ކުރާ ހުވައަކީ ކިޔައިލާ ލަފުޒުތަކެއް ނޫން، އެއީ ޤައުމަށް ވެވޭ މަތިވެރި ވަޢުދެއް: ޒަރީރު
ކަރެކްޝަނަލް އޮފިސަރުން ކުރާ ހުވައަކީ ހަމައެކަނި ދުލުން ކިޔައިލާ ލަފުޒުތަކެއް ނޫން ކަމަށާއި، އެއީ ޤައުމަށާއި ރައްޔިތުންގެ ހިމާޔަތަށް އަދި ޤާނޫނު ނެގެހެއްޓުމަށް ވެވޭ މަތިވެރި ވަޢުދެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ސީޕީ ޒަރީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދިޔަ “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ޕްރޮގްރާމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ މާފ...