ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެެއް ނިންމާލައިފިއެެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތިގައި މި މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ރިވެޓްމެންޓް ޖެހުމާއި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 181 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 434 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، 1565 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.