ދުނިޔޭގެ އެހެން ގައުމުތަކުގައި މަގުބޫލުވަމުން އަންނަ ގްރީން ކޮންކްރީޓް ނުވަތަ ލޯ ކާބަން ކޮންކްރީޓް އެސްޓީއޯއިން މިއަދު ތައާރަފުކޮށްފިއެވެ. ރިސައިކަލް ކޮށްފައިވާ ރޯމެޓީރިއަލް ބޭނުންކޮށްގެން އުފައްދާ ގްރީން ކޮންކްރީޓަކީ އާދާއިގެ ކޮންކްރީޓް ނުވަތަ ކޮންވެންޝަނަލް ކޮންކްރީޓްއާ އަޅާބަލައި އިރު، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށްދީ އަދި ހައިޑްރޭޝަންގެ ހޫނު އާދައިގެ ކޮންކުރީޓަށްވުރެ ވަރަށް ބޮޑަށް ދަށް ކޮންކުރީޓެކެވެ. މިއީ އާދައިގެ ކޮންކްރީޓާއި ހިލާފަށް ކާބަންޑައިއޮކްސައިޑް މަދުން ބޭރުކޮށް އުފައްދާ...
އަޙްމަދު ވަހީދު
309 ބިޔަރު ދަޅާއި 667 ފުޅި ބަނގުރާ، ނ. މާފަރު ޕޮލިސް ސްޓޭޝަނުން ނައްތާލައިފި އެވެ. ފުލުހުން ބުނީ މިއީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތިކަމަށެވެ. މިތަކެތި ނައްތައިލާފައިވަނީ މިއަދު މާފަރު ކުނިކޮށީގައެވެ. ނައްތާލާފައިވާ 667 ފުޅި ބަނގުރައާއި 309 ދަޅު ބިޔަރަކީ، މިދިޔަ ފެބްރުއަރީ މަހުގެ 22 އިން މި ޖޫން މަހުގެ 2 އަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ […]
މުޙައްމަދު ވަސީމް
ކުންޏަކީ ރާއްޖެ އަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަ ކަމުގައި ތިމާވެއްޓާބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ފުވައްމުލަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުންޏަކީ ރާއްޖެ އަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަ ކުރައްވައި، މި މައްސަލަ ހައްލު ކުރަން މަރުހަލާ ތަކަކަށް ބަހާލައިގެން ވަރަށް ބާރަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. […...
ސަނިއްޔާ އަބޫބަކުރު
ތިމާވެށި ޙިމާޔަތްކުރަން އެންމެހާ ދިވެހިންގެ ބައިވެރިވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސް މިގޮތަށް އެދިވަޑައިގަތީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބެއްގަ އެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވެފައި ވަނީ، މިކައުނުގެ ތެރޭގައި އެތައް ބިލިއަން މަޑިކިލަނބުތަކެއް ހިމެނޭ އިރު، އެއިން ކޮންމެ މަޑިކިލަނބެއްގައި އެތައް ބިލިއަން ގުރަހަތަކެއް ދައުރުކުރި ނަމަވެސް އިންސާނުން ދިރިއުޅުމަށް އެކަށޭނަ ކަމަށް، މިހާތަނަށް އެނގެން އޮތީ މި ބިން ނުވަތ...
ސަނިއްޔާ އަބޫބަކުރު
ކ. މާފުށީ ޖަލު ސަރަހައްދު މަތިން ޑްރޯން ދުއްވުމާއި ޖަލުގެ އައްސޭރިފަށުން މޫދު ކުޅިވަރު ކުޅޭ އުޅަނދުތައް ދުއްވުން އެ ރަށު ކައުންސިލުން މިއަދު މަނާކޮށްފި އެވެ. މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޖަލު ހިމެނޭ ސަރަހައްދުގެ މަތީން ޕެރެސެއިލިންއާއި ޑްރޯނު ދުއްވުމާއި އަދި އެ ސަރަހައްދުގެ އައްސޭރިފަށުގައި ޖެޓްސްކީ ފަދަ އުޅަނދުތައް ދުއްވުމުގެ ޝަކުވާ އެކި ފަހަރު މަތީން ކައުންސިލަށް ލިބިފައިވާ ކަމަށެވެ. ކައުންސިލުން ބުނީ އެކަން މަނާކުރީ ޖަލު ސަރަހައްދަކީ ޚާއްސަ ހުއްދައާއެކު […]
ސަނިއްޔާ އަބޫބަކުރު
ސޯލާ ޕެނަލްއަކީ އިރުގެ ދޯދިތަކުން ސާފު ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދާ ވަސީލަތެކެވެ. މި ތަކެތި އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ އަވި ގަދަ ވަގުތުތަކުގައެވެ. އެހެންވެ، ވިއްސާރަ ދުވަސްތަކާއި އަވި ނުދޭ ވަގުތުތަކުގައި މި ސޯލާ ޕެނަލްތައް ބޭނުން ކޮށްގެން ހަކަތަ އުފެއްދުން ދަށްވެއެވެ. ނަމަވެސް މިއީ މިހާރު އެކަން އޮންނަ ގޮތެވެ. ޔޫއެންއެސްޑަބްލިއު ސިޑްނީގެ ސްކޫލް އޮފް ފޮޓޯވޯލްޓެނިކް އަދި ރިނިއުބަލް އެނާޖީ އިންޖިއަނިއަރިން އާއި އާކް ސެންޓާ އޮފް އެކްސެލެންސް އިން އެކްސައިޓަން […]
އަޙްމަދު ވަހީދު
ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި ޝިޕްމަންޓް އެ ރަށަޡސް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިހާރު ކުރިއަށްދަނީ ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ ރިވެޓްމެންޓް […]
އަޙްމަދު ވަހީދު
ފްރެންޗް ނޭޝަނަލް ޕޮލިސްގެ ފަރާތުން ދިވެހި ފުލުހުންނަށް ހާއްސަ އޮޕަރޭޝަން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފިއެވެ. ފްރެންޗް ނޭޝަނަލް ޕޮލިސްގެ އެލީޓް ޓެކްޓިކަލް ޔުނިޓެއް ކަމުގައިވާ ރިސަރޗް، އެސިސްޓަންޓް، އިންޓަރވެންޝަން، ޑިސުއޭޝަން (ރެއިޑް) ގެ ފަރާތުން ދިވެހި ފުލުހުންނަށް ހާއްސަ ކުރިއަށް ގެންގޮސްދެއްވި މި އޮޕަރޭޝަން އެކްސަސައިޒެއް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. މި އެކްސަސައިޒްގެ ކުރިއަށް ގެންގޮސްފައި ވަނީ ދ. ވާނީ އާއި މާލޭގައ...
ޔުމްނާ ޢަލީ
ށ. ބިލަތްފަހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 79 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތައް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 181 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 434 މީޓަރުގެ ބޭރުތޮށި ލުމާއި، 1565 އަކަ މީޓަރުގެ […]
އަޙްމަދު ވަހީދު
އެވިޑް ކޮލެޖުން ގދ. ތިނަދޫ ކެމްޕަހުގައިވެސް ” އަޔާޓާ ” އޮތޮރައިޒްޑް ކޯސްތައް ހިންގުމަށް ހަމަޖައްސައިފިއެވެ. މެއި މަހުގެ 30 ވަނަ ދުވަހު އެވިޑް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އެވިޑް ކޮލެޖް، ” އަޔާޓާ ” އޮތޮރައިޒްޑް ޓްރެއިނިންގ ސެންޓަރަކަށް ހަމަޖެހުނުކަމަށް އިއުލާން ކުރެއްވީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ގެ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ލޮކޭޝް މައްޓާއެވެ. މިއާއެކު ރާއްޖޭގައި ” އަޔާޓާ ” ގެ ތަމްރީން ކޯސްތައް ހިންގާ އިތުރު […]
އަޙްމަދު ވަހީދު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ސްޓެލްކޯ ދެ ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓު ލުމުގެ އިންތިޒާމް ހަމަޖެއްސުމަށް ނިންމައިފިއެވެ. ސްޓްލްކޯއިން މިގޮތަށް ނިންމީ ރޭ ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ. އެ ކުންފުނިން މިގޮތަށް ނިންމީ ސްޓއލްކޯ ޓަވަރުތަކަށް ކަރަންޓް ދިނުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވެފައިވާތީއެވެ. ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއުއާ ގު...
އަޙްމަދު ވަހީދު
ޔުއެފާ ނެޝަނަލް ލީގް ގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިނގިރޭސިންގެ މައްޗަށް ހަންގޭރީ ކުރިހޯދައިފިއެވެ. ގިނަވަގުތު ބޯޅަ ހިފައްަޓައިގެން ކުޅުނު އިނގިރޭސިްނގެ މައްޗަށް ހަންގޭރީ ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. މެޗްގައި ފެނުނު ހަމަ އެކަނި ގޯލް ހަންގޭރީއަށް ކާމިޔާބް ކޮށްދިނީ ޑޮމިނިކް ސޮބެސްލެއި އެވެ. މިއީ މެޗްގެ 64 ވަނަ މިނެޓްގައި ރީސް ޖޭމްސް ކުރި ފައުލަކާ ގުޅިން ލިބުނު ޕެނަލްޓީއަކުން ކާމިޔާބް ކުރި ލަނޑެކެވެ. މިގުރޫޕްގައި ޖަރުމަން އަދި އިޓަލީ ބައްދަލު […]
އަލީ ރިޔާޟް
ބޮޑުތިލަދުންމައްޗަކީ ކޮބައިކަން މިހާރުގެ ފަހުގެ ޖީލަށް ފަހަރުގައި ނުއެނގިދާނެއެވެ. ބޮޑުތިލަދުންމައްޗަކީ ހއ، ހދ، ށ، ނ. މި ހަތަރު އަތޮޅު ކަމުގައި ބެލެވޭ ޤުދުރަތީ އަތޮޅަށް އިހުއްސުރެ ދިވެހިން ކިޔާ އުޅޭ ނަމެކެވެ. ބޮޑު ތިލަދުންމައްޗަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑުއެއް ގުދުރަތީ އަތޮޅެވެ. ހަތްވަނައަށް ދުނިޔޭގެ އެންމެ ބޮޑު އަތޮޅެވެ. އެހެންކަމުން ދުނިޔޭގެ ތާރީޚުގައި ވެސް ބޮޑު ތިލަދުންމައްޗަށް ޚާއްސަ އަހަންމިއްޔަތެއް ލިއްބައިދެއެވެ. މީގެ އިތުރުން ބޮޑު ތިލަދުންމައްޗަށް ޚާއްސަ އަހަންމިއްޔަތެއް ދިވެ...
ސަނިއްޔާ އަބޫބަކުރު
އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓު ކުރަން ނިންމައިފިއެވެ. މިކަން ހާމަކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ކުރި ޓްވީޓެއްގައި ވަނީ މިއަހަރުގެ އެސް.އެސް.ސީ އިމްތިހާނުގެ ދިވެހި ކަރުދާސް 1 ޕްރިންޓްކުރުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން އެ ކަރުދާސް އަލުން ޕްރިންޓް ކުރަން ނިންމާފައިވާ ކަމަށެވެ. މި ޕޭޕަރު އަލުން ޕްރިންޓް ކުރިނަމަވެސް ކަނޑައެޅިފައިވާ ތާރިޚްގައި އިމްތިހާނު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދަވާކަމަށް އެ ޑިޕާޓްމަންޓުން ހާމަކޮށްފައިވެއެވެ....
ސަނިއްޔާ އަބޫބަކުރު
މި އަހަރު ދުނިޔޭގެ ތިމާވެށި ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް މިއަދު ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ “ނޯ ވެހިކަލް އަވަރ” ބައިސްކަލު ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ. އެންވަރަޔަމަންޓް މިނިސްޓްރީ އާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މި ބައިސްކަލު ބުރުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި އެންވަރަޔަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި ފުވައްމުލައް ސިޓީ މޭޔަރ، ޑެޕިއުޓީ މޭޔަރ އަދި ކައުންސިލަރުން ބައިވ...
މުޙައްމަދު ވަސީމް
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިއަދު ކުޅުފުށީ ސިޓިގައި ހާއްސަ ހަރަކާތްތަކެއް ހިންގައި، އެ ހަރަކާތްތަކުގެ ތެރެއިން 900 ގަސް އިންދައި، 25 ޓަނު ކުނި ނަގައިފިއެވެ. ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް އެސިޓީގައި ކުރިއަށް ގެންދިޔައީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެއްބާރުލުމާއިއެކު އެރަށުގެ މުއައްސަސާތައް ގުޅިގެންނެވެ. “ފިނިފެހި ސިޓީ” ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން އެ ސިޓީގެ އިރުމަތި ފަރާތު ހޭޅި އަދި ފުއްޓަރު ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށްގެންގޮ...
ޝިއުނާ އާދަމް
އެމެރިކާއިން ރާއްޖެއަށް އެއްލައްކަ ކޮވިޑް ވެކްސިން ހަދިޔާ ކޮށްފިއެވެ. މިކަން ހާމަކޮށް ޔޫއެސް މިޝަން ޓު މޯލްޑިވްސްއިން ބުނީ އެމެރިކާއިން މިފަހަރު ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ފައިޒާ ވެކްސިންގެ 100،620 ޑޯޒް ވެކްސިނަކީ 2021 އާއި 2022 ޖެނުއަރީ މަހު ތެރޭގައި ރާއްޖެއަށް ހަދިޔާކުރި ޖުމުލަ 439،920 ޑޯޒުގެ ފައިޒާ ބަޔޯއެންޓެކްގެ ވެކްސިން ޕްރޮގްރާމްގެ ތެރެއިން އިތުރަށް ފޯރުކޮށްދޭ އެހީއެއް ކަމަށެވެ. ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން އެމެރިކާއިން 7 މިލިއަން ޑޮލަރަށްވުރެއް ގިނަ ފައިސާއަށްވާ ތަކެތީގެ […]
ސަނިއްޔާ އަބޫބަކުރު
މަގުތަކުގައި އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައި ގަސްއިންދުމަށް ނަގަންޖެހޭ ހުއްދަ ނަގައިގެން އިންދާ ގަސްތަކަށް ގެއްލުންދޭ ފަރާތްތަކުގެ މައްސަލަ ކުރިއަށް އޮތްތަނުގައި ބަލައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ކުޅުދުއްފުށި ސިޓީއަކީ ފެހި ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ ގޮތުން އެކައުންސިލާއި އެކި މުއައްސަސާތައް އަދި އަމިއްލަ ފަރުދުން އަންނަނީ މަގުތައް އަދި އާންމު ސ...
ޔުމްނާ ޢަލީ