”އިންއެކްޓިވް” ޖަމިއްޔާތަކަށް ލިޔެކިޔުންތައް ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށް ނިންމައިފިއެވެ. ޔޫތު މިނިސްޓްރީން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ޖަމްޢިއްޔާތަކުގެ ޤާނޫނުގެ ދަށުން އިންއެކްޓިވް ޖަމްޢިއްޔާތަކުން ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި އިތުރު ފުރުޞަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ފުރުސަތު ދޭން ނިންމީ، ސަރުކާރުން މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކޮށް، އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި ކަމަށް އެ ޢިއުލާންގައި ވެއެވެ. އިންއެކްޓިވް ޖަމްޢިއްޔާތަކަށް ލިޔެކިޔުން ފުރިހަމަ ކ...
ޔުމްނާ ޢަލީ
ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫސިޓީއަށާއި ފުވައްމުލައްސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ. ރައީސް އޮފީހުން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރަސްމީދަތުރުފުޅެކެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާރަށަކަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާއިރު، އެސިޓީގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވާލައްވައި، ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެއެވެ. މީގެ އިތުރުން ހުޅުމީދޫ ހެލްތު ސެންޓަރުގ...
މުޙައްމަދު އަފްރާޙް
ކުރީގެ ޢަދަދާއި ގުޅޭ، ޝާމިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއް އަހަރު ދުވަސް އޭނާއަށް މާ ގިނައެވެ. މުނާ އެއިނީ ބަލިވެއެވެ. މާދަމާ އޭނާ ބަލައިދާނެ ކަމަށްބުނެ ޝާމިން ވީ ވަޢުދު ހަނދާން ވުމުން އޭނާ ދެރަވެއްޖެއެވެ. މިއަދު އޮފީހަށް އެ އައީވެސް އެއްދުވަހުގެ ޗުއްޓީއެއް ހޯދުމަށް ވާހަކަ ދައްކަން ހިތުލައިގެންނެވެ. ޝާމިންގެ މޫނުމަތީގެ ނުތަނަވަސްކަން ފެނި، ޝެރިން ބުނެލިއެވެ “ބައެއްފަހަރު ވަޒީފާއަކީ ދިރިއުޅުމުގެ އެއްބައި… ކުރިއެރުމާ ކާމިޔާބީ ހޯދޭނީ ވަރަށް ކެރިގެން..” މޭޒުކައިރީ ހުރި އެނބުރޭ […]
ސަލާމާ ޢަބްދުލް ޢަލީމް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މޮރޮކޯ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފްރާންސުން މޮރޮކޯގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ނަތީޖާ ނުނެރެވުނު ނަމަވެސް މުޅި މެޗަށް ބަލާއިރު ފްރާންސަށްވުރެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ މޮރޮކޯއިންނެވެ. މި މެޗާއި މޮރޮކޯ ކުރިމަތިލީއިރު، މޮރޮކޯއާއި މި މުބާރާތުގައި […]
އިބްރާހިމް ޚަލީލް
ޙަޤީޤަތަކީ އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމަކީ މުބާރާތެކެވެ. ވަރަށް ވެސް ބޮޑު އަދި އެތައް ބަޔަކު އޭގައި ޝާމިލުވެފައިވާ ޓޯނަމަންޓެކެވެ. މުބާރާތެއްގައި ބައިވެރިވެފައިވާ ކޮންމެ މީހެއްގެ ވެސް އެންމެ މުހިންމު ކަަމަކަށްވާނީ އެ މުބާރާތަކުން މަތީ ވަނައެއް ހޯދުމެވެ. އަޅުގަނޑުމެންގެ މި ތަޢުލީމީ ނިޒާމުގެ ބިޔަ ބޮޑު މުބާރާތުގެ އެކި އެކި ކެޑެގަރީތަކުގައި ބައިވެރިވާ ފަރާތްތަކުގެ އަމާޒުވެސް ހުރީ މިފަދައިން މުބާރާތުން އެންމެ މަތީ ވަނައެއް ހޯދުމަށެވެ. ދިވެހިރާއްޖޭގެ މަދަރުސާ ތަކުގެ އެންމެ އިސް ވެރިން ކަމަށްވާ އިއްޒ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ހައްދުފަހަނަ އެޅި އިސްރާއީލުން، ފަލަސްތީނު ރައްޔިތުންގެ ގެތަކެއް ބިމާ ހަމަކޮށް ސުންނާފަތި ކޮށްފި އެވެ. އިސްރާއީލުން ހިޞާރުކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެރިކޯ ސިޓީގެ ކައިރީގައި އޮންނަ އަލް ޖިފްލިކް ނަމަކަށް ކިޔާ އަވަށުގައި ހުރި 4 ގެއެއް އެކީ މިގެތައް ތަޅާލާ ސުންނާފަތިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. މި އަވަށު ކައުންސިލްގެ ވެރިޔާ އަޙުމަދު އަބޫ ޣަނޭމް އާއި ހަވާލާދީ ވަފާ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާގޮތުގައި އިސްރާއީލްގެ ސިފައިން ވަނީ މި އަވަށަށް ވަދެ ބުލްޑޯޒަރަކުން […]
އަލީ އާދިލް
ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިސްކަންދަރު ސްކޫލުގެ “ސްޓެމް ފެއަރ 2022” ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މުޅި ތަޢުލީމީ ސިޔާސަތު އަމާޒުހިފާފައި ވަނީ 21 ވަނަ ގަރުނަށް ދަރިވަރުން ތައްޔާރުމަށް ކަމަށް ވިދާޅުވިއެވެ. ނައިބު ރައީސް ވަނީ، ދަރިވަރުންނަށް ފޮތް ކިޔ...
ޔުމްނާ ޢަލީ
ސިނަމާލެ ބްރިޖް މަތީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް މިރޭ ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ، ބްރިޖް މަތީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ 19:48 ހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ. އޭނާ މިހާރު ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ. ”އެކްސިޑެންޓް ވުމުން ކާރު ވަނީ މަޑުނުކޮށް ގޮސްފައި” ފުލުހުން ވިދާޅުވެފަވެއެވެ. ފުލުހުން […]
ޔުމްނާ ޢަލީ
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން “ފެލާލައިފި” ނަމުގައި ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. މިކަން ހާމަކޮށްފައި ވަނީ އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އެވެ. ޓްވީޓާ މެދުވެރިކޮށ އިދިކޮޅު ކޯލިޝަނުން ޖަލްސާއަކަށް ތައްޔާރުވާކަން ހާމަކުރަމުން އަދުރޭ ވިދާޅުވީ، ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ފަރާތުން ”ފެލާލައިފި” ނަމުގައި ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޖަލްސާ އޮންނާނީ މިހަުގެ 23 ވަނަ ދުވަހުގެ ރޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދުރޭ ވިދާޅުވި ގޮތުގައި އެ ޖަލް...
ޔުމްނާ ޢަލީ
ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް އިއްޔެ ފަށާފައިވާއިރު، އިއްޔެ ހަވީރު ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރާއި ބްލަޑް ބްރަދާސްއެވެ. މި މެޗު 17 ލަނޑު 10 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ހެލްތު ސެންޓަރުގެ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރ ޓީމްގެ ޖޯޒީ ނަމްބަރު […]
އިބްރާހިމް ޚަލީލް
މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި، މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އަށް ސަރުކާރުން ދީފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، އެމްސީއެސްއިން ކުރިއަށް ގެންދާ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗް އިފްތިތާޙްކޮށްދެއްވުމަށްފަހު މިއަދު ދެއްކެވި ވާހަކައިގައެވެ. މިއަދު މެ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ބައްދަލުކުރި މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސްކައި އިންނެވެ. މި ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]
އިބްރާހިމް ޚަލީލް
ރައްޔިތުންނާ ގުޅުން ހުރި ހަރަކާތްތަކަށް ހުޅުމާލޭގައި ކޮމިއުނިޓީ ހަބެއް ގާއިމުކުރަން ނިންމައިފިއެވެ. ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މި ކޮމިއުނިޓީ ހަބް ގާއިމް ކުރުމަށް ސޮއި ކޮށްފައިވަނީ އަލޯހާ ކްލަބާއެކުގައެވެ. މި ހަބުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. ހުޅުމާލޭ ބީޗް ސަރަހައްދުގައި ގާއިމު ކުރާ މި ހަބަކީ 406.23 އަކަ ފޫޓުގެ ބިމެއްގައި އިމާރާތް ކުރާ ހަބެ...
އަޙްމަދު ވަހީދު
މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ސުންގަޑި މިއަދު 14:00 ގައި ހަމަވެފައިވާއިރު، އެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައި ވަނީ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އެކަނިކަމުން ވާދަވެރިކަމެއްނެތި އެމްއެމްޕީގެ ޓިކެޓް ނާޒިމަށް ލިބިއްޖެއެވެ. އެމްއެންޕީގެ ތަރުޖަމާނު، ކުރީގެ ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް މިއަދު ވިދާޅުވެފައިވާ ގޮތުގައި، އެމްއެންޕީގެ ޕްރައިމަރީއަށް ކުރިމަތިލީ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް އެކަންޏެވެ...
ޔުމްނާ ޢަލީ
ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކްގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި، ވެށި ހިމާޔަތްކުރުމަށާއި، ގެއްލުންތައް ފޫބެއްދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް، އެއްބާލުލުން ދެއްވުމަށް ނައިބު ރައީސް ނައިބު ފައިޞަލް ނަސީމް ސަރުކާރުތަކަށް ގޮވައިލައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ގޮވައިލެއްވީ، މިހާރު ކުރިއަށްދާ، ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގެ 15 ވަނަ ކޮންފަރެންސްގައި ދެއްވި ވީޑިއޯ މެސެޖުގައެވެ. ނައިބު ރައީސްގެ މެސެޖުގައި ވިދާޅުވީ، ރާއްޖެއަކީ...
ޔުމްނާ ޢަލީ
ލ. ގަމު ތުނޑީ އަވަށުގައި އައު މިސްކިތެއް އެޅުމަށް ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި މިއަދު ރަސްމިއްޔާތުގައި މިސްކިތް އިމާރާތްކުރުމުގެ ފަހުމުނާމައިގާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މިސްކިތުގެ މަސައްކަތް ހަވާލުކުރި ފެޑޯ ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒް އެވެ. ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަށް 16،818،646.27 (ސޯޅަ މިލިއަން އަށްލައްކަ...
މުޙައްމަދު އަފްރާޙް
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް އެ އޮތޯރިޓީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދީފިއެވެ. އެޗްޑީސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޗީފް އެކްޒްކެޓިވް އިލްޔާސް އަހުމަދުއެވެ. އެޗްޑީސީގެ ފަރާތުން ލައިސެންސާއި ހަވާލުވެވަަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފްއެވެ. މި ލައިސަންސްގެ ދަށުން އެޗ...
އަޙްމަދު ވަހީދު
ޣާޒީ ސްކޫލްގެ މުވައްޒަފުންތަކެއް އިހްތިޖާޖު ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އަދި ހަގީގަތް އޮޅޭގޮތެއް މިނިސްޓްރީއާއި ސްކޫލް ބަދުނާމުވާ ގޮތައް ޚަބަރު ނުފެތުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ. ޣާޒީ ސްކޫލްގައި ހިނގައިގެން އުޅޭ މައްސަލައާއި ގުޅޭގޮތުން މިއަދު އެ މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ޣާޒީ ސްކޫލްގެ އެކި ކަންކަމާގުޅޭ ގޮތުން އެ މިނިސްޓްރީއަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން، ސްކޫލްގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ގުޅުންހުރި މައްސަލަތައް ފާހަގަ ކުރެވި އ...
ޔުމްނާ ޢަލީ