މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1395 ވަނަ ޞަފްޙާ

އެތުލެޓިކޯ ކަޓުވާލުމަށްފަހު ސިޓީ ސެމީ ފައިނަލަށް

އެތުލެޓިކޯ ކަޓުވާލުމަށްފަހު ސިޓީ ސެމީ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސްލީގް ގައި ބުދަ ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑް އާއި ސިޓީ ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވުމުން ސިޓީ ސެމީފައިނަލަށް ދަތުރު ކޮށްފިއެވެ. ސިޓީއަށް ކުރި ލިބެނީ ފުރަތަަމަ ލެގުގައި 1-0 ގެ ނަތީޖާއިން އެތުލެޓިކޯގެ މައްޗަށް ކުރި ހޯދާފައި އޮތުމުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އެތުލެޓިކޯއިން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ ފަހު 15 މިނެޓްގައި ސިޓީގެ ޑިފެންސް ލައިން އަށް ބާރު ބޮޑުކުރަމުން […]

އަލީ ރިޔާޟް
ފިޠުރު ޒަކާތުގެ ގޮތުގައި 8 ލައްކައަށްވުރެއް ގިނަ ރުފިޔާ ލިބިއްޖެ

ފިޠުރު ޒަކާތުގެ ގޮތުގައި 8 ލައްކައަށްވުރެއް ގިނަ ރުފިޔާ ލިބިއްޖެ

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި މުޅި ރާއްޖެއިން 878،646.00 (އަށްލައްކަ ހަތްދިހަ އަށްހާސް ހަސަތޭކަ ސާޅީސް ހައެއް) ރުފިޔާ އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާކަމަށް އެމިނިސްޓްރީން ބުނެފި އެވެ. އެމިނިސްޓްރީން ބުނީ ޖުމްލަ 19523 (ނަވާރަ ހާސް ފައްސަތޭކަ ތޭވީސް)  މީހުން ޒަކާތް ދައްކާފައިވާއިރު މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް ޒަކާތް ދައްކާފައިވަނީ 4956 (ހަތަރުހާސް ނުވަސަތޭކަ ފަންސާސް ހައެއް) މީހުންކަމަށާއި އޮންލައިންކޮށް ޒަކާތް ދެއްކީ 14567 (ސާދަ ހާސް...

އަލީ އާދިލް
އާޒިމާގެ މައްސަލާގައި ނިހާޔަތު ވަކާލާތުކުރަން ޕީޖީ ދެކޮޅު

އާޒިމާގެ މައްސަލާގައި ނިހާޔަތު ވަކާލާތުކުރަން ޕީޖީ ދެކޮޅު

ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު މަސައްކަތް ކުރައްވާތީ އެކަން ނުކުރެވޭނެ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ. އާޒިމާގެ މައްޗަށް ކުރާ މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އާޒިމާގެ މައްސަލަ 2019 ވަނަ އަހަރު ޕީޖީ އޮފީހަށް […]

ހުސައިން ހަބީބް
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، ތިލަދުންމަތިން ޅ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، ތިލަދުންމަތިން ޅ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ، ތިލަދުންމަތިން ޅ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 19:15 އިން ފެށިގެން 21:30 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެކަމަށް ލަފާކުރެވެ އެވެ. ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް […]

އަލީ އާދިލް
"މިއީ ޖެއްސުމަށް ކުރާކަމެއް ނޫން، ބޭނުން ވަނީ ނިޒާމު ފުރިހަމަވާން"

"މިއީ ޖެއްސުމަށް ކުރާކަމެއް ނޫން، ބޭނުން ވަނީ ނިޒާމު ފުރިހަމަވާން"

އަންހެން ކައުންސިލަރުންނާއި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މަސްއޫލިއްޔަތު އަދާކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވައިލާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވުމުން އެއީ ޖެއްސުމަށް ކުރާ ކަމެއްކަމަށް ބައެއް ކައުންސިލްތަކަށް ހީވެއްޖެކަމަށާއި، ނަމަވެސް އެއީ ޖެއްސުމަށް ކުރާކަމެއް ނޫންކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވިދާޅުވެއްޖެވެ. އީވާ ހުށަހެޅުއްވި އެ ގަރާރަށް މިއަދު މަޖިލިސް ތަޅުމުގައި ބަހުސް ކުރަށްވަމ...

އަލީ އާދިލް
ކުޅިވަރު މުބާރާތްތަކުގައި ށ. ފޭދޫ ތަމްސީލުކުރާ ޓީމުތަކުން ބޭނުންކުރާނެ ލޯގޯތައް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ކުޅިވަރު މުބާރާތްތަކުގައި ށ. ފޭދޫ ތަމްސީލުކުރާ ޓީމުތަކުން ބޭނުންކުރާނެ ލޯގޯތައް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ކުޅިވަރު މުބާރާތްތަކުގައި ށ. ފޭދޫ ތަމްސީލްކުރާ ޓީމްތަކުން ބޭނުންކުރާނެ ލޯގޯތައް ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ފޭދޫ ކައުންސިލުން ހުޅުވާލައިފިއެވެ. މިއަދު އެ ކައުންސިލުން ހުޅުވާލާފައި ވަނީ އެ ރަށް ތަމްސީލްކުރާ ތިން ކުޅިވަރެއްގައި ބޭނުންކުރާނެ ތިން ލޯގޯއެއް ފަރުމާ ކުރުމުގެ ފުރުޞަތެވެ. އެ ކުޅިވަރު ތަކަކީ ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ހޭންޑްބޯޅައެވެ. އެ އިޢުލާނާއިއެކު ލޯގޯތަށް ފަރުމާ ކުރުމުގައި ހުންނަންވާނޭ ޝަރުތުތަކުގެ ތަފްސީލް ވެސް ވަނީ ހިމަނާފައެވެ. މިގޮތުން ބުނެފައިވާ ތިން ކުޅިވަރަށް ކޮން...

އިބްރާހިމް ޚަލީލް
"ނުވަ ރަށެއްގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމަށް، ބީލަމަށް ހުޅުވާލުމުގެ މަސައްކަތް އޮތީ ފަހު މަރުހަލާގައި"

"ނުވަ ރަށެއްގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމަށް، ބީލަމަށް ހުޅުވާލުމުގެ މަސައްކަތް އޮތީ ފަހު މަރުހަލާގައި"

ނުވަ ރަށެއްގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ޓެންޑަރކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި މެންބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކާގައި މިނިސްޓަރު ނަސީމް ވިދާޅުވީ، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހއ. ކެލާ، ރ. އިނގުރައިދޫ އަދި ފ. ފީއަލީ...

އަލީ އާދިލް
"ދިއްދޫ ފުޓްސަލް މުބާރާތް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

"ދިއްދޫ ފުޓްސަލް މުބާރާތް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ދިއްދޫ ކައުންސިލާއި އެ ރަށު އިޖްތިމާޢީ މަރުކަޒުގެ ގުޅިގެން ކުރިޔަށް ގެންދާ “ދިއްދޫ ފުޓްސަލް މުބާރާތް 2022” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މެއި މަހުގެ ހަތްވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބް ޖަމިއްޔާތަކަށެވެ.މި މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 18 އެޕްރީލް 2012 ވާ ހޯމަ ދުވަހުގެ 13:00 […]

އިބްރާހިމް ޚަލީލް
ދިވެހިރާއްޖޭގެ ރޭޑިއޯގެ ތާރީޚުގައި އޮތް އެންމެ ކަޅު ޞަފުޙާ: ކްރިސްޓިއަންދީނަށް ގޮވާލައި ފޮނުވި ޕްރޮގްރާމް!

ދިވެހިރާއްޖޭގެ ރޭޑިއޯގެ ތާރީޚުގައި އޮތް އެންމެ ކަޅު ޞަފުޙާ: ކްރިސްޓިއަންދީނަށް ގޮވާލައި ފޮނުވި ޕްރޮގްރާމް!

ދިވެހިރާއްޖޭގައި 29 ޑިސެންބަރު 1962 ގައި ފެށުނު ރޭޑިއޯގެ ޚިދުމަތުގެ ތާރީޚުގައި އޮތް އެންމެ ކަޅު ޞަފުޙާއަކީ 1960 ގެ އަހަރުތަކުގައި ކްރިސްޓިއަންދީނަށް ގޮވާލައި ފޮނުވި ރޭޑިއޯ ޕްރޮގްރާމެކެވެ. ސައްތައިންސައްތަ އިސްލާމީ މި ޤައުމުގެ ދައުލަތުގެ ރޭޑިއޯ ސްޓޭޝަނުން އެކަން ކުރީ އަގަށެވެ. މަދު ބޭރު ފައިސާ (ޑޮލަރު) ކޮޅެއް ލިބޭތީއެވެ. އިނގިރޭސި ބަހުން ފޮނުވި އެ ރޭޑިއޯ ޕްރޮގްރާމުގެ ނަމަކީ “ދަ ވޯލްޑް ޓްމޯރޯ” (The World Tomorrow) އެވެ. މި ޕްރޮގްރާމް ހުށަހެޅީ ހާބާޓް […]

ޢަބްދުﷲ ސަޢީދު
ކުނިން ނަފާ ހޯދުމަށް މީހުން ބިނާކުރަން ޕްރޮގްރާމެއް

ކުނިން ނަފާ ހޯދުމަށް މީހުން ބިނާކުރަން ޕްރޮގްރާމެއް

ކުންޏަކީ ނަފާ ލިބޭ ވަސީލަތެއްގެ ގޮތުގައި ހެދުމަށްޓަކައި އެ މަސައްކަތް ރާވައި ހިންގާނެ ފަންނީ މީހުން އުފެއްދުމަށް، “ކޮމްޕިޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތް”ގެ ނަމުގައި މިއަދު ޕްރޮގްރާމެއް އިފްތިތާހްކޮށްފި އެވެ. ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ، ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ތިމާ...

ޔުމްނާ ޢަލީ
ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތް މި މަހު 15 ގައި ފަށަނީ

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތް މި މަހު 15 ގައި ފަށަނީ

ހދ. ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ވެޓަރެންސް ފުޓްސަލް މުބާރާތް 2022” އޭޕްރިލް 15 ވާ ހުކުރު ދުވަހު ފެށުމަށް އެ ކުލަބުން ތާވަލު ކޮށްފޮއެވެ. މި މުބާރާތުގައި ބައިވެރި ވެފައި ވަނީ ޖުމްލަ ހަތަރު ޓީމެކެވެ. އެއީ ވައިސޫރި، ޒީރު ސްޕޯޓްސް ކުލަބް، ލަޔަންގެ އިތުރުން ޓީމް އޯކިޑެވެ. މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިން ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ […]

އިބްރާހިމް ޚަލީލް
އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެ: ޝާހިދު

އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެ: ޝާހިދު

އަންހެނުން ބާރުވެރިކޮށް، ހައްގު މަގާމު ހޯދައި ދިނުމަކީ އެމްޑީޕީން ކުރަމުން އަންނަ މަސައްކަތެއްކަމަށާއި، އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. މެމްބަރު ޝާހިދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ހުށަހަޅުއްވާފައިވާ އަންހެން ކައުންސިލަރުންނާއި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މަސްއޫލިއްޔަތު އަދާކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވ...

އަލީ އާދިލް
ރެއާލް އާއި، ވިލަރެއާލް ސެމީއަށް

ރެއާލް އާއި، ވިލަރެއާލް ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަދުވަހުގެ ރޭ ކުޅުނު މެޗްތަކުން އެގްރިގޭޓުން ކުރި ހޯދާ ސްޕެއިންގެ ދެޓީމް ރެއާލް މެޑްރިޑް އަދި ވިލަރެއާލް ސެމީފައިނަލްއިން ޖާގަ ހޯދައިފިއެވެ. ރެއާލް ސެމީޖާގަ ކަށަވަރުކުރީއެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި ވާދަކޮށް ދެލެގުގެ އެގްރިގޭޓުން ( 5-4) އިން ކުރި ހޯދައިގެންނެވެ. އަންގާރަދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން ޗެލްސީ މޮޅުވީ 3-2 ގެ ނަތީޖާއިންނެވެ. ފުރަތަމަ ލެގުގައި ރެއާލް މޮޅުވެފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. އަންގާރަދުވަހުގެ ރޭ […]

އަލީ ރިޔާޟް
ސްޓޭޕަލް ފުޑް ފެކްޓްރީއަކީ ކުޅުދުއްފުއްޓަށް ބޭނުންވެފައޮތް އިކޮނޮމިކް ޖަންޕު ޖެހުމަށް އޮތް ފުރުސަތެއް: މޭޔަރު

ސްޓޭޕަލް ފުޑް ފެކްޓްރީއަކީ ކުޅުދުއްފުއްޓަށް ބޭނުންވެފައޮތް އިކޮނޮމިކް ޖަންޕު ޖެހުމަށް އޮތް ފުރުސަތެއް: މޭޔަރު

ދިވެރާއްޖޭގެ ސްޓޭޕަލް ފުޑް ފެކްޓްރީ ކުޅުދުއްފުށި ސިޓީގައި ގާއިމް ކުރުމަކީ އެ ރަށަށް މިވަގުތު ވަރަށް ބޭނުންވެފައި އޮތް ކަމެއް ކަމަށް މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ ކުޅުދުއްފުށީގައި އެސްޓީއޯއިން ކުރަމުން އަންނަ މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޒިޔާރަތާ ގުޅިގެންނެވެ. އެ ޒިޔާރަތުގައި އެމްޕީއެލްގެ އިސްވެރިންނާއި ކުޅުދުއްފުށި ދާއިރާތަކުގެ މެމްބަރުންވެސް ބައިވެރިވެލެއްވިއެވެ. އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސް...

އަޙްމަދު ވަހީދު
ވަށަފަރު ކައުންސިލުން ކުރިއަށް ގެންދިޔަ މަދަހަ މުބާރާތް ނިންމާލައިފި

ވަށަފަރު ކައުންސިލުން ކުރިއަށް ގެންދިޔަ މަދަހަ މުބާރާތް ނިންމާލައިފި

ހއ. ވަށަފަރު ކައުންސިލުން ކުރިއަށްގެންދިޔަ މަދަހަ މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. އެކައުންސިލުން މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވަށަފަރު ކައުންސިލްގެ މެމްބަރ ހަސަން މުހައްމަދު ވިދާޅުވީ މިއީ ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދެވުނު ފުރަތަމަ މަދަހަ މުބާރާތް ކަމަށެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 3 އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ 6 އަހާރާއި 11 އަހަރާއ...

އައިޝަތު ނަސާޔާ
މަރުގެ ދައުވާލިބޭ ކުއްޖާ ގޭގައި ބަހައްޓާ މައްސަލަ ސުޕްރީމް ކޯޓަށް

މަރުގެ ދައުވާލިބޭ ކުއްޖާ ގޭގައި ބަހައްޓާ މައްސަލަ ސުޕްރީމް ކޯޓަށް

ހުޅުމާލޭގައި ކުޑަކުއްޖަކު މަރާލުމުގެ ދައުވާލިބޭ ކުއްޖާ ގޭ ބަންދުގައި ބެހެއްޓި ނިންމުމަށް ހައި ކޯޓުން ތާއީދުކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ދައުލަތުން ނިންމައިފި އެވެ. ހުޅުމާލޭގައި 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށް ލާފައި އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ކުޑަކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން އިއްޔެ އަނެއްކާވެސް ވަނީ ތާއީދުކޮށްފަ […]

ހުސައިން ހަބީބް
ކިޔަވަން ދާން، ކުރީގެ އަންހެނުން ދިން ފައިސާ އަނބުރާ ދައްކަން ޖެހިއްޖެ

ކިޔަވަން ދާން، ކުރީގެ އަންހެނުން ދިން ފައިސާ އަނބުރާ ދައްކަން ޖެހިއްޖެ

ދިވެހި ފިރިހެނަކު ރާއްޖެއިން ބޭރަށް ކިޔަވަން ދާންވެގެން ކުރީގެ އަނބިމީހާ ނަގައިދިން ލުއި ލޯނުގެ ފައިސާ އޭނާއަށް އަނބުރާ ދައްކަން ފިރިހެން މީހާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ސ. ހިތަދޫއަށް ނިސްބަތްވާ ދެ މީހަކު ކައިވެނިކޮށްގެން އުޅުނުއިރު ފިރިހެން މީހާ ކިޔަވަން ދާން ފައިސާ ހަމަނުވުމުން 80،000ރ. ގެ ލުއި ލޯނެއް ބޭންކުން ނަގައިދިނީ އަންހެން މީހާ މެދުވެރިވެގެން އޭނާ ބައްޕަ އެވެ. އަދި ދެ މީހުންގެ ވަރިވުމުގެ ކުރިން 2019 ވަނަ އަހަރު […]

ހުސައިން ހަބީބް
ފެނަކަ ސީއެސްއާރުގެ ދަށުން ށ. ފޭދޫ ސިއްޚީ މަރުކަޒަށް އޭސީ އާއި ކޮމްޕިއުޓަރު ހަދިޔާ ކޮށްފި

ފެނަކަ ސީއެސްއާރުގެ ދަށުން ށ. ފޭދޫ ސިއްޚީ މަރުކަޒަށް އޭސީ އާއި ކޮމްޕިއުޓަރު ހަދިޔާ ކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރު ގެ ދަށުން ށ. ފޭދޫ ސިއްޚީ މަރުކަޒަށް އޭސީއާއި ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާ ކޮށްފިއެވެ. އެމަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި ފެނަކައިން އެމަރުކަޒަށް ހަދިޔާ ކޮށްފައިވަނީ 24000ބީ.ޓީ.އޫ ގެ 2 އޭސީ އާއި، 2 ކޮމްޕިއުޓަރ ސިސްޓަމެވެ. އެކަމަށްޓަކައި ފެނަކާއިގެ އެމްޑީ އަޙްމަދު ސަޢީދަށާއި، ށ. ފޭދޫ ފެނަކަ ބްރާންޗުގެ އެންމެހާ މުވައްޒަފުންނަށް އެމަރުކަޒުގެ އެންމެހާ މުވައްޒަފުންގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެޗެ. މީގެ އިތުރުން ފެނަކައިން ށ. އަތޮޅަށް މިފަހުން ފޯރުކޮށްދިން […]

އައިޝަތު ނަސާޔާ