ސްކޫލް ދައުރުންފެށިގެން ކުނި މެނޭޖްކުރުމަށް ދަރިވަރުން އަހުލުވެރިކުރުވަންޖެހޭކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ “ކުނި މެނޭޖު ކުރުމުގެ ބިލު”ގެ ބަހުސްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކާގައެވެ. ޔާސިރު ވިދާޅުވީ، ކުނީގެ ސަބަބުން ކުރާ އަސަރުގެ ވާހަކަ އެމްޑީޕީން އަދި ޚާއްޞަކޮށް މަޖިލީ...
އަލީ އާދިލް
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަން ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޢިއުލާންކޮށްފިއެވެ. ފުލުހުން ވިދާޅުވީ، އެމީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް، ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާ އަކީ، ކްރިމިނަލް ކޯށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހެއްކަމަށް ވެސް ވިދާޅުވިއެވެ. ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެން ހޯދަމުންދަނީ، ހއ. ހޯރަފުށި/ ހ...
އަލީ އާދިލް
އައްޑޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާމިނަތުދިޔަ ބަންދުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. މިދިޔަ މާޗް މަހު ސްކޫލެއްގައި މަސައްކަތް ކުރަމުން އުޅުމުގެ ތެރޭގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ހައްޔަރުކުރި އުމުރުން 59 އަހަރުގެ އާމިނަތުދިޔަ މިދިޔަ މަހު ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަންގާފައި ވަނިކޮށެވެ. އޭނާ ބަންދުކުރި ފަހުން ޕީޖީން ނިންމީ ދައުވާ ކުރެވޭނެ ހެއްކެއް ނެތް […]
ހުސައިން ހަބީބް
އަމީރުލްޙައްޖުގެ ގޮތުގައި މި އަހަރު ވަޑައިގަންނަވާނީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިކަން ހާމަ ކުރައްވައި ރައީސް އޮފީހުން ވިދާޅުވީ އަމީރުލް ޙައްޖުގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ހަމަޖެއްސެވީ މި އަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށް ކަމަށެވެ. އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާ...
ސަނިއްޔާ އަބޫބަކުރު
ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ހައިކޯޓުން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފު އިބްރާހީމް އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ވޭތުވެދިޔަ 11 އަހަރު ފަނޑިޔާރުކަމުގެ މަގާމުގައި އަލްއުސްތާޛު ޢަބްދުލް ރައޫފު އިބްރާހީމް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތަށް ހައިކޯޓުން ވަނީ ޝުކުރު ދަންނަވާފައެވެ. ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް މަޤާމުން އިސްތިއުފާ ދެއ...
ސަނިއްޔާ އަބޫބަކުރު
ބައިނަލް އަޤްވާމީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް މިއަހަރު ދުނިޔޭގައި ފާހަގަ ކުރަމުންދަނީ އިންސާނީ ދަރިފަސްކޮޅު މި ބިންމަތީގައި ދެމިއޮތުމަށް ނުރައްކާކުރާ ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް އިބްރާހީމް މިހެން ވިދާޅުވީ، ބައިނަލް އަޤްވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދުންފަތަކީ އޭގެ ބޭނުންކ...
ސަނިއްޔާ އަބޫބަކުރު
އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ތެޔޮ ބަންކަރިންގެ ހިދުމަތާއި ތެޔޮ ސްޓޯރޭޖެއް އަޅަން ނިންމާފައިވާ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު މިހެން ވިދާޅުވީ ކްރޮސްރޯޑްސްގައި ކުރިއަށްގެންދިޔަ އެސަޓީއޯގެ އަހަރީ އާއްމު ޖަލްސާގައެވެ. އެ ޖަލްސާގައި އެސްޓީއޯ އިން ކުރިއަށްގެންދާ ބޮޑެތި ޕްރޮޖެކްޓުތަކާ ގުޅޭ މައުލޫމާތު އޭނާ ވަނީ ހިއްސާދާރުންނާ ހިއްސާ ކުރައްވާފައެވެ. ތެލުގެ ވިޔަފާރިއަކީ އެސްޓީއޯގެ އެންމެ ބޮޑު ވިޔަފާރިކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވ...
އަޙްމަދު ވަހީދު
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާ އަކަށް 65ރ. ބަހަން ފާސްކޮށްފިއެވެ. އެސްޓީއޯއިން ކްރޮސްރޯޑްސްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި، ހިއްސާ އަކަށް 65ރ. ބަހަން ފާސްކުރީ އެ ޖަލްސާ އަށް ހާޒިރުވި 782 މީހުންގެ 99 އިންސައްތަ ހިއްސާދާރުންގެ ވޯޓުންނެވެ. އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އެކި ވިޔަފާރިތަކުން ޖުމްލަ އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބުނިއިރު ތެލުގެ ވިޔަފާރިން އެކަނި އެ ކުންފުންޏަށް ހަ ބިލިއަން ރުފިޔާ ލިބުނެވެ. […]
އަޙްމަދު ވަހީދު
100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް މ. ދިއްގަރަށް ތައާރަފް ކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު އެ ރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ. “ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ ސުޕްނެޓް ޕެކޭޖްތަަައް އެ ރަށަށް ތައާރަފްކޮށްފައި ވާއިރު، ހޯޑެއްދޫ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށް […...
އަޙްމަދު ވަހީދު
އަންނަ އަހަރު މާލެ ސަރަޙައްދުގައި ކުނިން ކަރަންޓް އުފެއްދުމަށް 2.3 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢެއް ފައްޓަވާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ. މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ވިދާޅުވީ، އަންނަ އަހަރު މާލެ ސަރަޙައްދުގައި ފައްޓަވާ މި މަޝްރޫޢަކީ 2.3 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢެއް ކަމަށާއި، މި ނިޒާމު މެދުވެރިކޮށް ދުވާލަކު 10 މެގަވޮޓާއި 12 މެގަވޮޓާ ދެމެދުގެ ކަރަންޓު […]
ސަނިއްޔާ އަބޫބަކުރު
ށ. މިލަންދޫ ސްކޫލްގެ އަލިމަސްޔޫބީލާ ގުޅިގެން ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން މިލަންދޫ ސްކޫލުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސުކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލާފައި ވާކަމަށާއި ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލޯގޯއެއް ހުށަހެޅޭނެ ކަމަށެވެ. މިގޮތުން އެއްވަނަ އަށް ހޮވޭ ލޯގޯ ފަރުމާކުރާ ފަރާތަކަށް ފައިސާގެ އިނާމެއްގެ އިތުރުން އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް އަރުވާނެ […]
ސަނިއްޔާ އަބޫބަކުރު
އިޒްރޭލު ސިފައިންގެ ފައުޖުތަކުގެ ނިވަލުގައި ޔަހޫދީންގެ ގިނަބަޔަކު މަސްޖިދުލް އަޤްޞާއަށް ވަދެ މިސްކިތުގެ ޙުރުމަތް ކަނޑައިފިއެވެ. އެގޮތުން އެތައް ހާސް ޔަހޫދީންނެއްވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްޞާއަށް ވަދެގަނެ މިސްކިތުގައި ނަމާދަށް ތިބި މުސްލިމުންނަށް ޙަމަލާދީ މިސްކިތް ތެރޭގައި ލޭއޮހޮރުވާފައެވެ. 1967ވަނަ އަހަރު ތެރޭގައި އިސްރާއީލުގެ ބާރުގެ ދަށަށް ޤުދުސް ގެނެވުމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ޔަހޫދީން ބޮޑެތި އެއްވުންތައް ބާއްވައެވެ...
ސަނިއްޔާ އަބޫބަކުރު
ހއ. މުރައިދޫ އަބްދުއް ރަޙްމާން އިބްރާހީމް، މުރައިދޫ މީހުންގެ ނަމުންނަމަ ބޮޑު ތުއްތުބެ ނުވަތަ ކުޑަ ކަތީބެއަކީ މުރައިދޫއަށާއި ބޮޑު ތިލަދުންމައްޗަށް ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. ތިލަދުންމަތީގެ ހަރު އުމުރުގެ ގިނަބަޔަކު ދަންނަ ހަރުދަނާ ސަހުސިއްޔަތެކެވެ. އަބްދުއް ރަޙްމާން ނިޔާވެފައި ވަނީ 28 މެއި 2022 ވީ ހޮނިހިރު ދުވަހުއެވެ. ނިޔާވިއިރު އައިޑީ ކާޑުން ފެންނަ ގޮތުގައި އުމުރަކީ 103 އަހަރެވެ. މުރައިދޫގެ ދޮށީ އުމުރުގެ މީހުން ބުނާގޮތުންނަމަ އަބްދުއް [...
އިބްރާހިމް ޚަލީލް
ހއ. އަތޮޅު ހޮސްޕިޓަލް ހިމެނޭހެން ހަތަރު އަތޮޅު ހޮސްޕިޓަލެއްގެ އާ އިމާރާތް ފަރުމާކޮށް، އިމާރާތްކުރަން މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ. އެ ހޮސްޕިޓަލްތަކަކީ، ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ރ. އަލިފުށި ހޮސްޕިޓަލާއި ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަދި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ހޮސްޕިޓަލްތައް ފަރުމާކޮށް، ޑިޒައިން ކުރަން ހަވާލުކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސ...
ޝިއުނާ އާދަމް
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތަކީ ގޯސް ކަމެއް ނުވަތަ ނޫން ކަމެއް ކަން ވެސް މިވަގުތު ކަނޑައެޅެން ނެތް ކަމަށް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފި އެވެ. އިންޑިއާ އައުޓް ބެނާއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ވަނިކޮށް އެ ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން ނެގި މައްސަލާގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭ ކަމަށް […]
ހުސައިން ހަބީބް
ވިޔަވަތި ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމަށާއި މިކޮންފަރެންސް މެދުވެރިކޮން ހައްލު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަމަށާއި އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ވިއަވަތި ކޮންފަރެންސްގެ މައްޗަށް އަލިއަޅުއްވާ ލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ކޮންފަރެންސްގައި ޖުމްލަގޮތެއްގައި ހުރިހާ ކައުންސިލްތަކާއި ޑަބްލިޔޫ.ޑީ.ސީ ތަކުންވެސް ކުރިމަތިކުރީ ގާތްގަނޑަކަށް ހަމަ އެއް މައްސަ...
ސަނިއްޔާ އަބޫބަކުރު
އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯރޓް އެސޯސިއޭޝަން (އަޔާޓާ)ގެ އޮތަރައިޒްޑް ޓްރެއިނިންގ ސެންޓަރަކަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ކޮލެޖް ކަމަށްވާ އެވިޑް ކޮލެޖް މިއަދު ވެއްޖެއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދަރަޖަ ދެއްވައި ސެޓިފައިޑް ލިޔުން އެވިޑް ކޮލެޖާ ހަވާލުކޮށްދެއްވެވީ ސައުތު އޭޝިޔާ ރީޖަނަށް “އަޔާޓާ” އިން ކަނޑައަޅުއްވާފައިވާ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ލޮކޭޝް މައްޓާއެވެ. އެވިޑް ކޮލެޖްގެ ފަރާތުން ސެޓްފިކެޓާއި ހަވާލުވެލެއްވެވީ ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސ...
އަޙްމަދު ވަހީދު
ގއ. ދާންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން، އެ ރަށުގެ 52,099 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާމެއެވެ. އަދި، 4,953 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 333 މީޓަރުގެ ބޭރުތޮށި ލުމާއި، 529 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުންވެސް މި މަޝްރޫއުގެ […...
އަޙްމަދު ވަހީދު