ށ. ފޭދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން ޔޫތު މިނިސްޓްރީން 30 ޖަނަވަރީ 2022 ގައި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތާއި ގުޅޭގޮތުނަ މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 13 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް […]
އިބްރާހިމް ޚަލީލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވީއައިއޭއިން މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ އަކީ އަތޮޅު ތެރެއަށް ފުރުމަށް ގޮސް ހުރި މީހެކެވެ. އޭނާ ހައްޔަރު ކުރީ މިއަދު ހަވީރު ޑޮމެސްޓިކް ޓާމިނަލުންނެވެ. މި މައްސަލަ ތަހުގީގުކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގަވާ އޮޕަރޭޝަންތައް ފަހަކަށް އައިސް ވަަރަށް ފުޅާކޮށްފައިވާއިރު، މަސ...
ޝިއުނާ އާދަމް
މާލޭ ސިޓީގެ ހުޅުމާލޭގައި މިރޭ ހަވާ އަރުވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ހަވާ އަރުވާނީ މިރޭ 21:00 ގައެވެ. މިރޭ ހަވާ އަރުވާނީ ހުޅުމާލޭ ފޭސް ދެއެއްގައި ކަމަށް ވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. މިރޭ ހަވާ އަރުވާނީ 21:00 އިން ފެށިގެން 5 މިނިޓް ވަންދެނެވެ. 2022 ޖަނަވަރީ 31 ވަނަ ދުވަހުގެރޭ (މިރޭ) 21:00 ގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަވާއެރުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިކަން […]
ޔުމްނާ ޢަލީ
ފާއިތުވި 2021 ވަނަ އަހަރު ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ގިނަ ހަރަކާތްތަކެއް ހިންގިފައި ނުވަނީ އެ ރަށުގައި ކޯވިޑްގެ ހާލަތު ގޯސްވެ މޮނީޓަރިންގެ ހާލަތުގައި ގިނަ ދުވަސްތަކެއް އޮންނަން ޖެހުމުން ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑުތައް ހާސިލް ކުރެވިފައިވާ މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަކޮށްފިއެވެ. އެ ކޮމެޓީން ފާއިތުވި އަހަރު ހިންގުމަށް ގިނަ ހަރަކާތްތަކެއް ރާވާފައި ވީ ނަމަވެސް، އެ ހަރަކާތްތަކުގެ ތެރެއިން ޖުމްލަ ހަ ހަރަކާތެއް...
އިބްރާހިމް ޚަލީލް
ހއ. ކެލާގައި “ކެލާ ސްޕަރ ލީގު 2022” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގައި ޓީމްތައް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. ކެލާ ސްޕަރ ލީގަކީ އެ ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 15 ޖުލައި 2022 ވާ ހުކުރު ދުވަހު ކެލާ ފުޓްބޯޅަ ދަނޑުގައެވެ. މި މުބާރާތުގައި ޓީމްތައް ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ހުޅުވާލައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި […]
އިބްރާހިމް ޚަލީލް
ހއ. ތުރާކުނު ސްކޫލާއި އެރަށު ކައުންސިލުން ގުޅިގެން އެރަށު ސްކޫލްގެ ޕްލޭގްރައުންޑް ހިޔާ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފް “ތިލަދުން ” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމަސައްކަތް ނިންމާލާފައިވާ މިވަނީ 2 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި މިމަސައްކަތުގައި އެރަށު ޕޮލިސް ޑެސްކާއި އާއްމު ފަރުދުންގެ އެހީތެރިކަން ލިބިފައިވާކަން ލަތީފް ފާހަގަ ކުރެއްވިއެވެ. 50 ފޫޓް 35 ފޫޓްގެ މި ޕްލޭގްރާއުންޑް ގެ މަސައްކަތްތައް ކުރިއަށް ގެންދަމުންދަނީ ފޭސްތަކަކަށް […...
އައިޝަތު ނަސާޔާ
“ފޭކް އައިޑީ” ހަދައިގެން މާރަންދޫގެ ކަމުވޮށިގެންވާ މީހުންގެ އަބުރު ކަތިލުން އާންމުވަމުން އަންނާތީ، އެކަމާއި ކަންބޮޑުވުން ފާޅުކޮށް، އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން މާރަންދޫ ކައުންސިލުން ނޫސް ބަޔާނެއް ނެރެފިއެވެ. މިކަމާއި ގުޅިގެން 30 ޖަނަވަރީ 2022 ގައި އެ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ” ފޭކް އައިޑީ ” ހަދައިގެން ސޯޝަލް މީޑިޔާގައި އެ ރަށުގެ މީހުންގެ އަގުވައްޓާލައި އަބުރުކަތިލަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން ރައްޔިތުންގެ […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ހިންގާ “ހުނަވަރު” ޕްރޮގްރާމްގެ ދަށުން 140 އަށްވުރެ ގިނަ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެކި ވަޒީފާތަކަށް ހޯދުމަށް އެމްޓީސީސީން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރާނެއެވެ. މި ޕްރޮގްރާމް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ހުނަވަރު ލައިސެންސިނ...
އަޙްމަދު ވަހީދު
2023 ގައި ރައީސްކަމަށް އިންތިޚާބުކުރުމަށް ރައްޔިތުންގެ ތެރޭގައި ތަފާތު ކުރުމެއްނެތި ހަމަޔާއި އިންސާފަށް ވެރިކަންކުރާނެ މީހެއް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ދައްކާނެކަމަށް އެ ޕާޓީގެ އެއް ނައިބު ރައީސް، އަދި ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. ރިޔާޟް މިހެން ވިދާޅުވީ، “ވެރިކަން ލިބިއްޖެނަމަ އެހެންބަޔަކަށް ޖާގައެއް ނެތް، ވަޒީފާތަކަށް ނަގާނީ ޕީޕީއެމް ކުދިން” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ސާޢިއުކޮށްފައިވާ ޚަބަރެއް ޓްވީޓާގައި ހިއްސާކުރަށްވަމުނ...
އަލީ އާދިލް
ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ށ އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫގެ ފޯކައިދޫ އެފްސީ ހޯދައިފިއެވެ. ޓެކާސްއިން މައުލޫމާތު ދީފައިވާ ގޮތުގައި ފޯކައިދޫ ޗެމްޕިއަންކަން ހޯދާފައިވަނީ މިލަންދޫ އާ ވާދަކޮށް 3-0 އިން މެޗް ކާމިޔާބު ކޮށްގެންނެވެ. މި މެޗްގެ މޭން އޮފް ދަ މެޗްގެ ގޮތުގައި ހޮވިފައިވަނީ ފޯކައިދޫ ޓީމްގެ ހުސައިން ނަބީހް (11) އެވެ. 6 ޓީމަކުން ބައިވެރިވެފައިވާ ށ އަތޮޅުގެ މެޗްތައް ކުޅެފައިވަނީ 2 ޓީމް […]
އައިޝަތު ނަސާޔާ
ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން، އެ ސާވިސްގެ އައްސޭރި ޖަލުގައި ގާއިމުކުރި ޖުވެނައިލް ޑިޓެންޝަން ސެންޓަރު މިއަދު ހުޅުވައިފިއެވެ. ކަރެކްޝަނަލް ސާވިސްއިން ވިދާޅުވެފައިވާ ގޮތުގައި މި ސެންޓަރު ޤާއިމްކޮށްފައި މިވަނީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ޔުނައިޓެޑް ނޭޝަންސްގެ މިނިމަމް ސްޓޭންޑަރޑް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް (މަންޑޭލާ ރޫލްސް) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތުގެ މަތީންނެވެ. އެގޮތުން ސެންޓަރ ހުޅުއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފަ...
އައިޝަތު ނަސާޔާ
އެއްމެ އެއްޗެއްފިޔަވައި ހުރިހާ އެއްޗެއް ދީފިން، އެކަމަކު މިސަރުކާރަށް ކުރެވުނު އެއްވެސްކަމެއްނެތް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެ ކޯލިޝަންގެ މަލޭ ޖަގަހާގައި ރޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވަނީ އޭނާގެ އާދައިގެ މަތިން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިއަދަކީ ޖެނުއަރީ 30 ކަމަށާއި، މާދަމާއަކީ 31 ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަރަށް ގިނައިން ދެއްކި ވާހަކައ...
އަލީ އާދިލް
ސަރުކާރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ށ. ފުނަދޫ/އިރަމާގ،ެ އިސްމާޢީލް ޢަބްދުﷲ (އިސްމާއީލް ކަތީބު) ރިޓަޔާ ކުރަށްވައިފިއެވެ. އިސްމާޢީލް ޢަބްދުﷲ ރިޓަޔާ ކުރަށްވާފައި ވަނީ ސަރުކާރަށް 33 އަހަރާއި 7 މަސް ދުވަހުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ. ރިޓަޔާ ކުރެއްވިއިރު އޭނާ ހުންނެވީ ފުނަދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވްގެ މަގާމުގައެވެ. އިސްމާޢީލް ޢަބްދުﷲގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާގެ ޝަރަފްގައި ފުނަދޫ ކައުންސިލުން ވަނީ މިމަހުގެ 28 ވަނަ ދު...
އައިޝަތު ނަސާޔާ
ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫ ސިއްޚީ މަރުކަޒަށް 4 އޭސީއާއި ޓީވީއެއް ހަދިޔާއެއްކޮށްފިއެވެ. މިއީ އެ މަރުކަޒުގެ ވާޑް އަޕްގުރޭޑް ކުރުމަށް ބޭނުން އެހީތެރިކަމެކެވެ. އެމަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މިތަކެތި ފެނަކައިން އެމަރުކަޒާއި ހަވާލުކޮށްފައި ވަނީ އިއްޔެއެވެ. އަދި އެކަމަށްޓަކައި އެމަރުކަޒުން ވަނީ ދިވެހި ސަރުކާރަށާއި ފެނަކާގެ އިސްވެރިންނަށް އެމަރުކަޒާއި އެރަށުގެ ރައްޔިތުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. ފެނަކައިގެ ސީއެސްއާރުގެ ދަށުން މީގެކުރިން ވަނީ...
އައިޝަތު ނަސާޔާ
އުރީދޫ މޯލްޑިވްސްއިން، ޖެންޑާ މިނިސްޓްރީއަށް ޓެބްލެޓް ހަދިޔާކޮށްފިއެވެ. މިއަދު ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަައި އުރީދޫ އިން އެ މިނިސްޓްރީއަށް ހަދިޔާ ކުރީ 10 ޓެބްލެޓެވެ. މިނިސްޓްރީގެ ފަރާތުން ޓެބްލެޓްތަކާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ އެވެ. އުރީދޫފެ ފަރާތުން މިނިސްޓްރީއާ ޓެބްލެޓްތައް ހަވާލުކޮށްދެއްވީ، ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒްއެވެ. ޖެންޑާ އިން ވަނީ އުރީދޫއިން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވައިފައެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ހ...
އަޙްމަދު ވަހީދު
ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރަނީ ފެންހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ....
އަޙްމަދު ވަހީދު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް ބާއްވާ ކެމްޕޭން ޖަލްސާއެއް މިރޭ މާލޭގައި ހުންނަ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މި ޖަލްސާ ފަށަން ހަމަޖައްސާފައި ވަނީ މިރޭ 21:00 ގައެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސައުދު “ތިލަދުން”އަށް ވިދާޅުވީ މި ޖަލްސާއަކީ ރާޝިދަށް ތާއީދު ހޯދައިދިނުމުގެ ގޮތުން ޖޭޕީން އިސްނަގައިގެން ބާއްވާ ޖަލްސާއެކެވ...
އަލީ އާދިލް
ށ. ނޫމަރާގައި ފެންވަރު ރަނގަޅު ވޮލީ ކޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަޚްލޫފް ވަނީ އެރަށުގައި ކުރިއަށްދާ ޔޫތު މިނިސްޓަރީއާއި ގުޅުންހުރި މަޝްރޫޢުތައް ބައްލަވާލެއްވުމަށް މިމަހުގެ 27 ވަަނަ ދުވަހު އެރަށަށް ދަތުރެއް ކުރަށްވާފައެވެ. ނޫމަރާ ކައުންސިލުން ވިދާޅުވި ގޮތުގައި އެ ދަތުރުގައި މިނިސްޓަރު މަޚްލޫފް ވަނީ އެރަށުގައި ރަނގަޅުފެންވަރުގެ ވޮލީކޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެ...
އައިޝަތު ނަސާޔާ