މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,454 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1357 ވަނަ ޞަފްޙާ

ބިލެއްފަހި ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ބިލެއްފަހި ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ. ބިލެއްފަހި ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ބިލެއްފަހު ކައުންސިލް ފުޓްސަލް ކަޕް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް އެންމެންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އެ ރަށުގައު ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމެވެ. އަދި މީގެ އިތުރުން އެ ރަށުގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް...

އިބްރާހިމް ޚަލީލް
ރަށްފުށުގެ ބިނާ ވެށި ޕްލޭނުގެ ފަހަތުގައި މަހުޖަނުންގެ އަނދިރި ޕްލޭނެެއް!

ރަށްފުށުގެ ބިނާ ވެށި ޕްލޭނުގެ ފަހަތުގައި މަހުޖަނުންގެ އަނދިރި ޕްލޭނެެއް!

ރާއްޖޭގެ ރަށްތައް ލާމަރުކަޒީ ނިޒާމުން ހިންގުމަކީ ރަށުގެ އިހުތިސާސްގެ ފައިދާ އާއި ބާރުތައް ރަށުގެ ރައްޔިތުންނަށް ދޫކޮށްލެވޭ މިންވަރަކުން ފުރިހަމަވެގެންދާ ނިޒާމެއްގެ ގޮތުގައި ރައްޔިތުން ޤަބޫލުކުރަން ފެށިތާ ދުވަސްތަކެއް ވެއްޖެއެވެ. ލާމަރުކަޒީ ޤާނޫނުގެ ބާރުތައް އަދިވެސް މައި ސަރުކާރުން ދޫނުކޮށް ހިފަހައްޓާ ވާހަކަ އަކީވެސް އަޑުގަދަ ވާހަކައެކެވެ. ރަށުގެ ބިނާ ވެށި ޕްލޭން ހެދުމުގެ ބާރު ވަނީ ރައްޔިތުން އެދޭގޮތައް އެކުލަވާލުމަށް ރަށު ކައުންސިލަށް ޒިންމާ ކުރުވާފައެވެ. މިދުވަސްވަރު އެންމެ ސަމާލުކަންދީގެން ރަ...

އިބްރާހީމް ފައިސަލް
ފެލިވަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ފެލިވަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ޅ. ފެލިވަރު ބިންހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މި މަޝްރޫޢުގެ ދަށުން، ފެލިވަރުގައި 6 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސ...

އަޙްމަދު ވަހީދު
ފުނަދޫ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް އެރަށު ކައުންސިލުން ދޭ އިނާމް ހަވާލުކޮށްފި

ފުނަދޫ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް އެރަށު ކައުންސިލުން ދޭ އިނާމް ހަވާލުކޮށްފި

ށ. ފުނަދޫ ސްކޫލްގެ 2019 އަދި 2020 ވަނަ އަހަރުގެ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އެރަަށު ކައުންސިލުންދޭ އިނާމް ފުނަދޫ ސްކޫލާއި ހަވާލުކޮށްފިއެވެ. ފުނަދޫ ސްކޫލްގެ ދަރިވަރުން ރަނގަޅު ނަތީޖާ ހޯދުމަށް ބާރުއަޅައި، ހިތްވަރު ދިނުމުގެ ގޮތުން ފުނަދޫ ކައުންސިލުން ފުނަދޫ ސްކޫލްގެ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު (ބެސްޓް އޯލްރައުންޑު ސްޓޫޑަންޓް) އަށް ކޮންމެ އަހަރަކު ދެމުން އަންނަނީ ލެޕްޓޮޕެކެވެ. މިގޮތުން 2019 އަދި 2020 […]

ޔުމްނާ ޢަލީ
ފޯކައިދޫ ބަނދަރުގެ ބޮޑު ބައެއް ނިމިއްޖެ

ފޯކައިދޫ ބަނދަރުގެ ބޮޑު ބައެއް ނިމިއްޖެ

ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ފޯކައިދޫގެ ބަނދަރުގެ 68 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ […]

އަޙްމަދު ވަހީދު
ލިބެން ޖެހޭ 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި: ވެމްކޯ

ލިބެން ޖެހޭ 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި: ވެމްކޯ

ވެމްކޯއިން ފޯރުކޮށްދޭ ކުނި ނެގުމުގެ ޚިދުމަތަށް 42 މިލިއަން ރުފިޔާ އަށްވިރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ އެ އަދަދަކީ ވެމްކޯގެ ތާރީޚުގައި ނުލިބިހުރި ފައިސާކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭނީ ގާނޫނީ ފިޔަވަޅެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނަަ ވިދާޅުވީ ނުދައްކާ ހުރި ބިލްތައް ސަސްޕެންޑް ކޮށް ރަނގަޅު ޑޭޓާ އެއްކުރުމުގެ...

އަޙްމަދު ވަހީދު
ނައިވާދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ނައިވާދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ހދ. ނާވައިދޫ ގައި ގާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިއީ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” ގެ ދަށުން ހަދާ ފެރީ ސްޓޮޕެކެވެ. މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޙަނާވެސް ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. މި ފެރީ ސްޓޮޕަކީ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ […]

އަޙްމަދު ވަހީދު
ޔަހޫދީންނަށް މަސްޖިދުލް އަޤްޞާގައި އަޅުކަން ނުކުރެވޭނެ: ޤުދުސް ޑިސްޓްރިކްޓް ކޯޓު

ޔަހޫދީންނަށް މަސްޖިދުލް އަޤްޞާގައި އަޅުކަން ނުކުރެވޭނެ: ޤުދުސް ޑިސްޓްރިކްޓް ކޯޓު

ޔަހޫދީންނަށް މަސްޖިދުލް އަޤްޞާގައި އަޅުކަން ނުކުރެވޭނެ ކަމަށް ޤުދުސް ޑިސްޓްރިކްޓް ކޯޓުން ޙުކުމް ކުރައްވައިފިއެވެ. ޔަހޫދީންނަށް މަސްޖިދުލް އަޤްޞާގައި އަޅުކަން ކުރެވޭގޮތަށް ޤުދުސްގެ މެޖިސްޓުރޭޓު ކޯޓުން ކުރިން ކޮށްފައިވާ ޙުކުމު ބާޠިލު ކުރައްވައި ޤުދުސް ޑިސްޓްރިކްޓް ކޯޓުން އިއްވެވި ޙުކުމުގައި ޑިސްޓުރިކްޓު ކޯޓުން ވިދާޅުވެފައިވަނީ މަސްޖިދުލް އަޤްޞާ ހުންނަ ބިމަކީ ޔަހޫދީންނަށް ޚާއްޞަ ބިމެއްކަމަށް އިންކާރު ކުރެވެން ނެތްކަމަށެވެ. އެހެންނަމަވެސް އިސްކަންދޭން ޖެހޭނީ ޢާއްމު މަސްލަހަތަށް ކަމަށާއި އެހެންކަމުން...

ސަނިއްޔާ އަބޫބަކުރު
ހައްޖައްދެވޭނެ 100 މީހުން ހޮވާނީ ގުރުއަތުން، ފުރުޞަތު ހުޅުވާލައިފި

ހައްޖައްދެވޭނެ 100 މީހުން ހޮވާނީ ގުރުއަތުން، ފުރުޞަތު ހުޅުވާލައިފި

މިއަހަރު ރާއްޖެއަށް ލިބުނުގެ ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލި 100 ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތު ޙައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ. މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވާ 453 ޖާގައެވެ. މި ޖާގަތަކަށް މީހުން ޙައްޖަށް ގެންދިޔުމުގެ ފުރުޞަތު މިފަހަރު ހަމައެކަނި ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން...

އިބްރާހިމް އަސްވާޤް
މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުން ހުއްޓުވަން އަންގައިފި

މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުން ހުއްޓުވަން އަންގައިފި

މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން، މާލޭ ސިޓީ ކައުންސިލަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ. އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް މިއަދު ވަނީ މިކަން ހުއްޓުވުމަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ބުނީ މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. “ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ޙުރުމަތްތެރި ކުރައްވާފައިވާ ތަނެއް، މަހާނަތ...

އިބްރާހިމް އަސްވާޤް
ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުން ހަރުދަނާކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ސެމިނާއެއް ފަށައިފި

ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުން ހަރުދަނާކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ސެމިނާއެއް ފަށައިފި

ދިވެހިރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުން ހަރުދަނާކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ހާއްސަ ސެމިނާއެއް ފަށައިފިއެވެ. 4 ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިސެމިނާ އަކީ، އިލްމް އިންސްޓިޓިއުޓްއާއި އިސެސްކޯއާ ގުޅިގެން ބާއްވާ ސެމިނާއެވެ. މިސެމިނާ ކުރިއަށް ދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އިލްމު އިންސްޓިޓިއުޓް އިން ބުނީ މިއީ، ދިވެހިރާއްޖޭގައި ޢަރަބި ބަސް އުނގެނުމާއި އުނގަންނައިދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އިސެސްކ...

އިބްރާހިމް އަސްވާޤް
ދައުލަތުގެ ޚަރަދު ކުޑަނުކޮށްފިނަމަ "ދަރަނީގެ ފަރުބަދަ ބޮލަށްވެއްޓޭނެ": އުމަރު

ދައުލަތުގެ ޚަރަދު ކުޑަނުކޮށްފިނަމަ "ދަރަނީގެ ފަރުބަދަ ބޮލަށްވެއްޓޭނެ": އުމަރު

ދިވެހި ދައުލަތުގެ ޚަރަދަށް ހޭދަވާ މިންވަރުން 30 އިންސައްތަ ކުޑަނުކޮށްފިނަމަ، “ދަރަނީގެ ފަރުބަދަ ބޮލަށްވެއްޓޭނެކަމަށް” ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު މިހެން ވިދާޅުވީ، ރޭ ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އުމަރު ވިދާޅުވީ މިހާރު ދިވެހި ދައުކަތުން ހިނގަމުންދާ ޚަރަދުތަކާއި ކުރެވެމުންދާ ހޭދަތައް އަލުން ބަލައި ޚަރަދު ކުޑަކުރަންޖެހިފައިވާ ކ...

އަލީ އާދިލް
ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފަށައިފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ނާޝިޒު އާއި ހިރިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، 1,080 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ގްރޮއިނ...

އަޙްމަދު ވަހީދު
ގާސިމްގެ މަރު: ހެކިބަސް ނެގުން ނިންމާލައިފި

ގާސިމްގެ މަރު: ހެކިބަސް ނެގުން ނިންމާލައިފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގެ ހެކިބަސް ނެގުން ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ. ހުޅުމާލޭގައި ޓެކްސީގައި ދުއްވާފައި ދަނިކޮށް ގާސިމްގެ އަތުން ފައިސާ ފޭރުމުގެ ގޮތުން އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ ޝަރީއަތުގައި ހެކިބަސް ނެގުން ކުރިއަށް ގެންދާތާ ދެ ތިން މަސް ވެއްޖެ އެވެ. އެކި ދުވަސްމަތިން އެކި ހެކިވެރިން ގެނައުމަށްފަހު މިއަދު އެންމެ ފަހު ހެއްކަކަށް ކޯޓަށް ހާޒިރުކުރީ ގާސިމްގެ މެޑިކޯ […]

ހުސައިން ހަބީބް
ހަންޏާމީދޫ ފުޓްބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ހަންޏާމީދޫ ފުޓްބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

އދ. ހަންޏާމީދޫ ފުޓްބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މި މަޝްރޫއުގެ މަސައްކަތް ކުރަނީ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ. މި މަަސައްކަތުގެ ދަށުން، ސައިޓް ކްލިއަރ ކޮށް، 9775 އަަކަ މީޓަރުގެ ސަރަޙައްދެއް ކޮމްޕެކްޓްކޮށް ލެވެލް ކުރާނެއެވެ. އެމްޓީސީސީން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ އަދަދެއްގެ މަސައްކަތްތައް...

އަޙްމަދު ވަހީދު
"އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް "ބާކީ ނުވޭ" ނަމުގައި ކެމްޕެއިނެއް

"އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް "ބާކީ ނުވޭ" ނަމުގައި ކެމްޕެއިނެއް

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިިސްވެ ރާއްޖޭގައި ހިންގަމުން އަންނަ “އިންޑިއާ އައުޓް” ކެމްޕޭނާއި ދެކޮޅަށް “ބާކީ ނުވޭ” ނަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިސްވެ މީސްމީޑިއާގައި ކެމްޕޭނެއް ފަށައިފިއެވެ. “ބާކީ ނުވޭ”  ހޭޝްޓެގެއް ބޭނުންކޮށްގެން އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތައް މިހާރު މީސްމީޑިއާގައި އަންނަނީ ކެމްޕެއިނެއް ހިންގަމުންނެވެ. އެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެން، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހު ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީވ...

އަލީ އާދިލް
ނޭކުރެންދޫ ބަނދަރުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ: އަސްލަމް

ނޭކުރެންދޫ ބަނދަރުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ: އަސްލަމް

ހދ. ނޭކުރެންދޫ ބަނދަރުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ފޭށޭނީ ކޮން އިރަކުންތޯ ވަޒީރާއި ސުވާލު ކުރައްވާފައެވެ. ސުވާލުގެ ޖަވާބު ދެއްވަމުން ވަޒީރު، އަސްލަމް ވިދާޅުވީ، އެ މަސައްކަތް މިއަހަރުގ...

އަލީ އާދިލް
ބަނގުރާ ނުވިއްކިޔަސް ފަތުރުވެރިކަން ފުޅާކުރެވޭނެ: ސައޫދީ

ބަނގުރާ ނުވިއްކިޔަސް ފަތުރުވެރިކަން ފުޅާކުރެވޭނެ: ސައޫދީ

ބަނގުރާ ނުވިއްކާވެސް ފަތުރުވެރިކަން ފުޅާކުރެވޭނެ ކަމަށް ސަޢޫދީޢަރަބިއްޔާއިން ބުނެފިއެވެ. ސަޢޫދީޢަރަބިއްޔާއިން މިހެން ބުނެފައިވަނީ ވޯރލްޑް އިކޮނޮމިން ފޯރަމުން ބޭއްވި ޕެނަލް ޑިސްކަޝަނަނެއްގައި އެ ޤައުމަށް އަމާޒުކޮށް ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މި ފޯރަމްގައި ސައުދީ އަރަބިއްޔާ ފަތުރުވެރިކަމަށް ހުޅުވާލަމުންދާއިރު، އަވައްޓެރި ޤައުމުތައް ފަދައިން ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށް ބަނގުރާ ވިއްކުމުގެ ފުރުސަތު ލިބިދާނެތޯ، ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ސަޢޫދީޢަރަބިއ...

ސަނިއްޔާ އަބޫބަކުރު