި ނަޒާހަތްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހުގައެވެ. ނާޝިދު އަކީ މަސައްކަތައް ވަފާތެރި އަދި ކަސްޓަމްސްގެ މުވައްޒަފުންގެ އިޙްތިރާމް ހޯދާފައިވާ ގާބި...
އައިޝަތު ނަސާޔާ
ށ. މަރޮށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން އިންތިޒާމުކޮށްގެން އެރަށުގައި ޕޭސްޓްރީ ކޯހެއް ފެށުމަށް ނިންމައިފިއެވެ. މަރޮށި ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މި ކޯސް ފެށުމަށް ހަމަޖެހިގައި ވަނީ މި ފެށޭ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންހެނުންގެ ކޮމިޓީގެ ރައީސާ މާޖިދާ ޙުސައިން 9674633 ނުވަތަ ކައުންސިލަރ ނުހާ ޒާހިރު 9674633 އަށް ތަފްސީލް (ނަން، ދާއިމީ...
އައިޝަތު ނަސާޔާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. އެ މަގާމަށް އައްޔަނު ކުރެއްވީ، ފުވައްމުލައް ސިޓީ، ފުނާޑު، މާނެލް، ޢަދުބު ﷲ ފަލާޙް ޝަރީފް އެވެ. އޭނާ މީގެ ކުރިން ވަނީ ޏ. އަތޮޅުކައުންސިލުގެ ރައީސްކަމާއި ފުވައްމުލައް ސިޓީގެ މޭޔަރުކަމުގެ މަޤާމު ފުރުއްވާފައެވެ. ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގައި މިހާރު ވެސް 6 ނައިބަކު ތިއްބަވައެވެ.
ޝިއުނާ އާދަމް
ކައިރީގައިހުރި ރަށްރަށަށް ބިލެތާ ދިޔަ ދޯނިތައް އައިސް ފަޅަށް ވަންނަނީއެވެ. ހުސޭނު އިނީ އަތިރިމަތީގައި ހުރި ކާނިގަހެއްގެ ދަށުގައި އޮތް ރުއް ބުޑެއް މަތީގައެވެ. ގަދަޔަށް އަވި ދިއްލާފައި އޮތް ދުވަހެކެވެ. އެހެންނާ ނުފެންނަ ބައެއް ރަށްރަށުގެ މަލަތައްވެސް ތިރިތިރިކޮށް ފެންނަން އޮތެވެ. މާލޫދަށް ދައުވަތު ދިނުމަށް ބިލެތާއި ފަންޏާ ހިފައިގެން ދިޔަ ތިން ދޯނިވެސް އޮތީ ދިދަ ދަމާ ޒީނަތްތެރިކޮށްފައެވެ. ޖެހެމުންދިޔަ ރީތި ނަލަ ވައިގެ ތެރޭގައި އެ ދޯނިތައް ދުއްވާފައި އައިސް ރިޔާތައް ދޫކޮށްލީ […]
ޢަބްދުﷲ ސަޢީދު
ރާއްޖޭގައި ރަސްމީގޮތުން ސެޓެލައިޓް ސްކޫލް އިފްތިތާޙް ކޮށްފިއެވެ. މިއަދު ހެނދުނު ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ސެޓެލައިޓް ސްކޫލް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިކަމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމުގައިވާ ޖަޒީރާ ތަރައްޤީއަށް އައު ފެށުމެއްކަމުގައެވެ. ސަރުކާރުން މިއަދު ސެޓެލައިޓް ސްކޫލްގެ މަފްހޫމަށް ކިޔަވައިދިނުން އިފްތިތާޙްކޮށްދެއްވި 3 ރަށުގެ ދަރިވަރުންނަށް އެކުދިން...
ޔުމްނާ ޢަލީ
ށ. ފުނަދޫ ކައުންސިލް މެންބަރު ޒުލްފާ ހާމިދު އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު އައިޝަތު ނަސްރީނާ ޕީޕީއެމްއަށް ސޮއިކޮށްފިއެވެ. އެ ދެ ބޭފުޅުންނަކީ ވެސް ވެރިކަންކުރާ ކޯލިޝަންގެ ޖޭޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރި ދެ ބޭފުޅުންނެވެ. ޖޭޕީގެ މެންބަރުން ކަމަށްވާ ޒުލްފާއާއި، ނަސްރީނާގެ އިތުރުން އެ ޕާޓީގެ މެންބަރުން ގޮތުގައި ތިއްބެވި ފުނަދޫ ކައުންސިލްގެ ކުރީގެ މެންބަރު އަބުދުއްރަޙްމާން އަޙްމަދު އަދި ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު އަހްމަދު ފާއިޒު […]
އަލީ އާދިލް
ހިޔާ ފްލެޓުތަކުން ފެނާއި ކަރަންޓު ކެނޑިއްޖެއެވެ. އެތަނުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި ދެ ހިދުމަތް ވެސް ކެނޑުނީ މިއަދު ހެނދުނު 9:30 ހާއިރުއެވެ. މިކަމާ ގުޅޭ ގޮތުން ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ބަޔަކު ކޮންނަނިކޮށް ކަރަންޓު ކޭބަލަކަށް ގެއްލުން ވުމުން ކަމަަށެވެ. އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އެކުންފުނިން ބުންޏެވެ. ސްޓެލްކޯއިން ވަނީ ކަރަންޓު ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން މައާފަށަ […]
އަޙްމަދު ވަހީދު