މުދާ އަރުވައިގެން ދަތުރުކުރާ އުޅަނދުތަކުން ވައްކަންކުރާތީ ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ވިދާޅުވީ، މުދާ އަރުވައިގެން ދަތުރުކުރާ ޕިކަޕު އަދި ލޮރީ ފަދަ އުޅަނދުތަކުން ވައްކަން ކުރަމުންދާކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅެމުންދާ ކަމަށެވެ. މިގޮތުން މުދާ އަރުވައިގެން ދަތުރުކުރަމުންދާ ޕިކަޕު ނުވަތަ ލޮރީ މަގުމަތީގައި މަޑުކޮށްގެން އޮންނައިރު އެ އުޅަނދުތަކުގައި ހުންނަ މުދާ ވަގަށްނަގަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ”އެންމެ ފަހުން ރިޕޯޓުކޮށްފައިވާ މިފަދަ މައްސަލައަށ...
ޔުމްނާ ޢަލީ
ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގިއިރު ހައި ކޯޓުގެ ފަނޑިޔާރުންގެ ހޫނު ސުވާލުތައް ފުލުހުންނަށް މިއަދު އަމާޒުވެއްޖެ އެވެ. ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާ ކޯޓު އަމުރެއްގެ ދަށުން ނެގި މައްސަލަ ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ މީހަކު ބެނާއެއް ދެމުމަކީ ކުށަކަށް ވާ ގޮތެއް ބުނެދޭން ފުލުހުންނާ ސުވާލުކޮށްފަ އެވެ. ފުލުހުން ބުނީ އެ ސުވާލަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ. […]
ހުސައިން ހަބީބް
ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އެކުންފުނީގެ މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި އަދި ސާފުތާހިރު މާހައުލެއް ކަމުގައި ކަށަވަރު ކޮށްދިނުމެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން، ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ހުރި އާންމު ކުނިތައް ނައްތާލައި، ބޭނުން ނުހިފޭ ކަރަންޓު ކޭބަލާއި ދަގަނޑާއި އެނޫންވެސް ނީލަން ކިޔޭނެ ހާލަތުގައި ހުރި ތަކެތި ދެނަގަނެ، އެތަކެތި ނީލަން ކިއުމުގެ ކަންކަން...
އަޙްމަދު ވަހީދު
ހދ. ނޭކުރެންދޫ ގައި ގާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހަދާފައިވާ މި ފެރީ ސްޓޮޕަކީ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެކެވެ. މި މަޝްރޫއުގެ މަސައްކަތްތައް ފަށާފައިވަނީ ހއ. ހދ. އަތޮޅުގައެވެ. މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއަކާއި އަންހެނުންނާއި ފި...
އަޙްމަދު ވަހީދު
ފިއްލަދޫ ކައުންސިލްކަޕް 2022 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފިއްލަދޫ ކައުންސިލުން ކުރެއްވި އިޢުލާނެއްގައި ވިދާޅުވެފައިވަނީ މި މުބާރާތުގެ މަޤްޞަދަކީ ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުން ކަމުގައެވެ. ފިއްލަދޫ ކައުންސިލްކަޕް 2022ގެ ނަމުގައި ފިރިހެނުންނަށް ޚާއްޞަ ކޮށްގެން ފުޓްބޯޅަ މުބާރާތެއް ބާއްވާއިރު، އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވަނީ ހޭންޑްބޯޅަ މުބާރާތެކެވެ. ފުޓްބޯޅަ މުބާރާތް ފަށަން ނ...
ސަނިއްޔާ އަބޫބަކުރު
މޯލްޑިވްސް ޓޫރިޒަމް އެވޯރޑްސް 2022 އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އެވޯޑަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލުގެ މުނާސަބަތާއި ގުޅުވައިގެން މިއަހަރުން ފެށިގެން ފަތުރުވެރިކަމަށް ޙާއްސަ އަހަރީ އެވޯރޑްތަކެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާތީ އަލަށް ތަޢާރަފު ކުރެވުނު އެވޯޑުތަކެއް ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީންވަނީ ބާރަ އެވޯރޑަކަށް ނަން ހުށައެޅުމުގެ ފުރުސަތު ޢާއްމުކޮށް ހުޅުވާލާފައެވެ. މި ބާރަ...
ސަނިއްޔާ އަބޫބަކުރު
އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ފަހަތުން އަރައި އެސްޓަންވިލާ 3-2 ގެ ނަތީޖާއިން ބަލިކޮށް، ފަސްއަހަރު ތެރޭ ހަތަރުވަނަ ފަހަރަށް ސިޓީއިން ލީގްތަށި ކާމިޔާބު ކޮށްފިއެވެ. މެޗުގައި ސިޓީން ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޓީ ކޭޝް ގެ ގޯލުން އެސްޓަން ވިލާއިން ވަނީ 37 ވަނަ މިނެޓުގައި ސިޓީ ހާސްކޮށްލިއެވެ. މީ ލޫކަސް ޑީނިއޭ ތަނަވަސް ކޮށްދިން ފުރުސަތަކުން ޖެހިގޯލެކެވެ. މި ގޯލަށްފަހު ސިޓީއިން ވަރަށް ބޮޑަށް ކުރިޔައްޖެހިގެން ގޯލެއްޖަހަން މަސައްކަތްކުރިވަގުތު […]
އަލީ ރިޔާޟް
ހއ. ހޯރަފުށި ރަމްޒު ކޮށްދޭ ގޮތަށް އެންމެ ރީތި މޮނިއުމެންޓެއް ފަރުމާކުރާ ފަރާތަކަށް ދިހަހާސް ރުފިޔާގެ އިނާމެއް ހޯރަފުށީ ކައުންސިލުން ހުށަހަޅައިފިއެވެ. މި މޮނިޔުމަންޓް ފަރުމާ ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައް ތަކެއްވެސް ހޯރަފުށީ ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ހުށަހަޅާ ޑިޒައިން ވާން ޖެހޭނީ އޮރިޖިނަލް ޑިޒައިންއަކަށް ކަމަށާއި، މޮނިއުމެންޓެއްގެ ކޮޕީއަކަށް ނުވަތަ މޮނިއުމެންޓެއްގެ ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެ ކަމަށް ބަޔާން ކުރައްވާފައި ވެއެވެ. މީގެ އިތުރުން މީގެކުރިން އެހ...
ސަނިއްޔާ އަބޫބަކުރު
ސަރުކާރުން މަސައްކަތް ކުރައްވަނީ ކައުންސިލްތަކުގެ ޚިޔާލާއި ވިސްނުމާ އެއްގޮތަށް މަޝްރޫޢުތައް ބައްޓަންކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ހައްދުންމަތީ މާބައިދޫ ކައުންސިލާއި ރައީސް އޮފީހުގައި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކައުންސިލްތަކުގެ ހިޔާލާއި ވިސްނުމާ އެއްގޮތަށް އެކިއެކި މަޝްރޫޢުތަކާއި ސަރުކާރުން ހިންގަވާ މަސައްކަތްތައް ބައްޓަންކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަ...
ސަނިއްޔާ އަބޫބަކުރު
ހއ. އިހަވަންދޫ ފުޓްސަލްދަނޑު ވޮލީ ކޯޓަކަށް ބަދަލު ކުރަން ނިންމާފައި ނުވާކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ފުޓްސަލް ދަނޑާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޙަޤީޤަތް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުން ގެންދާކަމަށް ބުނެ ކަމުގެ ޙަޤީޤަތް ސާފުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ފުޓްސަލް ދަނޑުގައި އަޅާފައިހުރި ޓާރފްތައް ހަލާކުވެ ގިނަދުވަސް ތަކެއްވެފައި ވާކަމަށެވެ. އެހެންކަމުން ހަލާކުވެފައިވާ ޓާރފްތައް ނެގުމަށްފަހު ފުޓްސެލް ދަނޑުގައި ކުރިން އަޅާއިހުރި ޕްލާސްޓ...
ސަނިއްޔާ އަބޫބަކުރު
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީގެ އިތުބާރުނެތްކަމަށް މިރޭ ނެގިވޯޓުން އޭނާއަށް ކައުންސިލްގެ އަޣުލަބިއްޔަތު މެންބަރުންގެ ތާއީދު ނެތްކަން އިނގިގެން ދިޔަނަމަވެސް، އޭނާގެ އިތުބާރުނެތްކަމަށް ފާހެއް ނުވިއެވެ. ޝަހުބާންގެ އިތުބާރުނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމަން ވޯޓު ނަގާފައިވަނީ މިރޭ 21:30 ގައި ފެށި އެމްއެމްސީގެ ކުއްލި ޖަލްސާގައެވެ. އެމްއެމްސީގެ މެންބަރުންގެ އަދަދަކީ 15 އެވެ. މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ 12 މެންބަރުންނެވެ. އޭގެތެރ...
ތިލަދުން
މަންކީޕޮކްސްގެ ބިރުވެރިކަން ރާއްޖެއަށްވެސް އެބަ އޮތް ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި މި ބަލި ފެތުރުމުގެ ފުރުޞަތު ކުޑަ ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންކީޕޮކްސް ވައިރަހާއި ގުޅޭގޮތުން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިހާތަނަށް ރާއްޖެއިން ވެސް އަދި އަވަށްޓެރި އެއްވެސް ގައުމަކުން ވެސް މަންކީޕޮކްސް ވައިރަސް ނުވަތަ މި ބަލީގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން މިވަގުތު ރާއްޖޭގައި މި ބަލި ފެތުރުމުގެ ފުރުސަތު...
ސަނިއްޔާ އަބޫބަކުރު
ހދ. ކުޅުދުއްފުށި ސިޓީގެ ހިރަފުސް ދަނޑުގައި ކުޅެން ހުއްޓައި ވެއްޓުނު މީހަކު ނިޔާވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ޑީސީއީއޯ އަހުމަދު ދާއޫދު “ތިލަދުން” އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، ހިރަފުސް ދަނޑުގައި ކުޅެން ހުއްޓައި ވެއްޓުނު މީހަކު އެހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށެވެ. 49 އަހަރުގެ ފިރިހެނަކު އެހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ޑޮކްޓަރުން ޔަގީން ކޮށްދެއްވާފައިވާ ކަމަށެވެ. އެރަށުން ވާހަކަ ދެއްކި މީހަ...
އިބްރާހިމް އަސްވާޤް
ވަކި މީހެއްގެ ފައިދާއަށްޓަކައި މާލޭގެ މަގުތަކުގައި މުޒާހަރާތަށް ކުރަމުންދާ ކަމަށާއި، ޤައުމު ދާޚިލީ ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލަން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ފުރުޞަޠު ނުދޭނެކަމަށް އެ ޕާޓީން ބުނެފިއެވެ. އެމްއެންޕީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވީ، ދިވެހި ރާއްޖޭގެ ދާޚިލީ ހަމަޖެހުން އޮތުމަކީ އެޕާޓީން ވަރަށް އެދޭކަމެއް ކަމަށެވެ. ނާޒިމް ވިދާޅުވީ،...
އަލީ އާދިލް
ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިމިފައިވާއިރު ނެރު ފުންކުރުމުގެ މަސައްކަތް ވެސް ވަނީ ނިމުމަކާ ގާތްވެފައެވެ. އެގޮތުން ނެރު ފުން ކުރުމުގެ 75 އިންސައްތަ ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 9346.56 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]
އަޙްމަދު ވަހީދު
ހއ. އިހަވަންދޫގެ މުޅި ކަރަންޓް ނެޓްވޯކު ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އެރަށަށް ގެންގޮސްފިއެވެ. ސަރުކާރުން ވަނީ އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓްގެ ޚިދުމަތް ވީހާވެސް ފުރިހަމަކުރުމަށްޓަކައި އެރަށުގެ ކަރަންޓް ނެޓްވޯރކު ހައިވޯލްޓޭޖް ނެޓްވޯކަކަށް ބަދަލުކޮށް ޓްރާންސްފޯމަރު ބެހެއްޓުމަށް ނިންމާފައެވެ. ހަވަންދޫގެ މުޅި ކަރަންޓް ނެޓްވޯކު ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އެރަށަށް ގެންދިޔުމާއި ގުޅިގެން އެކަން ފާހަގަކުރައްވައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެފައި ވަނީ، އެރަށަކީ...
ޔުމްނާ ޢަލީ
ތުރާކުނާއި، އުލިގަމުގައި ސައިބަރ ސެކިޔުރިޓީއާއި ބެލެނިވެރިކަމުގެ ހުނަރު ދަސްކޮށްދޭ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ހއ. އުލިގަމު ޕޮލިސް ޑެސްކާއި ހއ. އުލިގަމު ކައުންސިލް އިދާރާ, އުލިގަމު ސުކޫލު އާއި އުލިގަމު އެސޯސިއޭޝަން ފޯރ ސޯޝަލް އެވެޔަރނެސް (އަސާ) އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ސައިބަރ ޕޮލިސް ސެންޓަރުގެ ގުޅިގެން، އިއްޔެ ހެނދުނު، ހއ. އުލިގަމު ސުކޫލުގެ ބެލެނިވެރިންނަށް ކުރިއަށް ގެންދެވުނު ސައިބަރ ކްރައިމް ޕްރިވެންޝަން ސެޝަންގެ އިތުރުން،...
ސަނިއްޔާ އަބޫބަކުރު
އިންސާނީ ވަޞީލަތާއި ހުނަރު ތަރައްޤީކުރުމަށް އީޖާދީ މަޝްވަރާތައް ކުރިޔަށް ގެންދިއުމުގެ މުހިންމުކަން މިހާރު މާބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ނެޝަނަލް އެޗް.އާރު. ކޮންވެންޝަން އެންޑް އެކްޕޯ 2022” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ޢާންމުކޮށް މަސައްކަތްކުރާ ވައްޓަފާޅިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށާއި އެއާއެކު ވަރަށް އ...
ސަނިއްޔާ އަބޫބަކުރު