މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,472 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1146 ވަނަ ޞަފްޙާ

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން އަމީން އިސްތިއުފާ ދެއްވައިފި

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން އަމީން އިސްތިއުފާ ދެއްވައިފި

ހދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، ކުމުންދޫ ކައުންސިލްގެ ރައީސް، އަމީން މުހައްމަދު ހދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އަމީން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ހދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުން މި ޖެނުއަރީ 12 ވަނަ ދުވަހުން ފެށިގެން އިސްތިއުފާ ދިނުމަށް ހުށަހަޅާ ކަމަށެވެ. އަމީން ވިދާޅުވެފައި ވަނީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިނަމަވެސް، އޭނާގެ ފުރިހަމަ […]

މުޙައްމަދު އަފްރާޙް
ލަކްސް ރިސޯޓުން "އަމާން ވެށި" މަރުކަޒުތަކަށް 20،000 ޑޮލަރު

ލަކްސް ރިސޯޓުން "އަމާން ވެށި" މަރުކަޒުތަކަށް 20،000 ޑޮލަރު

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސްގެ “އަމާން ވެށި” މަރުކަޒުތަކުގައި ތިބޭ ކުދިންނަށް އެހީވުމަށް، ލަކްސް ރިސޯޓުން  20،000 ޑޮލަރު ހަދިޔާ ކޮށްފި އެވެ. މިކަމަށްޓަކައި އެ ރިސޯޓުގައު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހަދިޔާގައި ޖެންޑަރ އެންޑް ފެމިލީ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އައިޝަތު މުހައްމަދު ދީދީ އެވެ. ލަކްސް ރިސޯޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ރިސޯޓުގެ ޖެނެރަކް މެނޭޖަރ ޖޯން ރޮޖާސް އެވެ. މި ހަދިޔާ […]

މުޙައްމަދު އަފްރާޙް
ޔުވެންޓަސް ބަލިކޮށް، ނަޕޯލީން ދިހަ ޕޮއިންޓްގެ ލީޑެއް

ޔުވެންޓަސް ބަލިކޮށް، ނަޕޯލީން ދިހަ ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި ނަޕޯލީ ބައްދަލުކުރި މެޗު ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ނަޕޯލީން 10 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ރޭ ނަޕޯލީގެ ޑިއެގޯ އާމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ނަޕޯލީން ޔުވެންޓަސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީން ލީގުގައި މިހާތަނަށް 18 މެޗު ކުޅެފައިވާއިރު، އެ ޓީމް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. […]

އިބްރާހިމް ޚަލީލް
އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތަރައްގީއަށް މަސައްކަތްކުރާނެ މީހުން ބިނާކުރުމަށް: ރައީސް

އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތަރައްގީއަށް މަސައްކަތްކުރާނެ މީހުން ބިނާކުރުމަށް: ރައީސް

މި ސަރުކާރުން މިހާތަނަށް އެންމެ ބޮޑު އިސްކަމެއް ދެއްވީވެސް، އަދި ކުރިއަށް އޮތްތާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވެސް ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާނެ ތަޢުލީމީ މީހުން ބިނާކުރުމަށްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އައްޑޫސިޓީގެ ފެދޫ ސްކޫލަށް 50 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް...

ޔުމްނާ ޢަލީ
މައުމޫން ހޮސްލިޓަލުން ދޫކޮށްލައިފި

މައުމޫން ހޮސްލިޓަލުން ދޫކޮށްލައިފި

ޓެސްޓްތަކެއް ހެއްދެވުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ޒަޢީމް، މައުމޫން އަބްދުލްގައްޔޫމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ޓެސްޓްތަކެއް ހެއްދެވުމަށް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކުރީ ހަވީރުގެ ވަގުތެއްގައެވެ. އެ މަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލީ އިރުއޮއްސުނު ފަހުންނެވެ. ހޮސްޕިޓަލުން ދޫކޮށްލެއްވިކަން ހާމަކުރައްވަމުން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު މިރޭ އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އެ...

ޔުމްނާ ޢަލީ
ނެއްލައިދޫ މުހައްމަދުބެއަށް އެހީވުމަށް ބޭއްވި ދުވުން ނިންމާލައިފި

ނެއްލައިދޫ މުހައްމަދުބެއަށް އެހީވުމަށް ބޭއްވި ދުވުން ނިންމާލައިފި

ހދ. ނެއްލައިދޫ، ވެރޯނާ / މުހައްމަދު ހަސަން އަށް އެހީވުމަށް ބޭއްވި “ހެލްޕް ރަން” ކާމިޔާބު ކަމާއިއެކު ނިންމާލައިފި އެވެ. މި ދުވުން އިންތިޒާމުކުރި ނެއްލައިދޫ އެންޕަވަމެންޓް އެންޑް ރެކްރިއޭޝަން ޔުނިޓީ (ނެރު) ޖަމިއްޔާއިން ވިދާޅުވީ، މި ދުވުމުގައި ގިނަ އަދަދެއްގެ ކުދިންނާއި މީހުން ބައިވެރިވެފައިވާކަމަށެވެ. މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 3 ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. 18 އަހަރުން ދަށާއި 19 އަހަރާއި 35 އަހަރާއި ދެމެދު އަދި 36 އަހަރުން މަތީގެ މީހުންނަށް ފުރުޞަތު […]

އަލީ އާދިލް
ޖެފް ބެޒޯސްގެ 500 މިލިއަން ޑޮލަރުގެ ޔޮޓަށް ދިން ނަމަކީ "ކޮރު"

ޖެފް ބެޒޯސްގެ 500 މިލިއަން ޑޮލަރުގެ ޔޮޓަށް ދިން ނަމަކީ "ކޮރު"

އެމެޒޯންގެ އެގްޒެކެޓިވް ސީއީއޯ އަދި ދުނިޔޭގެ ފަސް ވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ ޖެފް ބޭ ޒޯސްގެ އާ ޔޮޓަށް ނަން ދީފި އެވެ. ދިގުމިނުގައި 471 ފޫޓުގެ އެ ޔޮޓަށް ދިން ނަމަކީ “ކޮރު” އެވެ. ނިއުޒިލޭންޑުގައި ބަނދެފައިވާ މި ޔޮޓަކީ ދުނިޔޭގެ އެންމެ ބޮޑު ޔޮޓެވެ. ބަނުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު ކުރިޔަށް އޮތީ ޔޮޓު މޫދުގައި ދުއްވުމުގެ ޓެސްޓުތަކެވެ. 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ޔޮޓު، އެއާބަސް އޭ380 މަރުކާގެ މަތިންދާ […]

މުޙައްމަދު ވަސީމް
ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ކްރޭޕް ރަނާ އިން ޑިސްކައުންޓް

ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ކްރޭޕް ރަނާ އިން ޑިސްކައުންޓް

ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ކްރޭޕް ރަނާއިން 10 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ފަށައިފިއެވެ. ރައްޓެހިންނާއި އާއިލާއާއެކު ބޭރުގައި ވަގުތުކޮޅެއް ހޭދަކުރަން ބޭނުންވާ ކަސްޓަމަރުންނާއި ލުއި ނަމަވެސް ރަހަމީރު ކާއެއްޗެއް ބޭނުންނަމަ ކްރެޕޭ ރަނާއަކީ ދާން ޖެހޭ ތަނެކެވެ. ސްރީލަންކާގެ އުފެއްދުމެއް ކަމައްވާ ކްރެޕޭ ރަނާ މަޝްހޫރުވެފައި ވަނީ އެންމެ ރަހަ މީރު ތަފާތު ވައްތަރު ގެ ފޮނި އަދި ކުޅި ކެރެޕޭ ތައްޔާރު ކުރާ ތަނެއްގެ ގޮތުގައެވެ. ކްލަބް ޕްރިމިއާ ހިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ހިދުމަތް […]

އަޙްމަދު ވަހީދު
ބިލެއްފަހި ބަނދަރުގެ ބޮޑުބައެއް ނިންމާލައިފި

ބިލެއްފަހި ބަނދަރުގެ ބޮޑުބައެއް ނިންމާލައިފި

ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެެއް ނިންމާލައިފިއެެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތިގައި މި މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ރިވެޓްމެންޓް ޖެހުމާއި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 181 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 434 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތ...

އަޙްމަދު ވަހީދު
ޓެސްޓްތަކެއް ހެއްދެވުމަށް ރައީސް މައުމޫން އެޑްމިޓްކޮށްފި

ޓެސްޓްތަކެއް ހެއްދެވުމަށް ރައީސް މައުމޫން އެޑްމިޓްކޮށްފި

ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ޒަޢީމް، މައުމޫން އަބްދުލްގައްޔޫމް، ޓެސްޓްތަކެއް ހެއްދެވުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ. ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓް ކުރެއްވީ ޓެސްޓްތަކެއް ހެއްދެވުމަށް ކަމަށެވެ. އަދި ހާލުކޮޅު ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ. ރައީސް މައުމޫން މީގެ ކުރީން 2020 ވަނަ އަހަރުގެ އޯގަސްޓް މަހު ތެރޭ ވަނީ ކޯވިޑްގެ އާލާސްކަންފުޅާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްޓްކޮށް ފަރުވާ ދީފައެވެ. އެ...

ޔުމްނާ ޢަލީ
ދަތިކަން ކުރިމަތިވުމުން ނަޝީދުގެ ސަރުކާރުން ކަންކުރިގޮތާއި، މި ސަރުކާރުން ކަންކުރިގޮތާމެދު ވިސްނަންޖެހޭނެ: ރައީސް

ދަތިކަން ކުރިމަތިވުމުން ނަޝީދުގެ ސަރުކާރުން ކަންކުރިގޮތާއި، މި ސަރުކާރުން ކަންކުރިގޮތާމެދު ވިސްނަންޖެހޭނެ: ރައީސް

2008 ވަނަ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖެއަށް އިގްތިސޯދީ ކާރިސާއެއް ކުރިމަތިވުމުން އެ ސަރުކާރުން ކަންކުރިގޮތާއި، މި ސަރުކާރުގައި ކޯވިޑްގެ އާލަމީ ވަބާގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ދަތިކަމުގެ ތެރޭގައި މި ސަރުކާރުން ކަންކުރިގޮތާމެދު ވިސްނަންޖެހޭނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން މިއަދު އައ...

ޔުމްނާ ޢަލީ
ހާލުދެރަވެގެން ފަރުވާ ދެމުންދިޔަ ގައިދީއަކު ނިޔާވެއްޖެ

ހާލުދެރަވެގެން ފަރުވާ ދެމުންދިޔަ ގައިދީއަކު ނިޔާވެއްޖެ

ހާލު ދެރަވެގެން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާދެމުން ދިޔަ ގައިދީޔަކު މިއަދު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) އިން ވިދާޅުވިގޮތުގައި އެއީ މިދިޔަ އާދިއްތަ ދުވަހު މާލޭ ޖަލަށް ހުކުމް ތަންފީޛުކުރުމަށް ގެންދިޔަ ގައިދީއެއް ކަމަށެވެ. ނިޔާވެފައި ވަނީ، ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު (36 އަހަރު) އެވެ. ”މުޙައްމަދު ރަޝީދު ރޭގައި ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު، ހާލަތު ދެރަވާ...

ޔުމްނާ ޢަލީ
''އެމްއެންޕީ ވެރިކަމެއްގައި އެކަށޭނަ އާމްދަނީ ނުލިބޭ މީހުންނަށް ފެނާއި ކަރަންޓު ބިލު ދެއްކުމުގައި ލުއިގޮތްތަކެއް''

''އެމްއެންޕީ ވެރިކަމެއްގައި އެކަށޭނަ އާމްދަނީ ނުލިބޭ މީހުންނަށް ފެނާއި ކަރަންޓު ބިލު ދެއްކުމުގައި ލުއިގޮތްތަކެއް''

މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ވެރިކަމެއްގައި ނިކަމެތިންގެ ގޮތުގައި ބެލެވޭ، ނުވަތަ މުސާރައިގެ ވަކި ގިންތިއެއްގެ ތެރޭގައި ހިމެނޭ މީހުންނަށް ފެނާއި ކަރަންޓް ބިލު ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މާލޭގައި ހުންނަ އެމްއެންޕީގެ މައި ޖަގަހާގައި ރޭ ”ރައްޔިތުންގެ އުދާސް” ނަމުގައި އެ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ފުދުންތެރިކަމުގެ ވާހަކަ ދައްކާ...

ޔުމްނާ ޢަލީ
ފުލަމް އަތުން ޗެލްސީ ބަލިވިއިރު، ފެލިކްސްއަށް ރަތެއް

ފުލަމް އަތުން ޗެލްސީ ބަލިވިއިރު، ފެލިކްސްއަށް ރަތެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ފުލަމް ބައްދަލުކުރި މެޗުގައި ފުލަމް ކާމިޔާބު ކޮށްފިއެވެ. ފުލަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. އެތުލެޓިކޯ ދޫކޮށް ހަ މަސް ދުވަހުގެ ލޯނަކަށް ޗެލްސީން ގެނައި، ފެލިކްސް އަށް ރޭގެ މެޗުގެ 58 ވަނަ މިނެޓުގައި ވަނީ ރަތްކާޑު ދައްކާފައެވެ. އޭނާއަށް ރަތްކާޑު ދައްކާފައި ވަނީ ފުލަމް ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދުމަށް ކުރި […]

އިބްރާހިމް ޚަލީލް
''އަޚްލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ތަރުބިއްޔަތުގައި ޤުރްއާނުގެ މަންހަޖަށް ރުޖޫއަވެގެން''

''އަޚްލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ތަރުބިއްޔަތުގައި ޤުރްއާނުގެ މަންހަޖަށް ރުޖޫއަވެގެން''

އިލްމާއި އަޚްލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތުގައި ޤުރްއާނުގެ މަންހަޖަށް ރުޖޫއަވެގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. ހުތުބާގައި ބުނީ އެ މަންހަޖަކީ ވިސްނައި، ފިކުރުކުރުމުގެ މަންހަޖު ކަމަށާއި ކީރިތި ގުރްއާނަށް ފުންކޮށް ނަޒަރު ހިންގުމުން ދޭހަވަނީ، ﷲ ތައާލާ މަޢުރިފާކޮށް ދަނެގަތުމުގައި އޮތް އެންމެފުރިހަމަ މަންހަޖަކީ ވިސްނައި، ފިކުރުކުރުމުގެ މަންހަޖު ކަމަށެވެ. މީގެ އިތުރުން ހުތުބާގައި ބުނީ އިންސާނާއަށް ﷲ ތައާލާ ދެއްވި އިލްމުގެ ކުޑަކުޑަ މިންވަރުގެ ބޭނުން ހިފައި...

މުޙައްމަދު އަފްރާޙް
ރައީސްގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ

ރައީސްގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ރައީސް ޞާލިޙްގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ކުރަށްވާ މި ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މިދަތުރުފުޅު ނިންމަވާލައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުގެ...

ޔުމްނާ ޢަލީ
ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ހިފައިފި

ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ހިފައިފި

ކ. ބޮލިދުއްފަރު ކައިރިން އިއްޔެ ފެނުނު ކިނބޫ ސިފައިން ހިފައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން އިއްޔެ ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފާފައިވާ ކަމަށެވެ. ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮލިދުއްފަރު ކައިރިން ފެނުނު މި ކިނބޫ ހޯދުމަށް ސިފައިން މަސައްކަތް ކުރަމުން ދަނިކޮށް މި ކިނބޫ ފެނިފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު ބޮލިދިއްފަރުގެ ދެކުނުފަރާތު ފަރުމަތިން މޫދުންނެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެއިލަރުން ކުރިމަސައްކަތުން ކިނބޫ ހިފާފައި ވަ...

ޔުމްނާ ޢަލީ
ސްޕެނިޝް ސްޕަރ ކަޕް: ރެއާލް ބެޓިސް ބަލިކޮށް ބާސާ ފައިނަލަށް

ސްޕެނިޝް ސްޕަރ ކަޕް: ރެއާލް ބެޓިސް ބަލިކޮށް ބާސާ ފައިނަލަށް

ސްޕެނިޝް ސްޕަރ ކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ބާސާ ޖާގަ ހޯދައިފިއެވެ. ރޭ ސައުދީ އަރަބިއްޔާގެ ގިންގް ފަހުދު ސްޓޭޑިއަމްގައި ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނެތީޖާއިން އެއްވަރު ވެފައެވެ. މެޗުން ބާސާ މޮޅުވީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ […]

އިބްރާހިމް ޚަލީލް