ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ މާދަމާއިން ފެށިގެން ވަގުތީ ގޮތުން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މިގޮތަށް ނިންމީ މިވަގުތު ރަންވޭއަށް ފްލައިޓުތައް ޖައްސަން ދަތިވެފައިވައި، އެއާޕޯޓު މިހާރު ރަންވޭގެ އޮފަރޭޝަންސްތައް އަވަސް ކުރުމަށް ކަމަށެވެ. ބައިނަލްއަގުވާ މިންގަޑުތަކާ އެއްގޮތަށް މިހާަރު ވީއައިއޭގެ އާ ރަންވޭއަށް ފްލައިޓު ނުޖެއްސޭނެއެވެ. އެއީ މިހާރު ބޭނުން ކުރަމުން އަންނަ ސީޕްލޭން ޓާމިނަ...
އަޙްމަދު ވަހީދު
ށ. ފުނަދޫގެ ޒުވާނުންގެ ތެރޭގައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވުމުގެ ގޮތުން ށ. ފުނަދޫ ކައުންސިލުން އެރަށުގެ ޒުވާނުންނާއި ބައްދަލު ކޮށްފިއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު، ” ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރަށު ކައުންސިލާއި ރައްޔިތުންނާއި ދެމެދު ފިތުނަ ފަސާދަ އުފެއްދުމުގެ ގޮތުން ބައެއް ފަރާތްތަކުން މީސްމީޑިއާގައި ފަތުރަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކަތައް އޮޅުންފިލުވައިދިނުމެވެ. އެގޮތުން ކޮންމެ ބަޔަކު މިކަން ކު...
އައިޝަތު ނަސާޔާ
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން މި އަހަރު ބާއްވާ ޔޮޓް ރެލީ، “ސަވާދީއްތަ ދަތުރު”ގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަމަޖައްސައިފިއެވެ. މިއީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީސީ) އިން ބާއްވާ ހަރަކާތެކެވެ. މި އެއްބަސްވުމުގައި އެމްއައިޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ބައ...
އަޙްމަދު ވަހީދު
ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާއިތުވި 2021 ވަނަ އަހަރު ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާއި ގުޅޭގޮތުން އާންމުކުރި ރިޕޯޓުގައި ހާމަ ކޮށްފިއެވެ. އެ ކޮމެޓީން ކާމިޔާބު ކަމާއިއެކު ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި ދިއްދޫ ކައުންސިލް ގުޅިގެން ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގެ މޫދަށް އެރޭ ސަރަހައްދު ސާފުކޮށް ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމާއި، ދިއްދޫ […...
އިބްރާހިމް ޚަލީލް
ހއ. އިހަވަންދޫ ކައުންސިލްގެ ލޯގޯ ހިލޭ ސާބަހަށް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާގެ ލޯގޯ ފަރުމާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކޮށްދޭނެ ބަޔެއް ހިލޭ ސާބަހަށް ހޯދަނީ ބައެއް ފަރާތްތަކުން ހިލޭ އެ މަސައްކަތްކޮށްދޭން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެފަރާތްތަކުން އަންނަ ފެބުރުއަރީ މަ...
އައިޝަތު ނަސާޔާ
ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅުވާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކޮންނަ ބޯޓު، މަހާ ޖައްރާފު ގެންގޮސްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީޕީއޭއިން ލިބިފައިވާ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ. ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތުގެ ދަށުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން […]
އަޙްމަދު ވަހީދު
ތުރުކީވިލާތުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ މެވްލުތު ޝަވުޝުގްލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން، މިދިޔަ އަހަރު އެއީ ރާއްޖެއާއި ތުރުކީވިލ...
ޔުމްނާ ޢަލީ
ށ.ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ހަދަން ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުހައްމަދެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ. ފެނަކައާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ ހަ މަސްދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތް ހަވާލު ކުރި އަގު މިނިސްޓްރީން ހާމަ ކޮށްފައި ނުވެއެވެ. މަ...
އަޙްމަދު ވަހީދު
ދިވެހިންނަށް ވިސާ ނެތި ތުރުކީއަށް ދަތުރު ކުރެވޭ ގޮތަށް އެއްބަސްވުމެއް ގާއިމްކުރަން ދެ ގައުމުން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު މެވްލޫތް ޝަވްޝަގްލޫއާއެކު މިއަދު ބޭއްވި މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޝާހިދު ވިދާޅުވީ މިހާރުވެސް ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރުމަށް އީ-ވިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ވިސާ-ފްރީ އެއްބަސްވުމެއް އެ...
އަޙްމަދު ވަހީދު
ހއ. ބާރަށު ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލު ކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ވިޝްވަރާޖް އެންވަޔަރަމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. މި މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ދަށުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހަވާލު ކުރި މަސައްކަތެކެވެ. މި މަސައްކަތް ވިޝްވަރާޖް ކުންފުންޏާ ހަވާލު […]
އަޙްމަދު ވަހީދު
ވެމްކޯ ކޯލްސެންޓަރުން ހިދުމަތްދޭ ވަގުތުތައް ބަދަލުކޮށްފިއެވެ. އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޯލްސެންޓަރުން ހިދުނަތް ދޭނީ ކޮންމެ ދުވަހަކު ހެނދުނު 9ން ހަވީރު 5އަށް ކަމަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ދޭނީ މެންދުރު 2ން ހަވީރު 5 އަށެވެ. ވެމްކޯގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެ ކުންފުނިން ވަނީ ހޮޓްލައިން 1666 ތައާރަފު ކޮށްފައެވެ. ކުނި ނުނަގާ ހުރި ނަމަ ކޯލް ސެންޓަރު […]
އަޙްމަދު ވަހީދު
ށ. ފޭދޫގައި ޓާފް އެޅި ބޮޑު ފުޓްބޯޅަ ދަނޑެއް ތަރައްގީކޮށް ދެއްވާނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ އެރަށުގެ ކައުންސިލާއި މަޝްވަރާ ބައްދަލުވުންތަކެއް ކުރެއްވުމަށް މިމަހުގެ 28 ވަނަ ދުވަހު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް ވިދާޅުވެފައިވަނީ އެރަށުގައި ޓާފް...
އައިޝަތު ނަސާޔާ
މުރައިދޫގެއަކީ ދައުލަތުގެ މުދަލެއް ކަމަށާއި، ވެރިކަމުން ފައިބާ ބަޔަކަށް މުރައިދޫގެ ދަބަހަކަށް ލައިގެން ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ހުޝާމް މި ހެން ވިދާޅުވީ، މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް މިހާރު ޚާއްޞަކޮށްފައިވާ “މުރައިދޫގެ” ތަޅާލަންޖެހޭކަމަށް މި ސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވުމުން އެކަމަށް އިޝާރ...
އަލީ އާދިލް
އަވަހާރަވެފައިވާ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދަކީ ކޮމަންޑޫ ދާއިރާއަށާއި، އެމްޑީޕީއަށް ވަރަށް ބޮޑު ޚިދުމަތެއް ކުރަށްވާފައިވާ ހުންނެވި ގިނަ ބަޔެއްގެ ލޯތްބާއި އިޚްތިރާމް ހޯއްދެވި ބޭފުޅެއް ކަމަށާއި، މަރްޙޫމް ޙުސައިން ޚިދުމަތް އަގުވަޒަންކޮށް، ޙުސައިންގެ ޝަރަފަށްޓަކައި ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ދޭންޖެހޭ ކަމަށް ވެރިކަންކުރާ އިއްތިހާދުގެ ދެވަނަ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ރައީސް އަޙްމަދު ސައުދު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީން ރޭ ގެނެސްދިން “ފަލަ ސުރުޚީ” ޕްރޮގްރާމްގައި...
އަލީ އާދިލް
އަންނަ މަހު 5 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ)އިން އާންމު ކޮށްފިއެވެ. ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ ކޮމަންޑޫ ދާއިރާގެ މީހުންނާއެކު، އެ ދާއިރާގައި 3،309 މީހަކަށް މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާކަމަށް މި ލިސްޓުން ދައްކައެވެ. އީސީން ވަނީ މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި […]
ޔުމްނާ ޢަލީ
އަންނަ މަހު 5 ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި އެ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) އިންތިޚާބުކޮށް، އެމްޑީޕީއަށް އެ ގޮނޑި ލިބިގެން ދިޔުމަކީ ބޭރު ދުނިޔޭން ރާއްޖެއަށް ލިބޭ އެހީތެރިކަން އިތުރުވެ، ބޭރުދުނިޔޭގެ އިތުބާރު ސަރުކާރާމެދު ބޮޑުވެގެންދާނެ ކަމެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް މިހެނ...
އަލީ އާދިލް
ހއ. އަތޮޅު ރަށު ކައުންސިލަރުންގެ ތެރެއިން ފައިސާއާއި ވިޔަފާރީގެ މަޢުލޫމާތު ހުށަހަޅާފައިވާ ކައުންސިލް މެންބަރުންގެ ނަންތައް ހއ. އަތޮޅު ކައުންސިލުން އާންމުކޮށްފިއެވެ. އެ ނަންތައް ހިމަނައި އެކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކައުންސިލަށް ހޮވޭ ކޮންމެ މެންބަރަކު އިންތިޚާބު ވުމާއެކު އެ މެންބަރެއްގެ، ފައިސާއާއި ވިޔަފާރީގެ މަޢުލޫމާތު އަދި އެކައުންސިލަރެއްގެ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި ވިޔަފާރީގެ ގުޅުންތަކާބެހޭ މަޢުލޫމާތު ލިއުމަކުން ކައުންސިލް އިދާރާއަށް ހުށަހަޅަންޖޭކަމަށް...
އައިޝަތު ނަސާޔާ
އަންނަ މަހު 5 ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި އެ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބު ކުރާނެކަމަށް، ތަރައްގީ ކުރިއަށް އޮތީ ރާޝިދު އިންތިޚާބު ކުރެވިގެން ކަމަށް އޭނާގެ ސަޕޯޓަރުން ބުނެފިއެވެ. މި ނޫހާއި ވާހަކަ ދައްކަމުން ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ރާޝިދުގެ ބައެއް ސަޕޯޓަރުން ބުނީ މިހާތަނަށް ރާޝިދުގެ ކެމްޕޭން ވަރަށް ފޯރީގައި ކުރިއަށް […]
އަލީ އާދިލް