ކެޕިޓަލް މާކެޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްއެއް ތައާރަފުކޮށްފިއެވެ. މިޕްރޮގްރާމް ތަޢާރަފުކޮށްފައިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން “ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު” އެކުލަވާލުމާއި ގުޅިގެންނެވެ. ސީއެމްޑީއޭ އިން ބުނީ މިޕްރޮގްރާމްގެ މަޤްޞަދަކީ، ކުންފުނި ހިންގުމާއި ވިޔަފާރިކުރުމުގެ މިނ...
އިބްރާހިމް އަސްވާޤް
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބެސްޓްއޯލްރައުންޑަށް ދެވޭ ފައިސާގެ އިނާމު އެއަތޮޅު ސްކޫލްތަކާ ހަވާލުކުރަން ފަށައިފި އެވެ. އެކައުންސިލުން ބުނީ، ވޭތުވެދިޔަ ތިންއަހަރު، ހއ.އަތޮޅު ސްކޫލްތަކުން ޖީ.ސީ.އީ އޯލެވެލް އަދި އޭލެވެލް ހެދި ދަރިވަރުންގެ ތެރެއިން ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރުންނަށް ދެވޭ ފައިސާގެ އިނާމު އެސްކޫލްތަކާ ޙަވާލުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ހަތަރު ސްކޫލަކަށް ފައިސާގެ އިނާމުވަނީ ޖަމާކޮށްދީފައިކަމަށް އެކައުންސިލުން ބުނެއެވެ، ފައިސާގެ އިނާމު ޖަމާކޮށ...
އިބްރާހިމް އަސްވާޤް
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ށ. އަތޮޅުގެ ހަތް ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ތަކަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއިއެކުގައި މަސައްކަތްކޮށް، އެފަރާތްތަކުގެ ޙައްޤުތައް ހޯދައިދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަކޮށްގެން ހިންގުނު ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ތަމްރީން ޕްރޮގްރާމް ތަކެކެވެ. މި ތަމްރީން ޕްރޮގްރާމްތައް ފަށާފައި ވަނީ އިއްޔެއެވެ. ނިންމާލާނީ މިއަދުއެވެ. ޖެންޑ...
ޝިއުނާ އާދަމް
ތުރުކީ ވިލާތުގައި އޮންނަ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު ހުޅުވާލައިފިއެވެ. މި މުބާރާތަކީ މި އަހަރުގެ ސެޕްޓެމްބަރ 29 އިން އޮކްޓޯބަރ 10އަކަށް ތުރުކީ ވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ 8 ވަނަ އިންޓަނޭޝަނަލް ޤުރްއާން މުބާރާތެވެ. ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުން ވިދާޅުވި ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. އެހެންކަމުން މި މުބާރާތުގައި ހިމެނޭ ގޮފިތަކުން ދެ ގޮތްޕެއްގައި ރާއްޖެއިން ބައިވެ...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. މިކަމާ ގުޅިގެން ބާއްވާ ޙަފްލާ އޮންނާނީ، މިރޭ 8.30 ގައި ސޯޝަލް ސެންޓަރުގައެވެ. މިރޭގެ ޙަފްލާގައި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދާއިމީ ވަޒީފާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ އެރުއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައ...
ސަނިއްޔާ އަބޫބަކުރު
ގއ. ދާންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. އެ މަސައްކަތް ހަވާލު ކޮށްފަްިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ބަންޑް ވޯލް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 2019 އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. […]
އަޙްމަދު ވަހީދު
އައްޑޫ ސިޓީގެ ފޭދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވި މީހަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގާފައިވާ މި މާރާމާރީ ހިންގާފައިވަނީ ރޭ ފަތިހު 3:10 ހާއިރު އެވެ. ޒުވާނާ ނިޔާވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ 3:10 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާ ލިބިފައި ވަނީ […]
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރާ ދައުވާތަކުގެ މައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރިޝްވަތު ގަބޫލުކޮށް އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖެއްސި އެވެ. ޝަރީއަތް ބާއްވަން ހަމަޖެއްސީ ވެސް ލައިވްކުރާ ގޮތަށެވެ. ކްރިމިނަލް ކޯޓުން ބުނީ އަޑުއެހުން […]
ހުސައިން ހަބީބް
މި ނިމުނު މެއި މަހު އުފަންވި 165 ކުއްޖަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަދިޔާ ދީފިއެވެ. މިއީ އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އެސަޓީއޯއިން ދޭން ފެށި ހަދިޔާއެވެ. އެގޮތުން އެ ކުންފުނިން އެތެރެކުރާ ކުަޑަކުދިންގެ ސާމާނު މި ހަދިޔާގެ ތެރޭގައި ހިމެނެއެވެ. މި ޕްރޮގްރާމް މިހާރު ފަށާފައިވަނީ އައިޖީއެމްއެޗް އާއި ޓްރީ ޓޮޕް އާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި މުލީ ރީޖަނަލް […]
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ ކްރެޑިޓް ސްކީމް ފުޅާކޮށް، ލީސިން ޕާޓްނަރުން މެދުވެރިކޮށް މުދާ ނެގޭ ގޮތަށް މިއަދު އިފްތިތާހުކޮށްފިއެވެ. އެ ސްކީމް އޮންނަ ގޮތުން ކުރިން ކްރެޑިޓަށް މުދާ ނެގެނީ ހަމައެކަނި އެސްޓީއޯއިން ވިއްކާ ތަކެއްޗެވެ. އެއީ ސަރުކާރުގެ މުވައްޒަފުންނާއި އެ ކުންފުންޏާއެކު ކްރެޑިޓް އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޫކުރަމުން އައި ސްކީމެކެވެ. މި ސްކީމް ފުޅާކޮށް މިއަދު ގެނައި ބަދަލާއެކު އެސްޓީއޯގެ ބައެއް ޕާޓްނަރުން ވިއްކާ މުދާ ވެސް ކްރެޑިޓަށް [...
އަޙްމަދު ވަހީދު
ދުނިޔޭގެ ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ފޯރިގަދަ ފައިނަލް މެޗުކަމަށްވާ ފައިނަލިސިމާ 2022 ގައި 3 – 0 ން އިޓަލީ ބަލިކޮށް އާޖެންޓީނާއިން ފައިނަލް ކާމިޔާބުކޮށްފި އެވެ. ފައިނަލިސިމާ އަކީ ޔޫރަޕުގެ އެންމެ ޝަރަފުވެރި އެއް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޔޫރޯގެ ޗެމްޕިއަނުންނާ ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ކޮޕާ އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މެޗެކެވެ. މިފަހަރުގެ ފައިނަލީސިމާގައި ބައްދަލުކުރީ ޔޫރޯ 2020 ގެ ޗެމްޕިއަން އިޓަލީއާއި ކޮޕާ […]
މުޙައްމަދު
މިއަދުން ފެށިގެން ގިނަ ބާވަތްތަކެއްގެ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި ގެންގުޅުމާއި ބޭނުންކުރުން މަނާކޮށްފިއެވެ. ގިނަ ޢަދަދެއްގެ ޕްލާސްޓިކް މިއަދުން ފެށިގެން ރާއްޖޭގައި މަނާވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ސޮއި ކުރައްވައި ގެޒެޓު ކުރެއްވި ގަރާރުގައި އެކަން އެގޮތަށް ކަނޑައެޅުއްވުމުންނެވެ.މި މިކަމާ ގުޅޭ ގޮތުން ރައީސް ޞާލިޙް ނެރުއްވި ޤަރާރުގައި މި މަހުން ފެށިގެން، ޕްލާސްޓިކުން ތައްޔާރު ކޮށްފައި ހުންނަ އެއްޗެއްހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސި...
ސަނިއްޔާ އަބޫބަކުރު
ކުޑަކުދިންގެ ހެދިބޮޑުވުމާއި ތަރައްޤީއަށް އެޅިފައިވާ ހުރަސްތައް ނައްތާލާ ޕްރޮގްރާމެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ރާއްޖޭގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އޮފީހާ ގުޅިގެން “ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިންގ ޕްރޮގުރާމް” ގެ ނަމުގައި ކުރިއަށް ގެންދާ މި ކޮންފަރެންސް އިފުތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގަތީ ހު...
ސަނިއްޔާ އަބޫބަކުރު
ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ނިންމުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ހަތަރު މަސް ދުވަހުގެ ތެރޭގައި މި މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކްރިމިނަލް ކޯޓުގައި އާއްމުގޮތެއްގައި މައްސަލަ ތާވަލް ކުރާ ވަގުތުގެ އިތުރުން ރަސްމީ ކޮންމެ ދުވަހަކުވެސް މެންދުރު ދެއަކުން ހަވީރު ފަހަކާ ހަމައަށް މައްސަލަތައް ތާވަލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާވެސް 2016 ވަނަ އަހަރުން ފެށިގެން ހުށަހެޅިފައިވާ 61 މައްސަލައެއް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލު ކޮށްފައެވ...
ސަނިއްޔާ އަބޫބަކުރު
ކުމުންދޫ ޔޫތު ސްޕޯރޓްސްގެ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. އެގޮތުން ކޭ.ވައި.އެސް ރަންތަރި ޤުރުއާން މުބާރާތް 1443 ގެ މުޅިމުބާރާތުގެ ފަޚުރުވެރި އެއް ވަނަ ޙާޞިލް ކޮށްފައިވަނީ އަޝްފާ އަސްލަމެވެ. އަދި ކޭ.ވައި.އެސް މަދަހަ މުބާރާތް 1443 ގެ މުޅި މުބާރާތުގެ ފަޚުރުވެރި އެއް ވަނަ ޙާޞިލު ކުރި ފާތިމަތު ސުހާނާވަނީ ކޭ.ވައި.އެސް ރަންތަރި ޤުރުއާން މުބާރާތް 1443 ގެ މުޅި މުބާރާތުންވެސް ދެވަނަ ހޯދާފައެވެ. ރަންތަރި ޤުރުއާން މުބާރާތުގެ މުޅިމުބާރާތުން ތިންވަނަ ޙާޞިލު […]
ސަނިއްޔާ އަބޫބަކުރު
ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ބޮޑު ބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 59 އިންސައްތަ ވަނީ ފުރިހަމަ ކުރެވިފައެވެ. އަދި ބޭރުތޮށިލުމުގެ މަސައްކަތް ފުރހިމަކޮށް، ބަނދަރުގެ ޕޭވްމެންޓް ހެދުމުގެ 69 އިންސައްތަ ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން، އާ ހާބަ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 38 މީޓަރުގެ […]
އަޙްމަދު ވަހީދު
ހއ ދިއްދޫ އަންހެނުންގެ ކޮމެޓީން އިސްނަގައިގެން އޮންލައިންކޮށް ސްޕީޗް ތެރަޕީ ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ. މި ފުރުޞަތު ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައި ވާއިރު، މިފަހަރު ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ ފެބްރުއަރީމަހު އެރަށު މިޑްލް ސްޕޯޓްސް ކްލަބުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން އައިމިނަތު ސަމާޙަތު ޝަރީފްގެ ޚިދުމަތް ހޯދި ފަރާތްތަކަށް އެކަންޏެވެ. އެހެންކަމުން މި ފުރުޞަތު ބޭނުންވާނަމަ 9 ޖ...
ސަނިއްޔާ އަބޫބަކުރު
ކުރީގެ ފިރިމީހާއަށް ހަމަލާދީ މަރާލެވުނީ ވިސްނާ ނުލާ ހުރެގެން ކަމަށް އެ މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާ މިއަދު ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. 2010 ވަނަ އަހަރުގެ ޖޫން މަހު މއ. އެދުރުގޭ ހަސަން ޝާހިދަށް ހަމަލާދީ މަރާލީ އޭނާގެ ކުރީގެ އަނބިމީހާ ކަމަށްވާ ހ. ބައިކެނޑިގޭ، ނަޒާހާ އެވެ. ނަޒާހާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ނަޒާހާގެ ފަރާތުން […]
ހުސައިން ހަބީބް