ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ޒަޢީމް، މައުމޫން އަބްދުލްގައްޔޫމް، ޓެސްޓްތަކެއް ހެއްދެވުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓް ކުރެއްވީ ޓެސްޓްތަކެއް ހެއްދެވުމަށް ކަމަށެވެ. އަދި ހާލުކޮޅު ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ.

Ad
rt

ރައީސް މައުމޫން މީގެ ކުރީން 2020 ވަނަ އަހަރުގެ އޯގަސްޓް މަހު ތެރޭ ވަނީ ކޯވިޑްގެ އާލާސްކަންފުޅާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްޓްކޮށް ފަރުވާ ދީފައެވެ.

އެ މަނިކުފާނުގެ މިހާރުގެ އުމުރުފުޅަކީ 85 އަހަރެވެ.