ހައްދުފަހަނަޅުމަކީ އުންމަތަށް ދިމާވެފައިވާ ވަރަށް ބޮޑު ނުރައްކަލެކެވެ. އެކަމުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ މުސްލިމުންނަށެވެ. އެހެނީ، ހައްދުފަހަނަޅި މީހުންގެ އުދަނގުލާއި ތުރާ އެންމެ ބޮޑަށް ތަޙައްމަލުކުރަން ޖެހޭ ބަޔަކީ އާންމު މުސްލިމުންނެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި ޚުދު އެކަލޭގެފާނަށް ވެސް އެފަދަ މީހުންގެ އުދަނގޫތައް ބަރުދާސްތުކުރައްވާން ޖެހިވަޑައިގަތެވެ. އެ މީހުންގެ ރޫޙާނީ ބައްޕަކަމަށްވާ ޛުލްޚުވެއިޞިރާ އެކަލޭގެފާނާ މުޚާޠަބުކޮށް ބުނީ، އޭ މުޙައްމަދެވެ! ކަލޭގެފާނު ޢަދުލުވެރިވާށެ...
ޝެއިޚް ޝަފީއު އަބްދުﷲ
ގްރީން ޕާޓީ އޮފް ދަ މޯލްޑިވްސް (ޖީޕީއެމް) އުފެއްދުމުގެ ހުއްދަ، ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ. އެ ހުއްދަ ދީފައިވަނީ މިއަދު އެވެ. މި ޕާޓީއަކީ ޖާބިރުގެ ލީޑަރު ކަމުގައި އޮތް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގައި ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވާތީ، އެ ޕާޓީ އުވައިލުމަށް އީސީ އިން ނިންމާފައިވާތީ ޖާބިރު އުފައްދަވާ ޕާޓީއެކެވެ. ޖާބިރު ކުރިން ވިދާޅުވެފައިވަނީ މިއީ ސިޔާސީ ކަންކަމުގެ […]
މުޙައްމަދު އަފްރާޙް
ހުޅުމާލެ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު ވީތަނެއް ހޯދައި، އޭނާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅު، ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ގޮަވައިލައިފިއެވެ. އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ އާއއިލާއަށް މިވަގުތު ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވާލާފައެވެ. “މިޕާޓީގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު ބޭސް ފަރުވާއަށް އާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ދަތުރު ކުރައްވާ، ބެންގަލޫރުގައި ހުންނަވަނިކޮށް އިއްޔެގެ ވަގުތެއްގައި ވީނުވީއެއް ނޭނގި އ...
މުޙައްމަދު އަފްރާޙް
މުދަލު ޒަކާތް ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ކުރައްވާފައިވާ ސުވާލަކީ ރާއްޖޭގައި މުދަލު ޒަކާތް ދެއްކުމަށް މަޖުބޫރު ނުވަނީ ކީއްވެތޯ އާއި މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށް އެއްވެސް ވަރެއްގެ މަސައްކަތެއް ކުރައްވާތީއެވެ. މި...
މުޙައްމަދު އަފްރާޙް
ބޭރު ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ގޮވައިލާ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ. މިއަދު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާއަށް ޝިޔާމް ހުށަހެޅުއްވި މި މައްސަލާގައި ވިދާޅުވެފައި ވަނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދ...
ޔުމްނާ ޢަލީ
އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި ތާވަލުގެ ފުލުގައި އޮތް ކްރެމޮނީސޭ ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމުން ލީޑު ދެމެހެއްޓިއިރު، ރޭ ޔުވެންޓަސްއާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ހަނި ގޮތަކަށް ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ. ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 3-0 ގެ ނަތީޖާއިން ކްރެމޮނީސޭ ބަލިކޮށްފައެވެ. އިޓާލިއަން ކަޕްގައި މި ދެ ޓީމް މިދިޔަ ޖަނަވަރީ މަހު ވާދަކުރި އިރު، ޕެނަލްޓީ ޖަހައިގެން އެ […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި ވިޔަރެއާލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބާސާއިން އެއްވަނާގައި ލީޑު ފުޅާ ކޮށްފިއެވެ. ރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ބާސާ މޮޅުވެފައިވާއިރު، ބާސާ އެންމެ ފަހުން ލީގުގައި ބަލިވެފައި ވަނީ މިދިޔަ ޑިސެމްބަރ މަހު ރެއާލް މެޑްރިޑް އަތުންނެވެ. މި ސީޒަންގައި ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުގައި ބާސާ ކޮޅަށް […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ މަޝްހޫރު މޮޑެލް ކަމަށްވާ ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރާ މައްސަލާގައި ކައިޒީންގެ ފަރާތުން އެދުނު އަމުރު މިފަހަރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރީ އޭނާ ފައިސާ ދީގެން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމަށް ރަޖިސްޓްރީ ކުރުމުންނެވެ. އެ މައްސަލަ ނިމެންދެން ބޯޓުގެ ރަޖިސްޓްރީ ބަދަލު ނުކުރުމުގެ އަމުރަކަށް ކައިޒީން ފަރާތުން ކުރިން އެދުމުން އެ އަމުރު […]
ހުސައިން ހަބީބް
މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިޔުމަށް މި ސަރުކާރުން ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވައި ބޭނުންކުރަންފަށާފައިވާއިރު، އެރަށުގެ ސަބަބުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ސަރުކާރުގެ ސިޔާސީ ވާދަވެރިން މާޔޫސްވެފައިވާ ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވީ އިއްޔެއެވެ. އެ ރަށް ރަސްމީކޮށް ހުޅުވައިދެއްވީ އެރަށުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައ...
ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުންދާ މުޙައްމަދު އާސިރު އިސްމާޢީލް، (ސ. މަރަދޫފޭދޫ / ގަސްކަރަ) ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ އަދި ފެނިފައިނުވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. އުމުރުން 31 އަހަރުގެ އާސިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ފުލުހުން މިރޭ ބުނީ، ފެބުރުވަރީ 4 […]
ޔުމްނާ ޢަލީ
ޗައިނާ ސަރުކާރުގެ ސިޔާސަތަކީ ޗައިނާގެ ޑޮކްޓަރުން ގައުމުތަކަށް ފޮނުވައިގެން ސިއްހީ ހިދުމަތްތައް ދިނުން އެކަނި ނޫން ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުﷲ އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހިންގާ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއީ ހުނަރާއި ހިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްގީކުރުމަށް ޗައިނާއާއި ރާއްޖޭގެ ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާ...
މުޙައްމަދު އަފްރާޙް
މާލޭގެ 4 މިސްކިތެއްގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް އުޔޫން އިންސްޓިޓިއުޓް އާއި މާލެ ސިޓީ ކައުންސިލާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމްނާމާގެ މަގުސަދަކީ މާލޭ ސިޓީގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ކުޑަކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ، ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައި ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. ޤުރުއާ...
މުޙައްމަދު އަފްރާޙް
2023 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ނުހިމެނޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ. އެ މިނިސްޓްރީން ބުނީ އެ ފުރުސަތު މި ހިނގާ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ފަހުން ހުށަހެޅޭ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށް ވެސް ބުނެއެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްއެދި މާލެ، ހުޅުމާލެ، ވިލިމާލޭ ގައި ދިރިއުޅޭ ފަރާތްތަކަށް، ފޯމ...
މުޙައްމަދު އަފްރާޙް
އިއްޔެ ރާއްޖެއަށް ރެކޯޑު އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިއްޔެ 8028 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ. މިއީ ކޮވިޑަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ. މި ކާމިޔާބީއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޕާޓްނަރުންނާއި ސްޓޭކްހޮލްޑަރުންނަށް މަރުހަބާ ކިޔައިފައެވެ. ޓޫރިޒަމް މިނިސްޓްރީބް ނެރެފައިވާ ތަފާސްހިސާބުތަކަށް ދައްްކާ ގޮތުގައި މިއަހަރުގެ ފެބްރު...
އަޙްމަދު ވަހީދު
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހއ. މުރައިދޫގައި ހަދާ ފެރީ ސްޓޮޕުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ސްޓޮޕެކެވެ. މި ފެރީ ސްޓޮޕަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. އާރުޓީއެލް […]
އަޙްމަދު ވަހީދު
ހއ. ބާރަށުގައި ބޭސިކް އެގްރިކަލްޗަރ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށްޓަކައި، އެ ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ބާރަށު ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވީ، މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް އަމާޒުކުރެވޭ ރައްތަކުގެ ތެރެއިން ބައެއް ރައްރަށުގައި ދަނޑުވެރިންނަށް އަމާޒުކޮށް ހިންގާ ބޭސިކް އެގްރިކަލްޗަރ ތަމްރީނު ޕްރޮގްރާމް އެ ރަށުގައި ވެސް ހިންގުމަށް ވަނީ ހަމަޖެހިފައިކަމަށެވެ. އެހެންނަމަވެސް މި ޕްރޮގްރާމަކީ ޕްރޮފްރާމް ހިންގާ ރަށްތަކުން މަދުވެގެން 15 ބަ...
ޔުމްނާ ޢަލީ
މިއަހަރު ބޭއްވުމަށް ނިންމާފައިވާ ގައުމީ ދިގު ފެތުމުގެ މުބާރާތް ކުޑަގިރި ޕިކްނިކް އައިލެންޑުގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. މިއަހަރު މި ބާއްވަނީ 14 ވަނަ މުބާރާތެވެ. މި މުބާރާތް ފެށުމަަށް ހަމަޖެހިފައިވަނީ މި ފެބްރުއަރީ މަހުގެ 25 ވާ ހޮނިހިރު ދުވަހުއެވެ. މި މުބާރާތް ރާވާފައިވަނީ އުމުރުފުރާތަކަށް ބަހާލައިގެންނެވެ. އެގޮތުން ނެޝަނަލް ކެޓަގަރީގައި 5 ކިލޯމީޓަރަށް ފަތަންޖެހޭއިރު، މި ކެޓަގަރީގައި ބައިވެރިވެވެނީ 2008 ވަނަ އަހަރު ނުވަތަ އެ...
މުޙައްމަދު އަފްރާޙް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއިއަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ނައިބު ރައީސްގެ މި ދަތުރުފުޅަކީ މިމަހުގެ 13 އިން 15 އަށް ޔޫއޭއީގެ ޑުބާއީ ގައި ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ހޯދުމަށް އަމާޒުހިފާފައިވާ މައިގަނޑު 6 ތީމެއް ކަނޑައަޅައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މިއަހަރުގެ...
ޔުމްނާ ޢަލީ