Skip to main content

އައިޝަތު ނަސާޔާ

Viewer
🇲🇻 ތިލަދުން Desk
345 Stories
17 Reads

Published on ތިލަދުން (Thiladhun) by އައިޝަތު ނަސާޔާ

ނޭކުރެންދޫ ދަނޑުވެރިންނަށް މައުލޫމާތުދީފި
Thiladhunmathi News

ނޭކުރެންދޫ ދަނޑުވެރިންނަށް މައުލޫމާތުދީފި

ފިޝަރީޒް މިނިސްޓްރީގެ ޕްލާންޓް އެންޑް އެނިމަލް ހެލްތް ސާރވެއިލެންސް ޓީމްއާއި ހދ. ނޭކުރެންދޫ ކައުންސިލް ގުޅިގެން އެރަށުގެ ދަނޑުތަކަށް ޒިޔާރަތްކޮށް ދަނޑުވެރިންނަށް މައުލޫމާތުދީފިއެވެ. ނޭކުރެންދޫ ކައުންސިލް މެންބަރު ޢާއިޝަތު ޝަފާ “ތިލަދުން” ވިދާޅުވީ މި ޒިޔާރަތުގެ އެންމެ ބޮޑު މަޤްސަދަކީ ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަންނާނެ ގޮތް ދަނޑުވެރިންނަށް ކިޔާދިނުމާއިއެކު އެކަމަށް ބޭނުން ކުރާނެ ބޭހާއި ބޭސް ބޭނުން ކުރާނެ ގޮތްތައް ދަނޑުވެރިންނަށް އޮޅުންފިލުވައި ދިނުމުގެ އިތުރުން ދަނޑުވެރިންނަށް ދިމާވެފައިވާ ދަތި...

ނަރުދޫގައި ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަންނަށް ކައުންސިލުން ދޮރުން ދޮރަށް
Thiladhunmathi News

ނަރުދޫގައި ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަންނަށް ކައުންސިލުން ދޮރުން ދޮރަށް

ށ. ނަރުދޫގައި ތިބި ހާއްސަ އެހީތެރިކަމަށާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. މިގޮތުން އެރަށުގައި ތިބި ހާއްސަ އެހީތެރިކަމަށާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމަށް އެފަދަ މީހުންގެ ގާތަށް ނަރުދޫ ކައުންސިލުން ޒިޔާރަތް ކުރުމުގެ ޕްރޮގްރާމެއް މިހާރު ފަށައިގެން ދަނީ ކުރިއަށް ގެންދަމުންނެވެ. ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުޝްތަރުޝިދު “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގްރާމް ކުރ...

މަކުނުދޫ ނޫރު މިސްކިތުގެ ސައުންޑް ސިސްޓަމްއަށް ލޮނުއަޅާ ގެއްލުންދީފި
Thiladhunmathi News

މަކުނުދޫ ނޫރު މިސްކިތުގެ ސައުންޑް ސިސްޓަމްއަށް ލޮނުއަޅާ ގެއްލުންދީފި

ހދ. މަކުނުދޫގެ ނޫރު މިސްކިތުގެ ސައުންޑް ސިސްޓަމްއަށް ލޮނު އަޅާ ގެއްލުން ދީފިއެވެ. މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް “ތިލަދުން”އަށް ވިދާޅުވީ، މި އަމަލު ހިންގި ކަމަށް ބެލެވެނީ އިއްޔެގެ ހެނދުނު 8 އިން ފެށިގެން މެންދުރު 12 އާއި ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލައަކީ މި މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކަށްވާތީ އިތުރު ތަފްސީލް ދެވެން ނެތް އައުޒަމް ވިދާޅުވިއެވެ. އިސްލާމީ މުޖުތަމަޢުއެއްގައި އެފަދަ ބޭއަދަބީ އަމަލެއް ހިންގުމަކީ އެކަމާއި […]

ރަސްފަރީ ފަރަށް އުރުނު ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
Raajje

ރަސްފަރީ ފަރަށް އުރުނު ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ކ. ރަސްފަރި ފަރަށް އުރުނު ޕެނަމާގެ މުދާ އުފުލާ ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ އޯގަސްޓް މަހުތެރޭ ކ. ރަސްފަރީގެ ފަރަށް “އެމް.ވީ ނެވިއޯސް އެމެރައިލިސް” ނަމަކަށް ކިޔާ އުޅަނދު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދު، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރި...

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތް: ށ. އަތޮޅު އޮޑިޝަން ނިންމާލައިފި
Thiladhunmathi News

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތް: ށ. އަތޮޅު އޮޑިޝަން ނިންމާލައިފި

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ށ އަތޮޅުން ބައިިވެރިވާ ޓީމެއް ނެގުމަށް އޮޑިޝަން އެއް ބާއްވައިފިއެވެ. އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި އޮޑިޝަންގައި އެއަތޮޅުގެ 11 ރަށަކުން ޖުމްލަ 165 ދަރިވަރުން ބައިވެރިވިކަމަށް ށ. އަތޮޅު ކައުންސިލުން ހާމަ ކުރަށްވައެވެ. އެއީ 6 އަހަރުން ދަށުގެ އުމުރުފުރާއިން 25 ދަރިވަރުނުންނާއި، […]

ވައްކަމުގެ 2 މައްސަލައެއްގައި ތުހުމަތުވާ 3 މީހަކު ހޯދަނީ
Raajje

ވައްކަމުގެ 2 މައްސަލައެއްގައި ތުހުމަތުވާ 3 މީހަކު ހޯދަނީ

ވައްކަމުގެ 2 މައްސަލައަކާއި ގުޅިގެން 3 މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ. މިގޮތުން ފުރަތަމަ މައްސަލައަކީ މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެކެވެ. މި މައްސަލައާއި މިދިޔަ ސެޕްޓެމްބަރ މަހުގެ 09 ވަނަ ދުވަހު މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީއިން ފޯނެއް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން ވަނީ ޢިއުލާން ކޮށްފައެވެ. ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައި ދެމީހަކު ހޯދަނީhttps://t.co/RWu6MlB5YJ pic.twitt...

ކުޅުދުއްފުށީ ރައްޔިތުންގެ ބޯހިޔާވެހިކަމަށް، ސަރުކާރުތަކުން ވަނީ ބޮޑުކޮށް އިހުމާލުވެފައި: މޭޔަރު
Thiladhunmathi News

ކުޅުދުއްފުށީ ރައްޔިތުންގެ ބޯހިޔާވެހިކަމަށް، ސަރުކާރުތަކުން ވަނީ ބޮޑުކޮށް އިހުމާލުވެފައި: މޭޔަރު

ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ބޯހިޔާވެހިކަމަށް ސަރުކާރުތަކުން ވަނީ ބޮޑުކޮށް އިހުމާލުވެފައިކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވެފައި މިވަނީ މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ޒުވާނުންގެ ދުވަހު ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ދެއްވި ބޯހިޔާވެހިކަމުގެ އުންމީދީ ޚަބަރު ކަމަށެވެ. 2022 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ކ...

ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް
Thiladhunmathi News

ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް

ހދ. ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމު ކުރުމަށްޓަކައި އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން އިއުލާނު ކޮށްފިއެވެ. މިއީ ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރަން އިމާރާތެއް ހޯދަން ޢިއުލާންކުރި ދެވަނަ ފަހަރެވެ. މިގޮތުން ފުރަތަކުރި ޢިއުލާނަށް އެކަށޭނަ ތަރުހީބެއް ލިބިފައި ނުވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަ ކުރައްވާފައެވެ. ކުމުންދޫގައި ދިވެހި ފުލުހުންގެ ޚިދުމަތް ފެށުމަށް، އިމާރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފައިވާއިރު، މި ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފ...

ދީލަތި "އެހީ" ވަގުންގެ އެކައުންޓަށް، މަމްސް އިން އެދެނީ ސަމާލުވުމަށް
Raajje

ދީލަތި "އެހީ" ވަގުންގެ އެކައުންޓަށް، މަމްސް އިން އެދެނީ ސަމާލުވުމަށް

ސޯޝަލް މީޑިއާގައި، އެހީ އަށް ބޭނުންވެ ކުރެވިފައި ހުންނަ ޕޯސްޓްތައް ނަގައިގެން، އެކައުންޓް ނަންބަރ ބަދަލުކޮށް މީހުންނަށް އޮޅުވާލައިގެން ނުހައްޤުން ފައިސާ ހޯދަމުންދާ ފަރާތްތަކާއިމެދު ސަމާލުވުމަށް މަމްސް އެންޖީއޯއިން އެދެފި އެވެ. މަމްސް އެންޖީއޯއިން ބުނެފައިވަނީ މި ފަހަކަށް އައިސް މިފަދަ ދަށުދަރަޖައިގެ އަމަލުތައް ސޯޝަލް މީޑިއާގައި ހިންގަމުންދާ ފަރާތްތައް އިތުރުވެފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެންމެ އެދެވިގެންވާ އެހީތެރިކަން ނުލިބި ގެއްލުންތައް ލިބ...

ކެލާ ލޯކަލް މާރުކޭޓް ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދަނީ
News

ކެލާ ލޯކަލް މާރުކޭޓް ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ބަނދަރު ސަރަހައްދުގައި ޤާއިމްކުރެވޭ ލޯކަލް މާރުކޭޓްގެ މަސައްކަތް ކެލާ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލައަށް ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާއަށް ގޮސް މައުލޫމާތު ސާފު ކުރަންޖެހެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ 18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ. މީގެ އިތުރުން […]

ގޮއިދޫގައި ނިޔަމިކަމުގެ ކޯހެއް ފަށަނީ
Thiladhunmathi News

ގޮއިދޫގައި ނިޔަމިކަމުގެ ކޯހެއް ފަށަނީ

ނިޔަމިކަމުގެ ސެޓްފިިކެޓް ލެވެލް 2 ގެ ކޯހެއް ށ. ގޮއިދޫގައި ފެށުމަށް ނިންމައިފިއެވެ. ގޮއިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި ކޯހަކީ ކަނޑުމަތީގެ ލައިސެންސް ނެގުމާއި އާކުރުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއްކަން ގޮއިދޫ ކައުންސިލުން ފާހަގަ ކުރައްވައެވެ. އަދި މިކޯހުގެ ސަބަބުން ތައުލީމީ ސެޓްފިކެޓްއެއް ލިބިގެންދާނެކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ. މިކޯހުގެ ތެރެއިން ކަނޑުމަތީގެ ރައްކާތެރިކަމަށް އަަޅަން ޖެހޭ ފިޔަވަޅުތަކާއި، ނެވިގޭޝަންއާއި ކޮމިއުނިކޭޝަން ގެ އިތުރުން މެރިޓައިމް އަދި ތިމ...

ކަނބަލުންނަށް ހާއްސަކޮށް ނަރުދޫގައި އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް
Thiladhunmathi News

ކަނބަލުންނަށް ހާއްސަކޮށް ނަރުދޫގައި އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް

ށ. ނަރުދޫގެ 30 އަހަރުން މަތީގެ ކަނބަލުންނަށް ހާއްސަކޮށް އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. ނަރުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމް އަކީ 1 މަސް ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށް އެ ކޮމިޓީއިން މައުލޫމާތު ދެއްވައެވެ. އެގޮތުން އެ ކޮމިޓީއިން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން […]

އާދިއްތަ ދުވަހު ބަޖެޓް ހުށައަޅަނީ
Raajje

އާދިއްތަ ދުވަހު ބަޖެޓް ހުށައަޅަނީ

2022 ވަނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް އަންނަ އާދީއްތަ ދުވަހު ހުށަހެޅުމަށް ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓްއެއް އެކުލަވާލުވުމަށް ނިންމާފައިވާއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރެވިފައިވަނީ 23.6 ބިލިއަން ރުފިޔާއެވެ. ދަރަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކޮށްފައި ވާއިރު ސަރުކާރުން ވަނީ 2022 އަދި 2023 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަ ކުރުމަށް މަސައްކަތް ކުރައްވާނެ […]

2 މީހަކުވެގެން، ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކާ ފޭރުނު މައްސަލައެއް
Raajje

2 މީހަކުވެގެން، ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކާ ފޭރުނު މައްސަލައެއް

މާލެ މަޖީދީމަގުން ހުޅުމާލެ ދިއުމަށް ޓެކްސީއަކަށް އެރި 2 މީހަކު ޓެކްސީ ޑްރައިވަރ އަށް ވަޅިން ބިރު ދައްކައި ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މި އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ. އެގޮތުން ވަޅިން ބިރުދައްކައިގެން ޓެކްސީ ޑްރައިވަރ އަތުން 700 ރުފިޔާ ފޭރިގަތުމަށްފަހު އެމީހުން ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ […]

ކޮމިޓީތަކުގެ ބިލްތައް އަވަސްކޮށްދިނުމަށް އެދިވަޑައިގެންފި
Raajje

ކޮމިޓީތަކުގެ ބިލްތައް އަވަސްކޮށްދިނުމަށް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި މިވަގުތު ހުރި ބިލްތަކުގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ. ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންފައި މިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ސަރުކާރުގެ ބިލްތައް ހުށައެޅުން ލަސްވެގެން އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާ އެމަނިކުފާނު ވިދާޅުވެފައިވަނީ ގާނޫނީ މަސައްކަތް ނުކުރެވޭ ކަމުގެ މަންޒަރު އެމަނިކުފާނަށް ސިފަވެވަޑައިގަންނަވާ ކަމަށެވެ....