ގަތަރުގައި މިހާރު ކުރިޔަށް ދާ 22 ވަނަ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކުއަޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވެ، ޕޯޗުގަލް މުބާރާތުން ކެޓުމާއި ގުޅިގެން މީޑިއާ ތަކުގައި އެންމެ ބޮޑަށް ދެކެވެން ފެށި އެއް ވާހަކަ އަކީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔަ ކުރަން އުޅޭ ކަމުގެ ވާހަކަތަކެވެ.

ވޯލްޑް ކަޕުގެ ކުއާޓާ ފަައިނަލުގައި މޮރޮކޯ އާއި ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މުބާރާތުގެ ނޮކްއައުޓް ބުރުގައި ޕޯޗުގަލް ވާދަކުރި ދެ މެޗުން ވެސް ރޮނާލްޑޯއަށް ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ދީފައެއް ނުވެއެވެ.

އެންމެ ފަހުން ކުއާޓާއިން މޮރޮކޯ އަރުން ބަލިވެ ޕޯޗުގަލް ކެޓި މެޗުގައި ރޮނާލްޑޯ އަށް ފުރުސަތު ލިބުނީ ފަހުހާފުގެ ފަހު 30 މެނެޓަށެވެ.

މީގެ ކުރިން ރޮނާލްޑޯ ބުނެފައިވަނީ މިފަހަރުގެ ވޯލްޑް ކަޕް ޕޯޗުގަލް އަށް ކާމިޔާބު ވެއްޖެ ނަމަ ފުޓުބޯޅަ ކުޅުން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް ސެމީ ފައިނަލާއި ހަމައަށް ވެސް ނުގޮސް ޕޯޗުގަލް ކެޓުމުން މިހާރު ރޮނާލްޑޯގެ ވިސްނުން ހުރީ އަދިވެސް ޕޯޗުގަލް އާއި އެކު ކުރިޔަށް ދިއުމަށް ކަމަށް ބެލެވެއެވެ.

އެގޮތުން މިފަހަރުފެ ވޯލްޑް ކަޕުން ޕޯޗުގަލް ކެޓުމުން އެކަމުގެ ހިތާމަައިގައި ރޮނާލްޑޯ އިންސްޓަގްރާމުވައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ މިއީ ޕޯޗުގަލް ޓީމަށް ފުރަގަސް ދޭންވީ ވަގުތެއް ނޫން ކަމަށެވެ. ގިނަ ބަޔަކު ސިފަކުރަނީ މިއީ ރޮނާލްޑޯ އަދިވެސް ޕޯޗުގަލްގެ ގައުމީ ޖާރީގައި ފެނިގެން ދާނެ ކަމުގެ ނިޝާނެއްގެ ގޮތުގައެވެ.

އަދި ރޮނާލްޑޯގެ ދައްތަ ކާޓިއާ އެވެއިރޯ ދާދީ ފަހުން އިންސްޓަގްރާމުގައި ރޮނާލްޑޯއާއި ގުޅޭ ގޮތުން ކުރި މެސެޖެއްގައި ވެސް ބުނެފައިވަނީ އުރުން 41 އަހަރަކީ އުމުރުގައި ލިބޭ ބޯނަސްއެއް ކަމަށާއި 2026 ވަނަ އަހަރުވެ ވޯލްޑް ކަޕުގައި ވެސް ރޮނާލްޑޯ ކުޅޭނޭކަމަށެވެ.

" އުމުރުނަ 41 އަހަރު،؟؟ އެއީ އުމުރުގައި ލެބޭނެ ބޯނަސްއެއް. 2026 ގެ ވޯލްޑް ކަޕް ގައިވެސް ރޮނާލްޑޯ ކުޅޭނެ." އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި ކާޓިއާ އަވެއިރޯ ބުނެފައިވެއެވެ.