ލޯކަލް ކައުންސިލުތަކަށް މުވައްޒަފުން ނެގުމަށް އެއްވެސް ހުރަހެއް އަޅާފައި ނުވާނެކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅޭ ގޮތުން ސީއެސްސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިދާރީ އޮނިގަނޑާ ގުޅޭގޮތުންނާއި އެ އިދާރާތަކަށް ބޭނުންވާ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ކޮމިޝަނުން ހުއްދަ ނުދޭ ކަމަށް ބުނެ އެކަމުގައި ކޮމިޝަނުން އަމަލުކުރަމުންދާ މިންގަޑު އޮޅުންއަރާފަދަ ގޮތަކަށް ފަހަކަށް އައިސް މައުލޫމާތު ފެތުރެމުންދާ ކަމަށެވެ. އެހެން ނަމަވެސް ލޯކަލް ކ...
ސަނިއްޔާ އަބޫބަކުރު
ގދ. ލޮނުދޫހުއްޓާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް ވިދާޅުވީ އެރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އިދާރާގެ ސަދަން އޭރިއާ ކޮމާންޑް، ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ރަށުގައި ރޯވި އަލިފާން ނިއްވާލުމަށް ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުންނެވެ. ގދ. ލޮނުދޫހުއްޓާއަކީ 2005 ވަނަ އަހަރުގެ މެއި 5 ވަނަ ދުވަހު، ރިސޯޓު ތަރައްގީކުރުމަށް 35 އަހަރުގެ މުއްދަތަށް ވަން އެންޑް ހާފް ޑިގްރީ […]
ޔުމްނާ ޢަލީ
މާލެ ސަރަހައްދުން ޓެކްސީގެ ހިދުމަތް ހޯދުމަށް ދަތިވާ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއާއި ސުވާލުކޮށްފިއެވެ. މި މައްސަލާގައި މިނިސްޓަރު ނަހުލާއާއި ސުވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް އެވެ. ރިޔާޟު ލިޔުމުން ޖަވާބު ހޯމަށް ކުރެއްވި އެ ސުވާލުގައި ވަނީ މާލެއާއި ހުޅުމާލެއިން ޓެކްސީގެ ހިދުމަތް ހޯދުމަށް ދަތިވެ އެެކަމުގެ ޝަކުވާތައް ލިބެމުންދާއިރު މި މައްސަލަ ހައްލުކުރުމަށް ނުވަތަ ދަތުރ...
ސަނިއްޔާ އަބޫބަކުރު
ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގެ ރިޕޯޓް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:49 ހާއިރުއެވެ. މި މައްސަލައާއި ގުޅިގެން އުމުރުން 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބަހައްޓަނ...
ޝިއުނާ އާދަމް
ހއ. މުރައިދޫ ފެނަކަ ބްރާޗްގެ ފަރާތުން އެރަށު ސިއްހީ މަރުކަޒަށް އެހީތެރިވެއްޖެއެވެ. މުރައިދޫ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި އެ މަރުކަޒަށް ލިބުނު އެންބިއުލާންސް ބާއްވަން ނިންމާފައިވާ ގަރާޖުގެ ތަޅުން އެޅުމުގައި ފެނަކަ ކޯޕަރޭޝަން މުރައިދޫ ބްރާންޗްގެ އެހީތެރިކަމަށް އެ މަރުކަޒުން އެދުނެވެ. އެ މަރުކަޒުގެ އެދުމަށް މުރައިދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުން ދެއްވީ ވަރަށް ފުރިހަމަ އެއްބާރުލުމެއްކަމަށް ސިއްހީ މަރުކަޒުން ފާހަގަ ކުރައްވާފަވެއެވެ. އެ މަސައްކަތް ކޮށްދީފައި ވަނީ މުރައިދޫ ފެނަކަ ބްރާންޗްގެ މުވ...
ޔުމްނާ ޢަލީ
މާލެ ސަރަހައްދުން މިއަދު ކަރަންޓު ކެނޑެން މެދުވެރިވި މައްސަލަ އަދިވެސް ހައްލު ނުވާ ކަމަށާއި އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑޮރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ކަރަންޓް ކެނޑުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ މާލެ ސަރަހައްދުން ކަރަންޓު ކެނޑިގެން ދިޔައީ ކަރަންޓް ދޭ މައި ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އާ ކޭބަލެއް ވަޅުލައި، ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން ދެ ދުވަސްވަރު […]
އަޙްމަދު ވަހީދު
ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އޭނާގެ އާއިލާ، ސޮނެވާގެ ރިސޯޓަކުން ވިލާއެއް ބައްލަވައިގަންނަން އުޅުއްވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. ސޮނެވާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާޖަޕަކްސާގެ އާއިލާއަށް އެތަނުގެ އެއްވެސް ތަނަކުން ވިލާއެއް ވިއްކުމަށް މަޝްވަރާ ނުކުރާ ކަމަށެވެ. އަދި ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސަނީ، ރާޖަޕަކްސައާ ސީދާ ގޮތުންވެސް އަދި ނުސީދާ ގޮތުންވެސް ބައްދަލުކުރައްވައި، އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމަށްވެސް ބަޔާނުގައި...
އަޙްމަދު ވަހީދު
ހައްޔަރު ކޮށްގެން ހައި ކޯޓަށް ގެންނަން އެންގި މީހަކު ހައްޔަރު ނުކުރެވި ހުއްޓާ އެ މީހާ އަމިއްލައަށް ކޯޓަށް އައުމުން އެ މައުލޫމާތު ލީކުވި ގޮތާ މެދު ހައި ކޯޓުން މިއަދު ސުވާލު އުފައްދައިފި އެވެ. ޑްރަގް މައްސަލައެއްގައި ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މީހެއްގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރި މައްސަލާގައި އެ މީހާ ހާޒިރު ނުވުމުން ހައި ކޯޓުން ފުލުހުންނަށް އަމުރުކުރީ އޭނާ ހައްޔަރު ކޮށްގެން ކޯޓަށް ގެނައުމަށެވެ. ފުލުހުން އޭނާ ހައްޔަރު ނުކޮށް […]
ހުސައިން ހަބީބް
ރާއްޖެއިން ކުރިން ނުފެންނަ ބާވަތެއްގެ ދޫންޏެއް ފެނިއްޖެއެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ރާއްޖެއިން ސްޓޯކް ދޫންޏެއް ފެނިފައިވާ ކަމަށެވެ. އަދި މީގެކުރިން މިބާވަތުގެ ދޫންޏެއް ރާއްޖޭން ފެނިފައިވާކަން އެނގިފައި ނުވާ ކަމަށް ބުނެފަވެއެވެ. މާކަނާގެ އާއިލާގެ ބާވަތެއްގެ ސިފަޔަށް އިންނަ މި ދޫނި ފެނުނީ ލ. ހިތަދޫން މިދިޔަ ފެބްރުއަރީ 20 ގައެވެ. އީޕީއޭ އިން މައުލޫމާތުދޭ ގޮތުގައި ވައިޓް ސްޓޯކް އަކީ ފިނި މޫސުމުގައި ދެކުނު އިންޑިއާ އިން އަދި މަދުން […]
ޔުމްނާ ޢަލީ
ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމާއި، 1080 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 105.19 މިލިއަން ރުފިޔާގެ މަޝް...
އަޙްމަދު ވަހީދު
ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފަސްޓްއެއިޑް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ. މިއީ ކުރިނބީ ސިއްޙީމަރުކަޒާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 1400 ޖެހުމުގެ ކުރިން އެރަށުގެ ފޯކަލްޕޮއިންޓަށް ގުޅުއްވައިގެން ނަންނޯޓުކުރަން ޖެހެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ހަމައެކަނި 18 އަހަރ...
ސަނިއްޔާ އަބޫބަކުރު
ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްއަށް ކިޔާ ދިވެހި ނަމަކީ “މަކުނު ވިދުރި” ކަމުގައި ދިވެހި ބަހުގެ އެކަޑަމީއިން ހާމަކުރައްވައިފިއެވެ. ދިވެހި ބަހުގެ އެކަޑަމީއިން މީޑިއާތަކަށް ފޮނުއްވި އެންގުމެއްގައިވަނީ މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްއަށް ދިވެހިބަހުން ބޭނުންކުރާނީ މަކުނު ވިދުރިކަމަށެވެ. އެހެންކަމުން މިބައްޔާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިނަން ބޭނުންކުރުމަށް ދިވެހިބަހުގެ އެކެޑަމީންވަނީ ދިވެހި މީޑިޔާތަކުގެ ކިބައިން އެދި ވަޑައިގެންފައެވެ. މަންކީޕޮކްސް ނުވަތަ މަކުނު ވިދު...
ސަނިއްޔާ އަބޫބަކުރު
ހއ. ބާރަށް ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 75 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 28،101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 12.17 މިލިއަން ރުފިޔާގެ […]
އަޙްމަދު ވަހީދު
ހައްޖަށް މީހުން ގެންދިޔުމަށް މިއަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާވެސް ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހާމަ ކުރައްވައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރު ރާއްޖެއަށް ލިބުނު ހުރިހާ ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމެވީ ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން، ޕްރޮޕޯސަލް ހުށައަޅައި، އިވެލުއޭޓް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނެތުމުން ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ރާއްޖެއަށް ލިބުނު 453 ކޯޓާގެ ތެރެއިން 100 ކޯޓާ...
ސަނިއްޔާ އަބޫބަކުރު
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިހާބުކުރާ މެންބަރުން ދައުރު ހަމަވުމުގެކުރިން އިސްތިއުފާދޭނަމަ ޖޫރިމަނާ ކުރުމަކީ އަވަސް އަވަހަށް އެ ކޮމެޓީތަކުގެ ބައި-އިލެކްޝަން ބާއްވަންޖެހޭޖެހުމަށް ހައްލެއް ލިބިދާނެކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ. އިކްރާމް މިހެން ވިދާޅުވީ އިތުރު ފަސް ރަށެއްގެ ބައި-އިލެކްޝަން އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައިވާ ކަމަށް އެ ކޮމެޓީގެ ނައިބު...
އަލީ އާދިލް
މިއަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ގަދަކުރުމަށް އުރީދޫ މޯލްޑިވްސް އިން ‘އުރީދޫ ވޯލްޑް ކަޕް ފޯރި’ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ. މިއަދު ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އާއި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމާދީއެވެ. މި ކެމްޕޭން ފެށުމުގެ ގޮތުން މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގެ އެމާ ސްޓޭޑިއަމްގައި އުރީދޫ އާއި ހާޑްރޮކް އެފްސީ ފުޓްސަލް ޓީމުން ރަހުމަތްތެރިކަމުގެ ފުޓްސަ...
އަޙްމަދު ވަހީދު
ށ. ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ފަހަން ދަސްކޮށްދޭ ކޯހަކާއި ކޭކުއަޅަން ދަސްކޮށްދޭ ކޯހެއްގައި ހިންގަން ނިންމައި، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯސްތަކުގައި ކިޔަވައި ދެއްވާނީ މި ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށް ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވެއެވެ. މިއިން ކޮންމެ ކޯހަކަށްވެސް ނެގޭނީ ގިނަވެގެން ވިހި ބައިވެރިން ކަމަށާއި، މިއިން ކޮންމެ ކޯހެއްގެވެސް ކޯސްފީއަކީ...
ސަނިއްޔާ އަބޫބަކުރު
މިއަހަރުގެ އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތް މާލޭގައި ފަށައިފިއެވެ. ނަވާރަސަތޭކައެއްހާ ދަރިވަރުންނާއެކު މިމުބާރާތް ފެށީ މިއަދު ހެނދުނު މާފަންނު ސްޓޭޑިއަމްގެ ޓްރެކް ސަރަޙައްދުގައެވެ. އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތުގައި މިފަހަރު 50 އަށްވުރެން ގިނަ ސްކޫލަކުން ވާދަކުރެއެވެ. މީގެ ތެރޭގައި އަތޮޅުތަކާއި މާލެނޫން ސިޓީތަކުން ވާދަކުރާސްކޫލްތައްވެސް ހިމެނެއެވެ. ބައެއް ސްކޫލްތަކުން ވޭތުވެދިޔަ މަހެއް ހައި ދުވަސްކުރިން ފެށިގެންވަނީ ޕްރެކްޓިސް ކުރިޔަށް ގެންގޮސްފައެވެ. މި މުބާރާތުގައި 13 އަހަރާއި 21 އަހަރ...
ސަނިއްޔާ އަބޫބަކުރު