ޖަލުގެ ތެރެއަށް ސިއްރުން މަނާތަކެތި ވެއްދުން ހުއްޓުވުމަށާއި ޖަލުގެ ތެރޭން ކުރާ ސްކޭމް ކޯލުތައް ހުއްޓުވަން މާލެ އަތޮޅު މާފުށީ ޖަލުގައި ބަހައްޓާފައިވާ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި އެވެ.

މާފުށީ ޖަލުގައި އަލަށް ބެހެއްޓި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިންގެ ހިދުމަތް ފައްޓަވާދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.

Ad
rt

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މި ބޮޑީ ސްކޭނަރަކީ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ޖަލުގައި ބެހެއްޓުނު އެންމެ ފަހުގެ ޒަމާނީ ބޮޑީ ސްކޭނިން މެޝިނެއް ކަމަށެވެ.

މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިންކަން ފާހަގަކޮށް ސަރުކާރުންމި މެޝިން ފޯރުކޮށްދިނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ މެދުވެރިކޮށް ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފައި ވެއެވެ.

ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާތަކެތި ވައްދައި، ކުށްކުރަމުން ދިޔަ ދިޔުން ހުއްޓުވުމަށް، އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މާފުށީ ޖަލަށް ގެންދެވިފައިކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި ސްކޭނަރުގެ ސަބަބުން ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވާލެވި ޖަލުން ކުރާ ސްކޭމް ކޯލުތައް ހުއްޓުވުމަށް ވެސް އެހީވެދޭނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.