މިއަހަރު ބާއްވަން ނިންމާފައިވާ، "ދި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަން ޝިޕް 2022"ގެ ލޯގޯ އިފްތިތާޙް ކޮށްފިއެވެ.

"ދި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަން ޝިޕް 2022"ގެ ލޯގޯ އިފްތިތާޙްކޮށް ދެއްވީ މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

Ad
rt

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ދުވަހަކުވެސް ތަރައްޤީ ނުކުރެވޭ ވަރަށް ކުޅިވަރުގެ ދާއިރާގެ މަސައްކަތްތައް ރާއްޖޭގައި ކުރިއަށްދާ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ކުޅިވަރަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކުގައި މަސައްކަތްކުރުންފަދަ ރަނގަޅު އެތައް ކަންތައްތަކެއް އޭގެ ޒަރީއާއިން ގެނެސްދޭނެ ކަމެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކުޅިވަރު އިތުރަށް ފުޅާކުރުމަށް އަދި ޚާއްޞަކޮށް ޒުވާނުން ކުޅިވަރުގެ މައިދާނަށް ނެރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޓީޓީ މެޗެއް ކުޅުއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

އަންނަ މެއި މަހުގެ 9 އިން 12 އަށް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މިޓީޓީ މުބާރާތުގައި ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ޤައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެރިވާނެއެވެ. އެގައުމުތަކަކީ ދިވެހިރާއްޖެ، ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝްގެ އިތުރުން އިންޑިޔާ އަދި ޕާކިސްތާނެވެ.