އެކި މީހުން “މިލްކް ކޭކް” އަޅަނީ ތަފާތު އެކި ގޮތް ގޮތަށެވެ. މިއަދު މިކިޔާދެނީ ރޯދަމަހުގެ ސުފުރާ ފަޅުފިލުވާލުމަށް ފަސޭހައިން ތައްޔާރު ކުރެވިދާނެ ގޮތެކެވެ. މިއީ ކުޑަ ހަރަދަކުން ތައްޔާރު ކުރެވޭ މީރު ކޭކެކެވެ. ބޭނުންވާ ތަކެތި 1 ޕެކެޓް ވެނީލާ ކޭކް މިކްސް 3 ބިސް 1/3 ތަށި ފެން 1/2 ތަށި ތެޔޮ ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް އެއްކޮށްލާށެވެ. ޓްރޭ ސެޓް ކުރުމަށްފަހު އަވަން 180 ހޫނުމިނުގައި 40 މިނެޓު ވަންދެން ފިހެލާށެވެ. އެކި […]
ޝިއުނާ އާދަމް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށާއި, އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގަންނަވާކަމަށް ވެސް ރައީސް އޮފީހުން މަޢުލޫމާތު ދެއްވި އެވެ. ސިއްހީ ފަރުވާއަކަށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުވެސް ރައީސް ސިންގަޕޫރަށް ވަ...
އަލީ އާދިލް
ހދ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގެ އޮފީސް އިމާރާތުގެ މަސައްކަތް ކުރުމަށް ‘އިވޯސަން މޯލްޑިވްސް’ އާ ހަވާލުކޮށްފި އެވެ. އެއްބަސްވުމުގައި ސޮއިކުރުންމުގެ ރަސްމިއްޔާތު އޮތީ މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގަ އެވެ. މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްރަ ޑރ. އައިސަތު އަލީގެ އިތުރުން ކުޅުދުއްފުށީގެ މަޖިލިސް މެންބަރުން ބައިވެރިވި އެވެ. އެކުންފުންޏާއި މި މަސައްކަތް ހަވާލު ކުރެވުނީ 8,355,517.18 ރއަށް، 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނިމޭނެކަމަށް ލަފާކުރާ ތާރީޚް އަކީ 1 މާރިޗު 2023 […]
އިބްރާހިމް އަސްވާޤް
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 3 ބިލެއް ރައީސް އޮފީހަށް މިއަދު ވަނީ ފޮނުވާފައިކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން ވިދާޅުވީ މިއަދު ފޮނުވި ތިން ބިލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދައުލަތުގެ މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ބިލު ކަމަށެވެ. ސަރުކާރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ހެކިބަސްދޭ ފަރާތްތައް ޙިމާޔަތްކުރުމާގުޅޭ ތަފްޞީލީ އު...
އަލީ އާދިލް
އަނބިމީހާގެ ގައިގައި ކޮނޑަކުން ޖަހައި، ކަރުގައި ހިފި މައްސަލައެއްގައި ފިރިމީހާގެ މައްޗަށް ކުރާ ދައުވާ ބަލަން ހައި ކޯޓުން އަންގައިފި އެވެ. ދިވެހި ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ކައިވެނިކޮށްގެން އުޅުނު ކ. ހުރާ އަންހެނެއްގެ ކަނދުރާގައި ޕްލާސްޓިކް ކޮނޑަކުން ޖަހައި އަދި އޭނާގެ ކަރުގައި ހިފައިގެން އެނދުމައްޗަށް ވައްޓާލި ކަމަށް ބުނެ އެވެ. ފިރިހެން މީހާއަކީ މާލޭ މީހެކެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ފިރިހެން […]
ހުސައިން ހަބީބް
އެވިޑު ކޮލެޖުން ހިންގާ ހުރިހައި ކޯހެއްގައި ވަކި މޮޑިޔުލްއެއްގެ ގޮތުގައި ދިވެހި ޤައުމިއްޔަތު ކިޔަވައިދޭން ނިންމައިފިއެވެ. އެކަން ޢިއުލާން ކުރެއްވީ، ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް އެ ކޮލެޖުން މިއަދު ކުރިއަށް ގެންދިޔަ ޚާއްޞަ އެސެންބުލީގެ ތެރެއިން، އެވިޑް ކޮލެޖުގެ ޗެއަރމަން ޢަބްދުﷲ މުޝްތާޤް ރަޝާދެވެ. މިއަދުގެ އެސެމްބްލީގައި ޗެއާމަން މުޝްތާޤްގެ އިތުރުން ކޮލެޖްގެ ރެކްޓަރ ޑރ. ސުނީނާއާއި، ވައިސްރެކްޓަރު ފަޔާޒްގެ އިތުރުން އެ ކޮލެޖްގެ ފެކަލްޓީތަކުގެ ޑީނުންނާއި، ބައެއް ޑެޕިއުޓީ ޑީނުން ވަނީ ވާހަކަ ދައްކ...
ޔުމްނާ ޢަލީ
ހއ. ހޯރަފުށީ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުގެ ލޯގޯއާއި ދިދަ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައި މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި. ލޯގޯއާއި ދިދަ ފަރުމާ ކުރުމުގައި ވިސްނަންވީ ކަންކަމުގެ މަޢުލޫމާތު ވަނީ ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ. މިގޮތުން ހުށަހަޅާ ޑިޒައިނަކީ އޮރިޖިނަލް ޑިޒައިނަކަށް ވާންވާނެ ކަމަށާއި ލޯގޯ އެއްގެ ކޮޕީއަކަށް ނުވަތަ ލޯގޯއިން ބައެއްގެ ކޮޕީއެއް ހިމަނައިގެން ލޯގޯ ފަރުމާ ނުކުރުމަށާއި، އަދި...
އިބްރާހިމް ޚަލީލް
ދިވެހިބަހަށް ޤަދަރުކޮށް، އިޚްލާޞްތެރިވުމަކީ ޢަމަލުން އެކަން ސާބިތުކޮށްދިނުން ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ އަޝްރަފް ޢަބުދުއްރަޙީމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހާއި ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ފޮނުއްވި ޚިޠާބެއްގައި ވިދާޅުވީ، ދިވެހިބަހަކީ ބަހަކަށް ލިބިދޭންޖެހޭ އެންމެހައި ސިފަތައް ލިބިފައިވާ ރީތި ބަހެއް ކަމަށެވެ. އަދި ބަހެއްގައި ހުންނާންޖެހޭނޭ ކަމަށް ބަހުގެ ޢިލްމުވެރިން ފާހަގަކުރައްވާ އެންމެ ފުރިހަމަ ސިފަތައް ލިބިފައިވާ ބަހެއް...
ޙުސައިން ޝަހުދީ
ރާއްޖޭގެ އިގްތިސާދީ ދުވެލި 2023 ގައި ކުރިއެރި ނަމަވެސް ދަރަންޏާމެދު ކަންބޮޑުވާ ކަމަށް ވޯލްޑު ބޭންކުން ބުނެފިއެވެ. އެ އިދާރާއިން އިއްޔެ ނެރުނު އަޕްޑޭޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދު ކުރިއެރި ނަމަވެސް ދަރަންޏާ ހެދި މާލީ ބުރައެއް އުފުލަން ޖެހިދާނެއެވެ. އެހެންވެ، ދަރަނި ރަނގަޅަށް މެނޭޖްކުރަން ވަނީ ސަރުކާރަށް ލަފާ އަރުވައިފައެވެ. އެ އަޕްޑޭޓުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 10.2 އިންސައްތަ ކުރިއަރާނެއެވެ. އެ އިދާރާއިން ލަފާ ކުރާ ގޮތުގައި ދަރަނީގެ […]
އަޙްމަދު ވަހީދު
މިއަދު ފާހަގަ ކުރަމުންދާ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާއްސަ އެސެމްބްލީއެއް ބާއްވައިވެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި، މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދި ވަނީ އެ ކައުންސިލްގެ އިދާރާގައި ހާއްސަ އެސެމްބްލީއެއް ބާއްވާފައިއެވެ. މި އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ކުޅުދުއްފުއްޓަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގެ އެސިސްޓ...
ޔުމްނާ ޢަލީ
ކޮންމެ ދުވަހަކު ބަނޑުފުރާނަ މުއްތިކުރުމަށް މަސް ހިފަން ނުގޮސްވާނެ ފަސޭހަގޮތެއް އޮތްތޯ މާކަނާކަލޯއަށް ވިސްނިއެވެ. ވަރަށް ބޮޑަށް ވިސްނުމަށްފަހު މަހަށްދާ ކެޔޮޅަކާ އެއްބަސްވުމެއް ހެދިއެވެ. އެ އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު ކެޔޮޅުބޭ މާކަނާކަލޯއަށް މަހެއް ގެނެސްދެއެވެ. އޭގެ ބަދަލުގައި ކެޔޮޅުބެއަށް މާކަނާކަލޯގެ ގައިން ލުހެފައި ފަތެއް ދެއެވެ. ކެޔޮޅުބޭ މާކަނާދޭ ފަތުން މަސް ބާނާ ވަދު ހަދައެވެ. މާކަނާކަލޯ ގޭގައި އެއްވެސް ކަމެއް ނުކޮށް އިނދެގެން މަސްކަމުންދެއެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހ...
ޢަބްދުﷲ ސަޢީދު
ކުޑަކުދިންގެ މައްސަލަތަކުގައި އެކަށީގެންވާ އިންސާފު ޤާއިމް ނުކުރެވުމަކީ ކަންބޮޑުވުމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. އެ ޕާޓީން މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގަމުންދާ ކުޑަކުދިންނަށް ކުރެވޭ އަނިޔާގެ ތަފާތު އެކި މައްސަލަތަކުގައި އެކަށީގެންވާ އިންސާފު ޤާއިމް ނުކުރެވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މިގޮތުން އައްޑޫސިޓީގައި ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކު...
އަލީ އާދިލް
ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށެވެ. އަދި އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ...
ޔުމްނާ ޢަލީ
ހއ.އިހަވަންދޫ ކުލަބް ޕޯލްސްޓާގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުލަބް ޕޯލްސްޓާ 20 ވަނަ ޤުރުއާން މުބާރާތް 1443” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު 13 އޭޕްރިލް 2022 ވީ ބުދަ ދުވަހުން ފެށިގެން 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، މުބާރާތުގައު ބައިވެރިވުމަށް ތިރީގައިވާ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ފޮނުވުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ. ފޯމް: https://forms.gle/w2Yi58QZw6gTGsAz7 […]
އިބްރާހިމް ޚަލީލް
ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް އޮޕަރޭޝަނަށް ގެނެސް ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފިއެވެ. ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައި ވަނީ މިއަދު ހެނދުނު 9:00 ޖަހާކަންހާއިރުން ފެށިގެންނެވެ. ސްޓެލްކޯއިން ބުނީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި އެ ކުންފުނީގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑްގެ ހިދުމަތް މެދުކެނޑުނީ ކަމަށެވެ. އެ މައްސަލަ ދިމާވުމުން މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެމުން ގެންދިޔައީ އި...
އަޙްމަދު ވަހީދު
ނޭޝަނަލް ޑްރަގް އެޖެންސީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ހެލްތްގައި ބޭއްވި ރަސްމިއްޔާތެއްގައި، ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ޗީފް އެގްޒެކެޓިވް އޮފިސަރު މަރިޔަމް ޙާލިދާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމެވެ. އެ އެމްއޯޔޫއަކީ އެންޑީއޭ އިން ދެމުންދާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމައާ ގުޅޭ ފަރާތްތައް މުޖުތަމައަށް...
އަޙްމަދު ވަހީދު
ފަރުޟު ނަމާދެއް ނުވަތަ ތަރާވީޙް ނަމާދު ނުވަތަ ދަމު ނަމާދު ނުވަތަ އެހެން ސުންނަތް ނަމާދެއް ކުރި ކަމުގައިވީނަމަވެސް ނަމާދުގައި ޚުޝޫޢަތްތެރި ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމާދު ކުރާއިރު އެހާ ކަމާނުވެ ހުރެ ބިންމަތީގައި ނިތްކުރި ތަޅާލާފައި ދާހެން ނަމާދު ކޮށްގެން ދިއުމަކީ މިހާރު އާންމު ވެފައިވާ ކަމެކެވެ. މާނައަކީ ގިނަފަހަރަށް ނަމާދު ކުރާއިރު ޙަޤީޤަތުގައި މިކުރެވެނީ ކޮންކަމެއްކަމެއް ޚިޔާލަކަށް ނުގެނެވެއެވެ. ބައެއްފަހަރަށް ނަމާދުގައި ހުރެ، ފިހާރައިގެ ހިސާބުކިތާބު ހަދާލާއިރު، އުސްތާޛު ހަދަން ދެއްވާފަ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ހަވާދު ހެދުމަށް ބޭނުން ވާ ތަކެތި 1 ކިބަ ކާށި (މެދު ސައިޒު) (އުކުރާފަ ފިހެފައި) 1 ބޮޑު ފިޔާ 4 ލޮނުމެދު 1/2 ގިތެޔޮ މިރުހެއް 1 އިންޗި އިނގުރު 5 ވަރަކަށް ހިކަނދި ފަތް 1 ސަމްސާ ދިރި 1 ސަމްސާ އަސޭމިރުސް 1 ސައި ސަމްސާ ދަވިއްގަނދު 1 ސައި ސަމްސާ ކޮތަންބިރި 1 އިންޗި ފޮނިތޮށި 2 ކާފުރުތޮޅި 2 ކަރަންފޫ ކުޑަ ރީންދޫ ކޮޅެއް 2 ސަމްސާ ހަނާކުރި ހަވާދު […]
ޝިއުނާ އާދަމް