ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ވަގުތީ ފަޔަރ ސްޓޭޝަނެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޑިފެންސުން އިޢުލާން ކޮށްފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން ދިއްދޫގައި އެފްއާރުއެސް ސަބްސްޓޭޝަނެއް ގާއިމް ކުރުމުގެ ގޮތުން މިހާރު ހުރި އިމާރާތް މަރާމާތުކޮށް، އައު ވެހިކަލް ގަރާޖެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ ދަށުން މިހާރު ހުރި އިމާރާތުގެ ކުޑަ ދޮރުތައް މަރާމާތު ކުރުމާއި، ބަދަލުކުރަން ޖެހޭ ދޮރުތައް ބަދަލުކުރުމާއި، އެ އިމާރާތުގެ އެތެރޭގެ ފާރުތައް ރޭނުމާއި ސީލިންގ މަސައްކަތާއި...
އިބްރާހިމް ޚަލީލް
ބޯހިޔާވަހިކަމާއި ގުޅިގެން މާލޭ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދަވާނެ ކަމަށާއި، އެކަމުގައި މާލޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ގައި މިރޭ މާލޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމްތަކާ ބައްދަލު ކުރައްވާފައެވެ. ދަރުބާރުގޭގައި ކުރިއަށް ދިޔަ މި ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރު...
ޔުމްނާ ޢަލީ
ކްރެޑިޓް ކާޑުގެ ބަދަލުގައި އުރީދޫ މޯލްޑިވްސްގެ މޮބައިލް ބެލެންސް ބޭނުންކޮށްގެން ކާރްތީ ސްޓޯރުން ގިފްޓް ކާޑާއި ގޭމިން ކޯޑުތައް ގަނެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ. އުރީދޫން ބުނީ އެ ކުންފުނީގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކެރެޑިޓް/ޑެބިޓް ކާޑާ ނުލައި އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިން އަދި އީކޮމާސް ޕެލެޓްފޯމްތަކުގެ ގިފްޓް ކާޑް، ކާރްތީ ސްޓޯރު މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ. އުރީދޫން ބުނީ ކާރްތީއާއެކު ވެފައިވާ ޕާޓްނާޝިޕްގެ ދަށު...
އަޙްމަދު ވަހީދު
ހުޅުމާލޭ ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭ ރެޑްބުލް ދަނޑާ ދިމާ ގޮނޑު ދޮށުން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް މިއަދު ލިބިފައިވާ ކަމަށެވެ. އާންމު ފަރާތަކުން އެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ވަނީ މިއަދު ހަވީރު 17:38 ހާއިރުއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެކަށިތައް މިހާރު ހުރީ އެ އިދާރާގެ ބެލުމުގެ ދަށުގައެވެ. މި މައްސަލަ ތަހްގީގު ކުރައްވަމުން އަންނަ […]
ޔުމްނާ ޢަލީ
ލާމަރުކަޒީ ނިޒާމު ހެޔޮގޮތުގައި ކުރިއަށް ގެންގޮސް ކައުންސިލަރުންނަށް ލިބެންޖެހޭ ބާރުތައް ލިބިދިނުމަށްޓައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ހޮވަން ޖެހޭ ކަމަށް ށ. ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ނަޝީދުގެ އިތުރުން އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު […]
ޔުމްނާ ޢަލީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މި މަހުގެ 18 ވަނަ ދުވަހު ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތު އެ އެއާޕޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ހަނިމާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުއެވެ. އެ އެއާޕޯޓް ބޮޑުކުރުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވާތީ އެކަން ކުލަގަދަ ގޮތެއްގައި ފާހަގަ ކު...
އިބްރާހިމް ޚަލީލް
އަރުތަ ޕްރޮގްރާމްގެ އެތުލީޓުންގެ ލިސްޓުގައި ރަސްމީކޮށް ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ގެ ނަން ހިމަނައިފި އެވެ. މިއީ ކުޅިވަރުތަކަށް ޒުވާން ކުޅުންތެރިން ތަމުރީނުކޮށް ކުރިއެރުވުމުގެ މަގުސަދުގައި ޔޫތު މިނިސްޓްރީން ފެށި ޕްރޮގްރާމެކެވެ. ދީމާގެ ނަން އެ ލިސްޓުގައި ހިމެނާފައިވާކަން ހާމަކުރައްވާ ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފު ވަނީ ޓްވީޓެެއް ކުރައްވާފަ އެވެ. އެ ޓްވީޓުގައި ވިދާޅުވީ އަރުތަ ޕްރޮގްރާމްގެ އެތުލީޓުންގެ ލިސްޓުގައި ރަސްމީކޮށް ޓީޓީ ތަރި ދީމާވެސް މިވަނީ ހިމެނިފައިވާ ކަމަށެވެ. އަދި ރާއްޖޭއިން...
މުޙައްމަދު އަފްރާޙް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް ބޭނުންކުރާ ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން މާލެ ސަރަހައްދުގެ ބަސް ދަތުރުތަކުގައި ފައިސާ ދެއްކޭނެ އިންތިޒާމް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ހަމަޖައްސައިފިއެވެ. އެމްޓީސީސީން ބުނީ، ކޮންޓެކްޓްލެސް މާސްޓަ ކާޑާއި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް މިހާރު ބަސް ދަތުރުތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ބޭންކެއްގެވެސް ކޮނ...
އަޙްމަދު ވަހީދު
ކުރީ އަދަދާއި ގުޅޭ ކޮޓަރީގައި ވާ ރޫމްފުރެޝްނާގެ ވަހާއި އެކުވެ މަޑު ކުނިވަހެއް ނޯޝުގައި ޖެހެމުން ދިއައެވެ. ނަމަވެސް ހިމަތޮޅި އަސްލަމްގެ ނޭފަތް އެ ވަހަށް ހޭނިފައި ހުރި ކަހަލައެވެ. އޭނާ އެވަގުތު ހުރީ ކޮޓަރީގެ މޭޒުކައިރީގައި އެއް އަތުން ކެމެރާ ހިފައިގެން, އަނެއް އަތުގެ ދެ އިނގިލިން ކުޑަ ދިރޭ އެއްޗެއް ހިފައިގެން އެއަށް ބަލާށެއެވެ. ކައިރީގައި ހުރި މޭޒުމަތީގައި އެކިވަރުގެ ބިއްލޫރި ޓޭންކުތައް އަތުރާލައިފައި ހުއްޓެވެ. އެއީ އެކި ވައްތަރުގެ ދިރޭ ސޫފިތައް އަޅާފައި […]
ރޫހީ މިތުރު
ރާއްޖޭގައި މިދުވަސްވަރު ލޮލު ރޯގާ، ފެތުރޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފި އެވެ. އެޗްޕީއޭ އިން ވަނީ އެ ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ. ތަފާތު ވައްތަރުގެ ވައިރަސް އަދި ބެކްޓީރިއާ އިން ޖެހޭ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ލޯ ހިރުވުން ހިމެނެ އެވެ. އަދި ލޮލޮން ފެން އައުމާއި ލޯ ރަތްވެ، އަދި ލޮލުގައި […]
މުޙައްމަދު އަފްރާޙް
އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ “ޕްރެކްޓިސް ޕާލަމަންޓް” ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، އޮސްޓްރޭލިއަން އެއިޑް އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަންހެން ބޭފުޅުންނަށެވެ. ދެ ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗު ކުރިއަށް ގެންދަނ...
ޔުމްނާ ޢަލީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ގަވާއިދަށް ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކޮށްފިއެވެ. އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ ހިޔާ ފްލެޓުތަކުން ތިރިއަށް އެއްޗެހި އުކާ ކަމުގެ ޝަކުވާ އެކުންފުންޏަށް ލިބޭ ކަމަށެވެ. މި ކަންކަމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކަށާއި ދިރިއުޅޭ މީހުންނަށް ގެއްލުން ލިބެމުން އަންނަ ކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެ ކުންފުނިން ބުނީ ހިޔާ ފްލެޓުތަކުގެ އުސޫލެއް ހަދާފައި އޮންނަ ކަމަށާއި އެ އުސޫލާ...
އަޙްމަދު ވަހީދު
މާލޭގެ ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ވަދެ ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ކުށް ސާބިތުނުވެ ސަލާމަތްވި މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ޖުލައި 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމްގެ ބޮލަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް ހުސައިން މަފާޒް ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސެއިން ޝާމީން އާއި ގއ. ގެމަނަފުށީ […]
ހުސައިން ހަބީބް
ށ. ނޫމަރާގައި ކޭކް އެންޑް ޕޭސްޓްރީ ވޯކްޝޮޕެއް ހިންގައިފި އެވެ. މިއީ އެ އަތޮޅު ކައުންސިލާއި އ.ތ.މ ކޮމިޓީ ގުޅިގެން ރަށު ކައުންސިލްގެ އެހީތެރިކަމާއެކު އެރަށު އަންހެން ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. މިއީ ހަތް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ހިއްސާ ކުރައްވަމުން ނޫމަރާ ކައުންސިލުގެ ރައީސް އަލީ ރަބީއު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕް ހިންގުމުގެ މައިގަނޑު […]
މުޙައްމަދު އަފްރާޙް
މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތިގައި މި މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 202 މީޓަރުގެ ބޭރުތޮށި […]
އަޙްމަދު ވަހީދު
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކޯޓަށް ދެ ޤާޟީން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި ޢުލާނުގައިވާ ގޮތުން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 12:00 ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ. އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ކްރިމިނަލް ކޯޓުގެ ޤާޟީއެއްގެ މުސާރައަކީ 30،000 ރުފިޔާއެވެ. […]
ޔުމްނާ ޢަލީ
މޯލްޑިިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޖަލްސާއެއް ދަރުބާރުގޭގައި މިރޭ ބޭއްވުމަށް ނިންމައިފި އެވެ. މިއީ މާލޭ ސިޓީގެ މެންބަރުންނާއި ކެމްޕޭން ޓީމްތަކާ އެކު ބާއްވާ ޖަލްސާއެއް ކަމަށާއި މި ޖަލްސާ އޮންނާނީ މިރޭ 8:30 ދަރުބާރުގެ ފާށަނާ މާލަމުގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ސާލިހުގެ އިތުރުން […]
މުޙައްމަދު އަފްރާޙް
ފްރާންސާއި ޓޮޓެންހަމްގެ ގޯލްކީޕަރ ހޫގޯ ލޮރިސް އުމުރުން 36 އަހަރުގައި ފްރާންސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. ލޮރިސް ފްރާންސް ގައުމީ ޖޯޒީގައި އެންމެ ފަހުން ކުޅެފައި ވަނީ މިދިޔަ ޑިސެމްބަރ 18 ވަނަ ދުވަހު ގަތަރުގައި ނިމިގެންދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އާޖެންޓީނާއާއި ދެކޮޅަށެވެ. ލޮރޮސް ބުނެފައި ވަނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ، ގައުމީ ޓީމަށް ހުރިހާ ކަމެއް ކޮށްދެވިފައިވާ ކަމުގެ އިހުސާސާއި އެކުގައި ކަމަށެވެ. ކުރިއަށް އޮތް […]
އިބްރާހިމް ޚަލީލް