ށ. ކަނޑިތީމު ފެނަކަ ބްރާންޗްގެ އައު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ ކުންފުނިން 27 ޖަނަވަރީ 2022 ގައި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ށ.ކަނޑިތީމު އައު އޮފީސް އިމާރާތްކުރުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

މި ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރެއްވުމަށް އިއުލާން ނަމްބަރާއި، ބިޑް ހުށަހަޅާ ކުންފުނީގެ ނަމާއި، ހުށަހަޅާ ފަރާތުގެ ނަމާއި ފޯނު ނަމްބަރު އެނގޭނޭ ގޮތަށް tender@fenaka.mv މި މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމަށް އެ ކުންފުނިން ވަނީ އެދިލައްވާފައެވެ. ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 31 ޖަނަވަރީ 2022 އެވެ. ރަޖިސްޓަރީވުމަށް މެއިލް ކުރައްވާ ފަރާތްތަކަށް ކޮންފޮމޭޝަން އީމެއިލްއެއް ކުރެވިގެންދާނެ ކަމުގައި އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ބިޑާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 ޖަނަވަރީ 2022 ގެ ކުރިން ބަޔާންވެދިޔަ މެއިލް އެޑްރެސްއަށް މެއިލްކުރެއްވުމަށް އެ ކުންފުނިން ވަނީ އެދިލައްވާފައެވެ. މި މަސައްކަތަށް އެދި ބިޑް ހުށަހެޅުމުގެ ސުން ގަށިއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 01 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 14:00 އެވެ.

އިތުރަށް ވިދާޅުވެފައި ވަނީ ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމަށެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.