މަޚްލޫފް އުޅުއްވަނީ ޒިންމާއިން ރެކި ފިތުނަ އުފައްދަން: ފުނަދޫ ކައުންސިލް
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޚްމަދު މަހްލޫފް އުޅުއްވަނީ ޒިންމާއިން ރެކި ފިތުނަ އުފައްދަން ކަމަށާއި، ރައްޔިތުންގެ މަޖިލިސްގައި އެކައުންސިލާއި ގުޅުވައިގެން މިނިސްޓަރު ހެއްދެވީ އިތުރުފުޅުކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާޙިދު ވަނީ ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ހިނގާތާ ގިނަ ދުވަސްވެ، އެ މަސައްކަތް ނުނިމި ލަސ...