މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި އދ. އަތޮޅު ރިސޯޓެއްގައި މިމީހާ ގެނބިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 12:11 ހާއިރެވެ. މިމީހާ މަރުވެފައިވަނީ ފަރުވާ ދެމުން ދަނިކޮށް ކަމަށް ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. މަރުވެފައިވަނީ އިންޑިއާގެ އުމުރުން 30 އަހަރުގެ ފަތުރުވެރިއެކެވެ. ފުލުހުން އިތުރަށް ވިދާޅުވީ މިހާދިސާ އިތުރަށް ތަހުގީގު ކޮށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އައިޝަތު ނަސާޔާ
ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އިސްތިއުފާ ދެއްވައިފި އެވެ. ހދ. ނައިވަދޫއަށް ނިސްބަތްވާ ފަނޑިޔާރު ސަމީރަކީ ހައި ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަންގައި އިންނަވާ ފަނޑިޔާރު ވެސް މެ އެވެ. ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ އެކު، އެ ކޮމިޝަންގެ މެމްބަރު ކަމުން ވެސް އޭނާ ވަކިވީ އެވެ. ފަނޑިޔާރު ސަމީރަކީ ހައި ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ބެއްލެވި ބޭފުޅެކެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލި މައްސަލަ އާއި ޑރ. އަފްރާޝީމް […]
ހުސައިން ހަބީބް
“ހަނީ ގާލިކް ޗިކަން” އަކީ ރޯދަ ވީއްލަން ނުވަތަ ހާރުދަމަށްވެސް ކަމުދާނެ ފަސޭހައިން ތައްޔާރުކުރެވިދާނެ ބާވަތެކެވެ. ރޯދަމަހު ނޫނަސް އެހެން މަސްމަހުގައިވެސް މެންދުރު ނުވަތަ ރޭގަނޑުގެ ކެއުމަށް އިންސާފުކޮށްލަން ރަނގަޅުވާނެ އެވެ. ޕާސްތާ އާއި އެކު ނުވަތަ ގާލިކް ރައީސް އާއި އެކު މީރު ވާނެ އެވެ. ކުކުޅު މެރިނޭޓް ކުރަން ބޭނުންވާ ތަކެއްޗާއި ތައްޔާރު ކުރާނެ ގޮތް 500 ގުރާމް ޗިކަން ބުރެސްޓް 1 ސަމްސާ ޕެޕަރ ޕައުޑަރ 1 ސަމްސާ ގާލިކް ޕައުޑަރ 1 […]
ޝިއުނާ އާދަމް
ށ. މިލަންދޫގައި ޔޫތު ލީޑާރސް ފޯރަމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ މިފޯރަމަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި މިލަންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެއް ކަމަށެވެ. މިފޯރަމަކީ ށ އަތޮޅުގެ ރަށްތަކުގެ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ފޯރަމެކެވެ. ފޯރަމް ކުރިއަށްދާނީ އަންނަ […]
އައިޝަތު ނަސާޔާ
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރް.އެޗް) ގެ ފަރާތުން ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ހަވީރެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. އެހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި މިހަވީރުގައި ލޭގެ ޕްރެޝަރު ބެލުމާއި ލޮލުގެ ޗެކްއަޕް ހެދުން ކުރިއަށް ދާނެއެވެ. އަދި ގާތުން ދިނުމާއި، ކަށީގެ ބަލިތަކުގެ މައުލޫމާތުގެ އިތުރުން ދަތްފަނި ކެއުމުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ގުޅިގެން މި ހަވީރުގައި މައުލޫމާތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ...
އައިޝަތު ނަސާޔާ
ހުޅުމާލޭ ރެސްޓޯރެންޓެއްގައި އިއްޔެ ހަމަލާދީ މަރާލި ބަންގްލަދޭޝް މީހާގެ މައްސަލާގައި ފުލުހުން ހޯދަން އިއުލާންކުރި ޕާކިސްތާނުގެ ކައްކާ، އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ހިޔާ ސަރަހައްދުގެ ގޮނޑުދޮށް ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ރޭ ހޯދަންފެށި އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ފެނިފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ހިޔާ ސަރަހައްދުގެ ގޮނޑުދޮށް ސަރަހައްދުންނެވެ. އަދި މިމައްސަލާއި ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފައި ނު...
އައިޝަތު ނަސާޔާ
އިނގިރޭސި ޕްރިމިއަރލީގް ގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗްގައި ރޮނާލްޑޯ ގެ ހެޓްރިކުން ޔުނައިޓެޑް މޮޅުވެއްޖެއެވެ. މީ ރޮނާލްޑޯގެ 60 ވަނަ ހެޓްރިކެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 3-2 ންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ތިން ލަނޑުވެސް ކާމިޔާބު ކޮށްދިނީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ފުރަތަމަ ހާފުގައި ރޮނާލްޑޯ ދެލަނޑުގެ ލީޑެއް ނަގައިދިނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނޯވިޗްގެ […]
އަލީ ރިޔާޟް
އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިވަޕޫލުން ހޯދައިފިއެވެ. ވެމްބްލީ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް މެ ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 9 […]
އިބްރާހިމް ޚަލީލް
މާލޭ ސިޓީގެ މާލޭގައި ބިދޭސީންތަކެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިިފިއެވެ. މި މާރާމާރީގެ ރިޕޯޓް ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ މިރޭ 8:20 ހާއިރު އެވެ. ބިދޭސީންތަކެއްގެ ދެމެދުގައި ހިނގި މި މާރާމާރީ ހިނގާފައި ވަނީ މާލޭ ސޯސަންމަގު ގައެވެ. އެ މާރާމާރީގައި އެކަކަށް ވަނީ އަނިޔާ ވެފައެވެ. ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މާލޭގައި ބިދޭސީންތަކެއްގެ ދެމެދުގައި މާރާމާރީ ހިނގާފައިވާއިރު، މިއަދު ހަވީރު ހުޅުމާލޭ ރެސްޓޯރެންޓެއްގައި ހިނގި ހަމަނުޖެހުމެއްގައި ވަނީ ބަންގްލަ...
ޔުމްނާ ޢަލީ
ހުޅުމާލޭ ރެސްޓޯރެންޓެއްގައި މިއަދު ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ޕާކިސްތާނު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މި މައްސަލާގައި ތުހުމަތުގައި ފުލުހުންގެ ޚިދުމަތުން ހޯދަން ޢިއުލާން ކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ކިޔާ މީހެކެވެ. ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ފިރިހެނަކަށް ވަޅިން ހަމަލަދީ މަރާލީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެ މީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރ...
އަލީ އާދިލް
ހުޅުމާޅޭގެ ރެސްޓޯރަންޓްގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ. ފުލުހުން މީޑިޔާތަކަށް މަޢުލޫމާތުދެމުން ބުނީ، ހުޅުމާލެ ރެސްޓޯރަންޓެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިގެން މިހާރު އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެއީ ކޮން ރެސްޓޯރަންޓެއް ކަމަށާއި ޒަހަމްވި މީހާއަށް ލިބުނު އަނިޔާ ތަކުގެ ތަފްސީލް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. އެ ހަަމަލާ ދީފައި ވަނީ ހުޅުމާލޭގައި ހުންނަ، ޚާންޖީ ރެސްޓޯރެންޓުގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ފުލުހ...
އަލީ އާދިލް
ހދ.ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ޔޫތު ސްޕޯޓްސް ވެޓަރެންސް ފުޓްސަލް މުބާރާތް 2022” ފަށައިފިއެވެ. މި މުބާރާތް 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ 21:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ވައިސޫރިއާއި ޓީމް ލަޔަންއެވެ. މި މެޗު 2-0 ގެ ނަތީޖާއިން ވައިސޫރި ޓީމުން ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމަށް ލަނޑުތައް ޖަހައި ދީފައި […]
އިބްރާހިމް ޚަލީލް
މިއަދު ކުރިއަށް ދިޔަ ހދ. ނޭކުރެންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކޮމެޓީގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމް އެއް ގޮނޑި އަދި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަނެއް ގޮނޑި ކާމިޔާބު ކޮށްފިއެވެ. ނޭކުރެންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކޮމެޓީގެ ރައީސާއާއި، އިތުރު މެންބަރަކު އިސްތިއުފާ ދިނުމުން ކުރިއަށް ދިޔަ މި ބައި- އިލެކްޝަންގައި 6 ކެންޑިޑޭޓަކު ވާދަކުރިއެވެ. އެއީ އެމްޑީޕީގެ 2 ކެންޑިޑޭޓުންނާއި، ޕީޕީއެމްގެ 2 ކެންޑިޑޭޓުންނާއި އަދި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ...
ޙުސައިން ޝަހުދީ
ހދ. ނޭކުރެންދޫ ކައުންސިލުން ކުރިއަށްގެންދާ “ބީސާދަ” ޤުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ހާއްސަކޮށް އެކައުންސިލުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. އެގޮތުން މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 6 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ: 6 އަހަރުން ދަށް 9 އަހަރުން ދަށް 11 އަހަރުން ދަށް 13 އަހަރުން ދަށް 19 އަހަރުން ދަށް 21 […]
އައިޝަތު ނަސާޔާ
ފަސްމާމުލުންގެ ފަސްވަގު އައިސް ކަޅުކުރުބެމެން ގޭދޮރުމައްޗަށް އަރާފައި ސަލާން ގޮވާލިއެވެ. ގޭތެރެއިން ދޮންމަރިޔަނބު ނިކުމެ ސަލާމުގެ ޖަވާބު ދިނުމުން އެސޮރުމެން ބުންޏެވެ. އަހަރެމެންގެ ރަޙުމަތްތެރި ކަޅުކުރުބެ ކޮބައިހެއްޔެވެ؟ ދޮންމަރިޔަނބު ބުންޏެވެ. އަސްތާ! ކަލޯމެންނަކަށް ނޭނގޭހެއްޔެވެ؟ ލާރިލިބޭ މާވަރުގަދަ މަސައްކަތެއް ފަށައިގެން ކަޅުކުރުބޭ އުޅޭ ދުވަސްކޮޅެކެވެ. އެސޮރުމެން ބުންޏެވެ. އެއީ ކޮން ކަމެއް ހެއްޔެވެ؟ ދޮން މަރިޔަނބު ބުންޏެވެ. ކަޅުކުރުބެ މިހާރު ފޭރާން ކުރަނިއްޏެވެ. މިދިމާ ދަނޑުމަތީގައި ފޭރާންގަހ...
ޢަބްދުﷲ ސަޢީދު
މާދަމާއިން ފެށިގެން ދޯންޏަކުން ހަތް ޓަނު މަސް ކިރަން މިފްކޯއިން ނިންމައިފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާތީ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ކިރުވާތީ ފްރީޒް ކުރަން ވަގުތު ބޭނުންވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ކިޔޫގައި ތިބި ދޯނިތަކުން ހުރިހާ މަހެއް ކިރާފައިވާ ކަމަށްވެސް ބުންޏެވެ. މިފްކޯއިން ބުނީ ދޯންޏަކަށް ހަތް ޓަނުގެ ލިމިޓެއް ކަނޑައެޅީ ދޯނިތަކުން މަސް ބާނަނީ އެއްވަރަކަށް ކަމަށްވާތީ ކަމަށެވެ. އެގޮތަށް ކަންތައް […]
އަޙްމަދު ވަހީދު
ހުޅުމާލެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މައްޗަށް އެޗްޑީސީން ހިންގަމުން ދަނީ އެ ކުންފުނީގެ އަނިޔާވެރި އިސްތިއުމާރީ ގަވާއިދުތަކެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ. މެންބަރު ބޮންޑޭ ވަނީ ހިޔާ ސަރަހައްދަށް ވަަޑައިގެން އެ ސަރަހައްދުގައި ކަންކަން ހުރިގޮތް ބައްލަވާ ލައްވާފައެވެ. ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލޭގެ ބަލަދުވެރި ކުންފުނި، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުގެ މައްޗަށް...
އަލީ އާދިލް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ 25 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމްގެ ދަސްވެނިވުން ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ. މިއީ އެޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި ”ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 7 ވަނަ ބެޗްގެ ދަސްވެނިވުމެވެ. ކަރެކްޝަނަލް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ 3 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 36 ޓްރޭނީއިން ބައިވެރިވެފައި ވާއިރު އެންމެ ޓްރެއިނީއެއް ފިޔަވައި ހުރިހާ […...
އައިޝަތު ނަސާޔާ