މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1181 ވަނަ ޞަފްޙާ

މިދިޔަ ނޮވެމްބަރުމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 15 އިންސައްތަ އިތުރު

މިދިޔަ ނޮވެމްބަރުމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 15 އިންސައްތަ އިތުރު

މިދިޔަ ނޮވެމްބަރ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ މި ދުވަސްވަރާއި އަޅާބަލާއިރު 15 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވެއްޖެއެވެ. ކަސްޓަމްސް އިން އާންމުކުރެއްވި ތަފާސްހިސާބުން ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް 4 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މިއަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް 4.6 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ. މިއީ 15 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ މަހު ރާއްޖެއަށް އެންމެ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފި

ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފިއެވެ. މިއީ ހަނިމާދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެކެވެ. މި ކެމެރާތައް ބަނދަރުގެ ދެކޮޅުގައި ހަރުކޮށްފައިވާއިރު، ކެމެރާތަކުގެ އެހީގައި މުޅި ބަނދަރު ސަރަހައްދު ބަލައިލެވޭނެއެވެ. ކެމެރާތަކުގެ އެހީގައި ބަނދަރުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ނަގަމުން އަންނަނީ ހަނިމާދޫ ޕޮލިސްޓޭޝަނުންނެވެ. ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު މިކަމާއި ގުޅޭގޮތުން “...

އިބްރާހިމް ޚަލީލް
ގޯތިތެރޭގައި ހިކަނދިފަތް ގަހެއް އިންދައި ހެއްދުން

ގޯތިތެރޭގައި ހިކަނދިފަތް ގަހެއް އިންދައި ހެއްދުން

ރާއްޖޭގެ ކޮންމެ ގޭބިސީއެއްގައި ވެސް ދުވަހުގެ ކެއުމުގައި ކޮންމެވެސް މިންވަރަކަށް ހިކަނދިފަތް ބޭނުންކޮަށްއުޅެއެވެ. ހިކަނދިފަތް އާއްމުކޮށް ބޭނުންކޮށްއުޅެނީ އެއްޗެހި ކައްކާއިރު ރަހަ މީރުކޮށްލުމަށެވެ. ހެދިކާ ހަދާއިރު މަސްހުނިގަނޑުގައި ރަހަ ހެޔޮވަރުކޮަށްލުމަށް ވެސް ހިކަނދިފަތް ބޭނުންކޮށް އުޅެއެވެ. ބައެއް މީހުން ކާއިރު، ހިއްކައި މުގުރާފައި ހުންނަ ހިކަނދިފަތް ކާއެއްޗެއްސަށް އަޅައިގެން ކެއުމަށް ވެސް ބޭނުންކޮށް އުޅެއެވެ. ރަށްރަށުގައި ގިނަ މީހުން ހިކަނދިފަތް ބޭނުންކުރަނީ ގޯތި ތެރޭގައި ހައްދާފައި ހުންނަ ގަސ...

ހުބާ ޕްލާންޓްސް
ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެއްޖެ

ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެއްޖެ

މާލޭގެ މާފަންނު ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ ގެންދިޔަ މީހާ ނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ދާދީ ދެންމެ ވިދާޅުވީ އެމީހާ ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުން އެ އިދާރާއަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެއް ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ އައިޖީއެމްއެޗަށް ގެންދިޔައީ މިއަދު ހެނދުނު އެވެ. ފާހާނާއަށް ވަތް މީހަކު ނުނިކުމެގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް [...

މުޙައްމަދު އަފްރާޙް
''ރޮނާލްޑޯ ރިިޓަޔަ ނުކުރާނެ، 2026ގެ ވޯލްޑް ކަޕުގައި ވެސް ކުޅޭނެ''

''ރޮނާލްޑޯ ރިިޓަޔަ ނުކުރާނެ، 2026ގެ ވޯލްޑް ކަޕުގައި ވެސް ކުޅޭނެ''

ގަތަރުގައި މިހާރު ކުރިޔަށް ދާ 22 ވަނަ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކުއަޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވެ، ޕޯޗުގަލް މުބާރާތުން ކެޓުމާއި ގުޅިގެން މީޑިއާ ތަކުގައި އެންމެ ބޮޑަށް ދެކެވެން ފެށި އެއް ވާހަކަ އަކީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔަ ކުރަން އުޅޭ ކަމުގެ ވާހަކަތަކެވެ. ވޯލްޑް ކަޕުގެ ކުއާޓާ ފަައިނަލުގައި މޮރޮކޯ އާއި ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. މި […]

ޝިއުނާ އާދަމް
ކޮރަޕްޝަނަށް މަގުފަހި ނުވާނޭގޮތް ހެދުމަށް އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމުކުރަނީ

ކޮރަޕްޝަނަށް މަގުފަހި ނުވާނޭގޮތް ހެދުމަށް އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމުކުރަނީ

ކޮރަޕްޝަނަށް މަގުފަހި ނުވާނޭގޮތް ހެދުމަށް އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީން މިކަން ހާމަކުރައްވައި، ނެރުއްވި އިއުލާނެއްގައި ވަނީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރާ އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު މިއަދުން ފެށިގެން އާންމުކުރަން ހަމަޖެހިފައިވާ ކަމަށެވެ. މިއީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރާ އުޅަނދުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުންނާއި ކޮރަޕްޝަނަށް މަގުފަހި ނުވާނޭހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި...

މުޙައްމަދު އަފްރާޙް
މަޓިއު ލަހޯޒް އަށާއިި އިތުރު ދެ ރެފްރީއަކަށް ވޯލްޑްކަޕް ގައި ރެފްރީކަން ކުރުމުގެ ދޮރު ބަންދުވެއްޖެ

މަޓިއު ލަހޯޒް އަށާއިި އިތުރު ދެ ރެފްރީއަކަށް ވޯލްޑްކަޕް ގައި ރެފްރީކަން ކުރުމުގެ ދޮރު ބަންދުވެއްޖެ

ފުޓްބޯޅަ މެޗެއް ނިންމާލާއިރު، އެންމެގިނަ ބައެއްގެ ލޯތައް އަމާޒުވެ އެންމެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާ އެއްފަރާތަކީ އެ މެޗެއްގައި އިންސާފުކުރާ ރެފްރީންނާއި އެސިސްޓެންޓް ރެފްރީން ނެވެ. އެހެނަސް މޮޅުވާ ޓީމުންނާއި މޮޅުވާ ޓީމުގެ ސަޕޯޓަރުން ބުނާނީ އެއީ އެންމެ އިންސާފުވެރި ފަރާތް ކަމަށެވެ. ބަލިވާ ޓީމާއި އެޓީމުގެ ސަޕޯޓަރުންގެ ޝަކުވާ ހުސްނުވާނެ އެވެ. ގަތަރުގައި މިހާރުކުރިއަށްދާ ފިފާ ވޯލްޑްކަޕް މުބާރާތުގައި ވެސް މިފަދަ އެތައް މަންޒަރުތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެފަދަ ކަންކަން ރަނގަޅުކޮށް،...

ޝިއުނާ އާދަމް
ނޮޅިވަރަންފަރު ސަހަރާ ކޮނުމުން ކައުންސިލުން އެކަން ކުށްވެރިކޮށްފި

ނޮޅިވަރަންފަރު ސަހަރާ ކޮނުމުން ކައުންސިލުން އެކަން ކުށްވެރިކޮށްފި

ހދ. ނޮޅިވަރަންފަރު ސަހަރާ ރޭގެ ވަގުތެއްގައި ބަޔަކު ކޮނެފައިވާއިރު، އެރަށު ކައުންސިލުން އެކަން ކުށްވެރިކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ފަސް މެންބަރުން ސޮއިކުރައްވާ މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރޭގެ 23:30 ހާއިރު އެރަށު ސަހަރާއަށް ބަޔަކުވަދެ، ރުގްޔާ ކުރުމުގެ ނަމުގައި ކޮނުމުގެ މަސައްކަތްކުރާ ކަމުގެ މައުލޫމާތު އެކައުންސިލަށް ލިބުމުން، ކައުންސިލުން އެތަނަށް ދިޔަކަމަށެވެ. ކައުންސިލުން އެތަނަށް ދިޔައިރު އެކަން ކުރަމުން ދިޔައީ ނޮޅިވަރަންފަރުގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، އެ ސ...

ޔުމްނާ ޢަލީ
މޫސުމަށް ސަމާލުވޭ، މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް މުސުން ގޯސްވާނެ

މޫސުމަށް ސަމާލުވޭ، މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް މުސުން ގޯސްވާނެ

ރާއްޖޭގެ އެކި ހިސާބަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހާމަކުރައްވައިފި އެވެ. އެ އިދާރާ އިން މިކަން ހާމަކުރެވީ މިއަދުގެ އިރުއޮއްސުމާއި ހަމައަށް ނެރެފައިވާ މޫސުމީ ބްލެޓިންގ ގަ އެވެ. އޭގައިވާގޮތުން ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކުރައްވާފަ އެވެ. އަދި އެހެން ހިސާބުތަކަށް ވައިޖެހޭނެ ކަމަށް ލަފާ ކުރައްވާފައިވަނީ ގަޑިއަކު އަށް މޭލާއި 18 […]

މުޙައްމަދު އަފްރާޙް
ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާފަންނަނުގައި ހުންނަ ގެއެއްގެ ފާހާނާގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ކުރީ ހެނދުނު 9:14 ގައި ކަމަށެވެ. ފާހާނާއަށް ވަތް މީހަކު ނުނިކުމެގެން ރިޕޯޓު ލިބުމުން ފުލުހުން ގޮސްގެން ފާހާނާ ދޮރު ހަލާކު ކޮށްލައިގެން ވަތް އިރު، އެމީހާ އޮތީ ވެއްޓިފައި ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ފުލުހުން އެމީހާ ނަގައިގެން […]

މުޙައްމަދު އަފްރާޙް
ފައިސަލް، ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނިގެން ކޭއާރުއެޗް އައިސީޔޫގައި ފަރުވާދެނީ

ފައިސަލް، ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނިގެން ކޭއާރުއެޗް އައިސީޔޫގައި ފަރުވާދެނީ

އަބޫބަކުރު ފައިސަލް، ހައްޔަރުކޮށްފައިވާ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ، ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް ފެނުނީ މިރޭ 23:15 ހާއިރު ކަމަށެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެޗްއާރުސީއެމް އަދި ނެޝަނަލް އިންޓަރގުރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގ...

އަލީ އާދިލް
ހުޅުމާލޭގައި ކާރެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ކާރެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ކާރެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭ އެމްޑަބްލިއުއެސްސީ އާއި ދިމާލުން ހައިވޭ ކައިރިން ކާރެއް ފުރޮޅާލައި އެކްސިޑެން ހިނގާފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 22:30 ހާއިރުއެވެ. ފުލުހުން ވިދާޅުވީ، އެހާދިސާ ހިނގި ސީނަށް ފުލުހުން ދިޔައިރު ކާރު ދުއްވަން އިން 41 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މި އެކްސިޑެންޓާއި ގުޅިގެން ބަލަނ...

ޔުމްނާ ޢަލީ
އެޗްޑީސީގެ ސްމާޓް ސިޓީއަށް ވާވޭގެ އެހީ

އެޗްޑީސީގެ ސްމާޓް ސިޓީއަށް ވާވޭގެ އެހީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ސްމާޓް ސިޓީ އިނިޝިއޭޓިވަށް އެއްބާރުލުން ދިނުމަށް ވާވޭ ލަންކާ ޕްރައިވެޓް ލިމިޓެޑުން އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި ވާވޭ ލަންކާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޓާއޯ ގުއާންޖޭއޯއެވެ. މި އެއްބަސްވުމުގެ ދަށުން ވާވޭ އިން އެޗްޑީސީގެ ސްމާޓް ސިޓީ ސޮލިއުޝަންތައް ޑިޒައިންކޮށ...

އަޙްމަދު ވަހީދު
އުރީދޫ ލަކީޑްރޯގެ ނަސީބުވެރިންނާ ޓިކެޓް ހަވާލުކޮށްފި

އުރީދޫ ލަކީޑްރޯގެ ނަސީބުވެރިންނާ ޓިކެޓް ހަވާލުކޮށްފި

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 އާ ގުޅުވައިގެން އުރީދޫ އިން ކުރިއަށްގެންދިޔަ “ފުޓްބޯލް ފޯރި” ލަކީޑްރޯއިން ހޮވުނު ހަތަރު ނަސީބުވެރިންނާ ޓިކެޓް ހަވާލުކޮށްފިއެވެ. މިއަދު މި ނަސޫބުވެރިންނާ ޓިކެޓް ހަވާލުކޮށްދެއްވީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުއެވެ. މި ލަކީޑްރޯއިން ހޮވުނު ފަރާތްތަކަށް އުރީދޫ އިން ދީފައިވަނީ ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި ފްރާންސްއާއި މޮރޮކޯ ބައްދަލު ކުރާ މެޗުގެ ޓިކެޓެވެ. ބުދަ ދުވަހުގެ ރޭ ދަންވަރު 12:00 ގައި ފަށާ މި މެޗު […]

އަޙްމަދު ވަހީދު
ޒިގްޒެގް ކޮޅަށް ފަހުވަގުތު ޖެހި ލަނޑުތަކުން މޮޅުވެ ކޮރަލްސް އެއްވަނައަށް

ޒިގްޒެގް ކޮޅަށް ފަހުވަގުތު ޖެހި ލަނޑުތަކުން މޮޅުވެ ކޮރަލްސް އެއްވަނައަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ކޮޅަށް މަޗުގެ ފަހުވަގުތު ޖެހި ލަނޑުތަކުން މޮޅުވެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމާއި ފިޔަވަޅަކާ ގާތަށް ކްލަބް ކޮރަލްސްއިން ޖެހިލައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކޮރަލްސްއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ […]

އިބްރާހިމް ޚަލީލް
ރައީސްގެ ދެކަނބަލުން ގަތަރަށް ފުރާވަޑައިގެންފި

ރައީސްގެ ދެކަނބަލުން ގަތަރަށް ފުރާވަޑައިގެންފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ ގަތަރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ރައީސްގެ ދެކަނބަލުން ގަތަރަށް ކުރައްވާ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް އެ އޮފީހުން ވިދާޅުވެއެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ޤަޠަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗުތައް ބައްލަވާލައްވާނެއެވެ....

ޔުމްނާ ޢަލީ
ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަނީ

ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަނީ

ރިޔާސީ އިންތިޚާބު 2023 އާ ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ)ގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން މިއަދު ޢިއުލާންކޮށްފިއެވެ. އީސީން ކުރި ޢިއުލާނެއްގައި ބުނީ އަންނަ ރިޔާސީ އިންތިޚާބުގެ އެކިއެކި މައްސައްކަތަށް ބޭނުންވާ އެގާރަ މުވައްޒަފަކު ހޯދަން ބޭނުންވާ ކަމަށެވެ. ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމަށް ހޯދާ މި މުވައްޒަފުންގެ ހޯދަނީ ރިޔާސީ އިންތިޚާބު 2023 ގެ މަސައްކަތްތައް ނިމެންދެނެވެ. މި ވަޒީފާތަކަށް ހޯދާ މީހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 4465.00 ރުފިޔާ ދޭން ނިންމާފައި...

ޔުމްނާ ޢަލީ
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ހޭންޑްބޯޅަ މުބާރާތުގެ ގުރުނަގައިފި

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ހޭންޑްބޯޅަ މުބާރާތުގެ ގުރުނަގައިފި

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފިއެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ފޯކައިދޫ ހެލްތު ސެންޓަރ، ބްލަޑް ބްރަދާސް، މަޑުފެހި ސްޕޯޓްސް ކުލަބް، ޑަބްލިއުޑީސީގެ އިތުރުން ފެނަކަ ފޯކައިދޫ ހޭންޑްބޯލް ޓީމެވެ. މި މުބާރާތުގެ ކުޅުން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހަވީރު ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ފޯކައިދޫ ހެލްތު ސެންޓަރާއި ބްލަޑް ބްރަދާސް […]

އިބްރާހިމް ޚަލީލް