މިހާރު ކުރިޔަށްދާ ޔުއެފާ ނެސަނަލް ލީގުގައި ޑެންމާކް އިން ދުނިޔޭގެޗެމްޕިއަން ފުރާންސް ބަލިކޮށްފިއެވެ. ފްރާންސްގައި ކުޅުނު މި މެޗުން ޑެންމާކް މޮޅުވީ ފްރާސުން ލަނޑެއްޖަހައި ފައި ވަނިކޮށް ފަހަތުން އަރާ ދެ ގޯލް ޖަހައި 2-1 ގެ ނަތީޖާއިންނެވެ. ފްރާންސް އިން ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު މި މެޗްގަ ފްރާންސް އިން ޖެހި ހަމަ އެކަނި ގޯލް މެޗްގެ 51 އެއްވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ކަރިމް ބެންޒެމާ އެވެ. ޑެންމާކް އިން ޖެހި ދެގޯލް […]
އަލީ ރިޔާޟް
އެވިޑް ކޮލެޖުން “ޕަރސްޕެކްޓިވްސް އެންޑް ފިއުޗަރ އެވެނިއުސް ފޯ ޓްރެވެލް އެންޑް އޭވިއޭޝަން އިންޑަސްޓްރީ ” ގެ ނަމުގައި ސެމިނާއެއް ބާއްވައިފިއެވެ. މި މަހުގެ އެއްވަނަ ދުވަހު ބޭއްވި މި ސެމިނާއަކީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ” އަޔާޓާ” އޮތޮރައިޒްޑް ޓްރެއިނިން ސެންޓަރެއްގެ ގޮތުގައި އެވިޑް ކޮލެޖް ހަމަޖެހިގެން ދިޔުމާއެކު ކަމާ ގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށްގެން މަޢުލޫމާތު ބަދަލުކުރުމުގެ ގޮތުން ބޭއްވި ސެމިނާއެކެވެ. އެ ސެމިނާ ނިމިފައިވަނީ ކާމިޔާބު ކަމާއެކު ކަމަށް އެވިޑުން […]
އަޙްމަދު ވަހީދު
އެސްޓީއޯއިން އިނގިރޭސިވިލާތުގެ މަޝްހޫރު “ރަސަލް ހޮބްސް” ތައާރަފު ކޮށްފިއެވެ. މިރޭ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ އެފް އެންޑް ބީ ޝޯގައި މި ބްރޭންޑް ތައާރަފު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ގެއާއި ބަދިގެ ސާމާނު އުފެއްދުމުގައި 70 އަހަރުގެ ތަޖުރިބާ ލިބިފައިވާ ރަސަލް ހޮބްސައަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މަގުބޫލު ބްރޭންޑެކެވެ. އެ ބްރޭންޑް މަގުބޫލުވެފައިވަނީ ޕްރޮޑަކްޓުތަކުގެ ތަފާތު ކަމުންނެވެ. ރަސަލް ހޮބްސްގެ އުފެއްދުންތަކުގެ ތެރޭގައި ރައިސް ކުކަރާއި ސްލީ ކުކަރާއި ސްޓީމަރާއި ގްރިލް އާއ...
އަޙްމަދު ވަހީދު
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން އިލެކްޝަން ކޮމިޝަން (އީސީ) އަށް މިހާތަނަށް ހުށަހަޅާފައިވާ ހުރިހާ މެންބަރުޝިޕް ފޯމްތަކެއް ވީއެންމެ އަވަހަކަށް ޕްރޮސެސްކޮށްދޭން އެ ޕާޓީން ގޮވާލައިފިއެވެ. ސިޔާސީ ޕާޓީތަކުގެ ތެރެއިން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 3،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލަން އީސީން ނިންމާފައިވާއިރު، އޭގެ ތެރޭގައި އެމްއާރުއެމް ވެސް ހިމެނެ އެވެ. އެމްއާރުއެމްއިން ނެރުނު ބާޔާނެއްގައި ބުނީ އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން މިހާރު ވެ...
އަލީ އާދިލް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މަޤާމުތަކަށް އިންތިޚާބު ކުރުމަށް ބާއްވާ އިލެކްޝަން ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ އޯގަސްޓް 6 ވާ ހޮނިހިރު ދުވަހު އެވެ. މި މަޤާމްތަކަށް އެމްއެންޕީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް މިފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން މިއަދު ވަނީ ބުނެފައެވެ. މި މަޤާމަތަކަށް ވާދަކުރަން ބޭނުންވާ އެ...
އަލީ އާދިލް
ރާއްޖޭގެ ބައެއް މީޑިއާތަކުގައި ސިވލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް ރައްދުވާގޮތަށް އެކޮމިޝަންގެ ބަހެއްނެތި ޙަޤީގަތާއި ޚިިލާފަ ތަފާތު އެކިއެކި ތުހުމަތުތަކާއި ދޮގު މައުލޫމާތު، ޚަބަރުގެ ގޮތުގައި ފަތުރަމުންދާކަން ފާހަގަކުރެވުމާއި ގުޅިގެން އެކަން އެގޮތައް ނުކުރުމަށް އަންގައިފި އެވެ، އެ ކޮމިޝަނުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެކޮމިޝަނުން ނިންމާ، ތަންފީޒު ކުރަމުންދާ ކަންކަމަކީ، ގާނޫނު ނަންބަރު 2007/5 ދިވެހި ސަރވިސްގެ ގާނޫނު ގެ 18 ވަނަ މާއްދާގެ ދަށުން އެ ކޮމިޝަނަށް މަތިކޮށްފައިވާ ޒިއ...
މުޙައްމަދު ވަސީމް
ދިވެހިރާއްޖޭގެ ޑިޖިޓަލް ޓެކްނޮލޮޖީ ދާއިރާ ކުރިއަރުވައި ބްރޯޑްބޭންޑް މާކެޓުގައި ވާދަވެރިކަން އިތުރު ކުރުމަށް ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދޭން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމެއްގައެވެ. މި އެހީ ވޯލްޑް ބޭންކުން ފޯރުކޮށްދޭނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) ގެ ދަށުންނެވެ. މިއީ ކުރިއަރަމުން އަންނަ ޤައުމުތަކަށް އެހީވާ ވޯލްޑް ބޭންކުގެ ވިންޑޯއެކެވެ. މި އެހީގެ ދަށުން ރާއްޖޭގ...
އަޙްމަދު ވަހީދު
ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި އެރަށާ ދެމެދު ކޯޒްވޭ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. ފަރެސްމާތިޑާ އެއާޕޯޓުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާއެވެ. ކޯޒްޗޭ އަޅަން 19،200 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާއިރު، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް 120 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. މި ކޯޒަވޭ އަޅާނީ އެއާޕޯޓްގެ މައި މަގުތަކާ ގުޅޭ ގޮތަށް ކޯޒްވޭގެ ދަށުން އޮއެ ދެމ...
އަޙްމަދު ވަހީދު
ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރަކު އިންތިޚާބު ކުރުމަށް ހުޅުވާލި ބައި-އިލެކްޝަންގައި ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައި ވަނީ ހަމައެކަނި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްކަމުން އިންތިޚާބަކަށް ދާންނުޖެހި، އެ ގޮނޑި އަށް ޕީޕީއެމްގެ ކެންޑިޑޭޓް ހޮވިއްޖެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ، އަންނަ ޖުލައި މަހުގެ 02 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ކޮމިޝަނުން ޢިއުލާންކުރި ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައ...
ސަނިއްޔާ އަބޫބަކުރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައިފިއެވެ. އެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. މި ގޮތުން ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 126 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވާއިރު މި ބޭފުޅުންގެ ތެރެއިން މި ދުނިޔެ ދޫކުރައްވާފައިވާ 20 ބޭފުޅ...
ސަނިއްޔާ އަބޫބަކުރު
ހދ. މަކުނުދޫން ވަގުތީ ގޮތުން ދަނޑުބިން ދޫކުރަން އެރަށު ކައުންސިލުން ނިންމަވައިފިއެވެ. މަކުނުދޫ ކައުންސިލުން ވިދާޅުވީ މި ދަނޑުބިން ތައް ދޫކުރަން ނިންމެވީ ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރު ކުރެއްވުމަށް ކަމުގައެވެ. އެއް އަހަރު ދުވަހުގެ މުހުލަތަށް މި ބިންތައް ދޫކުރައްވަނީ ކޮންްމެ ގޭބިސީއަކަށް ދަނޑެއްގެ އުސޫލުން ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފައި ވެއެވެ. މި ބިންތަކަކީ ހިލޭ ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަކަށް ވާއިރު، މިހާރު ދަނޑުބިން ގެންގުޅޭ ފަރާތްތަކަށް ވެސް ވަނީ ރި ރެޖިސްޓްރީ ކުރުމަށް ފ...
ސަނިއްޔާ އަބޫބަކުރު
ށ. ފޭދޫގައި ފިރިމީހާ، އަނބިމީހާ އަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ ރޭ 21:30 ހާއިރު ށ. ފޭދޫގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާއަށް ވަޅިން ހަމަލާދިނުމާ ގުޅިގެން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް “ތިލަދުން” އަށް ވިދާޅުވީ، ރޭ 21:30 ހާއިރު އެ މައްސަލާގައި ޝާމިލްވާ ފިރިހެން މީހާގެ މަންމަ ގުޅާފައި އެގޭދޮށަށް އައިސްދިނުމަށް އޭނާ ގާތުގައި […]
ސަނިއްޔާ އަބޫބަކުރު
އިސްލާމީ ޝަރީޢަތުގައި ރިބާ ޙަރާމް ކުރެއްވުމުގެ ޙިކުމަތާ ބެހޭ ގޮތުން ދީނީ ޢިލްމުވެރިން ވަރަށް ގިނަ ވާހަކަ ދައްކަވާފައިވެއެވެ. ހަމަ އެހެންމެ މުސްލިމް އަދި ބެއެއް ޣައިރު މުސްލިމް އިޤްތިސާދީ މާހިރުން ވަނީ، ރިބާގެ ގެއްލުމާއި ބެހޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކާފައިވެއެވެ. ރިބާ ޙަރާމް ކުރެވުނު ސަބަބުތަކުގެ ތެރޭގައި، ހިމެނޭ އެންމެ މުހިންމު އެއް ސަބަބަކީ އޭގައި ޢަދުލުވެރިކަމުން އެއްކިބާވުމާއި އަނިޔާވެރިކަން ހިމެނޭތީއެވެ. މުޖްތަމަޢްގެ އެއް ބައެއްގެ އަތުގައި ރައުސްމާލް ފުނިޖެހި، ދެން ތިބި […]
ތިލަދުން
ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެހީގެ ދަށުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހިންގަމުންދާ “ޕްރޮމޯޓިންގ ރެޒީލިއެންސް އިން މޯލްޑިވްސް (ޕްރައިމް)” ޕްރޮޖެކްޓްގެ “ފުނަރަ ޕްރޮގްރާމް”ގެ ދަށުން މެޕްސް ކޮލެޖްގެ ސެޓްފިކެޓް 3 އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކޯހުގައި ކިޔަވާ ދަރިވަރުންގެ ކޯސްފީ އެއްކޮށް ދެއްކުމަށް ހަމަޖެހިފައިވަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުންނެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މެ...
އިބްރާހިމް އަސްވާޤް
ހއ. ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން “ފަތަން ދަސްކުރަމާ 2022” ގެ ނަމުގައި ޕްރޮގުރާމެއް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމަށްޓަކައި މިޑްލް ސްޕޯޓްސް ކްލަބުން ކުރި އިޢުލާނެއްގައި ބުނީ މި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 15 އިން ފެށިގެން އޮގަސްޓް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް 20 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި ތިން ޢުމުރުފުރައަކުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން […]
ސަނިއްޔާ އަބޫބަކުރު
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ)ގެ ނަން އިލެކްޝަން ކޮމިޝަން (އީސީ) ގައި އޮންނަ އެމްޑީޕީގެ ދަފުތަރުން އުނިވިގޮތެއް ބަލައިދޭން އޭނާ އީސީގައި އެދިއްޖެއެވެ. އެކަން ސާފުކޮށްދޭން ބައްޓޭ ވަނީ ސިޓީއަކުން އީސީ ގައި އެދިފައެވެ. މިއަދު އީސީއަށް ފޮނުވި އެ ސިޓީގައި ބައްޓޭ ވިދާޅުވެފައި ވަނީ އޭނާގެ ނަމަކީ އީސީގައި އޮންނަ އެމްޑީޕީގެ ދަފުތަރުގައި ޒަމާނުއްސުރެ އޮންނަ ނަމެއް ކަމަށެވެ. އެހެންނަމަވެސް މިހާރު އޭނާގެ […]
ޙުސައިން ޝަހުދީ
މާލޭގެ ގެއެއްގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް 42 ކިލޯ ޑްރަގް މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަށް ދައުވާ ނުކުރަން ނިންމައި، ބަންދުން ދޫކޮށްލައިފި އެވެ. މ. ލަވްނެސްޓް ގެއިން 42 ކިލޯގެ ޑްރަގް އަތުލައިގަނެ، މިދިޔަ މާޗް މަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ޕީއެންސީގެ ކައުންސިލްގެ މެމްބަރު އަހުމަދު ހުސައިނާއި މ. ނޫރުއް އަބްދުﷲ ނަޝީދަށް ދައުވާ ނުކުރަން ނިންމައި، ބަންދުން ދޫކޮށްލީ ފުލުހުން ހެދި ގޯސްތަކެއްގެ ސަބަބުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ޕީޖީ އޮފީހުން […]
ހުސައިން ހަބީބް
ށ. ނޫމަރާ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް އެރަށު ކައުންސިލުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ނޫމަރާ ކައުންސިލާއި ބައްދަލު ކުރަށްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލުން ވަނީ އެ ކައުންސިލާއި، އެރަށު ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސްއަށް ދަންނަވައި، އެކަންކަމ...
މުޙައްމަދު ވަސީމް