ހދ. ކުމުންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން އެރަށު ސްކޫލްގެ ދަރިވަރުންގެ މެދުގައި ކުރިއަށް ގެންދިޔަ އަންމާ ފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް އިނާމު ދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އަންހެނުންގެ ކޮމިޓީގެ ރައީސް ފާތިމަތު ރީނާޒް ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މިޕްރާމްގައި އެސްކޫލްގެ 12 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެކޮމިޓީއިން މައުލޫމާތު ދީ...
އައިޝަތު ނަސާޔާ
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމުގެ ދަތުރެއް ދާއިރާއަށް ކުރަށްވައި، މާލެ ސަރަހައްދުގައި ދިރިއުޅޭ އެ ދާއިރާގެ ރަށްޔިތުންނާ ގާތުން ވެސް އެ ވައުދުތައް މިހާރު ހިއްސާކުކޮށްފައިވާއިރު، ކޮމަންޑޫ ދާއިރާގެ ކޮމަންޑޫއަށް އޭނާ ވަނީ ބާރަ ވައުދެއް ވެވަޑައިގެންފައެވެ. ކޮމަންޑޫ ދާއިރާއަށާއި، ތިން ރަށަށް ވަކިން ވެސް ހަންނާނުގެ މެނ...
ޝިއުނާ އާދަމް
ހއ. އުތީމު ބާ ސުކޫލު އިމާރާތުގެ 3 ކްލާސްރޫމް ގުޅުވައިގެން މިއުޒިއަމްއެއް ހަދަން ނިންމައި، އެމަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިއުލާން ކޮށްފިއެވެ. އެ މަރުކަޒުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ އިރުމަތި ފަރާތުގައި ހުންނަ މިއިމާރާތުގައި މިއުޒިމަމްއެއް ހެދުމުގެ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތަތްކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުނ...
އައިޝަތު ނަސާޔާ
މަސައްކަތް ކުރަށްވަމުން ދަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ގޮނޑިއެއް ހޯދަން ނޫންކަމަށާއި، މަސައްކަތް ކުރަށްވަނީ އަޅުވެތިކަމަށް ނޫނެކޭ ބުނާނެ، ތަފާތުދީންތައް ގެނައުމާ ދެކޮޅަށް ވަކާލާތުކުރާނެ މީހަކު ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ހޮވަން ކަަމަށް ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދު ﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމަށް ތާއީދު ހޯދަން އ...
އަލީ އާދިލް
ށ. ފީވަކު ފުޓްބޯޅަދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. އެކައުންސިލުން ބުނެފައިވާ ގޮތުގައި އެރަށު ފުޓްބޯޅަދަނޑުގެ ވަށާފާރު ރާނާއި ފެންސްޖަހާ އަދި ގޯލްފެންސް ޖަހާދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އެފަރާތްތަކުން 6 ފެބްރުއަރީ 2022 ގައި އެކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 10 ފެބްރުއަރީ 2022 ގައި އަންދާސީ ހިސާބު ހުށައަޅަން ޖެހެއެވެ. މިބީލަމަށް ކުރިމަތިލެވޭނީ ވިޔަފ...
އައިޝަތު ނަސާޔާ
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާން ނާކާމިޔާބުކޮށްލި، މައި އައްޑަނަ، ހދ. ކުޅުދުއްފުށްޓަށް އުފަން ދިވެހި ޤައުމީ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ފޮޓޯ ސިޔާސީ ބޭނުމަށް ބޭނުން ނުކުރުމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުލްލަތީފް، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ އަރިހުން އެދިވަޑައިގެންފިއެވެ. ޔާސިރު މިގޮތަށް އެދިވަޑައިގަތީ ކުރަށްވާފައި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އިދިކޮޅުން ހިންގާ “އިންޑިއާ މިލިޓ...
ތިލަދުން
ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާއިތުވި 2021 ވަނަ އަހަރު ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާއި ގުޅޭގޮތުން އާންމުކުރި ރިޕޯޓުގައި ހާމަ ކޮށްފިއެވެ. އެ ކޮމެޓީން ކާމިޔާބު ކަމާއިއެކު ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި ދެ ޖިންސަށް ހުޅުވާލައިގެން ޖަނާޒާ ވޯކްޝޮޕެއް ކުރިއަށް ގެންދިޔުމާއި، އެ ރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކާއި ބައްދަލ...
އިބްރާހިމް ޚަލީލް
މިއަހަރުގެ ފުރަތަމަ މަހު އެއް ލައްކައަށް ވުރެ ފިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 109،842 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރު އައީ 76،059 ފަތުރުވެރިންނެވެ. މިހާތަނަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ ރަޝިއާގެ ފަތުރުވެރިންނެވެ. އެ ގައުމުން 20،244 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދެ އަހަރު ވަންދެން ރާއްޖެއަށް […]
އަޙްމަދު ވަހީދު
ހއ. ދިއްދޫގައި އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ ދިއްގާ ފައުންޑޭޝަން ރަޖިސްޓަރީ ކޮށްފިއެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ދިއްދޫއަށް އެކިއެކި އެހީތެރިކަން ފޯރުކޮށް ދެއްވަމުންއައި އެ ފައުންޑޭޝަން ރަސްމީކޮށް ރަޖިސްޓަރީ ކޮށްފައި ވަނީ 05 ޖަނަވަރީ 2022 ގައެވެ. ދިއްގާ ފައުނޑޭޝަން ނިސްބަތްވަނީ ދިއްދޫ ދިއްގާގަސްދޮށުގެއަށެވެ. އެ އާއިލާގެ އަހްމަދު އަލީ (ކާފަ) އަދި ފާތިމަތު އާދަމް (މާމަ) ނިޔާވުމާއި ގުޅިގެން އެ އާއިލާގެ މެމްބަރުން މިވަނީ މުޖުތަމަޢަށް އިޖުތިމާޢީ ގޮތުން ޚިދުމަތް ކުރުމުގެ ނިޔަތުގ...
އިބްރާހިމް ޚަލީލް
ޓްވިޓާގައި ނެގި ޕޯލަކުން ގިނަ ބަޔަކު ބޭނުންވަނީ އެމްޑީޕީގެ ޗެއާޕާސަނަކަށް ހުސެއިން އަމްރު ހޮވަން ކަން ހާމަވެއްޖެއެވެ. ޓްވިޓާ އެކައުންޓެއް ކަމަށްވާ ހަސަން ކުރުސީ އެކައުންޓުން ހުޅުވާލި މި ޕޯލްގައި 19،099 މީހުން ވަނީ ވޯޓު ދީފައެވެ. މީގެ ތެރެއިން 59 އިންސައްތަ މީހުން ވޯޓު ދިނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާ ކުރައްވަމުން ގެންދަވާ އަމްރުއަށެވެ. އަމްރުއާއެކު މި ޕޯލްގައި ވާދަ ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުއެވެ. އޭނާއަށް ލިބުނީ ވޯޓު ލި […]
އަޙްމަދު ވަހީދު
މިއަދު ހަވީރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ ކެމްޕޭން ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ހަންނާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހަރަކާތުގައި އެމްއެންޕީގެ ލީޑަޝިޕްގެ ބޭފުޅުންގެ އިތުރުން ކެންޑިޑޭޓް ހަންނާން ވެސް ބައިވެރިވިއެވެ. މި ހަރަކާތް ފެށުނީ މިއަދު ހަވީރު 4:00 ގައި ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދު، އެޗް12 ކައިރި ބަސް ސްޓ...
ޝިއުނާ އާދަމް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓުތަކުން ކުނި އުކާލާއިރު އަޅަން ޖެހޭ ތަންތަނަށް ކިނި އަޅަން ވެމްކޯއިން ހަނދާން ކޮށްދީފިއެވެ. ވެމްކޯއިން މިހެން ހަނދާން ކޮށްދިނީ ހިޔާ ސަރަހައްދުގެ އެކި ތަންތަަނަށް މީހުން ކުނި އަޅާތީއެވެ. އެގޮތުން ޑަސްބިން ބަހައްޓާފައި ހުރި ތަންތަނަށް ބަރު ކުނި ވެސް ދަނީ އަޅަމުންނެވެ. ބަރު އަދި ބޮޑެތި ކުނިތައް ޑަސްބިން ބަހައްޓާފައި ހުރި ތަނަށް އަޅާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކޮށް ވެމްކޯއިން ބުނީ އެފަދަ ކުނި އެތަނަށް […]
އަޙްމަދު ވަހީދު
ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ބެލެވޭ ތަކެއްޗާއެކު ހަ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ދެއަކުން މިއަދު ހެނދުނު ކަމަށެވެ. ފުރަތަމަ ފުލުހުން ހައްޔަރުކުރީ ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކުކަމަށެވެ. އެގޮތުން، ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި އެ މީހުންވަނީ ފިލަން މަސައްކަތްކޮށްފައިކަމަށާއި ފުލުހުން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅ...
އަލީ އާދިލް
ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި، އެ އަތޮޅު ކޮމަންޑޫ ސިއްޚީ މަރުކަޒު ގުޅިގެން ކޮމަންޑޫގައި އައުޓްރީޗް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ކޮމަންޑޫ ސިއްޚީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބުދަ ދުވަހުއެވެ. އެގޮތުން ކޮމަންޑޫ ސިއްޚީ މަރުކަޒުން މިމަހުގެ 25 ވަނަ ދުވަހު ވަނީ މި ޕްރޮގްރާމްގެ ދަށުން ޑޮކްޓަރަށް ދައްކަވަން ބޭނުން ފުޅުވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތުވެސް ހުޅުވާލަފައެވެ. ކޮންމެ ޑޮކްޓަރަކަށް ދެއްކުމަށް އެންމެ ގިނ...
އައިޝަތު ނަސާޔާ
ވޯޓު ދޭނެ ގޮތެއް ނުނިންމާ ތިބި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވެސް، ކޮމަންޑޫ ދާއިރާ ބަހުސްއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމްއަކީ އެންމެ ގާބިލު ކެންޑިޑޭޓްކަމަށް ނިންމައިފިކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލިދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓ...
ޔުމްނާ ޢަލީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕޭން ބާރަށް ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ކުރިއަށްދާއިރު، މާލެ ސަރަހައްދުގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް އަމާޒުކޮށްގެން ގިނަ ކެމްޕޭން ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮމަންޑޫ ރައްޔިތުންނާ ގާތަށް، ދޮރުން ދޮރަށް ހިންގުމުގެ ހަރަކާތެއް ރާޝިދު ކުރިއަށް ގެންދަވާފައިވާއިރު، އިތުރު އެކި ކެމްޕޭން ހަރަކާތްތަށް...
އަލީ އާދިލް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ ކެމްޕޭން ހިނގާލުމެއް މިއަދު ހަވީރު ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ. އެމްއެންޕީން ބުނީ އެ ހިނގާލުން ފެށޭނީ މިއަދު ހަވީރު 4:00 ގައި ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދު، އެޗް12 ކައިރި ބަސް ސްޓޮޕް ކުރިމަތިން ކަމަށެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ހަންނާނަށް ތާއީދުކުރާ އެންމެހާ ފަރާތްތަކަށް އެމްއެންޕީގެ ފަރާތުން ވަނީ ދައުވ...
ޝިއުނާ އާދަމް
ށ. ކަނޑިތީމު ފެނަކަ ބްރާންޗްގެ އައު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކުންފުނިން 27 ޖަނަވަރީ 2022 ގައި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ށ.ކަނޑިތީމު އައު އޮފީސް އިމާރާތްކުރުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ […]
އިބްރާހިމް ޚަލީލް