ޗައިނާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާ ކޮށްފި އެވެ. މި މަޝްވަރާކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުން، ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ވަންގް ލިކްސިން އަދި ތާޑް ސެކްރިޓަރީ ޒަންގް ފެންގް އާއެކު ބޭއްވވި ބައްދަލު ކުރެއްވުމުގަ އެވެ. މިއީ ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް އެމްއެމްސީ އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ބައްދަލު ކުރެއްވުމެކެވެ. ރާއްޖ...
މުޙައްމަދު އަފްރާޙް
މިއަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރާ އަދަދަކީ ފިނޭންސް މިނިސްޓްރީއާއި، މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށްވުރެ މަތީ އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. ވޯލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ހަލުވިކޮށް ކުރިއަރައިގެން ދާނީ ރާއްޖޭގެ އިގްތިސޯދު ކަމަށް ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ވާލްޑް ބޭންކުން އެ ރި...
ޔުމްނާ ޢަލީ
ޖިއޮގްރަފިކް ތަންތަނަށް ނަންކިޔާނެ އުސޫލެއް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އެކުލަވާލައިފި އެވެ. މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އިއްޔެ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަށްވާފައިވާ މި އުސޫލުގައި ބުނެފައިވަނީ އެ އުސޫލަކީ އޮގްރަފިކް ތަންތަނުގެ ތެރެއިން، ވަކި ނަމެއް ކިޔުމަށް ބޭނުންވާ ތަންތަނަށް ނަން ކިޔުމާއި، އަލަށް އުފައްދާ ތަންތަނަށް ނަން ކިޔުމާއި، ވަކިތަނަކަށް ދީފައިވާ ނަމެއް ނުވަތަ އާންމުކޮށް ބޭނުން ކުރަމުންދާ ނަމެއް ރަސްމީކޮށް އެތަނަކަށް ކިޔުމަށް ނުވަތަ ބޭނުންކުރަމުންދާ...
ޔުމްނާ ޢަލީ
ހއ. ހޯރަފުށީގައި ގާއިމު ކުރާ ކުޑަކުދިންގެ ޕާކުގެ އަމަލީ މަަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފަށާފައިވަނީ މި ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ހޯރަފުށި ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މިއީ ވަރަށް ތަފާތު ގޮތަކަށް ތައްޔާރުކުރެވޭ ޕާކެއް ކަމަށާއި ރީތި، ފުރިހަމަ ވަސީލަތްތަކެއް ހުންނާނެ ކަމަށެވެ. މިއީ އެރަށު ފެނަކަ ބްރާންޗުގެ ޕީއެސްއާރް އާއި ރަށު ކައުންސިލާއި ޑަބްލިއުޑީސީ ބެޖެޓުން ހަރަދުކޮށްގެން ގާއިމުކުރާ ޕާކެއް ކަމަށް ވެސް […]
މުޙައްމަދު އަފްރާޙް
ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު (މޮނިޓަރިން ރިޕޯޓް) ހުށަނާޅާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެ އެވެ. އީޕީއޭ އިން ވިދާޅުވީ މި ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން އެ އެޖެންސީން ދޫކުރާ ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިން މޮނިޓަރިން ރިޕޯޓްތައް ހުށަހަޅުއްވަމުން ނުގެންދަވާ ފަރާތްތަކުގެ ޑިއުޑިލިޖަންސް ރިޕޯޓްތަކަށް ބޭނުނ...
މުޙައްމަދު އަފްރާޙް
މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން މީހަކު ގެއްލިގެން އެ އިދާރާއަށް ރިޕޯޓް ކުރުމުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ އުމުރުން 34 އަހަރުގެ، ދ. މާއެނބޫދޫ / ފަރިމާވިލާ، ޙަސަން ރަމީޒެވެ. މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ހަސަން ރަމީޒުގެ ޚަބަރެއް ނުވެގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް […]
ޔުމްނާ ޢަލީ
ގއ. ދާންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ގަލުގެ އިތުރުން، ކޮންކްރީޓް މަސައްކަތްތަކާއި، ރޭމްޕް ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތުގެ 55 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން،52،099 ކިއުބިކް […]
އަޙްމަދު ވަހީދު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންފުޅު ނުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ސަރުކާރުގެ ވަސީލަތްތައް ބޭނުންފުޅު ކުރައްވާނީ ހަމައެކަނި ރަސްމީ ދަތުރުފުޅުތަކުގައި ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ސަރުކާރާ ގުޅުންހުރ...
މުޙައްމަދު އަފްރާޙް
މިދިޔަ މަހު މާލޭގައި ވަރީގެ މައްސަލަތައް މަދުވެ އަދި ރީތި ތާރިޚުގައި ކުރި ކައިވެނިތަކާ އެކު ކައިވެނީގެ އަދަދު އިތުރުވެއްޖެ އެވެ. އާންމު އުސޫލުން ކައިވެނީގެ އަދަދުގެ ދެ ބައި ކުޅަ އެއް ބަޔާ ގާތަށް ކޮންމެ މަހަކު ވެސް މާލޭގައި ވަރިކުރެ އެވެ. އެހެން ނަމަވެސް މިދިޔަ މަހު ވަނީ އެ އަދަދު ދަށްވެފަ އެވެ. ސަބަބަކީ ރީތި ތާރީޚުގައި ކުރި ކައިވެނިތައް އިތުރުވުމެވެ. މިދިޔަ މަހު 309 ކައިވެންޏެއް ކުރިއިރު, ވަރިކުރީ 94 މީހެކެވެ. […]
ހުސައިން ހަބީބް
ށ. ފުނަދޫގައި އަޅާ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި އެވެ. ފުނަދޫ އަކީ މިހާރު ވެސް ށ. އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައި ހުންނަ ރަށެވެ. އެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ވެސް ސަރުކާރުން ދަނީ ހިންގަމުންނެވެ. ފުނަދޫގައި އަޅާ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމުން، ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބީލަމުގައި ބައިވެރިވުމަށް -/1،500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. މި މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު، އިސްތިއުފާ ދެއްވުމުން ނެވެ. އެ ކޮމިޝަންގެ މެންބަރު ކަމަށް ގައިސް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، އޭރު […]
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި އަދި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ ޖީއެސްޓީއަށް ރަޖ...
އިބްރާހިމް ޚަލީލް
ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކިރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮނޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫޢުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 28.8 […]
އަޙްމަދު ވަހީދު
މާލޭ އޯކިޑް މަގުގައި ހުންނަ އިވްނިންގް ކެފޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބޯހިޔާވަހިކަމުގެ އެހީތެރިކަން ބޭނުންވާ ހަތް މީހަކަށް ވަގުތީ ބޯހިޔާ ވަހިކަން ހަމަޖައްސައިދީފިއެވެ. އިވްނިންގް ކެފޭގެ ބަދިގޭގައި އަލިފާން ރޯވީ 18:12 ހާއިރުއެވެ. އެ އަލިފާން ރޭ 19:22 ހާއިރު ނިއްވާލެވިފައިވާކަން އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެފައިވާގޮތުގައި އިވްނިންގް ކެފޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މ. ގުލޭނޫރަންމާގޭގެ 4 އަދި...
ޔުމްނާ ޢަލީ
ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ގެނެސްދެވޭނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށްކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ނަޝީދުގެ އިތުރުން އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މީގެރެއިން ޝިޔާންޓޭ ތާއީދު ކުރައްވަނީ ރައީސް ނަޝީދަށެވެ. ނަޝީދަށް ތާއީދު ކުރަށްވާ ސަބަބު ހާމަކުރަށްވައި ޝިޔާންޓޭ ދެއ...
ޔުމްނާ ޢަލީ
ހއ. ހޯރަފުއްޓާއި ރ. މީދޫގައި ހޮސްޕިޓަލު އިމާރާތުގެ މަސައްކަަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ. ފިނޭންސް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި ބީލަންތަށް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެ މަތީން ނެވެ. އަދި ފިނޭންސްގެ “ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ...
މުޙައްމަދު އަފްރާޙް
ސްޕެނިޝް ސްޕަރ ކަޕްގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވެލެންސިއާ އަތުން މޮޅުވެ މުބާރާތުގެ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ. ރޭ ސައުދީ އެރެބިއާގެ ކިންގް ފަހުދު ސްޓޭޑިއަމްގައި ވެލެންސިއާއާއި ރެއާލް ބައްދަލުކުރި މެޗު ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެ ހާފު ކުޅެ ނިމުނު އިރު ވެސް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ރެއާލް މެޗުން މޮޅުވެފައި ވަނީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ވެލެންސިއާގެ މައްޗަށް […]
އިބްރާހިމް ޚަލީލް
އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ސައުތުހެމްޓަން އަތުން ބަލިވެ، މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފިއެވެ. ރޭ ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ރޭގެ މެޗަށް ސިޓީން ނުކުމެފައި ވަނީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. މިގޮތުން އެ ޓީމްގެ އެއް ނަމްބަރު ފޯވާޑް ހާލަންޑްގެ ބަދަލު ރޭ ފުރަތަމަ އެގާރައިން ގާޑިއޯލާ ފުރުޞަތު ދީފައި ވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް […]
އިބްރާހިމް ޚަލީލް