އިމާދުއްދީން ސްކޫލާއި އިންވެގެން ހުންނަ މާލޭ ނީލަން ފިހާރާގައި އަލިފާން ރޯވެފައިވާއިރު، އެ ސްކޫލްގައި މިއަދު ކިޔެވުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ނީލަން ފިހާރާގައި ރޯވި އަލިފާން ކޮންޓްރޯލްވެފައި ވީނަމަވެސް، އަދި ވެސް ދަނީ ވަރަށް ބޮޑަށް ދުން އަރަމުންނެވެ. އެހެންކަމުން އިމާދުއްދީން ސްކޫލާއި އެ ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައެވެ. އިމާދުއްދީން ސްކޫލްގެ އިތުރުން އެ ސަރަހައްދުގައި ހުންނަ އިއްޒުއްދީން ސްކޫލްގައި ވެސް ހެނދުނު ދަންފަޅީގެ ކިޔެވުން ނެތް ކަމަށް މައުލޫމާތު ލިބެއެވ...
ޔުމްނާ ޢަލީ
އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ޗެލްސީއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު، ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ސިޓީ ޖާގަ ހޯދައިފިއެވެ. ރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ދެ ޓީމްގެ ވެސް މި މެޗަށް ނުކުމެފައި ވަނީ އާންމުކޮށް ފުރަތަމަ އެގާރާގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ އެގާރާގައި ނުހިމަނައެވެ. ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން […]
އިބްރާހިމް ޚަލީލް
މާލޭ ނީލަން ފިހާރާގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލޭ ނީލަން ފިހާރަ ހުންނަ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިފައިން އަންނައިރު ބާރުގަދަ ގޮވުންތަކުގެ އަޑުވެސް އިވޭކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނެއެވެ. އަދި އެތަނުގައި އަލިފާން ރޯވެފައި ވަނީ ފަތިހު 5:45 ހާއިރު ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުންޏެވެ. އެތަނުގައ...
ޙުސައިން ޝަހުދީ
ތިލަދުންމަތީ އުތުރުބުރީ އުލިގަމުގައި ބާއްވާ ދުޅަހެޔޮ ހަށިހެޔޮ ކަސްރަތު ޕްރޮގްރާމުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކަސްރަތު ޕްރޮގްރާމަކީ އުލިގަމު ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް ގުޅިގެން އުލިގަމުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ. މި މަހު 15 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި ޕްރޮގްރާމުގައި 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ...
އިބްރާހިމް ޚަލީލް
ހދ.ކުޅުދުއްފުށީ ސިޓީ ސްޓޭޑިއަމްގައި ހަދާފައިވާ ޓާފް ފުޓްސަލް ދަނޑު ވަރަށް ބޮޑަށް ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން، އެ ދަނޑު މަރާމާތަށް ބަންދު ކޮށްފިއެވެ. އެ ކައުންސިލުން ވިދާޅުވެފައި ވަނީ މާދަމާއިން ފެށިގެން އެ ދަނޑުގެ ޓާފް ބަދަލުކޮށް ކުރަންހުރި މަސައްކަތްތައް ނިމެންދެން ދަނޑު ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. މަސައްކަތް ނިންމައި ދަނޑު ބޭނުން ކުރަންފެށޭނޭ ތާރީޚެއް ފަހުން އިޢުލާން ކުރާނެ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދަނޑުގެ […]
އިބްރާހިމް ޚަލީލް
އައްޑޫ ސިޓީގައި ނިރުބަވެރި ހަމަލާއެއް ދޭނެކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފި އެވެ. އެފަދަ ލިޔުމެއް ލިޔެފައިވާ ފޮޓޯ އެއް ނޫސްވެރިއަކު ފުލުހުންގެ މީޑިއާ ގްރޫޕްގައި ހިއްސާކޮށް، އެފަދަ މައްސަލައެއް ބަލަމުން ދޭތޯ ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ”މައްސަލަ ދަނީ ތަހްގީގު ކުރަމުން” ފުލުހުން ވިދާޅުވެފައިވެއެވެ. އެ ލިޔުމުގައި ލިޔެފައިވާ އިބާރާތްތަކުގައި ” އައްޑޫ ސިއްސުވާ...
ޔުމްނާ ޢަލީ
ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައި ރޯވެ އަނދަނީ ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައި ރޯވެ އަނދަނީ
އަލީ އާދިލް
ގދ. ފިޔޯރީ ސްކޫލުގައި އަލިފާނުގެ ވަރަށް ބޮޑު ހާދިސާއެއް ހިނގައި، އަނދަން ފަށައިފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ތިނަދޫ ފަޔާ އެންޑް ރެސްކިޔުއިން އެ ރަށަށް ދާން ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ފިޔޯރީއާ ހަމައަށް ދިއުމަށް 45 މިނިޓް ވަރު ނަގާނެ ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އަލިފާނުގެ ހާދިސާގެ ރިޕޯޓް އެއިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 17:20 އެހާކައްހާއިރު ކަމަށެވެ. […]
އަލީ އާދިލް
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް ކަމު މަގާމުގައި ހުންނެވި އަހުމަދު ގައިސް އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގައިސް އިސްތިއުފާ ދެއްވީ، އެހެން މަސައްކަތަކަށް ވަގުތު ހުސް ކުރެއްވުމަށެވެ. އެއީ އަމިއްލަ މަސައްކަތެއްކަމެއް ނުވަތަ ސިޔާސީ މަސައްކަތެއްކަމެއް އަދި ސާފެއްނުވެއެވެ. ގައިސް ބްރޯޑްކޮމްއިން އިސްތިއުފާ ދެއްވުމާއި އެކު އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ ގޮނޑި ވެސް ހުސްވާނެ އެވެ. އެ ކޮމިޝަންގެ މެންބަރު ކަމަށް ގައިސް […]
އަލީ އާދިލް
މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތަކުގެ އާބާތުރަ ފިލުވަން އިސްލާމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް ދެއްވި ފައިސާ އާއިގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވާހަކަ ދައްކަވާފައި ވަނީ ހަގީގަތް އޮޅޭގޮތަށް ކަމަށާއި، އެކަމާ ހިތާމަކުރައްވާ ކަމަށް މާލޭ މޭޔަރޔ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް މިދިޔަ ހަފުތާ ބަންދުގައި ޓެލެތޯނެއް ފަށާފައެވެ. “ޗާލު މިސްކިތް” ފަންޑުނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ފުރަތަމަ...
ޔުމްނާ ޢަލީ
މިއަހަރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން މަސައްކަތްކުރާނީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އިސްކަންދީގެންކަމަށް އެޕާޓީގެ ތަރުޖަމާނު އަލީ ނަޛީރު ވިދާޅުވެއްޖެއެވެ. އަލީ ނަޛީރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ސިޔާސީ ޕާޓިތަކުން ތައްޔާރުވުމަށް އަންނަ މި ދަނޑިވަޅުގައި އެޕާޓީގެ ތަރުޖަމާނު އަލީ ނަޛީރު މިހެން ވިދާޅުވެފައިވާއިރު ހޯމް މިނިސްޓަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް އަންނަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ޓުވީޓ...
އަލީ އާދިލް
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ މެދުގައި، އެ ދަރިވަރުން ހޯދާ ނަތީޖާއާއި ގުޅުވައި ޤައުމީ ފެންވަރެއްގައި ވަނަތައް ހޮވައި ހައްޤު ޝަރަފް ދެމުން އަންނައިރު، ރާއްޖޭގެ ރަށްފުށުގައި ހުރި ސްކޫލްތަކުގައި ދަރިވަރުންގެ ތަޢުލީމާއި ސީދާ ގުޅުންހުރި ވަސީލަތްތައް ހަމަހަމަ ގޮތެއްގައި ޤާއިމް ކުރެވިފައިވޭތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ. ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަކީ އެ އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. މިވަގުތު އެ ރަށު ސްކޫލުގައި ޖުމްލަ 630 އަށް...
އިބްރާހިމް ޚަލީލް
ދަތުރު ކުރުމަށް ލޯބި ކުރާ މީހުންނަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެއާޕޯޓުތަކުގައި ވަރަށް ގިނައިން ޓްރާންސިޓް ކުރަން ޖެހޭ މީހުންނެވެ. އެފަދަ ފަރާތްކުން ސަމާލުކަންދޭ މުހިންމު ކަންކަމުގެ ތެރޭގައި ޓްރާންސިޓްވާ އެއާޕޯޓުން ލިބޭ ހިދުމަތްތަކާއި އެއާޕޯޓުގެ ފުރިހަމަކަން އަދި އުޅެން ފަސޭހަވަރުގެ އިތުރުން ޖާގަ ހިމެނެ އެވެ. ދުނިޔޭގައި ހުރި ތަފާތު އެއާޕޯޓުތަކަށް ބަލާއިރު އެންމެ ބިޒީ އެއާޕޯޓަކީ އެމެރިކާގެ ޖޯޖިއާގެ ހާޓްފީލްޑް ޖެކްސަން އަޓްލާންޓާ އިންޓަނޭޝަނަލް އެއާޕޯޓެވެ. ބިޒީ ވަނީ ޖާގަވެސް ތަނަވަސްވީމައެވެ. އެކ...
މުޙައްމަދު ވަސީމް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖައްސަވާނީ އައްޑުއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ރިޔާސީ ކެމްޕެއިނުގައި ބައެއް އަތޮޅުތަކަށް ދަތުރުކުރެއްވުމަށްފަހު ނަޝީދު މިއަދު މާލޭގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބު ދެ...
ޔުމްނާ ޢަލީ
ށ. ނޫމަރާ ކައުންސިލުން، އެރަށު ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ފަށައިފި އެވެ. މި ހިދުމަތް ފަށާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ. މި ހިދުމަތާއި ގުޅޭގޮތުން އެރަށު ކައުންސިލުގެ ރައީސް އަލީ ރަބީއު ‘ތިލަދުން’ އަށް ވިދާޅުވީ މިހައިތަނަށް ވެސް އެރަށުގައި ރަނގަޅު ފެންވަރަކަށް ހެދިފައިވާ ކުނިކޮއްޓެއް ނެތް ކަމަށެވެ. އެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދެވިނަމަވެސް ހުރިހާ ބާވަތެއްގެ ކުނި އެއްތަނަކަށް އަޅަމުން ގެންދިއުމުގެ ސަބަބުން ރައްކާތެރި ގޮތުގައި […]
މުޙައްމަދު އަފްރާޙް
ޢަލްމާނީ ފިކުރު ނުވަތަ ސެކިއުލާ ފިކުރަކީ އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުން ދީން ދުރުކޮށް އެކަހެރި ކުރާން ގޮވައިލާ ފިކުރެވެ. ސިޔާސީ، އިޖުތިމާޢީ، ތަޢުލީމީ، އިޤްތިސާދީ، އަޚްލާޤީ މި ހުރިހައި ދާއިރާއަކުން ވެސް ދީން އެއްފަރާތްކޮށްލުމަށް ވަކާލާތު ކުރާ ފިކުރެކެވެ. އެއަށްފަހު އިންސާނީ ޙަޔާތުގެ މިހުރިހާ ދާއިރާތަކަކަށް ވެސް މާއްދީ ވިސްނުމާއި ޚިޔާލާއި ފިކުރުގެ މައްޗަށް ކަންކަން ތަރުތީބުކޮށް އެތުރުމަށް ގޮވައިލާ ފިކުރެކެވެ. ނަމަވެސް، އިސްލާމްދީނާ މެދު ވިސްނާލާއިރު، އިސްލާމްދީނަކީ ޝާމިލު ކާމިލު ދީނެކެވެ....
ޝެއިޚް ޝަފީއު އަބްދުﷲ
ގއ. ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރިވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ މަސައްކަތް ފެށުމަށް 3 ޖެނުއަރީ 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަ...
އަޙްމަދު ވަހީދު
ކ. ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ހިދުމަތް ދޭން ސްޓެލްކޯއިން ފަށައިފިއެވެ. ސްޓެލްކޯއިން ބުނީ ގުޅީގައި އެ ހިދުމަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މި ހިދުމަތް ފެށުމުގެ ގޮތުން ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިން އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ ތިން ބޭންޑަކަށް ބަހާލައިގެންނެވެ. އެގޮތުން ބޭންޑް “އޭ” އަށް 10 ރުފިޔާ، ބޭންޑް “ބީީ” އަށް 12.50 […]
އަޙްމަދު ވަހީދު