މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ 25 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމްގެ ދަސްވެނިވުން ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.
މިއީ އެޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި ''ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ'' ޕްރޮގްރާމް ގެ 7 ވަނަ ބެޗްގެ ދަސްވެނިވުމެވެ.
ކަރެކްޝަނަލް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ 3 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 36 ޓްރޭނީއިން ބައިވެރިވެފައި ވާއިރު އެންމެ ޓްރެއިނީއެއް ފިޔަވައި ހުރިހާ ފަރާތްތަކުން ވަނީ ކާމިޔާބު ކަމާއިއެކު މިޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ އެވެ.
ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފްއެވެ. އަދި މިޕްރޮގްރާމްއިން ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި ފަރާތްތަކަށް މެޑަލް ޙަވާލުކޮށްދެއްވީ މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ.
Asaasee thamreen furihamakoh @CorrectionsMv ah Mirey gulhunu 35 officerunnah maruhabaa. dhaulathuge belumugedhashugai bandhukuraa meehun balahattaa, khidhumayi thakaai faruvaage program hingumakee gaumee khidhumatheh. Amaanaayi therikamaaeku zimmaa adhaakurumah naseyhaitherivan. pic.twitter.com/8CexiZsdMk
— Imran Abdulla (@ShimranAb) April 15, 2022
މިޕްރޮގްރާމްގެ އެންމެ ދުޅަހެޔޮ ސިއްޙަތެއް ހުރި ނުވަތަ ''ފިޓެސްޓް'' ފިރިހެން އަދި އަންހެން އޮފިސަރުން ކަމަށް ހޮފިފައިވަނީ ޕްރައިވެޓް ސިންވާން އިބްރާހިމް ހަލީމް އާއި ޕްރައިވެޓް ޚަދީޖާ ރާޔާ ޢަލީ އެވެ. އަދި މުޅި ޕްރޮގްރާމްއިން އެއްވަނަ، ''ބެސްޓް އޯލް ރައުންޑް'' ގެ ލަޤަބް ކާމިޔާބުކޮށްފައިވަނީ ޕްރައިވެޓް ޙުސެއިން ހުމާމްއެވެ.
މި ރަސްމިއްޔާތުގައި ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ ފެމިލީ ކޯޓްގެ ޣާޒީ އަލްއުސްތާޛާ މައީޝާ ޔޫސުފް ސަމީރުއެވެ.
މީގެއިތުރުން މިރަސްމިއްޔާތުގެ ތެރެއިން ޕެރޭޑް ޖެހުމާއި ކޯސް ކުރިއަށްދިޔަ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަންއެއްވެސް ވަނީ ހުށައަޅާފައެވެ. މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރުގެ އިތުރުން ކަރެކްޝަނަލް ކޮމިޝަންގެ އިސްވެރިންވެސް ވަނީ ބައިވެރިވެލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!