މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި އދ. އަތޮޅު ރިސޯޓެއްގައި މިމީހާ ގެނބިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 12:11 ހާއިރެވެ.
މިމީހާ މަރުވެފައިވަނީ ފަރުވާ ދެމުން ދަނިކޮށް ކަމަށް ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މަރުވެފައިވަނީ އިންޑިއާގެ އުމުރުން 30 އަހަރުގެ ފަތުރުވެރިއެކެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިހާދިސާ އިތުރަށް ތަހުގީގު ކޮށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!